މަތީ ތައުލީމް ހާސިލް ކުރަމުންދާ ދަރިންވަރުންގެ ތެރެއިން ފައިސާއަށް ދަތިވެފައިވާ ފަރާތްތަކަށް މަތީ ތައުލީމް ފުރިހަމަ ކުރުމަށްޓަކައި ޒަކާތް ފަންޑުން އެހީ އަަށް އެދެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވީ، މަތީ ތައުލީމް ހާސިލް ކުރަމުންދާ ދަރިވަރުންގެ ތެރެއިން ފުދުންތެރިކަން ނެތުމުގެ ސަބަބުން ކުރިއަށް ގެންދިއުމަށް ދަތިވެފައިވާ ދަރިވަރުންނަށް، ހާއްސަ އެހީއަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވިގޮތުގައި އެ ފުރުސަތު އަންނަ ނޮވެމްބަރު މަހުގެ 15 ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ.

މިނިސްޓަރ، ޑރ. އަލީ ޒާހިރުގެ އެ ނިންމެވުމަށް ޝުކުރު ދަންނަވާ ހަޔާ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަތީ ތައުލީމަށް ކިޔަވަމުންދާ ދަރިވަރުންނަށް ދިމާވެފައިވާ ފައިސާގެ ދަތިކަމަށް ހައްލެއް ހޯދުމަށް، މިނިސްޓްރީގެ އެދުމުގެ މަތިން ޒަކާތު ފަންޑުގެ އެހީގައި އެހީ ފޯރުކޮށްދޭން ނިންމާފައިވާތީ އެކަމަށް ޝުކުރު އަދާ ކުރާ ކަމަށެވެ.

މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ވަނީ މަތީ ތައުލީމު ފުރިހަމަކުރުމަށް ޒަކާތު ފަންޑުން ހާއްސަ އެހީއަށް އެދި ހުށަހެޅުމުގެ ފުރުސަތާއި ގުޅޭ އުސޫލު އާއްމުކޮށްފައެވެ.

އެ އިއުލާނުގައި ބުނެފައި ވަނީ، އެހީއަށް އެދި އެޕްލިކޭޝަން ހުށަހަޅަންޖެހޭނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ކައުންޓަރަށް ކަމަށެވެ. ނުވަތަ [email protected] މެއިލްއަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަންނި

    ހާދަ ލޯބި ކުއްޖެކޭ.

  2. ނޭނގުނު ވާނުވާޢެއް

    މިއެހީ ލިބެނީ ހަމައެކަނި ރާޢްޖޭން ބޭރުގަ ކިޔަވާ ދަރިވަރުންނަށް ތޯ؟ ސާފުކޮށްލަދީބަލަ ނޫސްވެރިޔާ