ރާއްޖެއާއި އިންޑިއާ އާއި ދެމެދު ބާއްވަން ނިންމި ކާގޯ ފެރީގެ ދަތުރުތައް މިއަދު ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

"އެމްސީޕީ ލިންޒް 47" ނަމަކަށް ކިޔާ ކާގޯ ފެރީއަކީ 380 ކޮންޓެއިނަރު، އަދި 3،000 މެޓްރިކް ޓަނުގެ ބްރޭކް ބަލްކް ކާގޯ ކެޕޭސިޓީ ހުރި ފެރީއެކެވެ. އަދި އެ ފެރީގެ ދިގު މިނުގައި 117 މީޓަރު ހުންނާނެއެވެ. ފެރީ ފުރަތަމަ ފުރައިގެން އިންޑިއާގެ ސޫތުކުޅިން ދާނީ ކޮޗިންއަށެވެ. އެ ފެރީ ސޫތުކުޅިން މިއަދު ފުރާނެ އެވެ. އޭގެ ފަހުގައި، އެންމެ ފުރަތަމަ އަންނާނީ ކުޅުދުއްފުއްޓަށެވެ. ކުޅުދުއްފުއްޓަށް ފަހު، ފެރީ އަންނާނީ މާލެއަށެވެ.

އެ އުޅަނދު ކޮޗިން އިން ފުރާނީ މި މަހުގެ 22 ވަނަ ދުވަހުއެވެ. އަދި ރާއްޖެ އަންނާނީ 26 ވަނަ ދުވަހުއެވެ.

ރާއްޖެއާއި އިންޑިއާ ދެމެދު ބާއްވާ ކާގޯ ފެރީގެ ދެ ދަތުރުތައް ކޮންމެ މަހަކު އޮންނާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކާގޯ ފެރީގެ ދެވަނަ ދަތުރު ތާވަލުކޮށްފައި ވަނީ އަންނަ މަހުގެ ފުރަތަމަ ދުވަހަށެވެ. ދެވަނަ ދަތުރުގައި "އެމްސީޕީ ލިންޒް 48" އުޅަނދު ރާއްޖެ އަންނާނީ އޮކްޓޫބަރު ހަތް ވަނަ ދުވަހުއެވެ.

އިންޑިއާ ސަފީރު ސަންޖޭ ސުދީރު ވިދާޅުވީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ވިޔަފާރީގެ ގުޅުން ބާއްވަމުން އަންނަތާ އެތައް އަހަރެއް ވެފައިވާ އިރު، ކާގޯ ފެރީގެ ހިދުމަތް ފެށުމަކީ ދިވެހިންނަށް އެތައް ފައިދާއެއް ކުރާނެ ކަމެއް ކަމަށެވެ. ހާއްސަކޮށް، ދިވެހި އުފެއްދުންތައް ޔޫރަޕަށާއި އޭޝިއާގެ ސަރަހައްދުތަކަށް އެކްސްޕޯޓު ކުރުމަށް މިއީ ހުޅުވޭނެ ދޮރެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މާމިގިލީ މީހާ

    މަސްތުވާތަކެތީގެ ބޮޑު ދޮރެއްތިޔަ ހުޅުވާލަނީ. ދިވެހިންނައް ތިޔޭގެ ސަބަބުން ކުރާ ފައިދާއަށް ވުރެ ވާނީ ގެއްލުން.

    10
  2. މަލިކު

    މިމަހު ވިހި ތާރީކު ސޫތުކުޅިންފުރާ މިނައު ކޮއްޗޭ އަށްއައިސް 22ތާރީކު ކޮއްޗޭންފުރާ 26ތާރީކު ކުޅުދުއްފުށްޓަށް އާންނާނެ،

  3. ހަނި

    ދެންރާޖެން ކޮލިޓީ އެތް ޗިހިނުލިބޭނެ ރާޖެގެދަޑުވެރިކަން ދިޔައީ

    10