އޮންލައިން މަޖައްލާ "ދޯ.އެމްވީ" ގައި ޝާޢިއުކޮށްފައިވާ ލިޔުމެއްގައި، ރާއްޖޭގެ މަޝްހޫރު ހިޕްހޮޕް ލޭބަލް ސިމްބޮލިކް ރެކޯޑްސް އިން، ކުރީގެ ލަވަކިޔުންތެރިޔާ އަލީ ރަމީޒު "ވައްޓާލީ އޮޅުވާލައިގެން" ކަމާއި މެދު ސުވާލު އުފައްދާފައިވުމުން މައްސަލަ ހޫނުވެއްޖެ އެވެ.

ލަވަފޮށީގައި ސިމްބޮލިކް ރެކޯޑްސް ގެ ލަވަތައް އަޑުއަހާފައިވާ މިންވަރު އޮޅުވާލައިގެން އިތުރުކޮށްފައިވާ ކަމަށް ދޭހަކޮށް އެ މަޖައްލާފައި ބުނެފައިވަނީ، ސިމްބޮލިކް އިން ލަވަފޮށި ޕްލެޓްފޯމުގައި މުގުރާފައިވާ ހުރިހާ ރެކޯޑްތަކުގެ ސައްޙަކަމާއި މެދު މިހާރު ސުވާލު އުފެދިފައިވާ ކަމަށެވެ.

ލަވަފޮށީގެ ބައެއް އިސް ފަރާތްތަކާއި ބައެއް އާޓިސްޓުންނާއި ހަވާލާދީ މިކަމާއި ގުޅޭގޮތުން "ދޯ.އެމްވީ" ގައި ލިޔެފައިވާ މި ވާހަކަތަކާއި ގުޅިގެން ސިމްބޮލިކް ރެކޯޑް އިން މިރޭ ވަނީ ނުރުހުން ފާޅުކޮށް ބަޔާނެއްވެސް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ "ދޯ. އެމްވީ ކިޔާ ވެބްސައިޓެއްގައި" ޝާޢިއުކޮށްފައިވާ ލިޔުމުގައި އެ ލޭބަލްއަށް އަމާޒުވާ ގޮތަށް އެއްވެސް ހެއްކެއް ނެތި ބޮޑެތި ތުހުމަތުތައް ކޮށްފައިވާ ކަމަށެވެ.

އަދި މި ތުހުމަތުތަކަށް ބާރުލިބޭ ގޮތަށް ލަވަފޮށިންވެސް ވާހަކަ ދައްކާފައިވާ ކަމަށް ބުނެ ސިމްބޮލިކް ރެކޯޑްސް އިން ވަނީ މިރޭ 12:00 ގެ ކުރިން އެކަމަށް މަޢާފަށް އެދުމަށް ގޮވާލާފައެވެ. އަދި އެއްވެސް ސަބަބަކާއި ގުޅިގެން މަޢާފަށް އެދެވެން ނެތްނަމަ މާދަމާ މެންދުރު 12:00 ގެ ކުރިން ލަވަފޮށީގައި ހުރި ސިމްބޮލިކް ރެކޯޑްސްގެ ހުރިހާ އުފެއްދުންތައް ނެގުމަށް އެ ބަޔާނުގައި އެދިފައި ވެއެވެ.

ސިމްބޮލިކްގެ މި އެންގުމާއި ގުޅިގެން ލަވަފޮށިން މިރޭ 12:00 ގެ ކުރިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެ ޕްލެޓްފޯމުގެ އެއްވެސް އާޓިސްޓެއްގެ ފަރާތުން މިވަގުތު އޮޅުވާލައި މަކަރުހަދާކަމުގެ ތުހުމަތު ކުރެވިފައި ނުވާކަމަށެވެ. އަދި މިހާތަނަށް ސިމްބޮލިކް ރެކޯޑްސް ބަދުނާމުވާފަދަ އެއްވެސް ވާހަކައެއް ދައްކާފައި ނުވާނެ ކަމަށް ވެސް ލަވަފޮށިން ބުނެފައި ވެއެވެ.

ލަވަފޮށިން ނެރުނު ބަޔާނުގައި ވަނީ، ސިމްބޮލިކް ރެކޯޑްސް ލަވަފޮށީގެ އެންމެ ކާމިޔާބު އެއް އާޓިސްޓް ކަމަށް ބުނެ އެ ލޭބަލްއަށް ތަޢުރީފުވެސް ކޮށްފައެވެ. އަދި އެ ލޭބަލްއަށް ލިބެމުންދާ މަޤުބޫލުކަމަކީ އަމިއްލަ މަސައްކަތުން ހޯދާފައިވާ ކާމިޔާބީއެއް ކަމަށް ވެސް ބުނެފައި ވެއެވެ.

