މަސްތުހާލުގައި ހުރެގެން ދީނަށް ފުރައްސާރަ ކުރި އިންޑިއާ މީހާ މައާފަށް އެދިއްޖެ އެވެ.

މާތްﷲ އަށް ފުރައްސާރަ ކުރި އެ މީހާ ހައްޔަރުކޮށްފައި ވަނީ، ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އޭނާ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރު ކުރުމުން ވަނީ ދޫކޮށްލާފައެވެ.

ފުލުހުން ވިދާޅުވެފައި ވަނީ މަސްތުގެ ހާލަތުގައި މަގުމަތީގައި އުޅުނު ބިދޭސީ މީހާގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ކަމަށެވެ.

އޭނާ ހުކުރު ދުވަހުގެ ރޭ ހައްޔަރު ކުރީ މަސްތުގެ ހާލަތުގައި ހުއްޓައެވެ. އޭނާ މާލޭ މަގުމަތީގައި ބާރަށް ހަޅޭއްލަވައި އިސްލާމް ދީނާއި ރާއްޖޭގެ ގާނޫނުތަކަށް ފާޑު ކިޔާފައި ވެއެވެ.

އެ ހާދިސާއާ ގުޅިގެން މީސް މީޑިއާގައި އާއްމު ކުރި ވީޑިއޯއެއްގައި އޭނާ ބުނެފައި ވަނީ، އޭނާ ހުރީ ވަރަށް ބޮޑަށް ސްޓްރެސްވެފައި ކަމަށާއި، އޭނާއަށް އެރޭ ދެއްކުނު ވާހަކަތައް ހަދާން ނެތިފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ސަޓޯ

    އެހެންވެގެނޭ އަހަރެމެން މިކިޔަނީ ކަލޯމެން ރާ ނުބޯށޭ... ފަހުން ލިބޭ ލަނޑު މާބޮޑުވާނެޔޭ

    37
  2. ޤައުމީ ރޫހު

    ތިމީހާ މިހާރު ތިހިރީ ދިވެހިރާއްޖެގެ ޤާނޫނާ ހިލާފުވެފައި އަވަހަށް ރާއްޖެއިން ޑީޕޯރޓްކޮށް ދެއްވާ.

    51
  3. ލޫޓުވާ

    އިންޑިޔާމީޙުން އުޅެނީ ދިވެހި ޤާނޫނަށްވުރެ މަތީގަ. ސަރުކާރުން ބިރުގަންނާނެ.

    54
  4. Anonymous

    މިގައުމުގަ ކުއްކުރާ މީހުންގެ އަދަބުނެތިގޮސް ހަމައެކަނި މައާފަށް އެދުމުން ކުށުން ބަރޢަވަނީތަ؟ މީނައަށް ޝަރީއަތެއް ނުހިންގައިފިޔާ ދިވެއްސެއްގެ މައްޗަށްވެސް ޝަރީއަތެއް ހިންގިގެން ނުވާނެ.

    51
    1
  5. ދަރަނި ދަންތުރަ

    ސޯލިބޭ ގައިގަ ރޯކުރަންބުނި މީހާޔަށްވުރެ މީނަ ދީނަން ފުރައްސާރަކުރި މީހާ މާ މާތްވެއްޖެދޯ މިސަރުކާރުގައި

  6. ވާގޮނުސްކޮ

    އެކަކު ތައުބާ ވީމަ ހުކުން ކޮށްފަ ޖަލައްލީތާ 24 ގަޑިއިރުނުވަނީސް ބަލިވެގެން ގެއަށް ބަދަލު ކޮށްދީފި އަނެއްދުވަހު ﷲއަށް ބަދުބަސް ބުނެ މައާފަށް އެދުމުން ކުށުންބަރީއަވީ. ރ.ޔާމީން އާލާސްކަންފުޅު ބޮޑުވީމަވެ އެމަނިކުފާނުގެބއާއިލާއިން އެދުމުންވެސް ގެއަށް ބަދަލުކޮށްނުދިން. ސަޅި އިންސާފެއް. އިންސާފު އުޑުންއޮހެނީ. ނޫނޭވާ މިއޮތީގައުމެއް.

    5
    2
  7. އަނިޔާ

    އޭނަ ވަގުތުން ޑީޕޯޓްކުރޭ.

  8. ރޯދަމުބާރަކް!

    އެއްކަލަތާ އެ ޖެހުނީ! ދެން ނިމުނީނު! އިސްލާމްދީން ހިމާޔަތް ކުރުމަށާ، ރައްކައުތެރިކުރުމަށް ﷲގެ ނަންފުޅުގަންދީ ހުވާކޮށްގެން ތިބި ވެރިން ކިހިނެއް ހަދަނީ؟

    10
  9. އަރީ

    ވަގުތުން މިފަސްގަޑުން އޭނަ ބޭރުކުރޭ.

  10. އ މ ރ ބ

    އިންޑިޔާމީހުން އެޅިހާބަތަކަށް ރިހަވެފައި ތިބޭނެ، މި ސަރުކާރާއި އެމް ޑީ ޕީ މީހުން

  11. ފަރަގު

    އިންޑިއާމީހެއްވީމަ ހުރިހާކުށަކުން ބަރީއަވާނެ ގައިގަރޯކޮށްލަން މިހާރުވެސް ބުނެބަލަ ހަތްތަނުން ބިޑި އަޅުވައިގެން ޖަލަށް މިއޮތީވާގައުމެއް ހަޔާތުންވެސް އަދިނުދެކެން މިފަދަ ގައުމަށާއި ދީނަށް އަނިޔާވެރި ސަރުކާރެއް.