ދޮގު ޚަބަރު ފަތުރާކަމަށް ބުނެ އިނގިރޭސިބަހުން ނެރޭ ރާއްޖޭގެ ނޫހެއް ކަމަށްވާ މޯލްޑިވްސް ނިއުސް ނެޓްވޯކް (އެމް.އެން.އެން) އާއި ދެކޮޅަށް ޤާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ދެއްވައިފިއެވެ.

ފަޒްނާ ތަމްސީލް ކުރާ ޤާނޫނީ ވަކީލުންގެ ފާމް ކަމަށްވާ ލިޓިޖަންޓްސް އިން ދެންމެ ނެރުނު ބަޔާނެއްގައި ވަނީ މޯލްޑިވްސް ނިއުސް ނެޓްވޯކް ގައި އާއްމު ކޮށްފައިވާ ހިމެނޭ ޚަބަރެއްގައި ފަޒްނާ އާއި ގުޅޭ ގޮތުން ލިޔެފައި ހުރި މައުލޫމާތުތައް ދޮގުކޮށް އެނޫހުގެ ވެރިންގެ މައުލޫމާތު ވެސް ހާމަކޮށްފައެވެ. އަދި ނޫހާއި މެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައި ވެއެވެ.

ނަމަވެސް ނޫހުގައި ލިޔެފައިވާ ޚަބަރުގައި ވަނީ ސަރުކާރުގެ ވަރަށް ގިނަ ރަސްމީ ލިޔުންތަކުގެ ކޮޕީތައް ހިމަނާފައެވެ.

ބަޔާނުގައި ބުނެފައި ވަނީ މާލޭ ސިޓީ ކައުންސިލުން ލޮނު ޒިޔާރަތްކޮޅުގައި ޤާއިމުކުރަމުންދާ ޕާކަށް ގަސް ވިއްކަނީ، ސްރީލަންކާގައި އޮންނަ، ފަޒްނާގެ ގަސް ވިއްކާ ކުންފުންޏަކުން ކަމަށާއި އެ ކުންފުނީގެ އަނެއް ޕާޓްނަރަކީ ސްރީލަންކާގެ ރައްޔިތެއް ކަމަށް ބުނެފައިވާ ކަމަށާއި މިފަދަ ސާބިތުނުހިފޭ، ހަމަނުޖެހޭ، ދޮގު ވާހަކަތަކެއް ކަމަށެވެ.

ފަޒްނާގެ އެފަދަ ކުންފުންޏެއް އޮތް ނަމަ އެ ކުންފުނީގެ ނަމާއި، އެ ކުންފުނީގައި އެ ކަމަނާ ހިމެނިވަޑައިގަންނަވާ ގޮތެއް އެންގުމަކީ އެ ފަދަ އެއްޗެއް ލިޔާ އެޑިޓަރުގެ މަސްއޫލިއްޔަތެއް ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

ބަޔާނުގައި ބުނެފައި ވަނީ ފަޒްނާގެ ކޮންމެވެސް ފައިސާއެއް، މޮރިޝަސްއަށް ބަދަލުކުރި ވާހަކައެއް އެނޫހުން ރިޕޯޓް ކޮށްފައިވާ ކަމަށާއި ނަމަވެސް މޮރިޝަސްގައި ހިންގަނީ ކޮން ވިޔަފާރިއެއްކަމެއް، އަދި ފައިސާ ހުރިނަމަ އެ ހުރީ ކޮން ބޭންކެއްގައި ކަމެއް، އަދި އެންމެ ކުޑަމިނުން މޮރިޝަސްގެ މަސްއޫލުވެރިއެއްގެ ބަހެއްވިޔަސް ގެނެސްދީފައި ނެތްކަން ފާހަގަކުރައްވަމުން، މި ހުރިހާ އިލްޒާމަކަށް ފަޒްނާ އިންކާރު ކުރައްވާ ކަމަށެވެ.

