މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ ފޮރިން ސެކްރެޓަރީ ޝާރީ ހަރާސް ވަރްދަން ޝާރިންގްލާއާ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުން މިއަދު ބައްދަލު ކުރައްވައިފިއެވެ.
މާލޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަންގައި ބޭއްވި އެ ބައްދަލުވުމުގައި އިދިކޮޅު ކޯލިޝަންގެ ފަރާތުން އެ ކޯލިޝަންގެ ދެ އެޑްވައިޒަރުން ކަމުގައިވާ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ބައިވެރިވަޑައިގަތެވެ.
ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދާއި، ޕީޕިއެމްގެ ނައިބު ރައީސް މުހައްމަދު ހުސައިން ޝަރީފް (މުންދު) ވެސް ބައިވެރިވެވަޑައިގަތެވެ.
މި ބައްދަލުވުމުގައި މާފުށި ޖަލުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އިދިކޮޅު ކޯލިޝަންގެ ލީޑަރު، އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ސަރުކާރުން އަނިޔާ ދެމުންދާ ކަމަށް އިދިކޮޅުން ބުނާ ވާހަކަތައް ހިއްސާާ ކުރި ކަމަށް އިދިކޮޅު ކޯލިޝަނުން ބުންޏެވެ.
ދަށު ކޯޓުގައި ހިނގި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާގައި ރައީސް ޔާމީންއަށް އިއްވި ހުކުމް އެމަނިކުފާނުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު އެ މައްސަލަ ދިގުލައިގެންދާތީ އިދިކޮޅު ކޯލިޝަންގައި ހުރި ކަންބޮޑުވުންތައް ހިއްސާ ކުރި ކަމަށް ވެސް އެ ކޯލިޝަނުން ބުންޏެވެ.
ގާނޫނު އަސާސީއިން ވަކިން އޮންނަން ޖެހޭ ޝަރުއީ ބާރު ވެރިކަމުގެ ބާރާއި މަޖިލީހުގެ ބާރުގެ ތެރެއަށް މަސްހުނިކޮށް ނުފޫޒު ފޯރުވަމުން ގެންދަވަނީ ފަނޑިޔާރުންގެ ކަންކަން ބަލަން އޮންނަ ޖުޑިޝަލް ސާވިސް ކޮމިޝަންގައި ސަރުކާރުގެ ބޭފުޅުން ތިއްބަވައިގެން ކަން އެ ބައްދަލުވުމުގައި ހާމަކުރެއްވިއެވެ.
އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕް އިން އިންޑިއާގެ ފޮރިން ސެކްރެޓަރީއާ މިއަދު ބައްދަލު ކުރެއްވިއިރު މި ސާރުކާރުން އެންމެ ގާތް ގުޅުމެއް ބާައްވަނީ ވެސް އިންޑިއާއާއެވެ.
އިންޑިއާއާއި ދިވެހި ސަރުކާރާ ދެމެދު ސިއްރު އެގްރިމެންޓްތަކެއް އޮތް ކަމަށް ބުނެ "އިންޑިއާ އައުޓް" ގެ ނަމުގައި ހަރަކާތެއް ވެސް ދަނީ ހިނގަމުންނެވެ. އެއީ އެހެން ބަޔަކު އިސްވެ ހިންގާ ހަރަކާތެއް ކަމަށް އިދިކޮޅު ކޯލިޝަނުން ބުނާއިރު އެ ކޯލިޝަންގެ އިސް ބޭފުޅުން އެ ހަރަކާތުގައި ބައިވެރިވެއެވެ.
ދެން ގޮވާބަލަ އިންