ވަޒީފާ ނެތިފަ ތިބި ޒުވާނުންނަށް ހާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) މަސައްކަތެއް ހަވާލުކޮށްފިއެވެ.
ކޮވިޑް-19 އާ ހެދި އެތައް ބައެއްގެ ވަޒީފާ ވަނީ ގެއްލިފައެވެ. އަދި ކުރިން މާލޭގައި ދިރިއުޅެމުންދިޔަ އެތައް އާއިލާއެއް ވަނީ ރަށަށް ބަދަލު ވެފައެވެ. އަދި އިތުރަށް ކުރާނެ މަސައްކަތެއް ނެތި، ގިނަބަޔަކު ވަނީ މަގުމަތިވެެސް ވެފައެވެ.
އެފަދަ ފަރާތްތަކަށް، އޭނާ އަށް އުޖޫރަ ދެވޭނެ މަސައްކަތެއްގެ ހުށަހެޅުން ޓްވީޓާ މެދުވެރިކޮށް އޭނާ ވަނީ ހާމަކޮށްފައެވެ.
ފުޅާ ދާއިރާއެއްގައި މަހުގެ އެކްސްޕޯޓް ކުރާ ރުކުމާ މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވީ، އާމްދަނީ ޔަގީންވާނެ ކަންކަމާއި، ފިކުރުކުރަން ނުތިބެ ދިވެހި ޒުވާނުން ލޮނުމަސް އެޅުން އިތުރު ކުރުން ރަނގަޅު ކަމަށެވެ.
އާމްދަނީ ޔަގީންވާނެ ކަންކަމާ ފިކުރުކުރަން ނުތިބެ ދިވެހި ޒުވާނުން ލޮނުމަސް އެޅުން އިތުރު ކުރައްވާ. ބާޒާރު ރޭޓުން ރުކުމާ ގަންނާނަން. އަލަށް މަސައްކަތް ފަށާ ކުދިންނަށް އިރުޝާދުދޭނަން
ވަޓްސްއެޕް އިން 7777730 އަށް މެސެޖް ކުރައްވާ
1/4 pic.twitter.com/2VwGiD3jok— ރުކުމާ (@RukumaA) September 27, 2020
އޭނާ ވިދާޅުވީ، ބާޒާރު ރޭޓުން އޭނާ އެ ތަކެތި ގަންނާނެ ކަމަށާއި، އަލަށް މަސައްކަތް ފަށާ ކުދިންނަށް އިރުޝާދުވެސް ދޭނެ ކަަމަށެވެ. އަދި އެ ކުދިން އޭނާއަށް ވަޓްސްއެޕް އިން 7777730 މެސެޖް ކުރުމަށް ވަނީ އެދިފައެވެ.
"ސީރާ ކުރާއިރު މަސްގަނޑު ތުނި/ބޯ މަސް ސީރާ ކުރާގަޑިއިރު ތަފާތުވާނެ. ސީރާލޮނު ސާފުކުރަންވާނީ ލޮނު ފެނުގަ އަދި އަވީލާ ރަންގަޅަށް ހިއްކާ. ސީރާ ލޮނުގަނޑު ގޮނޑު ދޮށަށް އުކާނުލާތި. ލޮނުމަހަކީވެސް އިންސާނުން ކާއެއްޗެއް. ސާފުތާހިތު ކަމަށް އިސްކަންދީ". އޭނާ ކުރި ޓްވީޓްގައި ވެއެވެ.
މީގެ އިތުރުން އޭނާ ވަނީ ބާޒާރުގެ މިހާރުގެ އަގުވެސް އެ ޓްވީޓްގައި ހިމަނާފައެވެ.
ބާޒާރުގެ މިހާރުގެ އަގަކީ ކިލޯއެއް
ހިބަރު 55
ކުރުމަސް 65
މާނިޔަ 30
ގިއުޅު 30
ކަންނެލި މަސް 40
ކަންނެލި ޕީސް 30
ހުޅުނބު 18
ފިޔަލަ 40
ކަނޑުލޮނު 22
ހިކިމަސް 50 pic.twitter.com/k5fjHMDv2L— ރުކުމާ (@RukumaA) September 27, 2020
މީގެ އިތުރުން، ރުކުމާ ވިދާޅުވީ، ސަރުކާރުން މަސްވެރިނަށް ދެއްކި ތަސްވީރު ތަންފީޒް ވީ މިންވަރު އެކި މީހުން މިނާނީ އެކި ނާޅިން ކަމަށެވެ.
"ޖަދަލު ކުރުމުގަ ވަގުތު ނަގާ ނުލާ. ދެކެމުން މިދަނީ ތަދުމަޑު ދުވަސްތަކެއް،". އޭނާ ކުރި ޓްވީޓްގައި ވެއެވެ.
ސާބަހޭ ރުކުމާ ތިކަހަލަ ބޭފުޅު މަދުވީމަ ހިތާމައަކީ! ރަނގަޅު ވިސަނަރީ ބޭފުޅުންނާ ހިޔަނި ބޮޑުވަޒީރު ހިތްޕުޅާ ނުވާނެއެވެ. އެކަމަކު އަޅުގަނޑުމެންނަށް ތީބަތަލެކެވެ.
މީ މިވަގުތު އަޅުގަޑުމެން ބޭނުންވާ ފަދަ ވިސްނުމަކީ، މިފަދަ ވިސްނުން ގެންގުޅުއްވާނެ ކަމަށް އުންމީދުކުރަން. މީ މެންބަރުންގެ ފަރާތުން ލިބެންވީ ފަދަ އެހީތެރިކަމަކީ... ޜުފިޔާ ބެހުމަށްވުރެ ބާރުވެރިކުރުވުމަކީ ބޭނުންތެރި ކަމެއް.
އަޅުގަނޑަކީ އެމްޑީޕީ މެމްބަރެއް ނޫން. ނަމަވެސް މިފަދަ މެމްބަރުންނަށް ސަޕޯރޓް ކުރާނަން. އަޅުގަނޑު ސަޕޯރޓް ކުރަނީ ކުލަޔަކަށް ނޫން. ހެޔޯ ބަދަލަށް. ރުކުމާ އަށް ސެލިއުޓް.
ޒުވާން ޖީލު މަސައްކަތުގެ މާހައުލުން ފެނިގެން ނޫނީ ގައުމު ކުރި އަކަށް ނުކަނޑާނެ... ދިވެހިން ހޭލަން އެބަ ޖެހޭ...
ކައްކާ ރިހާކުރު ކޮޅުވެސް ވިއްކައިދޭނެގޮތް ހަދާދީ ދޯ