ރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެ ކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން އައްޑޫ ސިޓީގެ ކަނޑުގެ ސަރަހައްދުގައި އޮކްޓޯބަރު އެއް ވަނަ ދުވަހު ހިންގި އޮަޕަރޭޝަންގައި އަތުލައިގަތް މަސްތުވާތަކެއްޗާއި ގުޅިގެން، އެ މަސްތުވާތަކެތި ވިއްކި ފަރާތުން ދިވެއްސަކު ރަހީނުކޮށްފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު (އެމްސީ ހަމީދު) ވިދާޅުވެއްޖެއެވެ.
ނައްތާނުލެވިހުރި 300 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ނައްތާލުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ސީޕީ ވަނީ އައްޑޫ ކަނޑުގެ ސަރަހައްދުގައި ހިންގި އޮޕަރޭޝަނެއްގައި ހިންގި ޚާއްސަ އޮޕަރޭޝަނުގައި 98.6 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް ވޭދަނަ (ކޭސް)ގެ ބައެއް އަދާހަމަތައް ހިއްސާކުރައްވާފައެވެ.
ސީޕީ ވިދާޅުވީ އެފަދަ ކޮންމެ ވޭދަނައެއްގައި ވެސް ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަންނަނީ ފުލުހުންނާއި ކަމާއި ބެހޭ އެހެން ފަރާތްތަކުން ގުޅިގެން ކުރާ ބުރަ މަސައްކަތުން ކަމަށެވެ.
އަދި އެފަދަ ޑީލްތައް ނިމެންދެން، މަސްތުވާތަކެތި ވިއްކާ މީހާގެ ބެލުމުގެ ދަށުގައި ދިވެއްސަކު ރަހީނުކޮށްފައި ބަހައްޓާކަން ފާހަގަ ކުރެވޭ ކަމަށާއި، އެކަމާއި ގުޅޭ ފޮޓޯ އާއި ވީޑިއޯ ހެކިވެސް އެބަހުރި ކަަމަށް އޭނާ ފާހަގަކުރެއްވިއެވެ.
" ކޮންމެ ޑީލެއްގައި ވެސް ދިވެހި ފަރުދަކު އެބަހުރޭ ހޮސްޓޭޖް ވެފައި. މި ގަންނަ ފަރާޓުން އެބަ ޖެހޭ މުޅި ޓްރާންސެކްޝަން ނިމެންދެން، ވިއްކި ފަރާތުގެ ބެލުމުގެ ދަށުގައި ދިވެއްސަކު ބަހައްޓަން. ފާއިތުވެ މިފަދަ އެތައް ބޮޑު އޮޕަރޭޝަނެއްގައި އެތައް ޓްރާންސެކްޝަނެއްގައި މިކަން ހިނގާފައި އެބަ ހުރިކަން އެބަ އެނގޭ. ފޮޓޯ އެބަހުރި ވީޑިއޯ އެބަހުރި. ސޯސް ކަންޓްރީގަ ނުވަތަ ސޯސް އިން ކަނޑައަޅާ ަތނެއްގައި އެބަ ހައްޔަރުވެފައި ހުްނަން ޖެހޭ މީގެ ފުރހަމަ އަގު އަދާކުރެވެންދެން. ." އޭނާ ވިދާޅުވިއެވެ.
އެ މަސްތުވާތަކެތީގެ އަގު 150 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަރާނެ ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ. އެ އަދަދަކީ މަސްތުވާތަކެތި ގަޑުބަޑު ނުކޮށް ވިއްކައިފި ނަމަ އެ މަސްތުވާތަކެތީގެ އަގު ޖެހޭ މިންވަރުކަމަށާއި، އާއްމުކޮށް މަސްތުވާތަކެތި ވިއްކާ މީހުން އެތަކެތި ގަޑުބަޑުކޮށްގެން ވިއްކާކަން ފާހަގަކުރެވޭ ކަމަށް ވެސް ސީޕީ ފާހަގަކުރެެއްވިއެވެ.
