ދިވެހިންނަށް އެކުވެރި ޤައުމުތަކުގެ ރައްޔިތުންގެ ހިތުގާ ހުޅުވާފައިވާ ލޯބީގެ ދޮރު ބަންދު ނުވާނެކަން ދައްކާދީފައިވާ ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އިންޑިއާ ސަރުކާރުން ރާއްޖެ އަށް ދޭ 250 މިލިއަން ޑޮލަރުގެ މާލީ އެހީ ދިވެހި ސަރުކާރާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، މިނިސްޓަރ ޝާހިދު ވިދާޅުވީ ކޮވިޑް-19ގެ ބަލިމަޑު ކަމުގެ ސަބަބުން މުޅި ދުނިޔެ ބަންދުވެ ދަތުރު ފަތުރު ނުކުރެވޭ ހާލަތަށް ދިޔައިރުވެސް ދިވެހިންގެ އެކުވެރި ޤައުމުތަކުގެ ދޮރުތައް ދިވެހިންނަށް ބަންދު ނުވާނެކަމުގެ ފުރިހަމަ މިސާލު އިންޑިއާއިން ދައްކުވައި ދީފައިވާކަމަށެވެ.

އަދި މި ދުވަސްވަރަކީ ގައުމުތަކުގެ މެދުގައި ކުރަމުންދިޔަ ދަތުރުތައް ހުއްޓި މުދަލާއި ތަކެތި ފޯރުކޮށް ދިނުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރި ދޮވަސްކޮޅަކަށްވީ ނަމަވެސް އެކުވެރި ގައުމުތަކުން ރާއްޖެއަށް ވާ އެހީތެރިކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ޝާހިދު ވަނީ ދިވެހި ބަހުންނާއި ހިންދީ ބަހުންވެސް މި މެސެޖްދެއްވާފައެވެ.

" މުޅި ދުނިޔެ ބަންދު ކުރިޔަސް ދުނިޔޭގެ ވައިގެ ދަތުރުފަތުރު ހުއްޓުމަކަށް އަޔަސް، ބޯޑަރުތައް ބަންދު ކުރިޔަސް އެ ޤައުމުތަކުން ދިވެހިރާއްޖެއަށް ހުޅުވާލާފައިވާ ރަހުމަތްތެރިކަމުގެ ދޮރުތައް ބަންދު ނުކުރާނެކަން ދައްކުވާދީފި. ދިވެހިންނަނަށް އެ ޤައުމުތަކުގެ ރައްޔިތުންގެ ހިތުގާ ހުޅުވިފައިވާ ލޯބީގެ ދޮރުތައް، ވަރުަދަ ރަހުމަތްތެރިކަމުގެ ދޮރުތައް ބަންދު ނުވާނެކަން ދައްކުވައިފި. އަދި އިންޑިއާއަކީ އެ މިސާލު ދައްކުވައިދިން އަބަދުވެސް ރާއްޖޭގެ އެންމެ ގާތް އެކުވެރިޔާ." އޭނާ ވިދާޅުވިއެވެ.

އިންޑިއާގެ މި އެހީ ފޯރުކޮށް ދިނުމަށް ހަމަޖެހިފައި ވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ގެ މާލެ ބްރާންޗް މެދުވެރިކޮށް ޓެޝަރީ ބޮންޑް ސޭލްއެއްގެ ގޮތުގައި ކަމަށެވެ. މި ފައިސާ ދައްކަން ޖެހޭނީ 10 އަހަރުގެ "ރީޕޭމަންޓް ޓެނިއާ" އަކަށް ފަހު ކަމަށާއި އިންޑިއާ އިން އެހީ ފޯރުކޮށްދީފައި ވަނީ ދިވެހި ސަރުކާރަށް އެންމެ ލުއި އަދި އެންމެ ހެޔޮ ޓާމްތަކުގެ ދަށުންނެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ހުސޭނުބޭ

    ލޯބީގެ ދަރުބާރު ރިލޯޑްކުރަން އުޅޭހެން ހާދަ ހީވެޔޭ!

