ފެނަކައިން ފޮނުވި ޖަނަރޭޓަރާއި މުދަލާއެކު ހއ.އަތޮޅަށް ދަތުރު ކުރަނިކޮށް ފަރަށް އެރި ކޮޅުވެއްޓި ފުން ނުކުރެވި އަދިވެސް އޭގައި ހުރި ޖަނަރޭޓަރުތަކަށް ލޮނު އަރަމުންދާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
ނަމަވެސް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ސައީދު ގެންދަނީ ކޮޅުވެއްޓީގައި ހުރި ގިނަ މުދާ ސަލާމަތް ކޮށްފައިވާ ކަމަށާއި، އަދި ކޮޅުވެއްޓީގައި މިހާރު ހުރި މުދަލަށް ވެސް ގެއްލުމެއް ނުލިބޭ ކަމަށް ބުނެ މީޑިއާގައި ދޮގު ހަދަމުންނެވެ.
"ވަގުތު" އަށް ކަށަވަރު ވެފައިވާ ގޮތުގައި މެދުކެނޑުމެއް ނެތި ލޮނު އަރަމުންދާ ކޮޅުވެއްޓީގައި މިހާރު ވެސް ތިން ޖަނަރޭޓަރާއި ޕެނަލް ބޯޑެއް އެބަހުއްޓެވެ. ކޮޅުވެއްޓިން މިހާތަނަށް ބާލާފައި ވަނީ ކޭބަލް ރޯލްތަކެކެވެ. އެތަކެތި ވަނީ ށ.އަތޮޅުން މިލަންދުއަށް ފޮނުވާފައެވެ.
ފެނަކަ ކޯޕަރޭޝަންގެ އިސް މުވައްޒަފަކު "ވަގުތު" އަށް ވިދާޅުވީ ކޮޅުވެއްޓީގައި މިހާރު ހުރި މުދަލަށް ގެއްލުމެއް ނުލިބޭ ކަމަށް އެމްޑީ ސައީދު ވިދާޅުވި ނަމަވެސް ކޮޅުވެއްޓީގައި ހުރި ޖަނަރޭޓަރުތައް ބޮޑު މަރާމާތަކާއި ނުލައި ދެން ބޭނުން ނުކުރެވޭނެ ކަމަށެވެ.
ފަރަށް އެރިތާ ނުވަ ދުވަސްވެފައިވާ ކޮޅުވެއްޓީގައި ހުރި އިންޖީނުތައް ބޭލުމުގެ މަސައްކަތް ކުރަނީ ލިއޯ ކުންފުނީގެ ބާޖެއްގައި ކެރޭނެއް ބަހައްޓައިގެންނެވެ. އިންޖީނުތައް ބާލަން މިއަދު ވެސް މަސައްކަތްކުރިއެވެ. ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން މަސައްކަތް ކުރިއަކަށް ނުދެއެވެ.
މެނޭޖިން ޑިރެކްޓަރ ސައީދު، ފެނައިކައިގެ ޤާނޫނީވަކީލަކާއި ވައިގެ މަގުން އިއްޔެ ހަނިމާދުއަށް ވަޑައިގެން، މިއަދު ވަނީ ކޮޅުވެއްޓި ފަރަށް އަރާފައި އޮތް ސަރަހައްދަށް ޒިޔާރަތްކޮށް އެތަން ބައްލަވާލައްވާފައެވެ. އަދި މިލަންދޫއަށް ވެސް އޭނާ މިއަދު ޒިޔާރަތް ކުރެއްވިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ސައީދު މިހާރު ހުންނެވީ ރިސޯޓެއްގައެވެ.
ކޮޅުވެއްޓީގައި ހުރި މުދަލަށް ލިބެމުންދާ ގެއްލުންތަކުގެ ތަފްސީލް ހޯދަން ފެނަކައިގެ އޮފިޝަލުންނަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ އެކުންފުނީގެ ބަހެއް ނުލިބެއެވެ.
ފަރަށް އެރި ކޮޅުވެއްޓީގައި ހުރި މުދާތައް ވަނީ އިންޝުއަރެންސް ކޮށްފައި ކަމަށް ސައީދު މީޑިއާގައި ވިދާޅުވެފައި ވީނަމަވެސް، ކޮޅުވެއްޓި ފަރަށް އަރައި، ދިޔަވެ، އިންޖީނުތަކަށް ގެއްލުންވެ، މުދާތައް އެއް ތަނުން އަނެއް ތަނަށް އުފުލަމުންދާއިރު އިންޝުއަރެންސް ކުންފުނީގެ އެއްވެސް ބޭފުޅަކު އަދި ހާދިސާ ހިނގިތަނަށް ވަޑައެއް ނުގަންނަވައެވެ.
ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުދާ ރަށްރަށަށް އުފުލާއިރު، އެ ތަކެތި ގެންދަން ޖެހެނީ އިންޝުއަރެންސް ކޮށްފައި ހުންނަ އުޅަނދުފަހަރުގައެވެ. އަދި އެ މުދާ ވެސް ހުންނަން ޖެހެނީ އިންޝުއަރެންސް ކޮށްފައެވެ. އަދި މުދާ އުފުލާ އުޅަނދު ފުރުމުގެ ކުރިން، އޭގެ ސަލާމަތީ ކަންކަން ބަލައި، ޗެކްކުރަންޖެހެއެވެ.
ސައީދައް ރަސޯޓައް އަ ރާ ފޭބޭއި ރު ..ކީއްވެ ރިސޯޓް ބޯއީން.ނައް ރިސޯޓުން ފައަބާފިނަމާ 4 1 ދުވަސް ކަރަންޓީން ވާންޖެހެނީ . ވަކި މީހެކައް ވަކި ގޮތެއް ދޯ
އާނ އެބުނާހެން ނަސީދު ކަރަންޓީނު ކޮށްފި ކިރިޔާ ރާއްޖެއިން ބޭރަށް ގޮައްސަ އައިއްސި ތަނާ
ބަލަގަ އައި. އެސް.އޯ ސްޓޭންޑަޑަށް ހިންގާ ތަންތަނުގައި ޖަނަރޭޓަރުތައް ހިންގަނީ ލޮނުއަޅައިގެންކަމަށް ވެދާނެނު!
ޢިންޝޫ ރެންސް ކުރެވޭނީ ކިހިނެތް. ޢިންޝޫ ރެންސް ލާ ރިކޮޅު ޖީބަށް ކަހާލެވިއްޖިއްޔާ މާ ރަގަޅެއްނު
މި ސަރުކާރުން އެއްވެސް ކަމެއް ކުރޭތަ ރައްޔަތުންނަން އޮޅުވާނުލާ މީ އޮޅިފައޮންނަ ސަރުކާރެއް
މިސަރުކާރުގެ ކޮންމެކަމަކީ ކޮރަޕްޝަނަށް ހުޅުވާލެވިގެން
ހިންގާ ވަގު ވިޔަފާރިއެކެވެ ހުރިހާ ގެއްލުމެއް އާއްމު
ރައްޔިތުންނަށެވެ ވެރިން ބޮޑުމުސާރައާއި ރިޝްވަތު ހިއްޕަވައިގެން މަޖާނަގަނީއެވެ.
ފެނަކައިން އަބަދުވެސް އަހަރުމެންގެ ލާރިކޮޅު ކާލަނީ ބިލު ބޮޑުކޮށްގެންނެވެ މިއީ ފަހުގެތާރީހެއްގައި މިސަރުކާރުން ހިންގާ އާދަޔާއި ހިލާފު ބޮޑު ޖަރީމާއެއް.