ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.އަބްދުލް މަޖީދު އަބްދުލްބާރީ އަވަހާރަވެއްޖެއެވެ.

ޑރ.މަޖީދު އަވަހާރަވިކަން އަދާލަތު ޕާޓީން ވަނީ ކަށަވަރުކޮށްދީފައެވެ. އެ ޕާޓީން ވިދާޅުވީ ޑރ.މަޖީދު އަވަހާރަވީ މިއަދު މެންދުރުފަހުގެ ވަގުތެއްގައި ކަމަށެވެ.

އުމުރުފުޅުން 55 އަހަރުގައި ޑރ.މަޖީދު އަވާހަރަވީ މިދިޔަ ހުކުރު ދުވަހު ސްރީލަންކާގައި ހުންނަވަނިކޮށް ޖެހުނު ސްޓްރޯކް އަކަށްފަހު ލަންކާ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ. ޑރ.މަޖީދު ހޮސްޕިޓަލަށް ގެންދެވުނުއިރު ވެސް އެމަނިކުފާނުގެ ހާލު ސީރިއަސް ކަމަށްވާއިރު ވަގުތުން ތިން އޮޕަރޭޝަނެއް ވަނީ ކޮށްފައެވެ.

އަދި ފަހުން ޑރ.މަޖީދު ނޭވާލަމުން ގެންދެވީ ވެންޓިލޭޓަރުގެ އެހީގައެވެ. ވެންޓިލޭޓަރު ނައްޓާލީ މިއަދު މެންދުރުފަހުއެވެ.

ޑރ.މަޖީދަކީ ގުރުއާނާއި ބެހޭ އިލްމު ފެތުރުމުގައި ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އެގޮތުން ގުރުއާނާއި ބެހޭ މަރުކަޒުގެ ރައީސްކަން ވެސް ޑރ.މަޖީދު ކުރެއްވިއެވެ.

މީގެއިތުރުން ޑރ.މަޖީދަކީ ތަފްސީރު އިލްމުން ޕީއެޗްޑީ ހާސިލުކުރެއްވި ފުރަތަމަ ބޭފުޅާ ވެސް މެއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ތިން އަހަރެއްހާ ދުވަހު އިސްލާމިކް މިނިސްޓަރުކަން ވެސް ކުރެއްވި ޑރ.މަޖީދު އަވަހާރަވިއިރު ހުންނެވީ ގައުމީ ޔުނިވާސިޓީގެ ލެކްޗަރާއެއްގެ މަގާމުގައެވެ.

ޑރ.މަޖީދު ފާހަގަވެގެން ގޮސްފައިވަނީ ހަމައެކަނި އިލްމުވެރިއެއްގެ ގޮތުގައެއް ނޫނެވެ. އެމަނިކުފާނަކީ ސިޔާސީ ދާއިރާގައި ވެސް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އެގޮތުން ޑރ.މަޖީދަކީ އަދާލަތު ޕާޓީ އުފެއްދުމުގައި އެންމެ އިސްކޮށް އުޅުއްވި އެއް ބޭފުޅާއެވެ. އަދި އެ ޕާޓީގެ ރައީސްކަން ވެސް ޑރ.މަޖީދު ކުރެއްވެވިއެވެ.

ނަމަވެސް އަދާލަތު ޕާޓީން ވަކިވެ ވަޑައިގެންނެވުމަށްފަހު ފަހުން އެމްޑީޕީ އާއި ވެސް ޑރ.މަޖީދު ގުޅިވަޑައިގެންނެވިއެވެ. ނަމަވެސް އެމްޑީޕީގެ ސިޔާސަތުތަކާއި ހިތްހަމަނުޖެހި ވަޑައިގަންނަވާތީ އެ ޕާޓީން ވަނީ ވަކިވެ ވަޑައިގެންފައެވެ. އޭގެފަހުން ޑރ.މަޖީދު ފަހުން އަނެއްކާވެސް ގުޅިވަޑައިގެންނެވީ އަދާލަތު ޕާޓީއާއެވެ.