ލަވަފޮށިން ވަނީ "ދޯ.އެމްވީ" ގައި ސިމްބޮލިކް ރެކޯޑްސްގެ އަގުވެއްޓޭ ފަދަ ވާހަކަތަކެއް ލިޔެފައިވާތީ އެކަން ކުށްވެރިވެސް ކޮށްފައެވެ. އަދި އެ ލިޔުމަކީ ޒިންމާދާރުކަން ކުޑަކަމާއެކު މާނައޮޅޭހެން ލިޔެފައިވާ ލިޔުމެއް ކަމަށްވެސް ލަވަފޮށިން ބުނެފައި ވެއެވެ. މި ސަބަބަށްޓަކައި ކުރިޔަށް އޮތްތަނުގައި "ދޯ.އެމްވީ" ގައި އިޝްތިހާރުކޮށް އެ މަޖައްލާއާއެކު އެއްވެސް އެއްބަސްވުމަކަށް ނުދާން ލަވަފޮށިން ވަނީ ނިންމާފައެވެ.

ލަވަފޮށީގެ އިސް ފަރާތަކާއި ހަވާލާދީ "ދޯ.އެމްވީ" ގައި ބުނެފައިވަނީ "ބޮޓް" ބޭނުންކޮށް އޮޅުވާލައިގެން ބައެއް އާޓިސްޓުން ލަވަ އަޑުއަހާފައިވާ އަދަދުތައް އިތުރުކޮށް އޭގެ ނާޖާއިޒް ފައިދާ ނަގާފައިވާ ކަމަށެވެ. ނަމަވެސް ފަހުން އެޕްލިކޭޝަންގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ ކަމަށް، ލަވަފޮށީގެ ފައުންޑަރ އާއި ހަވާލާދީ "ދޯ.އެމްވީ" ގައި ބުނެފައި ވެއެވެ.

"ބޮޓް" ބޭނުންކޮށްގެން ލަވަތަކަށް ފޭކް ޕްލޭ އިތުރު ނުކުރެވޭ ގޮތަށް އެޕްލިކޭޝަންގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމުން، ސިމްބޮލިކަށް ކުއްލިއަކަށް "ތަހުތު ގެއްލި" އަލީ ރަމީޒު އަނެއްކާވެސް އެއްވަނައަށް އެރުމަކީ ސިމްބޮލިކް ރެކޯޑްސް އިން މުގުރި ހުރިހާ ރެކޯޑްތަކުގެ ސައްޙަކަމާމެދު ސުވާލު އުފެދޭ "ލަދުވެތިކަމެއް" ކަމަށް "ދޯ.އެމްވީ" ގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ޅޫން

    ޚޮންމެ ބަޔަކު ބުންޔަސް ތީހަަމަ ތެދު. ސިމްބޮލިކް އަކީ ކޮންމެ ކަމެއްގައި ވެސް މަކަރާ ހީލަތުން އުަޅޭބައެއް ޑީލް ތަކުގައި ވެސް

    79
    5
  2. އަލިބެއްޔާ

    ކީކޭ ބުނާނީ ދޯ.. ކަލޭމެން އަދިވެސް ތި އުޅެނީ ދުނިޔޭގެ ދަޅަޔަށް ހެއްލިގެން.. ބަލަ އަލީ ރަމީޒު އެއް ނޫޅެޔޭ ކަލޭމެން ތި ޖަހާ ސަކަރާތެއް ބަލާކަށް.. އޭނާއި ވާދަކުރަންޏާ ހެޔޮ ޢަމަލުކޮށް ޙަރާމް ކަންތަކުން ދުރުވެ އާޚިރަތަށް މަސައްކަތް ކޮށްބަލަ.. ހެޔޮ ކަންތައް ކުރުމުގައި ވާދަ ކޮށްބަލަ.. ތި އުޅުން ދޫކޮށް ހެޔޮ މަގަށް ރުޖޫޢަވެބަލަ..

    160
    2
  3. ޑޯ

    ޢަލީ ރަމީޒާ އާއި މިކަމާކީކީ. ވެއްޓުނަސް ނުވެއްޓުނަސް. ޢޭނާ ލަވަތަކުން ބަރީއަވެގެންވޭ.

    117
    2
  4. ސަނާ

    ސިމްބޮލިކް އަކީ ކާކު ؟؟

    64
    1
    • ާއަހްމަދް

      އެބުނާހެން އޭ ކާކުބާ . މީހެއް ތައް.

      18
      1
  5. ސްޕައިޑާ

    ތިޔަ ބުނާ ސިމްބޮލިކެއްގެ ލަވައެއް އަހަރެން އަދި ދުވަހަކުވެސް އަޑެއް ނާހަން. ލަވަޔެއް އަޑު އަހާލަން ބޭނުންވާ ކޮންމެ ފަހަރަކު އަލީ ރަމީޒްގެ އިބުރަތުން ފުރިގެންވާ މަދަހައެއް މި އަޑު އަހާލަނީ.. “މުސްކުޅިވުމުގެ ކުރިން ޒުވާންކަމުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ.” ސިމްބޮލިކްގެ ކުދިންކޮޅުވެސް މި މަދަހަ އަޑުއަހާލަބަލަ.

