އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ހޮސްޕިޓަލަށް ބަދަލު ކުރުމަށްޓަކައި އިމާރާތުގެ ބައިތައް ރޫޅާލައިގެން ނެގި ބައެއް ތަކެތި ނީލަމުގައި ވިއްކަން ނިންމައިފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނީ، ވިއްކާލަން ނިންމާފައިވާ ތަކެތީގެ ތެރޭގައި އިމާރާތުން ނައްޓާފައިވާ ދޮރު، ދޮރުފަތް، ސެންޓްރަލް އެއަކޯން ޔުނިޓް، ރޯލަޝަޓަ ހިމެނޭ ކަމަށެވެ.
ނީލަން ކިއުން އޮންނާނީ އަންނަ މަހުގެ އެއް ވަނަ ދުވަހުގެ ހެނދުނު 09:00 ގައި ހިތަދޫ އަވަށު އޮފީހުގެ ގޯތި ތެރޭގައި ކަމަށް އައްޑޫސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
ނީލަން ކިއުމަށް ހަމަޖެހިފައިވާ ތަކެތި ބައްލަވައިލެއްވުމަށް ބޭނުންވާ މީހުން ކުރިއަށް އޮތް ތިން ދުވަހު މެންދުރު 13:00 އިން 14:00 އަށް އެއިދާރާއަށް ދިއުމުން ތަކެތި ބެލޭނެ އިންތިޒާމު ހަމަޖައްސައި ދޭނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
2023 ގެ އިންތިހާބް ނޫނީ އެއިންތިހާބާއި ގުޅޭ ވޯޓްކަރުދާސް ހިމެނޭތަ. ޢީސީ ސަރީފޫުު
2023 ހުގެއިންތިހާބުގެ ވޯޓުކަރުދާސް ތަކުން އީސީ ޝަރީފު ވައްކަންނުކުރާތި އަންނަންއޮތްދުވަހަށްބިރުވެތިވޭ އަދި އެފަދަ ފަރާތްތަކާ ގާނޫނު އަރާހަމަކުރާނެ ހަރާންފައިސާގައިޖެހޭމީހުންނައް ދުނިޔެމަތީ އެކަންދައްކަވާނެއެވެ. ފިލާކޯޓުލައިގެނެއްނުހުރުވޭނެއެވެ.
ވަރަށް ބިޔަ ފުޅާ ޕްރޮޖެކްޓެއް ދޯ.އައްޑޫ ކުދިން އަތްޖަހަލައު.