އިލެކްޝަންސް ކޮމިޝަނުން ނުސީދާކޮށް އެމްޑީޕީއަށް އަމާޒުކޮށް ބަޔާނެއް ނެރުނުނަމަވެސް، މިމަހުގެ 30 ވަނަ ދުވަހުގެ ރޭ ކަނޑައެޅިފައިވާ ޝެޑިއުލާއި އެއްގޮތަށް އެމްޑީޕީގެ ޕްރައިމަރީ އޮންނާނެކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.
ރޭ ރާއްޖެ ޓީވީގެ "60 މިނެޓް" ގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުގެރޭ 21:00 އިން ދަންވަރު 1:00 އަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެއި ކަމަަށެވެ.
"މީގެ އިތުރުން ސްރީލަންކާގެ ކޮޅުނބާއި ކެންޑީ، މެލޭޝިއާގެ ކުއާލަލަމްޕޫރު އަދި އިންޑިއާގެ ޓްރިވެންޑްރަމްއާއި ބެންގަލޫރުގެ އިތުރުން އިނގިރޭސިވިލާތުގެ ލަންޑަނުގައި ޕްރައިމަރީގައި ވޯޓްލުމުގެ ކަންތަށްތަށް ކުރިއަށް ދާނެ" ހަސަން ލަތީފު ވިދާޅުވިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަށް ހުޅުވާލިއިރު ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަން އިއުލާން ކުރައްވާފައި ވަނީ ހަމައެކަނި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ރައީސް ނަޝީދު ރިޔާސީ ޕްރަައިމަރީގެ ކެމްޕޭން ވަރަށް ވަރުގަދައަށް ކުރައްވަމުން ގެންދެވި ނަމަވެސް ރާއްޖޭގެ ޤާނޫނުތައް ހުރި ގޮތުން ރައީސް ނަޝީދަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭނެ ގޮތެއް ނެތެވެ.
އިލެކްޝަން ކޮމިޝަންއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ހަސަން ލަތީފު ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަރީފް ސިފަކުރެއްވީ ޝަޚްސު އޮޅުވާލައިގެން ހުންނެވި ބޭފުޅެއްގެ ގޮތުގައެވެ.
ހަސަން ލަތީފް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ބުނާ ކޮންމެ އެއްޗެއް ޤާނޫނަކަށް ނުވާނެކަމަށާއި، އެޕާޓީއިން އަމަލުކުރަނީ ޤާނޫން އަސާސީއާއި، ޤާނޫނުތަކާއި އަދި އެޕާޓީގެ އަސާސީ ޤަވާޢިދާއި އެއްގޮތަށް ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން މަސައްކަތްކުރަނީ އެމްޑީޕީގެ ޕްރައިމަރީއަށް ނުފޫޒު ފޯރުވުމަށްކަމަށް އޭނާ ވިދާޅުވިއެވެ.
ވަންމޭންޝޯވް ގޭމެއްގައި ކޮން ޕްރައިމަރީއެއް؟ ކޮން ވޯޓެއް؟ ބަޔަކު އަވަދިވެދާނެނު؟
ހުރިހާކަމެއް ގަދަ ދައްކައިގެން، ނުލަފާކަން ދައްކައިގެން ކުރަން އުޅެގެން ދަށުގަ އޮންނަ އެއްޗަށް މަޅި އަރާނީ!
ޢަޅެ މީހަކު ވެރިކަމާހެދި ބޫތުކެޔަސް ތިއީ ބޮޑުވަރު
ޖަލުގައި ތިބި ސިޔާސީ ކުށްވެރިންނަށް އިންތިޚާބުގައި ބައިވެރި ވެވޭނޭ ގޮތް ހައްދަވާ ދެއްވުން އެދި ރައީސް ޔާމީނަށް ދަންނަވަމޭ ކިޔާ ގދ.ތިނަދޫ މީހުންނާ ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ... ކީއްވެބާ.!!! ދެފަރަކު އެކެއްޗެއް ވިދާޅެއް ނުވެވޭ. ޕާޓީން ދައްކާ ވާހަކަ ނަޝީދު ދައްކަވާ ވާހަކައަކާ ދިމަލެއްނުވޭ.
