މި އަހަރު ނިމެންދެން ރާއްޖޭގެ ދަރަނިތައް ދެއްކުން ފަސްކޮށްދޭން ޖީ20 ގައި އެދިއްޖެ އެވެ.

އެކަން ހާމަކޮށްފައި ވަނީ މިއަދު ހަވީރު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ރާއްޖެ ވަޑައިގެން ދެގައުމުގެ ދެމެދުގައި ކުރެވުނު މަޝްވަރާތަކަށް ފަހު މިއަދު ހަވީރު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ވިދާޅުވީ، ދިވެހި ސަރުކާރުން ޖީ20ގައި ދަރަނިތައް ދެއްކުން މި އަހަރުގެ ނިޔަލަށް ފަސްކޮށްދޭން ރަސްމީކޮށް އެދިފައިވާނެ ކަމަށެވެ.

ޖީ20 ޑެޓް ސާވިސް ސަސްޕެންޝަން އިނީޝިއޭޓިވް (ޑީއެސްއެސްއައި) ގައި ރާއްޖެއިން މިހާރު ވަނީ ބައިވެރިވެފައެވެ. ޑީއެސްއެސްއައި އަކީ ދަރަނި މެނޭޖު ކުރުމަށް އެހީވުމަށް ވޯލްޑް ބޭންކާއި އައިއެމްއެފް އިން ގޮވާލުނުން އުފައްދާފައިވާ ނިޒާމެކެވެ.

ޝާހިދު ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން އެހެން ގައުމުތަކެކޭ ވެސް އެއްފަދައިން ރާއްޖެ އަކީ އިގްތިސޯދީ ގޮތުން ހީނަރުކަން ލިބިފައިވާ ގައުމެއް ކަމަށެވެ. މިނިސްޓަރު ޝާހިދު ވިދާޅުވީ ދަރަނިތައް ފަސް ކުރުމަށް ރާއްޖެއިން އެމެރިކާގެ އެހީތެރިކަން ބޭނުންވާނެ ކަމަށާއި އެކަމުގައި އެމެރިކާގެ އެހީ އަށް އެދިފައިވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސސ

    ދަރަނި 20 ވަނަ ގޭރުގައި ތޯ !

  2. ތާކިހާ

    ހިބަރު ވަދުގައި ހިލޭއެހީ ހޯދުމަށް ފަސޭހަ ކުރުމުގެ ގޮތުން ދެންނެވުނުތޯ؟ ސުވާލަކީ؟

  3. ބަކަރި

    ކަލޭމެންގެ ޖަނަވާރުކަމުން މިއަދު ނުކައި ނުބޮއެ މިއުޅެނީ އޮފީހުން ގެއަށް ނުދެވިގެން. އިސްތިއުފާ...

  4. ހަނި

    ބޮޑެތި ދަ ރަނިތަށް ނަގާފަ ދަ ރަނި ތަށް ލަސް ކޮފާ ދަ ރިގެ ދަ ރިންގެ ބޮޅުގާ އަޅުވަފާ ތިއުޅެނި ލާ ރިކޮޅް ހިފާާގެން ބެ ރުންގެތަ ގަނެގެން ރާޖެދުކޮޮށް ދާށެ ތިއުޅެނީ

  5. ސީލާވަތީ

    ދެންވެ ރި ކަމަށް އަ ރާބަޔެއް ދޯ ހު ރިހާ ލޯނެއް ދައްކަންޖެހޭނީ. ލޯނު ނަގާވަ ރަށް ނަގަނީ. ތަ ރައްގީގެ އެއްވެސް ކެއް ނުވެ.