ޑރ،މަޖީދު އަވަހާރަވިއިރު ހުންނެވީ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސްގެ މަގާމުގައެވެ.

ޑރ.މަޖީދަކީ ރާއްޖޭގެ ފުރަތަމަ އިސްލާމިކް މިނިސްޓަރެވެ. ޑރ.މަޖީދު އަވަހާރަވިއިރު އެމަނިކުފާނުގެ ހުރިހާ ބޭފުޅުން ވެސް ތިއްބެވީ ލަންކާގައެވެ.

ޑރ.މަޖީދު އަވަހާރަވިއިރު އަންބަކާއި ފަސް ބޭފުޅުން ދުނިޔޭގައި އެބަ ތިއްބެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

55 ކޮމެންޓް

  1. ހަހުރަ

    Inna lillahi vainaa ilaih raajioon!! adhives mihiree varsh bodu shokehga!! heevee meehaku moonumatheegaa jehihen!!

  2. 3ނިރު

    މާތްﷲ ޑރ މަޖީދަށް ހިޔޮރަހުމަތް ލައްވާށި امين

    • ފާތުމަ

      امين

      • ބުލޫ

        އާމީން

    • މީ

      އާމީން ޔާﷲ

  3. ނަބާ

    إنَّا الله وإنا اليه راجعون

  4. އެދުވަސް

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ‎

  5. ސޯސޭޑް

    ޑރ. މަޖީދު އަވަހާރަވެއްޖެ ނަމަ އެކަމަކީ މަމެން ހިތާމަ ކުރާ ކަމެކޭ ރާއްޖޭގެ އާބާދީ ތެރޭން 1 މައިނަސް ވީތޭ އައި ޑޯން ނޯ ވަޓް ޓު ސޭ މަމެން ގެ ހެޔޮ ދުއާ ވަނީ މަޖީދުގެ އާއިލާ އާއި އެކު އޭ މަމެން ގެ ތައުޒިޔާ ޑރ. މަޖީދު އަދި މަޖީދުގެ ފެމިލީ އަށް...

  6. ކެޔޮޅު

    إنَّا الله وإنا اليه راجعون..

  7. ބޭބެމެން

    إنَّا الله وإنا اليه راجعون

  8. އަޙުމަދު

    إنَّا الله وإنا اليه راجعون

  9. އަހް

     إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

    We belong to Allah and to Him we shall return

    اللہ تعالی مرحوم کے درجات بلند فرمائے اور اپنے جوار رحمت میںتعینات فرمائے۔

  10. ފާތުން

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

  11. احمد

    ‎إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

  12. ގައުމު

    إنَّا الله وإنا اليه راجعون

  13. އިހުގެ ބޭބެ

    މާތްﷲ ޑރ މަޖީދަށް ހިޔޮރަހުމަތް ލައްވާށި
    އާއިލާއަށް ކެތްތެރިކަން މިންވަރުކުރައްވާށި
    އާމީން

