މާލޭގައި ޓެކްސީކުރާ ހަމައެކަނި އަންހެން ޑްރައިވަރު، އައިމިނަތު ވަހީދާ (އައިންތު)ގެ ކާރަށް ތަކުރާރުކޮށް ގެއްލުންދޭ މައްސަލަ އާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
އެ މައްސަލަ ހުށަހެޅީ އެކިފަހަރު މަތިން އައިންތުއަށް ފުރައްސާރަކުރަމުންދާތީ އާއި ތަކުރާރުކޮށް އެކި ފަހަރުމަތިން އޭނާގެ ކާރަށް ގެއްލުންދޭތީ ކަމަށް އާޒިމް ހުށަހެޅުއްވި މައްސަލައިގައި ވަނީ ބުނެފައެވެ. އެ އަމަލުތަކަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށާ، އެ އަމަލުގެ ސަބަބުން އާމްދަނީ ހޯދުމަށް އައިންތު ކުރާ މަސައްކަތަށް ހުރަސް އެޅިފައިވާ ކަމަށްވެސް ކުއްލި މައްސަލާގައި ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން އާމްދަނީ ހޯދުމަށް އަންހެނުން ކުރާ އެފަދަ މަސައްކަތަށް ހިތްވަރު ދިނުމަށް ކުއްލި މައްސަލާގައި ގޮވާލާފައިވެއެވެ.
އެންމެ ފަހުން އައިންތުގެ ޓެކްސީ އަށް ގެއްލުން ދިނީ އޮކްޓޯބަރ 27 ވަނަ ދުވަހުއެވެ. އަދި މިހާރު ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފްގެ އެހީތެރިކަމާއި އެކު އޭނާގެ ކާރު ވަނީ ހަދާފައެވެ.
އައިންތު ވަނީ ކާރު މަރާމާތުކޮށްދިނީތީ މިނިސްޓަރަށް ޝުކުރު އަދާކޮށްފައެވެ.
މިކަމާއި ގުޅިގެން މިނިސްޓަރ މަހްލޫފް ވެސް ވަނީ ޓްވީޓެއް ކޮށްފައެވެ. މަހްލޫފްގެ ޓްވީޓުގައި ވިދާޅުވެފައި ވަނީ، އޭނާގެ އެހީތެރިކަން އަބަދުވެސް އައިންތުއަށް ފޯރުކޮށްދޭނެ ކަމަށެވެ. އަދި އައިންތުއަށް ގޯނާ ކުރަމުން އަންނަ މީހާ އާއި ގާނޫނު އަރާ ހަމަކުރަންދެއް އޭނާއަށް އެހީވާނެ ކަމަށާއި، އައިންތު އަކީ ހިތްވަރުގަދަ އަންހެން ކަނބަލުންގެ ނަމޫނާއެއް ކަމަށް މަހްލޫފް ވަނީ ވިދާޅުވެފައެވެ.
އައިންތު ބުނީ އޭނާގެ ޓެކްސީ އަށް ގެއްލުންދޭ މައްސަލައަށް ދާއިމީ ހަައްލެއް ހޯދުމަށް ފުލުހުންގެ އެހީތެރިކަމާއި އާއްމު ރައްޔިތުންގެ އެއްބާރުލުން އޭނާއަށް ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.
މީގެ ކުރިންވެސް އައިންތުއަށްވެސް ހަމަލާދީ، އޭނާގެ ކާރަށް ބޮޑެތި ގެއްލުންތަކެއް ދީފައި ވެއެވެ.
އައިންތު އަކީ މާލޭގައި ޓްކެސީ ކުރާ ހަމަ އެކަނި އަންހެން ޑްރައިވަރު ކަމަށްވާއިރު، އޭނާ އެ މަސައްކަތް ފަށާފައި ވަނީ 2018 ވަނަ އަހަރުއެވެ.
އައިންތު ތިޔަކުރާމަސައްކަތާއި ތިޔަ ކުރާހިއްވަރަށް އައްސަރިބަހާއި ސާބަސްދެމެވެ. އައިތު އަށް ގޯނާކޮށް ހަޑިހުތުރު ބަހުން މުހާތަބުކޮށް އަދި ކާރަށް ގެއްލުން އެދެނީ އެމީހެއްގެ ފެންވަރު ދަށްކަމުންނެވެ. އެމީހެއްގެ ގޮތެއް ފޮތެއްނެތި އަދި އަދަބާއި އަހުލާގުނެތުމުންކަން ކަށަވަރެވެ. ތިޔަފަދަ އަންހެނަކަށް ހިއްވަރު ދިނުމުގެ ބަދަލުގައި ގޯނާ ކުރުމީ ވަރަށް ދަށުދަރަޖައިގެ އަމަލެއްކަން ކަށަވަރެވެ.
