ހދ. ކުޅުދުއްފުށީގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ކުރުއިއަށް ގެންދާ މަޝްރޫޢުގެ ދަށުން އެރަށު ބަންޑާރަ މަގުގައި ތާރު އެޅުމުގެ މަސައްކަތް ފަށައިފިއެވެ. އަދި، "ވަގުތަށް" މަޢުލޫމާތު ލިބިފައިވާ ގޮތުގައި މަގުގެ އެއްބައިގައި މިހާރު ތާރު އަޅާވަނީ ނިންމާލާފައެވެ
ނިމިގެންދިޔަ ހަފްތާ ބަންދުގެ ތެރޭގައި އެމަގުގައި ތާރު އެޅުމުގެ މަސައްކަތް ފަށާފައިވާއިރު، މިހާރު ކުރިއަށްދާ މަޝްރޫޢުގެ ދަށުން ތާރު އަޅަން ހަމަޖެހިފައިވާ މަގުތަކުގެ ތެރެއިން، މިއީ އެންމެ ފަހުން ތާރު އަޅާ މަގެވެ.
ބަންޑާރަ މަގަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްވެސް ހުންނަ އަދި ގިނަ އަދަދެއްގެ ބަޔަކު އަބަދުވެސް އުޅޭ ކާރު ބާރު ބޮޑު މަގެކެވެ. އަދި، ކުރިން އެމަގަކީ ފެން ހެދުމުގެ ސަބަބުން ކުދި ކުދި ގިނަ ވަޅުގަނޑުތަކެއް ހެދިފައި ހުރި މަގެއްވެސްމެއެވެ.
އެމްއާރްޑީސީ އިން ލަންކާގެ ސިއެރާ ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢުގެ ދަށުން އެރަށުގެ ބައެއް މަގުތަކުގައި ތާރު އަޅާފައިވީނަމަވެސް، ގިނަ މަގުތަކުގެ ޕޭވްމަންޓުގެ މަސައްކަތްތަކާއި މަގުގެ ކުރެހުމުގެ މަސައްކަތްތަކެއް އަދި ނުނިމެއެވެ.
ކުޅުދުއްފުއްޓަކީ، ވިއްސާރަ ވެހިއްޖެނަމަ މަގުތަކުގައި ފެން ހެދުމުގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވާ ރަށެކެވެ.
Koba Maamigili magu hedhun
މާމިގިލި މަގުތައް އޮންނާނީ ގާސިމް އިބުރާހިމް ހަދައިދީފަ..އެއްވެސް މަގެތް ނޯންނާނެ ތާރު އަޅަންޖެހޭ..
ދިވެހިދައުލަތަށް ގާސިމު ދައްކަންޖެހޭ ދަރަނި ބިލިއަނުން ގުނާލެވޭ.....؟؟؟