" އެއީ ޕިޔޯ ފޯމްގައި ގެެނެސްފައި ވިއްކާ ކަމަށް ވަންޏާމު. އެކަމު އަޅުގަނޑުމެންނަށް މި ފާހަގަކުރެވެނީ މަސްތުވާތަކެތި ވިއްކުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ޕިޔޯ ފޯމުގައި ހުންނަ ތަކެތި ގަޑުބަޑުކޮށްގެން އެބަ ވިއްކާ. އެހެންވީމަ އޭގެ ތަކެތި މާކެޓްގައި އިތުރަށް ގިނަވެގެންދޭ ނުވަތަ ވެލިއު ބޮޑުވެގެންދޭ." ސީޕީ ވިދާޅުވިއެވެ.
ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ހޯމް މިނިސްޓަރ ޝޭހް އިމްރާން އަބްދުﷲ ވަނީ މަސްތުވާތަކެއްޗާއި ގުޅިގެން ދިވެހިން ރަހީނުކުރާ ކަން އެއީ ގިނަ ދިވެހިންނަށް ނޭނގޭ އެހެންނަމަވެސް ނުރައްކާތެރި ވާހަކައެއް ކަަމަށެވެ.
އެގޮތުން އެފަދަ ކަންކަމުގެ ސަބަބުން ދިވެހިންގެ ފުރާނައަށް ނުރައްކާވާ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
" މަސްތުވާތަކެތީގެ ބޮޑެތި ޝިޕްމެންޓްތައް ފޮނުވާއިރު އެ ޝިޕްމެންޓް ރިސީވްވެ އެއަށް ފުރިހަމަ އަގު ދެއްކެންދެން މި ބަހައްޓަނީ އެ ފަރާތުގައި ގެރެންޓާއެއްގެ ގޮތުގައި ރަހީނެއްގެ ގޮތުގައި ބަހައްޓާ މީހެއް. ދެން އެ ޝިޕްމެންޓް އަތުލައިފި ނަމަ، ނުވަތަ އެ ކެރީ ކުރާ އުޅަނދު އަތުލައިފި ނަމަ އެ އުޅަނދުގެ އަގާއި މުޅި ޝިޕްމެންޓުގެ އަގު ދެއްކެން ދެން އޭނާ ހުންނަން ޖެހޭނީ ބަންދުގަ ބައެއް ފަހަރަށް އޭނާގެ ފުރާނަ ދާން ޖެހޭ ހިސާބަށް ވެސް އެބަދެ." އޭނާ ވދާޅުވިއެވެ.
އެފަދަ ކަންކަމާއި މެދު އާއްމުން ހޭލުންތެރިވާން ޖެހޭ ކަމަށާއި، އެއީ ދިވެހި އާއިލާތައް ނިސްބަތްވާ ކަމަކަށް ވާތީ މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތްކުރުމަށް މުޅި މުޖުތަމައު އެކުގައި މަސައްކަތް ކުރަން ޖެހޭ ކަމަށް ޝޭހް އިމްރާން ވިދާޅުވިއެވެ.
މި މައްސަލައިގެ އިތުރު ތަފްސީލް ހާމަކުރައްވަމުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ މިފަދަ މައްސަލަތަކުގައި ދިވެހި ރައްޔިތުންނާއި މެދު އަމަލުކޮށްފައިވާ އިހާނަތިގޮތުގެ ވީޑިއޯ ފަދަ ތަކެތި ހުރީ މީޑިއާ އަށް ހާމަކުރެވޭ ހާލަތަށް ވުރެ ގޯސްކޮށް ކަމަށެވެ.
އޭނާ ވިދާޅުވީ އައްޑޫ ކަނޑުގައި ހިންގި އޮޕަރޭޝަންގައި ހައްޔަރު ކުރި މީހުންނާއި މެދު އާއްމުންގެ ކަންބޮޑުވުންތައް ހުރިކަން ފާހަގަކުރެވުނު ކަމަށެވެ.
