ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ މައްސަލަތައް ބާތިލް ކުރުމަށް ނިންމި ކުރިމިނަލް ކޯޓުގެ ގާޒީ އިސްމާއީލް ރަޝީދު ސަސްޕެންޝަން ނިންމުމަށް ފަހު ވަޒީފާއަށް ނުކުމެވަޑައިގަންނަވައިފިއެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް "ވަގުތު"އަށް ވިދާޅުވީ ސަސްޕެންޝަން ނިންމުމަށް ފަހު ގާޒީ އިސްމާއީ ރަޝީދު މަސައްކަތަށް ނުކުމެވަޑައިގެންނެވީ އިއްޔެ ކަމަށެވެ.
އޭނާ ސަސްޕްންޑް ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމެވީ ޖުލައި 19 ވަަނަ ދުވަހުއެވެ.
އަދީބުގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި އުފުލާފައި ވަނީ ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެދައުވާ އަކާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާ އަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާއަކާއި މަނީ ލޯންޑްރިންގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދުމުގެ ދައުވާއެކެވެ.
އެ ހަތް ދައުވާ ވެސް މިދިޔަ ޖުލައި މަހުގެ 14ވަނަ ދުވަހު ވަނީ ބާތިލްކޮށްފައެވެ. ދައުވާތައް ބާތިލް ކުރުމާއި ގުޅިގެން އޭނާ ވަނީ މިނިވަންވެފައެވެ. މި ހަތް ދައުވާ ބާތިލް ކުރި މައްސަލަ މިހާރު ހައިކޯޓުގައި ދަނީ ކުރިއަށެވެ.
ގާޒީ އިސްމާއިލް ރަޝީދުގެ އެ މައްސަލަ ޖޭއެސްސީއަށް ހުށަހެޅި ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހުންނެވެ.
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް މީގެކުރިން ވިދާޅުވީ އަދީބުގެ މައްޗަށް ކުރާ ދައުވާތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމެވީ އަދީބުގެ ފަރާތުން ހުށަހެޅި ކަންތައްތަކަކަށް ބިނާކޮށްގެން ނޫން ކަމަަށެވެ.
ދެން ތިޔަ ފަނޑިޔާރުގެ ނިންމުންތައްބިނާވާނީ އެމްޑިޕީ ސަރުކާރު ރުހޭ ގޮތަށް އެނޫންގޮތަކަށް ޙުކުމެއްކުރާކަށް ދެނެއް ނުކެރޭނެ ބިރުދައްކައި އެމްޑީޕީގެ ކޮންޓްރޯލްގެދަށަށް ގެނެސް މަޤާމުގެ މަސްއޫލިއްޔަތުތައް ހަވާލުކުރީ ދެން މިޤާއުމުގަ އިންސާފު ޤާއިމުކުރެވޭނެ ގޮތެއް އެބައޮތްތަ؟ އެމްޑީޕީ ބޭނުންކަމެއް ބޭނުން ގޮތަކަށްކުރަންވީމަ އޯކޭ އެއީ އިންސާފު ކެނެރީގޭ ނަޝީދު ވެރިކަމުގަ ހުރެގެން ހިންގި ޖަރީމާތައް އެނުވޭ ކުށަކަށް ސާބަސް ޖުޑިސަރީއަށް ސަދޫމަށްވުރެ ކުރީގަ އުޅެނީ
އެމްޑީޕީން ހިތަށްއެރި ގޮތަކަށް ހުކުން ކުރަމުންގެންދަނީ ގާޒިންނަށް ބިރުދަށްކައިގެން .
ބޭނުންވާ އެތިކޮޅު ލިބެއްޖެ މައްސަލައެއްނެތް