ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަށް އެރި ދެ ވަނަ ރާޅާ އެކު، މިހާރު މި ތިބީ އަދަދުތައް ދަށަށް ދިއުމުގެ މަގުމަތީގައި ހެލްތު މިނިސްޓްރީއާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ފެތުރެމުން އަންނަ ކޮވިޑް-19 ގެ މިހާރުގެ ހާލަތަކީ ކޮބައިތޯ މަޖިލިހުގެ އިހަވަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ޝިފާއު ކުރެއްވި ސުވާލުގެ ޖަވާބުގައި އަސްލަމް ވިދާޅުވީ ދުވާލެއްގެ މައްޗަށް ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު 40 އާ ހަމައަށް ތިރިވާން ދޮޅު މަސް ދުވަސް ނަގާނެ ކަމަށް ލަފާ ކުރެއްވޭ ކަމަށެވެ. އެކަމަކު، އެއީ އިތުރު ރާޅެއް ރާއްޖެ އަށް ނާރާއިފި ނަމަ ކަމަށް އަސްލަމް ވިދާޅުވިއެވެ.

"ކޮވިޑްގެ ހާލަތުގައި އަޅުގަނޑުމެން މިތިބީ، އިރާދަކުރެއްވިއްޔާ ކޮވިޑްގެ ދެ ވަނަ ރާޅެއް އައިސް މިތިބީ ޑިކްލައިނެއްގައި،" އަސްލަމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ރިޕްރޮޑަކްޝަން ނަންބަރު ހުރީ ޖަސްޓު ބިލޯ ވަންގައި. އަޅުގަނޑުމެންގެ ކޭސަސް ޕަ 100،000 ހުރީ 140 ގައި. އެއީ 14 ދުވަހުގެ މުއްދަތަކަށް ބަލާ ކަމުގައިވާ ނަމަ،" ޝިފާއު ކުރެއްވި ސުވާލުގެ ޖަވާބުގައި އަސްލަމް ވިދާޅުވިއެވެ.

މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ރާއްޖެ ފުރަބަންދަކަށް ގޮސް، ޖޫން މަހުގެ ތެރޭގައި ލުއިތައް ދިނުމުން ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވިއެވެ. އެއާ އެކު، ގިނަ ބަޔަކު ފާހަގަ ކުރީ ރާއްޖެ އަށް އެރި ދެ ވަނަ ރާޅެއްގެ ގޮތުގައެވެ.

ފުރަބަންދަށް ލުއިތައް ދޭން ފެށި ފަހުން، ދުވާލެއްގެ މައްޗަށް ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު 100 އަށް ވުރެ މައްޗަށް އެރިއެވެ. އަދި ބައެއް ދުވަސް ދުވަހު، 200 އަށް ވުރެ މައްޗަށް ވެސް އެރިއެވެ. އެކަމަކު، މިހާރު ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން ދުވާލެއްގެ މައްޗަށް ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އުޅެނީ 80 އަށް ވުރެ ދަށުގައެވެ.

ރާއްޖެ އިން މިހާތަނަށް 10،530 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާ އިރު، ބަލިން ރަނގަޅުވެފައި ވަނީ 93،64 މީހުންނެވެ. މި ބަލީގައި 34 މީހުން ނިޔާވެފައިވާ އިރު، ރާއްޖެ އިން ބަލި ޖެހުނު މީހުންގެ ތެރޭގައި ހިމެނެނީ 6،666 ދިވެހިންނާއި 3،864 ބިދޭސީންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ތާކިހާ

    ދަންނަވަންތޯ، ފޯރމު ހުށައެޅި އެންމެންނަށް އެލަވަންސް ނުދެވިއްޖެނަމަ ވ. ގޯސްވާނެ. ނެތް ފެންވަރުން ޑިސެންބަރު މަހުންފެށިގެން ތިޔަ ހުޅުވާލީ އިނގޭތޯ. މިކަމަށއެދި ހުށައަޅާފައިއެބަވޭ ވޯޓުން ތިޔަ ސަރުކާރު ސައިޒުކުރާވަރުގެ ޢަދަދެއް. ދަންނަވަންތޯ އަދިވެސް އަތޮޅުތެރޭގެ ރައްޔިތުން ގުނބޯހައްދަވަނީތިޔަ. މިހާތު މާލޭން ފޯރމު ހުށައެޅި މީހުންނަށް ޖުލައި އޮގަސްޓް އެލަވަން ދީފިޔޯ. އެކަމަކު އަތޮޅުތެރެގެ ރައްޔިތުންގެ ޖުލައި މަހުގެ ފޯރމު ގަނޑުވެސް އޮންނަނީ ޕޮރޮސިސިންގ ގައި. ކޮންފަދަ ބަލާއެއްތޯމީ. ހަމަހަމަ ކޮށްދެއްވާ ރައްޔިތންގެ މެދުގައި އިއްޒަތްތެރި މިނިސްޓަރ ފައްޔާޒު #

  2. ކާފަ

    މިމީހާޔާ ކުރި ކޮންމެ ސުވާލަކަށް ދިނީ ރެކޯޑެޑް އެއް ޖަވާބެކެވެ.

  3. ބެއްޔާ

    ކޮންދެވަނަ ރާޅެކޭ ކިޔާކަށް. ތިއުޅެނީ އަނެއްކާ އެތައް ސަތޭކަ މިޔަން ރުފިޔާ ބާކީތިބި ވަޒީރުންނަށް ކައްވާލަން. އެހެންނޫނަސް އެއީ ނުރައްކާތެރި ކަމެއްނޫނޭ ކަރުތެރެ ތެއްމާލާ އަތްދޮވުނީމަ ސަލާމަތްވީނޫންތަ.

  4. މުހުންމާ

    ދެންވެސް ރައްޔިތުންނަށް މަންފާއެއްކުރާނެ ގޮތަކަށް މިގައުމުގައި ހުރި ފަޅުރަށްތަށް ދޫކުރަން އުޅެބަލަ. މިރާއްޖޭގައި 1100 ވަރަކަށް ރަށް އޮތްއިރު މީހުން ދިރިއުޅެނީ 200 ވަރަކަށް ރަށުގައި ރިސޯޓްހިންގަނީ 250ވަރަކަށް ރަށުގައި ރިސޯޓްތަށް ހަދަން އަދި އިތުރަށް ރަށްތަށް ދޫކޮށްފައިވެސް އެތަކެއް ރަށްތަކެއް އެބަހުރި. ދެން އެހުރިހާ ރަށެއް ހިމާޔަތްކޮށްގެން މިތިބެނީ. ބަލަ ރައްޔިތުންނަށް ދަނޑުގޮވާމަށް އެރަށްތަށް ދޫކޮށްލަބަލަ. މިސާލަކަށް ބަލާއިރު އައްޑު ސިޓީ ގައި ހިމާޔަތްކުރަމުން ކުރަމުންގޮސް މިހާރުނެތް ދަނޑުގޮވާންކުރާނެ ބިންކޮޅެއް. މީކޮން ހިމާޔަތެއް މިކުރަނީ، ގުދުރަތުން ބިންތަށް ދެއްވާފައި އޮތީ އެބިމުން މަންފާހޯދުމަށް. މިމީހުން މިއުޅެނީ އެބިންތަށް ބަނދުކޮށްގެން މީހުންނަށް ނުވަދެވޭނޭހެން ހަދައިގެން ހިމާޔަތްކޮށްގެން.
    ރަނޅު ވެލިނެގުމާއި މޫދަށް ކުނިއެޅުމާއި މިބާވަތުގެ ކަންކަން ކޮށްގެން ނުވާނެ، މިކަންތަށް ބަލަހައްޓައި އެކަންކުރާބަޔަކު އަތުން އެބިމެއްނަގައި އިންސާފާއި ހަމައިން ކަންތަށްތަށް ހަމަޖެއްސުމަށްދޯ މައިސަރުކާރާއި ސިޓީ ކައުންސިލާއި ރަށު ކައުންސިލާއި ދެންވެސް މިބާވަތުގެ އެތަށް މުއައްސަސާތަށް ހަދައި ބައިތުލްމާލުން އެމީހުންނަށް ބޮޑު މުސާރަ އާއި އިނާޔަތްތަށް ދީފައި އެތިބެނީ.
    އެހެންކަމުން މިރާއްޖޭގައި މިހާރު ޓުއަރިޒަމަށް ދޫނުކޮށް ހުރި ހުރިހާ ފަޅުރަށްތަކެއް އެއަތޮޅެއްގެ ބަޔަކަށް ދަނޑުގޮވާކުރާގޮތަށް ދޫކޮށްލަން ގޮވާލަން. މިޒަމާނުގެ ވިޔަފާރި އުސޫލުން އެކުރާ ވިޔަފާރިއަކުން ލިބޭ ފައިދާއަކުން ސަރުކާރަށް ދައްކަންޖެހޭ ޓެކްސް ދައްކާ އުސޫލުން. ނުވަތަ ރައްޔިތު މީހާއަށް ބުރަނުވާ ގޮތަކަށް އަހަރީ ފީއެއްދައްކާގޮތަށް ނަމަވެސް. ކޮންމެ ވެސް އެއް އުސޫލަކުން މިރަށްތަށް ރައްޔޮތުންނަށް ދީގެން ރައްޔިތުންނަށް ދަނޑުގޮވާން ކުރެވޭނޭ ނިޒާމެއް ހަމަޖައްސަން އެބަޖެހޭ.
    ދެން ކޮންމެ ރަށަކަށް 20-25 ހާސް ރުފިޔާ މަހެއްގެ މައްޗަށް ދައްކާން ޝަރުތުކޮށް ރަށްތަށް ދޫކުރާނީއެއްނޫން، އެއިރު މިކަންތަށްވެސް ދާނީ ތޮޅިޔަށް.