ހައްގުން ކަމަކައިނުލާ އެނެކުންނަށް ގެއްލުންދިނުމީ މާތްﷲ ނުރުއްސަވާނެކަމެއްކަމީ ހަމަކަށަވަރުކަމެކެވެ. ތިޔަފަދަ ގޯނާކުރުމުން އެމީހަކު އެހޯދަނީ ފާފަ ކަންކަށަވަރެވެ. ތިމާ އަމިއްލައަށް ގެއްލުމާއި ހަލާކު އާހިރަތުގައި ލިބޭނެކަން ކަށަވަރެވެ. ތިޔަފަދަ ދަށުދަރަޖައިގެ އަމަލު ކުރުން ހުއްޓާލުމަށް އެފަރާތަށް ނަސޭހަތްތެރި ވަމެވެ.
މި ކަމަނާއަށް ގެއްލުންދޭ ފިރިހެނާއަކީ ބޮޑު ފިނޑިއެއް.. ސަބަބަކީ އެކަމަނާ އަމިއްލައަށް ދިރިއުޅުން އާރާސްތު ކުރަން މަސައްކަތް ކުރާ އެބުރާންޗަށް އެވަރުވެސް ނުވޭ...
އެމީހަކީ އާންތުގެ ކުރީގެ ފިރިމީހާ.
އެންމެން ދަންނަ ބޮޑު ސިއްރެއް އެއީ އެގެންލުން ދެނީ އޭނާގެ ކުރީގެ ފިރިމީހާ .....ފުލުހުންގެ އިދާރާގައި މިސަރުކާރު ފެށުނީންސުރެ ރިކޯޑް އެބަހުރި......މިކަން ނުހުއްޓުވެނީ ކީއްވެތަ އާޒިމްމެންގެ ސަރުކާރުގައި ހުއްޓުވެން ޖެހޭނެ ދޯ މިހާރު ސަރުކާރު ވެސް ކޯޓުތައް ވެސް މަޖިލިސް ވެސް ދެން ކޮން ކަމެއް ވަގުތު ނަގާލަން މަޖިލީހުގައި ބަހުސް ކުރާކަށް މީހާ މަސްހޫރުވާން.... ރައީސް ސޯލިހު އެންމެ ފޯނު ކޯލެއް ރައީސް ނަޝިދު އެންމެ ފޯނު ކޯލެއް އާޒިމް ހަމަ އެންމެ ފޯނު ކޯލަކަުން ތިޔަ މީހާ ހިފާ ހައްޔަރުކޮށް އަދަބު ދެވޭނެ
ކޮބައިތަ ޕޮލިސް ކަމިޝަނަރު... މޮޅު ޓުއިޓް އެން ވެސް ކޮށްނުލާ ދޯ މިކަމުގައި ކޮބާ ހިއުމަން ރައިޓްސް ކޮބައި ޖެންޑަރ މިނިސްޓަރ
ތިގެއްލުން ދޭކަމަށްވާނީ އޭނާގެލޯބިވާ ފިރިމީހާކަމަށް، އެދަމަފިރިން އުޅޭނީ ވަރަށް ލޯބިން މީދަލާ ބުޅަލާހާވެސް އެކުވެރިކޮށް
އާހިރުގައި ކޮންމެކަމެއްވެސް ނިމިގެން ގޮސްފަ މިހުންނަނީ މި ސަރުކާރާ ގުޅުންހުރި ކޮންމެވެސް މީހެއްގެ ބޮލަށް . ވީމާ މީގެން މީހަކު ހުއްޓޫވޭނެ މަގެއްވެސް ނޯވޭ. ހުރިހާ ގެއްލުމުއް މިވަނީ ކަމާ ނުބެހޭ ކޮންމެވެސް ނިކަމެތި ރައްޔިތަކަށް. މިގައުމު ހަމަމަގަށް އެޅުމުމަށް ސަރުކާރުން ކަމެއްކުރާނަމަ އެކަމަށް ޝުކުރު އަދާކުރުން. އެކަމަކު ކީއްތޯ ކުރާނީ ހަމަމަގަށް އެޅުވުމުގެ މަންޒަރު މިހާރު މިދަނީ މަޑުމަޑުން ނެތެމުންކަން ފެންނަށް އެއޮތީ:
1 ޑުރަގް މައްސަލަތަށް އިންތިހާއަށް ބޮޑުވެއްޖެ.
2. ކުޑަކުދިން ނަށް ޖިންސީ ގޯނާކުރާ މައްސަލަތަށް އިންތިހާއަށް ބޮޑު ( މި ސަރުކާރު އިންތިހާބް ވިތާ މާ ގިނަދުވަހެއްނުވެ ކުޑަކުއްޖަކާ ބެހިގެން ޖަލުގައި ހުރި މީހަކު މިނިވަން ކުރި )
3. ކޮރަޕްޝަން ދަނީ މައްޗަށް
4. ސިޔާސީ ބޭފުޅުންވީ ގިނަ ( ދައުލަތުން އެމީހުންނަށް ކުރާ ހަރަދު ތައްވީ ބޮޑު )
5. ކައުންސިލަރުން ގެ އަދަދު ގިނަކޮށް ބަޖެޓަށް ބާރު ބޮޑު ވެއްޖެ.
އަދި ވެސް އަދިވެސް......