ހުކުރު ނަމާދުގައި ޤުނޫތުނާޒިލާ ނުކިޔަން އިސްލާމިކް މިނިސްޓްރީން ކައުންސިލްތަކަށް އަންގައިފިއެވެ.
އިސްލާމިކް މިނިސްޓްރީން އިއްޔެ ފޮނުވި ސާކިއުލާއެއްގައި ހުކުރު ނަމާދުގައި ޤުނޫތުނާޒިލާ ނުކިޔަން އަންގާ ވިދާޅުވެފައި ވަނީ މިދުވަސްވަރުގެ ހާލަތާއި ގުޅޭގޮތުން ކިޔަން ޖެހޭ ދުޢާތައް ހުކުރު ހުތުބާގައި ހިމަނާފައި ވާތީ ހުކުރު ނަމާދުގައި ދުއާ ކިޔުމަކީ އިސްލާމިކް މިނިސްޓްރީން ބާރުއަޅާ ކަމެއް ނޫން ކަމަށެވެ.
ކޮވިޑް-19 ފެތުރެމުން ދާތީ މިސްކިތްތަކުގައި ޤުނޫތު ކިޔަން އިސްލާމިކް މިނިސްޓްރީން ކައުންސިލްތަކަށް އެންގީ މިއަހަރުގެ އޭޕްރީލް މަހުގެ 08 ވަނަ ދުވަހު އެވެ. އޭގެ ފަހުން ހުރިހާ މިސްކިތްތަކެއް ވެސް ފަރުޟު ނަމާދުތަކުގައި އަންނަނީ ޤުނޫތު ކިޔަމުންނެވެ. އަދި ބައެއް މިސްކިތްތަކުގައި ހުކުރު ނަމާދުގައި ވެސް ޤުނޫތު ކިޔައެވެ.
ދުނިޔޭގައި ބޮޑެތި ބަލިތައް ފެތުރެން ފެށުމުންނާއި ބައެއް ހަނގުރާމަތައް ފެށުމުން ވެސް ރާއްޖޭގެ މިސްކިތްތަކުގައި މީގެ ކުރިން ވެސް ޤުނޫތު ކިޔުމާއި ހާއްސަ ދުޢާތައް ކުރުން ކުރިއަށް ގެންގޮސްފައި ވެއެވެ.
ޔާﷲ މިލާދީނީ ވެރިކަން ވައްޓާލައްވާންދޭވެ އާމީން
މިއަދުގެ މި ޙާލަތުގައި އެންމެ ގިނަ މީހުން އެއްވާ ނަމާދުގައި ނޫންތޯ (ދީން ހުއްދަ ކުރާނަމަ) ޤުނޫތު ކިޔަންވީ!!!! އިސްލާމިކް މިނިސްޓްރީން ބާރު ނާޅަނީ ކޮން ހެތްކެއް، ޤަރީނާއެއް ނުވަތަ ދީނީ އަސާސެއްގެ މައްޗަށް ބިނާކޮށްގެންކަން ސާފުކޮށްދިންނަމަ މީސްތަކުންގެ ހިތްތަކުގައި ޝައްކު ނުއުފެދޭނެ!
ހުކުރު ނަމާދަކީ މިހާރު ސިޔާސީ ހަރަކާތެއް
އެއްވެސް ނަމާދެއްގައި ކިޔާނެކަމެއްނެތް. ނަމާދުގައި ކިޔާ ދުޢާ ތަކުގައި ހުރިހާ ދުޢާ ތަކެއް ހިމެނޭ. ދެން ކީއކުރަންތޯ ވަކި އެހެން ނަމާދު ތަކުގައި ކިޔަން އަންގަނީ. އިސްލާމިކް މިނިސްޓްރީއަކީވެސް މިހާރު ސިޔާސީ ލާދީނީ ޖަގަހައެއް. މިއަދުގެ ޚުތުބާގައި ކީރިތިޤުރްއާންގެ އާޔަތެއް ބަޔާންކޮށްދެމުން ކީ ހަމައެކަނި އެއާޔަތުގެ ފުރަތަމަ ތަންކޮޅު. (ބެލުންތައް ތިރި ކުރާށޭ.) މިއާގުޅިގެން އޮންނަ އެންމެ މުހިންންމުބައި (ފަރުޖުތައް ރައްކާތެރިކުރާށޭ ޒީނަތްތެރިކަން ފާޅު ނުކުރާށޭ) އޮންނަ ބައެއް ނުހިމަނާ. ލާދީނީ މީހުން އެމީހުން ބޭނުންގޮތަކަށް ހެދުން އަޅާގެން އޮރިޔާން ނިވާނުވާގޮތަށް މަގުމަތީގައި އުޅެން ބޭނުންވާތީ ޚުތުބާގައި އެބައި ނުހިމެނުމަށް ޚުތުބާ ލިޔުނު ބޭފުޅާ އަށް މިނިސްޓްރީން ވަނީ އަންގާފާ.
ކިރިޔާވެސް ހެޔޮއެއްޗެއް ކިޔެން އޮތަސް އެވެސް ހުއްޓާލެވޭތޯ ބަލާތި
އިސްލާމިކު މިނިސްޓްރީގެ ނަން ބަދަލް ކުރައްވާ އަވަހައް.މީހަކު ހޭބަލި ނުވިއްޔާ ރަގަނޅު