އެހެންނަމަވެސް މި މައްސަލައިގައި ހައްޔަރުކޮށް، ބަންދު ކުރި އެންމެންނަކީ ވެސް އެކަށީގެންވާ ސަބަބުތައް ހުރެގެން ހައްޔަރު ކުރި މީހުންކަމުގެ ޔަޤީންކަން ދެއްވާކަމަށް އޭނާ ވިދާޅުވިއެވެ.
" ކޮންމެވެސް ވަރަކަށް ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަމެއްކަމަށް އަޅުގަނޑުމެންނަށް ފާހަގަކުރެވުނު މި މައްސަލަ އާއި ގުޅިގެން ހައްޔަރު ކުރެވުނު 16 މީހުންގެ ތެރޭގައި ގައުމީ ލެވެލްގައި ފާހަގަކުރެވޭ ޝަހުސިއްޔަތެއް ހިމެނޭތީވެ، އެކަމާއި ގުޅިގެން ތަފާތު ގޮތްގޮތަށް ދެކެވޭ ވާހަކަ. މިއަދުވެސް އަޅުގަނޑުމެން މީޑިއާއަށް ވެސް ޔަޤީންކަން އަރވަން ބޭނުންވޭ އަޅުގަނޑުމެން އެ މައްސަލައިގެ ތުހުމަތަށް ހައްޔަރުކޮށްފައި މި ތިބީ މައްސަލައިގެ ތުހުމަތުކުރެވޭކަމަށް އަޅުގަނޑުމެންނަށް ޤަބޫލުކުރެވޭ ހަރުދަނާ ސަބަބުތަކެއް ހުރި މީހުން." ރިޔާޒް ވިދާޅުވިއެވެ.
މި މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށާއި، މި މައްސަލައިގައި ހިމެނޭ ތުހުމަތުކުރެވޭ މީހުން މާލެ ގެނައުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށް އޭނާ ވިދާޅުވިއެވެެ.
މީގެ ކުރިން ފުލުހުން ވިދާޅުވީ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނީ ހިތަދޫ / ފިނިފަރު، ޢަބްދުﷲ އިބްރާހީމް (އަބުޗޭ) އިސްވެ ހުރެ ދިވެހިންގެ އިތުރު ބަޔަކާއި ބޭރުބަޔަކާއި ގުޅިގެން ކަމަށެވެ. އޭނާއަކީ މަސްތުވަތަކެތީގެ ބޮޑެއްގެ ގޮތުގައި މީގެ ކުރިންވެސް ފާހަގަކުރެވިފައިވާ މީހެކެވެ. އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ވިދާޅުވީ، އެ އޮޕަރޭޝަންގައި މަސްތުވާތަކެއްޗާއެކު 14 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތެރޭގައި ހިމެނެނީ 23 އަހަރާއި 40 އަހަރާ ދެމެދުގެ ދިވެހި ފިރިހެނުން ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، އެ އޮޕަރޭޝަންގައި ހައްޔަރު ކުރި މަސްތުވާތަކެތީގެ ބޮޑެއްގެ ގޮތުގައި ފާހަގަކުރެވޭ، އަބުޗޭއަކީ މިދިޔަ އަހަރު ޖުލައި 30 ވަނަދުވަހު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކް ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ހައްޔަރު ކުރުމަށްފަހު ތަހުގީގު ފުރިހަމަކޮށް މައްސަލަ ޕީޖީ އޮފީހަށް ފޮނުވުމުން މައްސަލަ ކޯޓަށް ވައްދާފައިވަނިކޮށް އެ އަހަރުގެ ސެޕްޓެމްބަރު 29 ވަނަދުވަހު ކްރިމިނަލް ކޯޓުން ދޫކޮށްލާފައިވާ މީހެއް ކަމަށެވެ.
އަދި އޭގެ އިތުރުން، އޭނާއަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމުގެ ކުށުގެ ރެކޯޑް އާއި އެހެނިހެން މައްސަލަތަކުގެ ކުށުގެ ރެކޯޑް އޮންނަ މީހެއްކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ރަހީން ކުރި މީހަާ އެހުރި ތަނެއްގަ ބަހައްޓަާ. ރިސްކް ނަގަން ވާނެ. ސަރުކާރު ހަރަދުގަ އެކަން ކުރާކައް ނުޖެހޭނެ.
