ގދ. ރަތަފަންދޫގައި ދެ ބައެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި ދެ މީހަކަށް އަނިޔާވެއްޖެ އެވެ.

މި މާރާމާރީ ހިނގާފައި ވަނީ ރޭގެ ވަގުތެއްގައެވެ. ފުލުހުން ވިދާޅުވީ، މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ ރޭ 2:30 ހާއިރު ކަމަަށެވެ.

ފުލުހުން ވިދާޅުވީ، މި މާރާމާރީގައި އަނިޔާ ލިބުނު މީހުންނަށް ރަތަފަންދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާ ތިނަދޫގައި ހުންނަ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ދެ މީހަކު ހައްޔަރުކޮށްފައެވެ. އެއީ 21 އަހަރުގެ މީހަކާއި، 28 އަހަރުގެ މީހެކެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.