    22
  2. ކަނަމަނަ

    ޝާހިދުއައް އެބައެގޭތަޝާހިދުއައް ތިކިޔެނީ ކީކޭކަން ތިބުނާ ގައުމުން ދިންއެއްޗެއްދިނީހިލޭތަ ނޫނީ ތިދިންއެތި އަބުރާދެނޭޝާހިދުގެޖީބުންތަ ހަމަރައްޔަތުން ތިވެސް ދައްކަންޖެހޭނީ ނުދެއްކިއްޖެއްޔާ އަބިދަރިންވެސް ވިއްކާފަ ދޭންޖެހޭނެ އަހަރުމެން ރައްޔަތުންނަކައްނޭގެ ކޮންކަހަލަށަރުދެއްކަންވެސް ފޮނިބާސާނުކަޑާ މަޑުންހުރޭ

  3. ރަބަރޭ

    ދަރަނި ދަންތުރާގާއި ޖެހި ނަގޫފިތިފާ
    ޢިންޑިއާ އައުޓް ޢިންޑިއާ އައުޓް ޢިންޑިއާ އައުޓް ޢިންޑިއާ އައުޓް ޢިންޑިއާ އައުޓް ޢިންޑިއާ އައުޓް ޢިންޑިއާ އައުޓް ޢިންޑިއާ އައުޓް

  4. ދަގަނޑޭ

    މިސޮރު ދެން މިހާރު މިއުޅެނީ ހާދ ރޮމެންޓިކު މޫޑެއްގައޭ

    20
  5. Anonymous

    ކާޕެޓުންވެސް ވައްކަން

    19
  6. މަގޭ

    ކަލޭ ލޯ ތިހުރީ ބަންދުވެފަކަންނޭގެ. ގައުމުތަޢް ގޮތަށްވެސް ތިފެންނަނީ އިންޑިޔާ ވިއްޔާ

    20
  7. Anonymous

    # އިންޑިއާ އައުޓް މިހާރުން މިހާރައް އިންޑިއާ ސިފައިން ފައިބާގެން ދާންވީ ނޫންނަމަ ދިވެހިން އިތުރު ވިސްނުމަކަށް ދާންޖެހިދާނެ މިވަރައް ވާހަކަ.

    25
  8. ޢލފތ

    # އިންޑިއާ އައުޓް މިހާރުން މިހާރައް އިންޑިއާ ސިފައިން ފައިބާގެން ދާންވީ ނޫންނަމަ ދިވެހިން އިތުރު ވިސްނުމަކަށް ދާންޖެހިދާނެ މިވަރައް ވާހަކަ. ކާޕެޓް ވަގު

    21
  9. ޢުނބުޝޭމް

    ލޯބި ވެގެން ދިޔަދިޔާ ނުން ކުރީ ބުރު އެއަރޕޯޓް ހިބައިން ދިނީ ތިމާމެން ޖީބު ބޮޑުވާ ގޮތަށް މިފަހަރު ކިހާވަރަ ކުން ދާނެބާ

    18
  10. ހަނި

    ސާހިދު ޕަށްޕަ ސޮލެވޭ ފާތިހާކިޔަވާގެން ހެދި ގެއެކޭ މިހާރު ވެސް ،އެމްޑީޕީ ކުދިންކިޔާތަފާޠިހާކިޔަވާގެނޭގެހެދީ

    15
  11. މޫސަ

    ލޯބީގެ ދޮ ރުން ވެއްދި ކާޕެޓްތޯ ގެއަށް ގެންދިޔައީ؟

    18
  12. އިންޑިޔާ އައުޓް

    #އިންޑިޔާ އައުޓް

    15
  13. މިއަދު

    ތިވެރިންގެނުކުމެދޯ ގޮވީ އެކުވެރި ދައުލަތްތަކާއި ދުރުތާ ދައުލަތްތަކުގެ ދޮރުތަކުގައި ބޮޑުތަޅު އަޅުވަން އެކަންނުވިކަން ނުވާނެކަން ރ ޔާމީނުސާބިތުކޮށްދިނީ ސިނަމާލެ ބުރިޖާއި ދަރުމަވަންތަ ހޮސްޕިޓަލާއި ވެލާނާ އިންޓަނޭސަނަލް އެއާޕޯޓުން

    16
  14. ތުރާކުނު

    ޙާދަވަރަކަން މި ސަނާކިޔަނީ އިންޑިޔާ އައުޓު

  15. އަހްމަދު

    ޝާހިދު އިންޑިޔާއަކީ އިސްލާމުންނާއެކުވެރި ގައުމެއްނޫން ޝާހިދުމެންކަހަލަ މީހުންނައް އިންޑިޔާ ރަނގަޅުވެދާނެ އެހެންނަމަވެސް މުސްލިމުންނައް އިހްތިރާމްނުކުރާ ގައުމެއްގެ އެހީތެރިކަންވެސް މި%100 ގައުމުގެ ރައްޔިތުންނަކަށް ކަމަކުނުދޭ

  16. ތުރާކުނު

    ޢިންޑިޔާ އައުޓް

  17. ކުމާރު

    ކަލޭގެ އެންމެލޯބިވާ އިންޑިއާއައުޓް މިހާރުން މިހާރަށް އައުޓް ކުރޭ ނޫނީ ދެވަނަ ވިސްނުމަކަށް ރަށްޔަތުން ދާންޖެހިދާނެ.