އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފްގެ މަންމަ ކޮވިޑް-19 އަށް ފައްސިވެ، އޭނާ ކަރަންޓީންގައި ހުންނަވަން ޖެހިއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރުކަން ކުރައްވާ ހަސަން ލަތީފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭނާގެ މަންމަ ކޮވިޑް-19 އަށް ފައްސިވުމާ ގުޅިގެން މިހާރު އައިސޮލޭޝަން ފެސިލިޓީއަކަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މިވަގުތު އޭނާ ހުންނެވީ ގޭގައި ކަރަންޓީންކޮށްފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ކޮވިޑް-19 ޓެސްޓް ނައްސިވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު މި ހުރީ ގޭގައި ކަރަންޓީންގައި. އެއީ މަންމަގެ ޑައިރެކްޓް ކޮންޓެކްޓަކަށްވީމަ، އަޅުގަނޑުގެ ޓެސްޓް ނެގެޓިވް،" ރައްޔިތުންގެ މަޖިލިހާއި އެމްޑީޕީގެ ރަސްމީ ޓުވިޓާ އެކައުންޓް ޓެގް ކުރައްވައި ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފް އެގޮތަށް ޓުވީޓު ކުރެއްވުމާ ގުޅިގެން ބަޔަކު ވަނީ އޭނާގެ މަންމަ އަށް އަވަސް ޝިފާއަކަށް އެދިފައެވެ.

މީގެކުރިން، ފައްސިވި މީހާއާ ޑައިރެކްޓް ކޮންޓެކްޓް ވެގެން، ރައްޔިތުންގެ މަޖިލިހުގެ ގިނަ މެމްބަރުން ވެސް ކަރަންޓީންގައި ތިއްބަވަން ޖެހިވަޑައިގެންނެވިއެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 10،098 އަށް އަރައިފައެވެ. މި ބަލި ޖެހިފައި ވަނީ 6،368 ދިވެހިންނަށާއި 3،730 ބިދޭސީންނަށެވެ. އަދި މި ބަލި ޖެހިގެން ރަނގަޅުވެފައި ވަނީ 8،847 މީހުންނެވެ.

މި ބަލީގައި ނިޔާވެފައި ވަނީ 34 މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސިދާތާގެ ބެޑްސީޓް

    އަހަރުމެންނަށް ހެޔޮ ކަލޭ ގޭގައި ނުނީ ކަނޑުމަތީ އޮތަސް

    32
    7
  2. ފަސާދަ

    އަހަރުމެންނަށް ހެޔޮ

    30
    7
  3. ދުއާ

    ހަސަނަ ލަތީފް މަންމައަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާންދޭ. އާމީން

    22
    5
  4. އަލި

    ތަނބި ކަށި އެކަނި މާލޭ މީހާ އހެން ތަންތަން އިންޑިއާ.

    22
    1
  5. ޖަޒީރާ ބޯއީ

    މަންމައަށް ޝަފަކަﷲ،
    މިހާރު އިހުސާސް ކެވޭނެ އާދައިގެ ނިކަމެތި ރައްޔިތުން އުޅެމުންދާ ހާލު.

    15
    2