  14. މަލްހާ

    إنَّا الله وإنا اليه راجعون

  15. ޝިފާޒް

    إنَّا الله وإنا اليه راجعون

  16. Na

    إنَّا الله وإنا اليه راجعون

  17. ޭަެަައެމާ

    إنَّا الله وإنا اليه راجعون

  18. ra

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ‎

  19. މާމިގިލި

    މާތްﷲ ޑރ މަޖީދަށް ހިޔޮރަހުމަތް ލައްވާށި امين

  20. ހަސަން

    ރާއްޖޭގެ ފުރަތަމަ އިސްލާމިކް މިނިސްޓަރަކީ ޑރ.މަޖީދެއް ނޫން. ރާއްޖޭގެ ފުރަތަމަ އިސްލާމިކް މިނިސްޓަރަކީ ޝައިޚުލް އުސްތާޛު މުޙައްމަދު ރަޝީދު އިބްރާހީމް. ޑރ.މަޖީދަށްވުރެ ކުރިން ރައީސް މައުމޫންގެ ވެރިކަމުގައި މިނިސްޓަރ އޮފް ޖަސްޓިސް އެންޑް އިސްލާމިކް އެފެއާޒުގެ މަޤާމު މުޙައްމަދު ރަޝީދު އިބްރާހީމް ވަނީ ފުރުއްވާފައި. އިސްލާމީ ކަންތައްތަކާބެހޭ އެންމެ މަތީ މަޖިލިސް އުފައްދަވައި އެ މަޖިލީހުގެ ރައީސްކަމަށް މުޙައްމަދު ރަޝީދު އިބްރާހީމް ޢައްޔަންކުރެއްވީ އޭގެފަހުން. އެއީ އެމަނިކުފާނު އުއްތަމަ ފަނޑިޔާރަކަށް ހަމަޖެއްސެވުމާ ގުޅިގެން. ޝައްކުވަންޏާ ރައީސް އޮފީހުން މަޢުލޫމާތު ސާފުކޮށްލާ.

    • Anonymous

      ރާއްޖޭގެ ފުރަތަމަ އިސްލާމިކް މިނިސްޓަރަކީ ޑރ.މަޖީދެވެ. ރާއްޖޭގެ ފުރަތަމަ އިސްލާމިކް މިނިސްޓަރަކީ ޝެއިޚް މުޙައްމަދު ރަޝީދު އިބްރާހީމެއް ނޫނެވެ. ރައީސް މައުމޫނުގެ ވެރިކަމުގައި އިސްލާމިކް މިނިސްޓްރީއެއް ނުހުންނާނެއެވެ. އިސްލާމިކް އެފެއާޒަކީ އެއްދުވަސް ވަރެއްގައި ޖަސްޓިސް މިނިސްޓްރީގެ ދަށުން ހިންގަމުން އައި ޑިޕާޓްމަންޓެކެވެ. ޖަސްޓިސް މިނިސްޓްރީ ހިންގެވުން މުޙައްމަދު ރަޝީދު އިބްރާހީމާއި ހަވާލު ކުރެއްވުމުން އޭގެ ޒާތުގައި އިސްލާމިކް އެފެއާޒް ( އިސްލާމީ ދީނާއި ގުޅުން ހުރި ކަންކަން) ބަލަންވެސް ޖެހުނީއެވެ. ދީނީ ކަންކަމަށް ވަކި ވުޒާރާއެއް ނެތެވެ. ދެން އޭގެ ފަހުން ޖަސްޓިސް މިނިސްޓަރުކަން ޙަވާލުކުރީ ފަހުގެ ނައިބު ރައީސް ޑރ. ޖަމީލާއެވެ. އެހިސާބުން އިސްލާމިކް އެފެއާޒް ޖަސްޓިސް މިނިސްޓްރީއާ ވަކިކޮށް، އިސްލާމީ ކަންތައްތަކާބެހޭ އެންމެ މަތީ މަޖިލިސް އުފައްދާ މަޖިލީހުގެ ރައީސަކީ މުޙައްމަދު ރަޝީދު އިބްރާހީމް ކަމުގައި ހަމަޖެހިގެންދިޔައެވެ. ވަކި ވުޒާރާއެއްގައި ގޮތުގައި އިސްލާމިކް މިނިސްޓްރީއެއް އުފައްދާ ވަކިން މިނިސްޓަރަކު އައްޔަންކުރީ އެމްޑީޕީގެ ސަރުކާރުގައެވެ. އެހެންވީމާއި އެންމެ ފުރަތަމަ އިސްލާމިކް މިނިސްޓަރަކީ ޑރ. ބާރީއެވެ.

      • ދިޔަދޮވި

        އެމިނިސްޓްރީގެ ނަންބޯޑުގައި ޖަހާފައި ހުރީ " މިނިސްޓްރީއޮފް ޖަސްޓިސް އެންޑް އިސްލާމިކް އެފެއާސް" މިހެން. އެއިރު ޢަދުލުއިންސާފާ އިސްލާމީކަންތައްތައް ބެލެހެއްޓެވީ ޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް އެވެ.