ކަލޭ ގޭމީހަކު ނަމަ ތިހެން ބުނާނެހެނެއް ހިއެއް ނުވޭ
ތިބޭފުޅާ ގޭގެ މީހަކީ ތޯ
ޙައްގު އަދަބު ދިނުމުގައި ގޭ މީހަކަށް ނުބެލޭނެ. ޠިޔައި ކޮރަޕްޝަންގެ ވިސްނުން އަދި ބޭއިންސާފުގެ ވިސްނުން. ޙަދާނެހާ ގޯހެއް ހަދާފަ ދެންވެސް ދޫދިނުންތަ އޮތީ؟ މަސްތުވާތަކެތީގަ މުޅި ގައުމު ހަލާކުވަނީ ގޭ ކުދިންނާހެދި ެެެެެެެެެެެެެެެެެ
ޢަދިވެސް އެންމެ ނުރައްކަލީ ދީނީ ހަރުކަށި ފިކުރުދޯ އެކަމަކު؟
100 ކިލޯ މަސްތުވާ ތަކެއްޗައްވުރެވެސް ތަ
ބަލަގަ އެ ނުކިޔޭނެ ރަހީނުކުރުމަކަށް. ބުރާންތިތަކާ. ތިހެން ވިއްޔާ އަމިއްލަޔަކަށް މަރުވާމީހުން ނަކީ ޝަހީދުވާމީހުންކަމަށްވެސް ކިޔަންވާނެ. ތި ކޭސްގަ "ރަހީނު" މި ލަފުޡައްވުރެ ކިޔުން އައުލާކަންބޮޑީ "ރަހުނު".
އަދިވެސް ތިޔަމީހާކޯޓުން ދޫކޮށްލާނެ އެއީ އަހަރުމެންޕާޓީގެ އިސްމީހެއް ފޮޓޯވެސް ކުރީދުވަހެއްގެނޫހުގަޖަހާފައިންތަންފެންނާނެ
މީގެ އެންމެބޮޑު މައްސަލަޔަކީ މަސްތުވާތަކެތީގެ ކިތަންމެ ބޮޑު ބޮޑަކަސް ދުވަސްކޮޅަކުން އޭތި މީތި ކިޔާފައި ދޫކޮށްފައި ހުންނަކަން...ދިވެހިން މިހާރު ތިކަމުގައި މާޔޫސް ވެއްޖެ...ތިއީ އާކަމެއް ނޫން...ތިފަދަ ކަންކަމަށް ދޭންޖެހޭ އަދަބު ނެދެވި ރާއްޖެ ކޮންޓްރޯލް ކުރާ ބައެއްގެ ގޮތުގައި ތިޔަފަދަ މީހުން ތިބޭގޮތާއި އެމީހުންންނަށް އޮންނަ ބާރުތަކުގެ ވާހަކަ ދެއްކުމުގެ މާނައެއް ނެތް....ތިކަމުގައި ބޭނުންވަނީ އާ އިންގިލާބެއް ގެނެވޭފަދަ ލީޑަރުންތަކެއް....ރާއްޖެ މިއޮތީ މަސްތުވާތަކެތީގެ އަޅަކަށް ވެފައި...އެމީހުން ހިތުހުރި ގޮތަކަށް ކަންކުރަނީ...
ތިޔަ އެއްޗެހި ނައްތާލީ ކިހިނެއްތޯ ބަލަން ބޭނުން .. ހަމަ އެކަނި އަނގަ ބަހުން ބުނަނީ
އެންޑީޕީ އައް ނިސްބަތްވާ މީހުންތީ އެމީހުން ހިމާޔައް ކުރާނެ. ޢަހަރެމެން ނައްވެސް ފެންނަ ފޮޓޯތަކުން އެނގޭ ތީގެ ބޮޑުންނާ އެންޑީޕީގެ ބޮޑުންނާ އޮތްގާއްކަން ...