ނޫހުގެ އެޑިޓަރަށް އިންޒާރުދީ ބަޔާނުގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 310 ވަނަ މާއްދާކަމުގައިވާ ޞައްޙަ ލިޔުމަށް ބަދަލުގެނައުމާއި، އެ ހަދާ ލިޔުން ނަކަލުކުރުމާއި، އަގުހުރި އެއްޗެހި ނަކަލުކޮށް އަސްލުގެ ގޮތުގައި ދެއްކުމަކީ ކުށެއް ކަމަށެވެ. އަދި 311 ވަނަ މާއްދާގެ ދަށުން ލިޔުމާއި ރެކޯޑާއި އެހެނިހެން ވަސީލަތްތަކާ ބެހުމަކީވެސް ކުށެއް ކަމަށާއި އަދި 313 ވަނަ މާއްދާގެ ދަށުން، އޮޅުވާލުމުގެ ޢަމަލުތައް ހިންގުމަކީވެސް ކުށެއް ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

"ވީމާ، މިކަމާ ގުޅިގެން އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު، މި ފާރމްގެ ފަރާތުން ކުރިއަށް ގެންދާނެކަމުގައި ދަންނަވަމެވެ." ބަޔާނުގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

40 ކޮމެންޓް

 1. ބާޣީލޭޑީ

  ހަޖަމެއް ނުވާނެ. އެކަމަކު ހަގީގަތް ދާނީ ހާމަވަމުން. ހަޖަމުވެސް ވާނީ ރައީސް ޔާމީނާއި މެޑަމް ފާތުން އަށް. ކަލޭމެން ފަކީރުން ތިތިބެނީ އަބަދު ރުޅިއައިސް ރަތްވެފަ.

  246
  29
  • Anonymous

   ހަގީގަތެ އްވީމަ އެހާ އަވަހަށް ރުޅި އަ އީ.

   145
   12
  • ބޭބެ

   ޙަގީގަތަކަށްވީމަ ކަންނޭގެ މިހާ ވަރަކަށް ތެޅި ފޮޅިގަންފަ އިންޒާރުދެނީ!! އެނގިދާނެތާ ދޮގުހަދަނީ ކޮން ބައެއްކަން!! މިކަން ބަލަން ފަޒުނާ މެޑަމްއަށް ގޮވާލަން!! އޭރުން ޙަގީގަތް ހާމަވާނެ!!

   136
   7
 2. ރާގޮޑިރާޖަ

  ޥަގުންނަށް ހަޖަމު ވޭނު ރަގަޅަށް.

  110
  6
 3. ޒާ

  ހާދަ ހިތްވަރެއް ނެތޭދޯ؟

  135
  4
 4. ދުރުމި

  ލޯޔަރުން ބޭނުން ކޮށްގެން ބިރުދައްކަނީދޯ ކޮބާ ޑިމޮކްރަސީގެ އޮންނަ ޙިޔާލު ފާޅުކުރުން ރައީސް ޔާމިން އާއި މެޑަންފާތުން ކިހާ ކެއްގަދަ ކިހާ ރަނގަޅު ރައީސް ޔާމިން އަށް ވަގަށް ގޮވާ އެކިއެކި މީހުން މެރިކަމުގެ ތުހުމަތު އަޅުވައިގެން ރައްޔިތުންގެ ކުރިމަތީގައި އަބުރު ކަތިލާއިގެން ވެރިކަން ހޯދީ ނުވިތާކުން އިންޑިއާގެ އެހީގައި ވޯޓުން ވައްކަން ކޮށްގެން ވެރިކަން ހޯދައިގެން އައިސް ތިތިބީ ކީއް ކުރާނީ މިއީ މިމީހުންގެ ފެންވަރަކީ.

  174
  10
  • ޖަލު ދޫނި

   ބަލަ ރައީސް ޔާމިން އަށް ވަގަށް ގޮވީ ރަނގަޅަށް ދޯ. ސާބިތޮ ވެގެން ޖަލުގަ އޮތީ.

   12
   77
   • ިކިޔަންޏާކިޔާ

    ފަޑިޔާރުގެޔަށް އަތްބާނައި ފަޑިޔާރުގެ މުލައްދަޑީގަ ހިފައިގެން ތިބެ ކަންކުރީމާ، ސާބިތުނުކުރެވޭނެ ކަމެއް، ޖަލަށް ނުލެވޭނެ މީހެއް ނުހުންނާނެ. ދެން އެއީވެސް އިންސާފޭ ކިޔަންޏާ ކިޔަންވީ.

    30
    2
   • ގުދޯގުދޯ

    ތިޔައީ ޔާމީން ކުރިވައްކަމުގަ ބައިވެރިއެއްތާ؟ އެއީއެއްވެސް ނުފޫޒެއްނެތި ކުރިހުކުމެއްގަ ޖަލައްލާފަ ވާފަރާތެއްކަމުގެ ޔަގީންކަން އޮތީ ވިއްޔާނިކަން ސާބިތުކޮށްދީބަލަ.

