ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ފޭސް ދޭއްގައި އަޅާފައިވާ ފްލެޓްތައް ލިބޭ މީހުންގެ ވަގުތީ ލިސްޓެއް އަނެއްކާވެސް އާއްމުކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު މެންދުރު ފަހު ނެރެފައި ވަނީ "ހިޔާ" މަޝްރޫޢުގެ ތެރެއިން، H9 (މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްސަ) ކެޓަގަރީ ވަގުތީ ލިސްޓެވެ.

ރައީސް އޮފީހުން ވިދާޅުވީ، އެ ވަގުތީ ލިސްޓަކީ ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީއިން ދިރާސާކުރެއްވުމަށްފަހު، އެ ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓު ކަމަށެވެ.

ރައީސް އޮފީހުން ވިދާޅުވިގޮތުގައި، "ހިޔާ" މަޝްރޫޢުގެ H9 ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ކޮމިޓީއިން ބެލިބެލުމުގައި އެ ކެޓަގަރީއަށް ފޯމު ހުށަހެޅުމަށް ޝަރުތުހަމަވާ ފަރާތްތަކާއި ޝަރުތުހަމަނުވާ ފަރާތްތައް، ޝަރުތުހަމަނުވާކަމަށް ކޮމިޓީއަށް ފެންނަ ސަބަބާއެކު ވަގުތީ ލިސްޓުގައިވާނެ އެވެ.

އަދި މި ކެޓަގަރީއަށް ކުރިމަތިލުމަށް ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން، ދިރިއުޅުމުގެ ހާލަތު ބެލުމުގެ ކަންކަން ކުރިއަށްގެންދެވިފައިނުވާ ފަރާތްތައް ސަބަބާއެކު ވަގުތީ ލިސްޓުގައި ފާހަގަކޮށްފައިވާނެ ކަަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެެވެ.

H9 ކެޓަރީއަށް ޝަރުތު ހަމަވާ ފަރާތްތަކުގެ ވަގުތީ ލިސްޓް

H9 ކެޓަރީއަށް ޝަރުތު ހަމަނުވާ ފަރާތްތަކުގެ ވަގުތީ ލިސްޓް

ރައީސް އޮފީހުން ވިދާޅުވީ، "ހިޔާ" މަޝްރޫޢުގެ H9 ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާގޮތުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު، މާދަމާ ފެށިގެން 4 އޮކްޓޫބަރު 2020 ގެ 15:00 ނިޔަލަށް އޮންނާނެ ކަމަށެވެ.

އަދި ޕޯޓަލް މެދުވެރިކޮށް މި ލިސްޓަށް ޝަކުވާ ހުށަހެޅޭނެ ކަަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    100 ޕޮއިންޓް ދޭން ކަނޑައަޅާފައިވާއިރު އުޞޫލާ ޚިލާފަށް. ފްލެޓް ކޮމެޓީން ޕޮއިންޓް ދީފައި. ދަފްތަރުގަ ޖެހުނު މުއްދަތަދީފައި އަދި މާލޭގައި އުޅުނު މުއްދަތަށްވެސް ދީފައި. 2018ގައި ޔާމީން ސަރުކާރުން އެކުލަވާލި އުޞޫލުގައިވާގޮތުން ކޮންމެވެސް އެއްބަޔަކުން ލިބޭގޮތަށް ކަނޑައެޅީ އެގޮތުން ދަފްތަރު މުއްދަތުން ނުވަތަ ދިރިއުޅުނު މުއްދަތަށްބަލާފަ ދޭގޮތަށް ނިންމީ. މިހާރު މިވެރިން 120 ޕޮއިންޓް ކަމަށް ކަނޑައެޅީމި.

    14
    2
  2. ޙހހހ

    ދިރިއުޅުމުގެ ހާލަތު ބަލަން ގުޅާގެން ދިމާނުވި ފަރާތްތަކަށްވެސް އެބަހުރި ހާލަތަށް ޕޮއިންޓް ދީފައި ، ކިހިނެއްތޯ ބެލީ ، ޖިންނި ފޮނުވާގެންތޯ ، ވަރަށް އިންސާފެއްނު ، ފުލެޓަށްވެސް ކިޔޫ ، ޝަކުވާއަށްވެސް ކިޔޫ

  3. މަހާ

    ޑަބަލްކޮށް ޕޮއިންޓް ދީފަ މި ހުރީ، މީ ކޮންކަހަލަ ބައެއް.
    ދ.ސެޓްފިކެޓަށްވެސް ދީފަ މުއްދަތަށްވެސް ފުލްކޮށް ޕޮއިންޓް ދީފަ،