ހުކުރު ދުވަހު ހެނދުނު އައިޖީއެމްއެޗް އާއި ދިމާ މޫދުގައި ނިޔާވެފައި އޮއްވާ ފެނުނު ގދ.ވާދޫ އުމުރުން 31 އަހަރުގެ ސިދުރަތުﷲ އަހްމަދުގެ ހަށިގަނޑު ފެނުނު ސަރަހައްދަށް ފުލުހުން އިއްޔެ ޑައިވްކޮށް އެސަރަހައްދު ބަލާފައި ވާނެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ސިދުރަތުﷲގެ މަރާއި ގުޅިގެން ފުލުހުން އަދި ތަފްސީލް މައުލޫމާތެއް ނުދެއެވެ. ސިދުރަތުﷲގެ ހަށިގަނޑު ފެނުނީ އެސަރަހައްދަށް ޑައިވް ކުރި ޑައިވަރުންތަކަކަށެވެ. އޭނާގެ ހަށިގަނޑު އެސަރަހައްދުން ފެނުނު ފަހުން ފުލުހުން އެސަރަހައްދަށް ޑައިވް ކުރިކަން ފުލުހުން ކަށަވަރު ކޮށްދިން ނަމަވެސް މަރުގެ ހާދިސާ އާއި ގުޅުން ހުރި އެއްވެސް އެއްޗެއް ފެނުނުކަން ނުވަތަ ނޫންކަން ވެސް ފުލުހުން ހާމައެއް ނުކުރެއެވެ.

ބުރާސްފަތި ދުވަހު ހެނދުނު ރަސްފަންނު ސަރަހައްދުގައި ހަރަކާތްތެރިވެފައިވާ ފަރާތްތަކުން ނުވަތަ ސިދުރަތުﷲގެ މަރާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިލައްވާފައިވާ ފަރާތެއްވާނަމަ ފުލުހުންގެ އިމަޖެންސީ ނަންބަރު 119 ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓުގެ ނަންބަރު 9911099 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކޮށްދެވުމަށް ފުލުހުން އެދެއެވެ.

ސިދުރަތުﷲގެ ހަށިގަނޑު ފެނުނީ ހުކުރު ދުވަހުގެ ހެނދުނު 10:40 ކަންހާއިރުއެވެ. ނަމަވެސް ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 އާއި 12:00 އާ ދެމެދު ރަސްފަންނު ސަރަހައްދުގައި ހަރަކާތްތެރިވެފައިވާ ފަރާތްތަކުން ފުލުހުންނާއި މައުލޫމާތު ހިއްސާކުރަން ފުލުހުން އެދުނު ސަބަބެއް ވެސް ސާފެއް ނުވެއެވެ.

އޭނާގެ މަރަކީ ޤުދުރަތީ މަރެއްކަން ކަށަވަރު ކުރެވިފައި ނުވާތީ ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން ކަމަށާއި އެގޮތުން މަރުގެ ސަބަބު ކަށަވަރުކުރެވިފައި ނުވާތީ ޕޯސްޓްމޯޓަމް ހެދުމަށް ކުރަންޖެހޭ ކަންކަން ކުރުމަށްޓަކައި މިވަގުތު ހަށިގަނޑުވަނީ މޯޗަރީގައި ކަމަށެވެ.

ސިދުރަތުﷲގެ އާއިލާ އިން ތުހުމަތު ކުރާ ގޮތުގައި އޭނާ އަށް އަނިޔާތަކެއްކޮށް ވަނީ ގަސްދުގައި މަރާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    އަޖައިބުވާ އެއްކަމެއް އެބައިން. އެއީ މަރުހޫމްގެ އާއިލާއިން އޭނާ ގެއްލިގެން ހޯދާފައިނުވާކަން ފާހަނގަ ކުރެވޭ.

    22
    2
    • ...

      އޭނައަކީ ވަކިން ދިރިއުޅޭ މީހެއް.

      6
      2
  2. ލ.ގަމު

    ތިމަރުގެކަންތައް ރަނގަޅަށް ބަލާތި ބެލިޔަ. ސްވެ ސް އަބަދުވެ ސް ބަލާހާދޯ ވަނީ ވާކަމެއްއޮވޭތަ ބަލަބަލާ ތިބެނީ ވާކަމެއް ހަރާން ތިހެންބަލަން މިތިބީ ރައްޔިތުވެ ސް މި5 އަހަރު ގައި ވަމުންދާ ހުރިހާކަމެއް ބަލަން ތިބޭނަން ރައްޔެތުން މިފަދަވެރިކަމެއް ދެންނުދެއްކެވުން އެދި މާތްﷲގެ ޙަޟުރަތުގައި ދުޢާދަންނަވަން އިންޑިއާ އައުޓް އައުޓް އައުޓް.

  3. ނ

    ހުސެން ސޮލާހު ކިޔާ މީހަކު މިގޮތައް މަރުވެގެން
    ޢެމްޑީޕީން މައުމޫނު އިރު ހީވީ އެހެން ކަމއެއް ހެން
    ތާރީޚު އިޔާދަވާ ގޮތް ދެކެބަލަ މިއަދު މިމީހުން ކިޔާނީ ކީކޭ

    12
    1
  4. ނ

    މިފަހަރު އެމްޑީޕީ އިހުތިޖާޖަށް ނުނިކުންނަންތަ ....ބަލަ ހުސެން ސޮލާހެއް މަރުވެގެން ކިހާވަރެއް އެރުވި

    12
    1
  5. ޢަފްލާ

    އޭނާ އުޅެނީ އެހެން ގެއެއްގައި ކާންދަނީ އޭނާގެ މަންމަގެ ގެއަށް ބރާސްފަތިދުވަހު މެންދުރުފަހުވެސް މަންމަގެ ގެއަށްގޮސް ކެއިކަމަށްވަނީ އެހެންވީމަ ހުކުރު ވިލޭރޭ ނަޔަސް އެމީހުން ނުހޯދާނެތާ!