    1
    3
   • ގެރި

    ނަޝީދައްވެސް ހުކުމް ކުރީ ނުފޫޒްފޯރުވައިގެންނޭ ކިޔާ އަޑުގަދަ ކުރިމީހުން މިއަދު ކީއްވެބާ އެކަންތައް ރިޕީޓްކުރަނީ!

  • ޭހަސަނުގެ ދަރި

   ޢެކަމަނާ ފެނުނީމަ ވެސް ހީވޭ ކެތެ އް ނުކުރެވޭނެ ކަން ވަރަށް ބަލިކަށިކޮށް ފެންނަނީ

   45
   4
 5. ވައިޑީ

  ތިގޮތަށް ފިޔަޅު އަޅާނެކަމަށް އިންޒާރުދިނުން މިހާރު ރާއްޖޭގައި އޮތް ޑިމޮކްރްސީ ޚިލާފުކަމެއް މައްސަލަތައްހުރިޔާ އޮންނަ އުޞޫތަކުން ކުރިއަށް ގެންދަވާ ނޫސްވެރިކަމަކީ ހަތަރުވަނަ ބާރު..

  46
  4
 6. ޑައިވަރޭ

  އަބުރު ކަތިލަން ފުރުސަތު ދީގެން ނުވާނެ، އެ ރާއްޖެއަކަސް ބޭރަކަސް ހެޔޮ

  14
  29
 7. ޞާގު

  ކުރީގެ މެޑަމްހެން މިހާރުގެ މެޑަމެ އް ސިޔާސީ ވެގެނެ އް ނޫޅެ އްނު.

  10
  49
  • އައްޑޫ މީހާ

   ކިހިނެއް އުޅުނީމަ ސިޔާސީ ވެގެން އުޅެވެނީ އެކަން ސާފުކޮށް ދެވިދާނެތަ ؟

 8. ހުސޭނުބޭ

  ފިރުޢައުނު ވައްތަރު ވެރިކަމުގައި ތިހެން ވާނެ!

  50
  4
 9. ކަހުރަބު

  ހޯ ދެން ލަލަލާ

  31
  3
 10. ޙަސަނު

  ލާދީނީ ބައިގަނޑަށް ފިޔަވަޅު އަޅަން ނުކެރެނީ ކީއްވެތަ ފަޒްނާގެ ވަކީލުންނަށް

  58
  3
 11. ބަބޫ

  މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްގު ކޮށްމެ ދިވެހި ރައްޔިތަކަށްވެސް ލިބިގެންވޭ. ދައިތަގެ ފިރިމީހާ ވެރިކަމުގަހުރީމަ ދައިތަ އެކަމުގެ ނާޖާއިޒް ފައިދާނަގައިގެން މީހުންނަށް ބިރުދެއްކުން ހުއްޓާލަންފެނޭ.

  47
  2
 12. ބީރުމީހާ

  ބަލަ މެދަމް ފާތުން އަށް ކަނދުރޭ ފަޅޮލޭ ގޮވީ ތިޔަ ބައިގަނޑު މިއަދު މިވީ ކިހިނެއް

  47
  5
 13. ކަމަނަ

  މެޑަމް ފާތުން ގެ މައިންބަފައިންނަށްޓަކައި އަޅާދެއްވި މިސްކިތަކީވެސް ވަގު ފައިސާލަމަށް ގޮވީ ތިޔާ ބައިގަނޑު ހެޔޮވިސްނުން ދެއްވާށި މެޑަމް ފާތުންނަށް ކެތްތެރިކަން ދެއްވާށި އާމީން

  57
  4
  • ދޮންކަލޯ

   މީހަކާ ދިމާލަށް އެއްޗެއް ބުނާކަށް ނެތީމެވެ. ނަމަވެސް މިހާރު ޞަދަޤާތު ފައުންޑޭޝަން ގެ އަޑެއް ބަޑެއް ނީވެނީ ކީއްވެހެއްޔެވެ؟ ގައިމުވެސް ފިރިކަލުންވީ ޖަލުގަ އެވެ. ޢާއިލާއަށް ހިތްދަތި ދުވަސްވަރެކެވެ. މިޙާލަތުގައި ކުރަމުން ދިޔަ ޞަދަޤާތް މެދުނުކެނޑި ކުރިޔަށް ގެންދިއުން މާ އައުލާކަން ބޮޑުނޫން ހެއްޔެވެ!