    • ނަޒޫ

      އިސްލާމިކް މިނިސްޓާރކަން ކުރެއްވީ ޑރ މަޖީދު ހަމަ.
      ފައިނޭންސް އޭގެ ތެރަށް އައީމަ އިސްލާމިކް މިނިސްޓްރީ އަކަށް ނުވާނެއެންނު.
      ހަމަޖެހޭ ވާހަކަ ދައްކަބަލަ.

  21. މިގްދާދް

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ‎

  22. އަހްމަދު

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ‎. ﷲ ގެ އިރާދަފުޅުން އައްރައްޔާނު ދޮރުކޮޅުވަނީ ހުޅުވިފައި އަދި ނަރަކަވަނީ ބަންދުކުރެވިފައި. ރަމްޞާން މަހަކީ މާތް މައްސަރެއް.

    • މީ

      اَللّٰهُ أَكْبَر. الْحَمْدُ للَّهِ رَبِّ الْعَـلَمِينَ

  23. ޜިނޮނި

    މާތްﷲ ޑރ މަޖީދަށް ހިޔޮރަހުމަތް ލައްވާށި امين

  24. އަލީ

    إنَّا الله وإنا اليه راجعون

  25. ޙަސަނާ

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

  26. ނާފިޒު

    نَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ‎

  27. ފެނޭދޯ

    ގާގަނޑު ރައީސް އަށް ނުކެރުނު ދޯ ތައުޒިޔާ ވެސް ކިޔާލަން ދޯ ޑރ. މަޖީދަށް. ރަންރީނދޫ ޓްވިޓަރޭ ދިޔޭ ދެން ތަމެން ވެއްޖެ އެއް ނޫންތޭ ތިޔާ ގާގަނޑު ރައީސް މަލްއޫނު ކިބައިން ސަލާމަތް ވާން ދޯ.

  28. Anonymous

    މާތްﷲ ޑރ މަޖީދަށް ހިޔޮރަހުމަތް ލައްވާށި امين

  29. ރަފީޢު

    މާތްﷲ ޑރ މަޖީދަށް ހިޔޮރަހުމަތް ލައްވާށި امين

  30. Anonymous

    اللهالله

  31. ރަފީޢު

    މާތްﷲ ޑރ މަޖީދަށް ހެޔޮރަޚްމަތް ލައްވާށި امين

  32. މުބޭ

    إنَّا الله وإنا اليه راجعون

  33. ޕޮފުބާ

    މާތްﷲ ޑރ عبدالمجيد އަށް ހިޔޮ رحمية ލައްވާ ސުވަރުގޭ داعمي އަރާމާއި نعمية މިންވަރު ކޮއްދެއްވާންދޭވެ امين

  34. އިޝާ

    إنَّا الله وإنا اليه راجعون

    މާތްﷲ ޑރ މަޖީދަށް ހިޔޮރަހުމަތް ލައްވާށި امين

  35. މާމިގިލީ މީހާ

    إنَّا الله وإنا اليه راجعون

  36. ފަތުހުﷲ

    މާތްﷲ ޑރ މަޖީދަށް ހިޔޮރަހުމަތް ލައްވާށި
    އާއިލާއަށް ކެތްތެރިކަން މިންވަރުކުރައްވާށި
    އާމީން

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ‎

  37. އިއްބެ

    إنا لله و إنا إليه راجعون

  38. ދިވެހިރާއްޖެ

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

  39. މީ

    إنَّا الله وإنا اليه راجعون

  40. ތުއި

    އަލްހަމްދުލިﷲ

  41. ައަޙްމަދު

    إنَّا الله وإنا اليه راجعون

  42. ސުޖާ

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

    • ށަލޮގަަބދހހސ

      މާތްﷲ ޑރ މަޖީދަށް ހިޔޮރަހުމަތް ލައްވާށި امين

  43. ސަރަ

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ‎

  44. Anonymous

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ‎‎

  45. ނަރު

    إنَّا الله وإنا اليه راجعون

  46. Anonymous

    الله وإنا اليه راجعون

  47. Anonymous

    إنَّا الله وإنا اليه راجعون