ރަހީނު ވެފައި ހުރި ކަލޭގެ އެހެރީ މިކޮޅުގައި މަސްތުވާ ތަކެތި ބޭނުންކުރާ ފަރާތްތަކަށް ގުރުބާން ވެގެން އަމިއްލަ އަށް ރަހީނު ވެގެން@
ރަހީނު ވެފައި ހުރި ކަލޭގެ އެހެރީ މިކޮޅުގައި މަސްތުވާ ތަކެތި ބޭނުންކުރާ ފަރާތްތަކަށް ގުރުބާން ވެގެން އަމިއްލަ އަށް ރަހީނު ވެގެން@
ރަހީނު ވެފައި ހުރި ކަލޭގެ އެހެރީ މިކޮޅުގައި މަސްތުވާ ތަކެތި ބޭނުންކުރާ ފަރާތްތަކަށް ގުރުބާން ވެގެން އަމިއްލަ އަށް ރަހީނު ވެގެން@
އެމީހުން މާލެއަށް ގެންދަނީ ކީއްކުރަންތަ، މާބޮޑަށް ހާލުދެރަވީތަ. އައްޑޫގަ ތިވަރުކަމެއް ތަހުގީގުކޮށްފަ ޝަރީއަތްކޮށްލެވޭވަރުވެސް ނެތީދޯ.
ކޯޓުން ދޫކޮށްލުމުން މަތީ މަރުހަލާގެ ކޯޓްގައި އިސްތިއުނާފު
ނުކުރަނީ ކީއްވެތޯ ނޫސްވެރިން ސުވާލު ނުކުރަނީ ކީއްވެ
ޢޭރުން އިމްރާނުމެންގެ އަނގަބެދޭނެ...
ތިޔައީ ރަހީނެއްނޫން. ތިއީ ތިފަދަ މުއާމަލާތްތަރުގެ ބޭންކް ގެރެންޓީ.
ދެން ކޮންމެސް އެއްޗެކޭ ކިޔާފަ އެންމެން ދޫކޮށްލާ.
މީހަމަ ބޮޑުވާން ވެގެން މޮޅު ވާހަކައެއް ހަދާލީ. ތިޔަގޮތަށް މީހުންރަހީނުކުރިނަމަ ތިކަން ކޮންމެވެސް ގޮތަކުން އާންމުންނަށްވެސް އެނގޭނެ. ތިކަހަލަ މައްސަލައެއްގާ މީހަކު މަރުވި ނަމަވެސް އެނގޭނެ. ފުލޯކު. ހަމަހުސްފުލޯކު. މިސަރުކާރު އައިފަހުން މަސްތުވަތަކެތި އެތެރެ ކުރާލެއް ގިނަ ވާތީ އެކަން އޮއްބާލަން ދައްކާވާހަކަ. ތިޔަ ސީޕީ ހަމީދަކީވެސް މަސްތުވާތަކެތި ބޭނުންކުރާ މީހެއްކަން މިރާއްޖެ އެންމެންދަނޭ. އެމައްސަލައެއްނުބެލޭ.
ކްރިމިނަލް ކޯޓުން ދޫކޮއްލީ ކީއްވެ. ސާބިތުކުރެވޭ ވަރަށް އެކަށީގެންވާ ހެކިހުރިތަ. ސަބަބުވެސް ބުނެދޭންޖެހޭ.
ހަޑޫ ހަކުރު ފުއް މި ގައުމުގެ ރައްޔިތުންއަށް ވާވަރައް ގުދަން ކޮއްފަ ހުންނަހެން ތި މައްސްތުވާތަކެތި މި ގައުމުން ލިބޭ، ދެން މި ބުނަނީ މި އެތެރެ ކުރަނީ ވަކި ބަޔެކޭ، ކިހިނެއް ގަބޫލު ކުރާނި، ތި ވިއްކައިގެން ކެމްޕޭން ކުރާނެ ލާރި ހޯދާ ސިޔާސިީ ފަރާތެއް ގެ އަޑުވެސް ނިވެނި ގުރުބާން ކުރަން ކަންކަންމަތީ ތިބޭ ބޯއިސް ކޮޅު ފުދޭތީ. ވަރަށް ވާހަކަ މީ ދޯ.