   3
   15
 14. ލޮލް

  ޢަބުރުގެ ބިލް މިހާރު ނެތެއްނުން
  ޔޫ ބްރޯޓް ދިސް އޮން ޔޯރސެލްފް ލޮލް
  ފޒްނާ

  26
  1
 15. ސސ

  ދަދިފަހުން ނިންމި ހައްދެއް ނެތި ލަންކާ އަށް މަސް އެކްސްޕޯޓް ކުރެވޭނެ ވާހަކަ

  18
  1
 16. ލައިޓް

  ވ. ރަނގަޅު ނިންމުމެއް. ދޮގު ހަބަރު ފެތުރުމަކީ ނޫސްވެރިކަމެއްނޫން. އެއީ މިނިމަސް ކެެއުން. ކަމަކީ ހަރާމް ކަމެއް. ފަޒޫ ދޫނުދޭތި.

  10
  26
  • އައްޑޫ މީހާ

   ފަޒޫގެ އަބުރު ހާދަ ބޮޑުވެފައި ވަރުގަދަ ވާނެހެން ހީވެޔޭ އެހެން މީހުންގެ އަބުރު ކުޑަވެފައި ބަލިކަށިވީމަތޯ ވެއްޔާ މޮޑެނީ !

 17. ނަައީމް

  ބަލަތިޔަތަނަށް ގަސްގަންނަ އަގު އެގޭތަ ޔާމީން ބުރިޖާ ގާތުފަޅީގާ އެހުރީ ފަޒޫ22ހާހަށް ގަހެއްގަނެފަ މިހާރު އެތަނުން ހުރިބުރިކޮށް ގެން ގަސްވިއްކަމުންވެސް އެގެންދަނީ ކަލޭމެނަކަށް ނޭގޭތަ ތާއްޖޭގާ ގަސް ގަނެވިއްކުމުގެ މޫސުމެއް އައިސްގެން އޫޅޭކަމެއް މީހުނައް ރެޔަކާ ލާއިރު އޮންނާނީ ހަދާނެ އެއްޗެއް ހަދާފަ މިކަންބަލާ ފިޔަވަޅު އަޅާ އަދަބު ލިބޭނެ ދުވަސްވެސް އަންނާނެ ތޯއްޗެއް އޭދުން މިރީދޫ ބައިގަނޑަށް ހަޖަމެއްނުކުރެވޭނެ

  11
  1
 18. މީރާ

  އިންވެސްޓިގޭޝަން ޖާރނަލިސްމް ގެ މިސާލެއް އެ އާރޓިކަލްއަކީ. އޭގައި ހުރި ވާހަކަތައް ތަހުޤީޤުކުރަން ޖެހޭކަމަށް ފެނޭ. އޭސީސީ ކުއްލިއަކަށް ބަދަލުކުރުމަށް ހިފާލި ހިފާލުމާއި އެ އާރޓިކަލްއާ ގުޅުމެއް ވާކަންފެނޭ. އަދި އެނޫހަކީ އަދި މަޤުބޫލު ނޫހަކަށް ނުވިޔަސް ވިސްލް ބްލޯ ކުރާ ނޫހެއްކަން ލިޔުންތަކުން ހާމަވޭ. އެއްޗެއް ނޭނގޭ ބަޔަކަށް އެއްޗެއް ނޭންގޭނެ މޮޅެތި ކޮމެންޓްކުރިޔަސް ޙަޤީޤަތްވާނީ ޙަޤީޤަތަށް.

  10
 19. ފާމުވަގު

  އަޅާނެ ފިޔަވަޅެއް އަޅާ. އިތުރު ވާހަކަތައް ނުކުންނާނީ ފިޔަވަޅު އެޅީމާ. ބައިވަރު ވާހަކަ އެބހުރި.

  9
  1
 20. Anonymous

  ދައިތަ ރުޅިގަދަވީތަ

  9
  1
 21. ވެރިން

  އެޑިޓަރު ބުނާނީ އަވަހަށް ކޯޓަށް ވަ އްދާ އިގެން ސާބިތުކުރަމާ ހިންގާށޭ، ޔަގީން ހެކި ހު އްނާނެކަން ސާބިތުކުރެވޭ ވަރަށް

  7
  1
 22. ޛ

  ތީ ރައިސް ނަޝީދު އެވިދާޅުވާ ތަފާތަކީ..ވަރަށް ތަފާތުވާ ނެ ކަ ން އެގޭ. ..ނަޒަރު ހި ންގާލާ މީގެ 3، 4 އަހަރު ކުރިއަށް..އޭރުގެ ފަސްޓް ލޭޑީއަށް ގޮވާލި ހަޑިމުޑުދާރު އެއްޗެހި ހަދާ ނަށް އަ ން ނާނ ނެ.

