ފަހަކަށް އައިސް އިންޑިއާ އިން ރާއްޖެއަށް ދެމުން އަންނަ މާލީ އެހީތެރިކަމަކީ ފަހުގެ ތާރީހެއްގައި ވެސް ބޭރު ގައުމަކުން ރާއްޖެއަށް ދީފައިވާ އެންމެ ބޮޑު މާލީ އެހީތެރިކަން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެއެވެ.

އަމީރު އެގޮތަށް ވިދާޅުވީ އިންޑިއާ ސަރުކާރުން ދިން 250 މިލިއަން ޑޮލަރުގެ މާލީ އެހީ ދިވެހި ސަރުކާރާއި ހަވާލުކުރުމަށް ބޭއްވި މިއަދު ރަސްމިއްޔާތުގައެވެ.

އަމީރު ވިދާޅުވީ، މިހާރު މުޅި ދުނިޔެއަށް ފެތުރިފައިވާ ކޮވިޑް-19ގެ ސަބަބުން ރާއްޖެ ހިމެނޭހެން މެދު ފަންތީގެ އިގްތިސާދުތަކަށް ބޮޑެތި ގޮންޖެހުން ތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. އެހެންކަމުން އިންޑިއާ ސަރުކާރުން ދިން 250 މިލިއަން ޑޮލަރަކީ ބޮޑު އެހީ އަކަށް ވެގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ކޮވިޑް-19 ގެ ސަބަބުން ދައުލަތުގެ އާމްދަނީ ވަނީ 50 ޕަސެންޓް ދަށްވެފަ. އެހެންވެ، ހަރަދު ކުޑަކުރަން މިވަނީ ގިނަ ފިޔަވަޅު ތަކެއް އަޅާފަ. ދައުލަތުގެ މަތީ ފަންތީގެ މުސާރަ ލިބޭ ކެޓަގަރީގެ މުވައްޒަފުންގެ މުސާރަ ވަނީ ކުޑަކޮށްފަ. ބައެއް ނުފެށި ހުރި އިންވެސްޓްމަންޓް ޕްރޮޖެކްޓްތައް ވަނީ ވަގުތީ ގޮތުން ހުއްޓާލެވިފަ. އަދި މަރާމާތާއި ދަތުރުފަތުރު ކުރުމުގެ ހަރަދުތައްވެސް ވަނީ ކުޑަ ކުރެވިފަ" މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، ގްރޭޓަ މާލެ ކަނެކްޓިވިޓީ މަޝްރޫއުތަކަށް އިންޑިއާއިން 500 މިލިއަން ޑޮލަރުގެ އެހީއެއް ދީފައިވާ ކަމަށާއި އޭގެ ތެރެއިން 100 މިލިއަން ޑޮލަރަކީ ހިލޭ އެހީކަމަށް ވިދާޅުވެފައެވެ.

އިންޑިއާއިންް ރާއްޖެ އަށްް ދެމުން އަންނަ އެހީތެެރިކަމަށް ޓަކައި އެ ގައުމުގެ ސަރުކާރާއި ރައްޔިތުންނަށް މިނިސްޓަރ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ކުރީގެ ސަރުކާރާއި އިންޑިއާއާއި ދެމެދު އޮތް ގުޅުން އެހާ ރަނގަޅުނުވީ ނަމަވެސް، މިވެރިކަމުގައި ސަރުކާރުން އަންނަނީ އިންޑިއާއާއި ގާތް ގުޅުމެއް ބާއްވަމުންނެވެ. އޭގެ ހެއްކެއްގެ ގޮތުގައި އިންޑިއާއިން އަންނަނީ ކޮވިޑް-19ގެ ހާލަތުގައި ރާއްޖެއަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މޭޖަރ.......

    ރީނދޫ ސަރުކާރު ދެމެހެއްޓުމުގެ ޒިންމާ ނެގީވެސް އިންޑިޔާ

  2. އަބްދޫ

    މާލީ އެހީތެރިކަމޭ ބުނާއިރު ހިލޭ އެހީއަކަށް ކިހާވަރެއް ދިންތަ؟ޗައިނާއިން 2% އަށް ލޯނުނަގާފަ މިދެނީ 8% އަށް ރާއްޖެއަށާ ރާއްޖޭގަ ޕްރޮޖެކްޓް ހިންގަނީ ކަމަށް ބުނެ އިންޑިޔާ ކުންފުނިތަކަށް.ޗައިނާއިން ރާއްޖެޢަށް2% އަށް ލޮނުލިބޭ އެލޯނުގެ 15%ހިލޭ އެހީ ލިބޭ.ރާއްޖެއަށް އިންޑިޔާއިން ދޭކަމަށް މިބުނާ ލޯނުތަކުން ރާއްޖެއަށް ހުރީ ގެެްއްލުން އިންޑިޔާއަށާ އިންޑިޔާ ކުންފުނިތަކަށް ފައިދާ މިއީ ތަހުގީގުކުރަންޖެހޭ ކަންކަން

  3. ކާފަބޭ2020

    ތިޔަދޭމާލީއެހީ ލިޔެކިޔުމުންފެންނައިރު ،6 ،8 ޕަސެންޓުގެ އިންޓުރަސްޓާއެކު ދައްކަންޖެހޭތަން އަންނާތީތޯ ލޯނުދަންތުރަ އަކަށްނުވަނީ؟ ޗައިނާއިން 100މިލިއަންގެލޯނެއްނަގައިފިނަމަ ލޯނުދަންތުރަ އަނބުރާދައްކަންޖެހޭ 250މިލިއަންގެއެހީ ވަނީ ކޯޗަކަށްތޯ؟ މުޅިއާބާދީ 5 ލައްކަ އިންޑިއާއިންނެގިލޯނުއެހީ ބޮލަކަށްކިހާވަރެއްދައްކަންޖެހޭނެބާ؟☹☹☹☹

    10
  4. އަބްދޫ

    މާލީ އެހީތެރިކަން އިންޑިޔާ އިން ދީފައްއް ނުވޭ. ހިލޭ ދިން ފައިސާ ފޮެްޗެއްނެތް.ޗައިނާއިން 2% އަށްލިބެންއޮްވާ އިންޑިޔާއިން 8% އަށް ދަރަނި ނެގުމަކީ މާލީ އެހީތެރިކަން

  5. ރާއްޖެ

    މާނައަކީ އެންމެ ގިނަ ލޯނު ނަގާފައި ވަނީ އިންޑިއާ އިންނޭ. ދަރަނި ދަންތުރަ އެބަ ފެނޭޠަ؟