އެމްޑީޕީގެ ޕްރައިމަރީ ޖެހޭނެ ހުއްޓުވެން އެނޫންނަމަ އެމެން ވޯޓްގައި މަކަރާއި ހީލަތް ހަދައިގެން އެމެން ރިޔާސީ އިންތިޚާބުގައި މޮޅުވީ ކަމަށް ނިންމާނެއެވެ. ކެނެރީގެ ނަށީދަކީ ވޯޓްގައި މަކަރާއި ހީލަތް ހެދުމުގައި އަރާހުރި މީހެކޭ އެއީއޭ އޭނާ ރައީސް ޔާމީންގެ މައްޗަށް ކުރި ހޯދާނަމޭ އެބުނާ ކަމަކީ.
ޕްރައިމަރީ އޮތުމްކުން މައްސަލައެއް ނޫން . އެކަމަކު ނަސީދުގެ ނަންހިމަނައިގެން ޕްރައިމަރީ ބާއްވައިފިނަމަ ޕާޓީ އުވާލެވެން ޖެހޭނެ.
ބާތިލްބާތިލް ޕުރައިމަރީ ބާތިލް ޓެރެރިސްޓުންނަކަށް ޕުރައިމަރީގަ ވާދައެއް ނުކުރެވޭވެ
ފިލާހުރެގެންދޯ
ކީއްވެތަ ކުއްވެރިއަކަށް ނުވާއިރު ރާއްޖެ އަންނަން ނުކެރިގެން ތިއުޅެނީ؟
ރ.ނަޝީދު އެކަނި ވާދަކުރަނީ ދެންކޮން ޕްރައިމަރީއެއް، ކީއްކުރަން ބާއްވާ އެއްޗެއް ތި ބޭއްވިޔަސް ނުބޭއްވިޔަސް ރ. ނަޝީދު އަކަށް ރިޔާސީ އިންތިޚާބަކަށް ކުރިމައްޗެއް ނުލެވޭނެ
ރ.ނަޝީދު އެކަނި ވާދަކުރަނީ ދެންކޮން ޕްރައިމަރީއެއް، ކީއްކުރަން ބާއްވާ އެއްޗެއް ތި ބޭއްވިޔަސް ނުބޭއްވިޔަސް ރ. ނަޝީދު އަކަށް ރިޔާސީ އިންތިޚާބަކަށް ކުރިމައްޗެއް ނުލެވޭނެ ވަރަށް ސާފު
"ހަސަން ލަތީފް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ބުނާ ކޮންމެ އެއްޗެއް ޤާނޫނަކަށް ނުވާނެކަމަށާއި، އެޕާޓީއިން އަމަލުކުރަނީ ޤާނޫން އަސާސީއާއި، ޤާނޫނުތަކާއި އަދި އެޕާޓީގެ އަސާސީ ޤަވާޢިދާއި އެއްގޮތަށް ކަމަށެވެ."
އެހެންނަމަ ކަލޭމެން ތިގޮތަށް ނޫޅޭނެ، ގައިދީއަކު ވެރިކަމަށް ގެންނަން ތިމަސައްކަތް ކުރަނީ ކޮން ޤާނޫނެއްގެ ދަށުންތަ؟
ރ.ނަޝީދު އެކަނި ވާދަކުރަނީ ދެންކޮން ޕްރައިމަރީއެއް، ކީއްކުރަން ބާއްވާ އެއްޗެއް ތި ބޭއްވިޔަސް ނުބޭއްވިޔަސް ރ. ނަޝީދު އަކަށް ރިޔާސީ އިންތިޚާބަކަށް ކުރިމައްޗެއް ނުލެވޭނެ