  5. ގައުމީ ލޯބި

    ޓޫރިޒަމްގެ ބާނީންނޭ ކިޔާ ރިސޯޓު މާލޭ ވަކި އާއިލާތަކަށް ރިސޯޓު 99 އަހަރަށް ދިނުމުގެ ފައިދާ ނުފެނުނެއްނޫންތޯ؟
    ބިޔަ މުއްސަންދިން މަހުޖަނުންނަވެތިބެވެސް ޓެކްސް ފައިސާއިން ރިސޯޓު މާރކެޓުކުރުމާއި އެހީދިނުން.
    ނަމަވެސް ހާލުގައި ޖެހުނުގަޑީގައި މުވައްޒަފުން ކަތިލާ، ރަށަށް ފޮނުވާލީ.
    މިފޯމިއުލާއިން ދައުލަތަށްވެސް ދިވެހީންނަށް ވެސް މަންފާއެއް ނެތް. ވީމާ، އެންމެން ހިއްސާވާގޮތަށް ރިސޯޓުތަކުގެ އެއްބަސްވުންތައް ބަދަލުކުރުމަށް ގޮވާލަން. ވޯޓު ހޯދަން އާދޭ މިކަން ކޮށްފަ!
    ދައުލަތަށް %30 ހިންގާ ފަރާތަށް %40 އާންމުކޮށް ޕަބްލިކަށް %30 (ކޮންމެދިވެއްސަކަށް 100 ޝެއަރ)
    މި ނޫނީ ދިވެހީންނަށް ޓޫރިޒަމްގެ މަންފާއެއް ނުލިބޭނެ.

  6. ނިޒާމު

    މިއީ މަވެސް ރައްޓެހިމީހެއް ދަންނަން ތާކުންތާކުޖެހޭ މީހެއްނޫން..މޮޅައް ފައިސާ ކައިފާނެ އެއްގޮތަކައްވެސް ކަމުދާމީހެއްނޫން..