ކޮވިޑް-19ގެ ހާލަތައް ފަހު ރާއްޖޭގެ އިގްތިސޯދު ބިނާ ކުރުމާއި ބެހޭގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު، ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރު ޖަންގް ލީ ޖޮންގް އާއި މަޝްވަރާ ކޮށްފިއެވެ.

މިބައްދަލުވުން ނިންމަވާލެއްވުމަށްފަހު މިނިސްޓަރ ޝާހިދު ކުރައްވާފައިވާ ޓުވިޓުގައި ވިދާޅުވީ، ޗައިނާއާއެކު އިގްތިސޯދީ ގޮތުން ގުޅުން ބަދަހިކޮށް ކުރިއަށް ދެވޭނެ ގޮތްތަކާއި މެދު ޗައިނާގެ ސަފީރު އާއި މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

"ޗައިނާއިން އަންނަނީ ރާއްޖޭގެ އިގްތިސޯދު އަލުން ވަރުގަދަ ކުރުމަށް މެދުނުކެނޑި އެހީތެރިކަން ފޯރު ކޮށްދެމުން" ޝާހިދު ކުރެއްވި ޓުވިޓުގައި ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ޗައިނާ ސަފީރު ވިދާޅުވީ، މިއަދު ކުރިއަށް ދިޔަ މަޝްވަރާ ބައްދަލުވުމަކީ ކާމިޔާބު ބައްދަލުވުމެއް ކަމަށާއި އެކަމުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް އެކި ކަންކަމުގައި ޗައިނާއިން އެހީތެރިކަން ފޯރުކޮށްދިނުމަށް އެގައުމުން ތައްޔާރަށް އޮތް ކަމަށެވެ.

މިނިސްޓަރ ޝާހިދު އާއި އަމީރު، ޗައިނާ ސަފީރު އާއި ބައްދަލު ކުރައްވާފައިވާއިރު، މިދިޔަ ސަރުކާރުން ޗައިނާއާއެކު ސޮއިކުރި ފްރީ ޓްރޭޑް އެގްރީމަންޓް (އެފްޓީއޭ) ގެ ބަހުސް މިހާރު ވަނީ ބޮޑުވެފައެވެ.

އެކަމާއި ގުޅިގެން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ދެއްކެވި ވާހަކަތަކަށް ޗައިނާ ސަފީރު ވަނީ ރައްދުވެސް ދެއްވާފައެވެ.

ފައްޔާޒު ވަނީ އެ އެއްބަސްވުމުގައި ރާއްޖޭގެ އިގްތިސޯދަށް ގެއްލުންވާނެ އެތައް ކަމެއް އެބަހުރި ކަމަށް ވިދާޅުވެފަ އެވެ.

މި ވާހަކަތަކަށް ރައްދުދެއްވައި، ޗައިނާގެ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވީ، އެއީ ދެ ގައުމަށް ވެސް ފައިދާވާ ގޮތަށް ހަދާފައިވާ "ފެންވަރު ރަނގަޅު" އެއްބަސްވުމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ކޮބާ ހަޔާތްކުޑަ ދެކާލު ޗައިނާ ފައިބުޑަށް ވެއްޓުނީދޯ ، ކޮބައިތޯ ކެނެރީގޭ ދަރަނި ދަންތުރަ ؟

    15
  2. ބޯޖަލީލު

    ގެރި މޯދީ އަތުން ފިޔާކޮޅެއްވެސް ނުލިބުނީތޯ

    12
  3. ދަންބެރު

    ދެންއިންޑިއާއިން ފީފޯއްގަނެގެން ކިއްލިތަޅަން ފަށާ ގައުމުގެ އިގުތިސާދު ކުރިއަރާ ފަށްކާވާނެ........ ޢަވަސްކުރޭ.

  4. ރަބަރޭ

    ތިޔަށް އަޅުގަނޑު މެން ކިޔާ އުޅެނީ އުނބަށް ޖެހުން

  5. Anonymous

    މުދާފެރީ އަތަށް ގޮވީތޯ

  6. ސަލީމް

    ކެރަފާ ނަސީދު ބޭނުން އެއްޗެއް ސަފީރަށް ގޮވާފަ ދެން މިކިޔަނީ އެހީވާން. މޮޔަފުޅުވީ އުތަ.