ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާގެ ލޯނުތައް މެދުވެރިކޮށް އަޅާފައިވާ އުމްރާނީ ތަރައްގީގެ ހަރު މުދާތައް ބަލައި ޗައިނާއިން ރާއްޖެއަށް ނާންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު މިފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައި މި ވަނީ މީގެ ކުރިން ޗައިނާގެ ލޯނުތަކުން ހިންގާ މަޝްރޫއުތަކުގައި ދެފުށް ނުފެންނަ ކަމަށާއި އަގާ ނުބައްދަލު މަސައްކަތް ކޮށްފައިވާ ކަމަށް ވިދާޅުވެ މީގެ ކުރިން އެ ލޯނުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދާވާތާ ދުވަސްތަކަކަށް ފަހުގައެވެ.
ޗައިނާގެ ލޯނުތަކަކީ ދަރަނީގެ ދަންތުރައެއްގެ ގޮތުގައި ވެސް ރައީސް ނަޝީދު އެކި ފަހަރު މަތިން ސިފަކުރައްވާފައިވެއެވެ.
ރައީސް ނަޝީިދު މިއަދު ވިދާޅުވީ މީގެ ކުރީގެ ގަރުނުތަކުގައި ދަރަނި އަނބުރާ ނުދެއްކުމުން އެ ގައުމަކަށް ގޮސް ދަރަނިން އުފައްދާފައިވާ ހަރު މުދާ ނަގައިގެން ގެންގޮސްފައި އެބަ ހުރި ކަމަށެވެ. އެކަމަކު މި ގަރުނުގައި ދަރަނި ހޯދުމަށް ދޭދޭ ގައުމުތަކުގައި އެފަދަ އަމަލެއް ނުހިނގާ ކަމަށާއި ޗައިނާއިން އެ ކަން ނުކުރާނެ ކަމަށެވެ.
"ދަރަނި ނުދެއްކުމުން ކުރާ އެއް ކަމަކަށް އޮންނަނީ ހަރުމުދާ އަނބުރާ ނެގުން. އެ ބަލާ އައުން. އަޅުގަނޑު ދެކޭ ގޮތުގައި ހަރުމުދާ ބަލައެއް ޗައިނާގެ ކޮމާޝަލް ބޭންކަކުން ނާންނާނެ، އެއީ މި ޒަމާނުގައި ގައުމުތަކުން ދެކޭ ގޮތެއް ވެސް ނޫން،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަން ކުރިމަތިވެ އިގްތިސާދު ދަށްވުމުގެ ސަބަބުން ދައުލަތަށް ލިބޭނެ ކަމަށް ކުރިން އަންދާޒާ ކުރެވުނު އާމްދަނީ ނުލިބޭނެ ކަމަށް މިހާރު ބެލެވިފައިވާއިރު، އަންނަ އަހަރުން ފެށިގެން ގިނަ ލޯނުތަަކަކަށް ފައިސާ އަނބުރާ ދައްކަން ފަށަން ޖެހެއެވެ. އެހެންކަމުން ދަރަނި އަނބުރާ ދެއްކޭނެ ގޮތެއް ހޯދަން މުޅި މަޖިލީހުގެ ކޮމިޓީއަކުން އެ ކަން ދަނީ ދިރާސާ ކުރަމުންނެވެ.
ދިވެހި ދައުލަތުގެ ބޭރުގެ ދަރަނީގެ ތެރެއިން ބޮޑު ބައެއް ހިއްސާ ކުރަނީ ވެސް ޗައިނާގެ ލޯނުތަކަށެވެ. ޗައިނާ ސަރުކާރަށް ދައްކަން ޖެހޭ ފައިސާ ބިލިއަން ޑޮލަރަށް އަރައެވެ. އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި އެމްޑީޕީގެ އިސް ބޭފުޅުން އަބަދުވެސް ވިދާޅުވެ ވާހަކަ ދައްކަވައެވެ.
އަޅެ މީނަ ހަމަތަ؟ ކުރިން އޮތްގޮތުން ހަރުމުދާ ގެންދެވޭތަ؟
އެސޮރަށް ވޯޓުލީބަޔަކުވެސް ހަމަތޯ ސުވާލުއުފެދޭ.
މިވީ ގޮތަކީ މިހާރު ސަރުކާރުން އިންޑިޔާ އިންނެގި ލޯނުގެ މިންވަރު ބޮޑުކަން ފިނޭންސްގެ ހިސާބުން ފެނުން..
މާނައަކީ އިންޑިޔާގެ އެހީގައި ބުރިޖެއް އެޅިއްޔާ އެ ބަލައި އިންޑިޔާ މީހުން އަންނާނެޔޭ!
މާނައެއް ތަރުޖަމާއެއް ކުރާނެތަނެއް ނޮއޮންނާނެ. އެންމެފަހުން ކަންކުރިގޮތަށްބަލާ. އިންޑިއާގެ ގޮނޑިކޮއްކޮ އެއްނޫން ސަރުކާރެއް ހޮވޭހިނދު ވަގްތުން ވަގްތަށް ހުރިހާ ދަރަންޏަކާ ހަރު މުދަލެއް އަނބުރާ ދޭން މަޖުބޫރު ކުރާނެ. އެކަމަކު އާދޭސްކުރިއަސް ހެލިކޮޕުޓަރާއި އެފޮހެ ސާފުކުރަންއުޅޭ 200އެއްހާ ސިފައިން ނުގެންދާނެ.