    90
    1
    • މޯލްޑިވިޔަން

      ހައްހައްހަ.. މަދަހަ ؟؟؟؟؟

      1
      6
  6. ނަރެލް

    ސިމްބޮލިކް ބޮޓްބޭނުންކޮށްގެން ކުޅުނު ކުޅިގަނޑު ލަވަފޮށީގެ ސެކިއުރިޓީ ވަރުގަދަކުރީމަ ހުއްޓުނި ވަރެއްހުރިއްޔާ ދެންވިއުސް ހޯދާބަލަ

    13
  7. ދިދަ ދަނޑި

    ލަވަކިޔުން ހުއްޓާލަން ދެންވެސް 1 ވަނަ.. ހުއްޓާލިފަހުން އެތައް އަހަރެއް ވީއިރުވެސް ހަމަ 1 ވަނައިގަ.. އަލީ ރަމީޒެއް ނުވެއްޓޭނެ.. ކަލޭމެން ތިކިޔަނީ ލަވަތަ؟؟؟ ސިމްބޮލިކާ ލަވަފޮށި ޖެހޭނީ ރަތަށް އަރާފަ ތިބެން..

    23
    1
  8. މުހައްމަދު އަންޖުމް

    ހިތާމަހުރިކަމެއް އައްޔަ އެންމެން ޓާގެޓްކޮށް ދިމާކުރަނީ ތިމާމެންގެ ނާގާބިލްކަމުން އަލީ ތަފާތުވެފަ މިހާރު ޚާއްސަ ވެއްޖެ ތިގޮތަށް ކަންކުރުމުން އުފާކުރަން މިހާރު ޖަހާހާ ބެރަކަށް އަޔަނުނަށާތީ ރައްދުދީނުހަދާތީ ނަމަވެސް ބަޔަކަށް ފަހު ބަޔަކު އައްޔައާ ދިމާއެބަކުރޭ އަދި މެޖޯރިޓީ މީހުންގެ މަލާމާތާ ނުރުހުންވެސް އެބަލިބިގަނޭ އެވަރުންވެސް ހުއްޓާލާކަށް ނޫޅޭ ފަހެ މޮޔަވެގެން އުޅޭބައެއްބާ؟ ފުރަތަމަ ވެރިކަން / ދެން ދީނީއިލްމްވެރިކަން / މިހާރު ލަވަކިޔުމާ މިއިން އެއްވެސްކަމަކާބެހޭގޮތުން އެއްޗެކޭ އައްޔައެއްޗެކޭ ނުބުނެ އަދިނުވެސްބުނާނެ ބުނުމަށްވުރެ އަލީ ބަލަނީ އަލީގެމަސައްކަތް ސީދާމަގުން ގެންދިއުމުގައި ސާބިތުވެހުރުން

    12
    1
  9. ސާބަހޭ ހިޔަޅާ

    ސިމްބޮލިކް މީ ކޮންބައެއް އަލަށް އަޑުއެހީ. އެކަމަކު ޢަލީ ރަމީޒު ދަންނަން

    17
    1
  10. ހަސަނުބެ3223

    އެއްފަހަރަކު ޒަކިއްޓެއެއް.. ދެން ކޮންމެސް ކަކިއްޓެއެއް، އަނެކެއްޗެއް.. އެންމެފަހުންގޮސް ކޮންމެވެސް ސަމްބޯލެއް ސިމްބަލިކެއް.. އަލީ ރަމީޒު ވައްޓާލަންށޯ.. ދުވަސްކޮޅަކުން ފޭސްބުކުން 5 ރުފިޔާއަށް ލަވައެއް ކިޔާދެމޭ ކިޔާފާ ޖަހާނީ.. ލޮލް.. ވަޓް އަ ޖޯކް

  11. ޝަޒޫ

    ސިމްބޮލިކްއާ ލަވަފޮށި ކިޔާ އެއްޗެއް ހުންނަ ކަމެއް އަހަރެމެން ނުވެސް ދަންނަން. އެކަމަކު އަލީ ރަމީޒު އެންމެނަށްވެސް އިނގޭ 😎 އެއީ ތަފާތަކީ

  12. މުހަންމަދު

    އަލީރަމީޒު ވައްޓައިލެވޭނެމީހެންނެތް ތިޔަލަވަފޮއްޓަންނުބަލާ ރައްޔިޔުންގެ ވޯޓެންނަގާ 100%ގެރެންޓީ 1ވަނަ ހޯދާނެކަން