 23. ހޭދެބައިނުވޭ

  ފަސްޓް ލޭޑީ ތިޔާ އުޅެނީ ހޭދެބައި ވެގެންތޭ ނޫސްވެރިން ލިޔާނެއޭ ޑިމޮކްރެޓިކް ސޮސައިޓީ ތަކުގައި އެމެންނަށް ޝައްކު ކުރެވޭ ކަންކަމުގައި ފަސްޓް ލޭޑީން ކުރާ ވައްކަން ތަކަކީ އެއީ ނޫސްވެެރިންނަށް ސާބިތު ހެކި ތަކާއި އެކު ފެންނާނެ ކަމެއް ނޫނޭ ރާއްޖެތެރޭ އާލާތުން ރަށު އޮފީސް ހިންގާ ގޮތަށް ނުހިންގޭނެއޭ މާލޭގައި ރައީސް އޮފީހެއް ވެސް އަދި މުލިއާގެ އެއްވެސް ފުރަތަމަ ކަމަކީ ފަސްޓް ލޭޑީ ސަރުކާރުގެ ހިންގުމުގެ ތެރެއަށް ބޭނިގަނެގެން އުޅެނީ އެއީ ކޮން ހައިސިއްޔަތަކުންތޭ އެކަން ނުކުރެވޭނެއޭ...

 24. ބޯޖަލީލު

  ބަނޑި ބުރާސްފަތި ފަޒުނާދޯ

 25. ތަމެންދޯ

  ފަސްޓްލޭޑީއާ ބެހޭގޮތުން ފަތުރަނީ ދޮގުު ޚަބަރެއް، ފިޔަވަޅު އަޅާނަން ކަމަށް ފަސްޓް ލޭޑީގެ ވަކީލުން ބުނުން އެއީ މަމެން އުފާ ކުރާ ކަމެކޭ ފަސްޓް ލޭޑީގެ ވަކީލުން ފިޔަވަޅު އަޅާނެ ކަމަށް ބުނުން އެއިން މަމެންނަށް އެގިގެންދަނީ އެހެން ކަމެކޭ އެއިން އެގިގެންދަނީ އެބުނަނީ ތަމެން ކޮރަޕްޝަންގެ އުސޫލުން ކޮންމެ ކަމެއް ކުރި ނަމަވެސް އެވާހަކަ ނުދައްކާށޭ ފަސްޓްލޭޑީ ހިއްސާ އޮންނަ ކުންފުނި ހޯދާނީ ކިހިނެއްތޭ ރާއްޖޭގައި އިންޑިއާ ސިފައިން ތިބި އަދަދާއި އަދި އެމެންނަށް ދައުލަތުގެ ބަޖެޓުން ކުރާ ޚަރަދު ނޫސްވެރިން އެދުމުން ވެސް ލޭޑީ ގާގާ ނުދިނޭ އެމައުލޫމާތު ވެސް ދެން ތަމެން ފަސްޓް ލޭޑީން ދައުލަތުގެ ޚަޒާނާއިން ކުރާ ވައްކަން ކިހިނެއްތޭ ނޫސްވެރިން ހޯދާނީ ނޫސްވެރިން ލިޔާނީ ހީއަށް ބިނާ ކޮށްފައި ތަމެން ބުނި ދޯ ވެންޓިލޭޓަރުން ވައްކަން ނުކުރަމޭ ނުކުރޭތޭ ނޫން ކުރިން ދޯ ވައްކަން މަމެން ގަބޫލުކުރާނީ ފަސްޓް ލޭޑީ އަށް ހެދުން ފަހާދޭ އަންހެން މީހާ އަށް ކަޓެއް ދޭން ވެގެން ޖެއްސި ބޮޑު ކަޓެއް ކަމަށް ތިޔާއީ...