ޓުއަރިސްޓުން ހޯދަނީ! ލަހުން ނަމަވެސް ކުޑައިކޮށް އެބަ ރަނގަޅު ވޭ!
އަހަރެމެންނަށް ލިބިފައިވާ އެންމެ ބޮޑު ހަރު މުދަލަކީ މާތްވެގެންވާ އިސްލާމްދީން. ޗައިނާ މީހުން ދަހިވެތި ވެފައިވަނީ މިދެންނެވި ހަރުމުދާ ދުނިޔެއިން ހުސްކޮށް ނައްތާލުމަށް . ވިސްނިއްޖެތަ ކެނެރީގޭ ކޮއްކޮ އަށް
ފައިސާ ކޮޅެއް ދޭއިރަށް ހައްޕު ކިޔާނެ އެވެ.
މީނާއަށް މިހާރު އެނގޭނެ ލޯނުތައްނަގައި ރައްޔިތުން ދަރަނިވެރިކޮށް މިކަން ކުރާގޮތް ކުރީގެ ސަރުކާރުތައް ޤައުމަށް ދޫކޮށްފައިދިޔަ އީ ހަރުމުދާ މިސަރުކާރުން ވަގަށްކަނީ
ހަމައިގަ ހުރެގެން ބުނެވުނު އެއްޗެއް ނޫންކަނނޭގެ. ބަލާ އަންނާނޭ ބުނަންވީތާކައް ނާނނާނޭ ބުނެވުނީތިޔަ.
ހިނދު ކޮޅު އަޔަސް މިހާރު ދެން ތިޔަދަނީ މާ މައްޗަށް ތިޔަ ކަހަލަ މީހުންނަށް މަމެން ކުޑައިރު ކިޔަނީ .... އެއީ އަގަމަތީގަ އިންނާ ތީ ކީ ނޫން އެ ކިފަހަރު އެ ކި ގޮތަށް ވާހަ ކަ ދައް ކާތީ
އެއެއްޗެހި ބަލާ އަޔަސް އަދިނަޔަސް އެލޯނުތައްދައްކަންޖެހޭނެ ބަހަނާދައްކަދައްކާތިޔަހެން ނުތިބެވޭނެ ތިޔަބަދަލުދޭގޮތައްލޯނުތައްވެސް ދައްކާ އެހެންނޫނީ އެއްފަރާތައްއަރާ ލޯނުދެއްކޭވަރުމީހުންނާ ގައުމުހަވާލުކުރޭ
ކިބޮޑު..... ހަމަކިޔާފަ ނުކިޔާނެއެއްޗެއް ނޭގެނީ ހަމަކޮންމެ ކަމެއްގަވެސް މިކަހަލަ ތާކުންތާކުނުޖެހޭ ވާހަކައެއް ދައްކައި ގެން ފަލަސުރުހީއެއް އެޅުން ކަމަކީ ބަލަގަ ތިޔަހާ ގާބިލް ކަމެއް ހުރިއްޔާ ނިކަން އަންތަރީންވާވަރުގެ ބޮޑުބިޔަ އާވައް ތަރެއްގެ ތަރައްގީއެއް ނިކަން މިގައުމަށް ގެނެސް ބަލަތިޔަ އުޅޭ ވައްތަރަކީ މޮޔަމީހުންވެސް ނޫޅޭނެވައްތަރެއް ލާދީނީ ގޮތުންކަމެއްކުރެވިދާނެ ދެން މުޅިގައުމުގެ ބައިތައްވިއްކާ ލައިގެން ބަންދުކުރި ފުޅިތަކުގައި ތުންޖަހައިގެން ބޮވިދާނެ އެނޫން ހަމައެއްކަމެއްވެސް ނުކުރެވޭނެ
ބޮއްޅަބޭ އަށް ހަމަ ރަނގަޅަށް އެނގޭނެ ޗައިނާގައި ތިބުނާ ހަރުމުދާ ތައް ގެންދިއުމުގެ ޣާބިލްކަން ހުންނާނެކަން. ތިއޮތް ބްރިޖާ، އެއަރޕޯރޓް އާ ރަންވޭ، އައު ޓާމިނަލް، އެހަރަ 25 ބްރީގެ އިމާރަތްތައް، ދެން ކިޔާނެކަެއްނެތް. ޙުރިގޮތަށް ގެންދިއުމުގެ ގާބިލްކަންވެސް އެބަހުރި ޗައިނާގަ. ާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާ ބޮއްޅަ ތިވަނީ މިހާރު ޗައިނާގެ ސަލާމަތައް ހުރި ނުރައްކަލަކަށް. ޢެހެންވީމަ ތި އެތި ގެންދިއުން މާރަނގަޅުވާނެކަންނޭގެ.
ބުރާންތި ؟ ކިތަށް ފުޅި ބޯލައިގެންތޯ މިއަދު މަޖިލީހަށް ތިޔަދިޔައީ ؟ މަސްތު މަސްތު ...
މީހަމަގަޑިއެއްތަ؟؟؟؟؟
މީކާކު ހެދި ކަބަޑެއް!
ހޭބަލި މަރުޖާން.