ވަކީލުންނަކީ އެބަޔަކަށް ލިބިފައިވާ އިލްމު ހެޔޮ ގޮތުގައި ބޭނުންކޮށް، އާ ތަޖުރިބާތަކެއްކޮށް އާ ކަންކަން ދަސްކުރާ ބަޔަކަށް ވާން ޖެހޭ ކަމަށް ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަހުމަދު މުއްތަސިމް އަދްނާން އިއްޔެ ވިދާޅުވެއްޖެއެވެ.
ގާނޫނީ ވަކީލުންތަކެއް ހުވާ ކުރަން އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ ވަކީލުންނަކީ ވަރަށް ޒިންމާދާރު ގިނަ ބައެއްގެ މަސްލަހަތު ހިމެނޭ މަސައްކަތްތަކެއް ކުރާ ބައެއް ކަމަށާއި އެބައެއްގެ ސުލޫކީ މިންގަނޑު ހިފަހައްޓާ އިހުލާސްތެރިކަމާއި ތެދުވެރިކަމާއެކު ހިދުމަތް ކޮށްދެއްވަން ޖެހޭނެ ކަމަށެވެ.
އަދި ހުރިހާ ވަކީލުން ދެކެ ރައްޔިތުން ހިތްހަމަ ނުޖެހޭނެ ކަމަށާއި އެކި ކަހަލަ ވާހަކަތައްވެސް އެބޭފުޅުންނޭ ކިޔައިގެން މުޖުތަމައު ތެރޭގައި ދެކެވޭނެ ކަމަށް އުއްތަމަ ފަނޑިޔާރުގެ ވާހަކައިގައި ވަނީ ފާހަގަ ކުރައްވައިފައެވެ.
"މުޖުތަމައުގެ ތެރޭގައި ވަކީލުންނާ ގުޅޭ ގޮތުން ތަފާތު ވާހަކަތައް ދެކެވޭ. އޭގެ ތެރޭގައި ވަކީލުންގެ ސުލޫކީ މައްސަލަތަކުގެ ވާހަކަވެސް ހިމެނޭ. ވަކީލުންނަކީ މުޖުތަމައުއާ ދެކޮޅަށް މަސައްކަތް ކުރާ މުޖުތަމައުގެ ދުޝްމަނުންގެ ގޮތަށް ދޭހަވާ ގޮތްކޮތަށް ތަސައްވަރުތައް އުފައްދާ، އެކަންކަމާއި މެދު ބަހުސް ކުރެވޭ ހާލަތްތައް ކުރިމަތިވޭ." އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
މީގެއިތުރުން ވަކީލަކަށްވުމުގެ ފަހުރާއި ޝަރަފާއެކު ޒިންމާތަކާއި މަސްއޫލިއްޔަތުތަކެއްވެސް އެބައެއްގެ ކޮނޑުގައި އެޅިގެން ދާނެ ކަމަށާއި އޭގެ ތެރޭގައި އަހުލާގު ހިފެހެއްޓުމާއި މުޖުތަމައު އާއި އެބައެއްގެ މުވައްކިލުންގެ ހައްގުގައި މަސައްކަތް ކުރުމުގެ ޒިންމާ ހިމެނޭ ކަމަށްވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތެއްގައި ވަކީލުންނަށް ހުވާލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒެވެ. ހަ ބެޗަކަށް ބަހާލައިގެން ވަކީލުކަމުގެ ހުވާ ކުރުމުގެ ރަސްމިއްޔާތު ބޭއްވިއިރު 277 ވަކީކަލު ވަނީ ވަކީލުކަމުގެ ހުވާ ކުރައްވައިފައެވެ.
އުއްތަމަ ފަނޑިޔާރުގެ ވިސްފުޅުހުރީ ޤާނޫނީ ވަކީލުންގެ ކުރިއެރުމާ ތަރައްޤީއަށްޓަކައި ވަކީލުންނަކީ، ހަރުދަނާ ބަޔަކަށް ހެދުމުގެ މައްޗަށްކަމަށް ޤަބޫލުކުރެވެއެވެ. ޝުކުރިއްޔާ އުއްތަމަ ފަނޑިޔާރު
ކޯޓުތަކުގެ ފަނޑިޔާރުންވެސް ހޮދް މަނިކުފާނުގެގައިގާވެސް ތިޔަވިދާޅުވި އަދަބް އަޚްލާގުއަށަގެންފިނަމަ މިގައުމަކީ ތަފާތުގައުމަކަށްވެގެންދާނެ އަދި ޝަރުޢީދާއިރާއަކީ މީހުންލޯބިވާދާއިރާއަކަށް ވެގެންދާނެ