 26. ނެތީމޭނެތީމޭ

  ފުރަތަމަ ކަމަކީ ފަސްޓް ލޭޑީ މާލެ ސިޓީ ކައުންސިލުން ކުރަމުން އަންނަ ކަމެއްގެ ތެރެއަށް ބޭނިވަޑައިގަންނަން ޖެހޭ އެއްވެސް ސަބަބެއް މަމެންނަށް ނޭގެއޭ ރައީސް ޔާމީންގެ ވެރިކަން ވެސް ގޯހުން ގޯހަށް ދާން ފެށީ މެޑަމް މެޑަމް މެޑަމް މި އަޑު ގަދަވެގެންނޭ ފަސްޓް ލޭޑީ ނުޖެހޭނެ ސަރުކާރުގެ ހިންގުމުގެ ތެރެއަށް ބޭނިވަޑައިގަންނަން އަދި ނުޖެހޭނެ އެއްވެސް ރަސްމިއްޔާތެއްގައި ޗީފް ގެސްޓެއްގެ ހައިސިއްޔަތުން ވެސް ބައިވެރިވާން ސަބަބަކީ ފަސްޓް ލޭޑީ ނަގަން ޖެހޭނެ ގާނޫނީ ޒިންމާ އެއް ނެތޭ ނެތޭ ނެތޭ ނެތޭ ފަސްޓް ލޭޑީ މަޝްހޫރުވާން ބޭނުން ނަމަ އެހެން ކަމެއްގެ ތެރެއަށް ބޭނިގަނެގެން އުޅުނިއްޔާ މާތާހިރުވާނެއޭ ފަސްޓް ލޭޑީ އެއީ ރައްޔިތުން ވޯޓުން ހޮވާފައިވާ މީހެއް ނޫނޭ ތަމެން ތިޔާ އުޅެނީ ކުޑާ ކޮށް ސައިޒު އޮޅިގެންނޭ މަމެން ބުނަން ނެތީމޭ...

 27. ތަމެންދޯ

  ފަސްޓްލޭޑީއާ ބެހޭގޮތުން ފަތުރަނީ ދޮގުު ޚަބަރެއް، ފިޔަވަޅު އަޅާނަ ކަމަށް ފަސްޓް ލޭޑީގެ ވަކީލުން ބުނުން އެއީ ޚުދު މުޚުތާރު ސިފަތަކުގެ ތެރޭގައި ހިމެނޭ ކަމެކޭ ފަސްޓް ލޭޑީ ސަރުކާރުގެ ހިންގުމުގެ ތެރެއަށް ވަންނަނަމަ ހަމަލާ އަންނާނެއޭ އެ ގޮތަށް އަންނަ ހަމަލާ ތައް ވާނީ ސީދާ ތެދު ހިމެނޭ ކަންކަމަށާއި އަދި ދޮގު ހިމެނޭ ކަންކަމަށޭ އެއީ އެނިޒާމް މަސައްކަތް ކުރާ ގޮތަކީ...

 28. އިސްތިއުފާ

  ފަސްޓް ލޭޑީ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިއިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ ސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ

 29. ކުދިވަގުންނޭ

  މިސަރުކާރަށް ސަލާމަތް ވެވޭނެއޭ ދައުލަތުގެ ޚަޒާނާ އަށް އެމެން ޚިޔާނާތް ތެރިވިނަމަވެސް އެމެން ވާ ޚިޔާނާތް ތަކަކީ އެއީ ކުދި ޚިޔާނާތް ތަކޭ އެހެން މީހުންގެ ވެރިކަމުގައޭ ބޮޑެތި ޚިޔާނާތް ވެފައިވަނީ ގަސް ވިއްކައިގެން އެއިން ކަޓް ނެގުން އެ ބެލެވޭނީ ރޯޔަލް ވައްކަމަށޭ އެހެން ވެއްޖެނަމަ އެއީ ކުދި ވައްކަމޭ ކުދި ވައްކަމަކީ އެއީ ކޮރަޕްޝަނާއި ފަސާދަ އެއް ނޫނޭ އެއީ ކުދި ކުދި ކުދި ލިޓިލް ވައްކަމޭ އެއީ މައްސަލަ އެއް ނޫނޭ އިނގޭތޭ...

 30. ލަދު

  ޡކޮބާ 2018 ގެ ކުރިން ބޭނުން އެއްޗެއް ދޮގާ މަކަރާ ހީލަތުން ބާރު ހޯފައިގެން ލިއުނު މީހުނަށް ކަމެއް ހަޖަމްވޭބާ؟؟؟ ޅަދު ކޮބަެިތަ؟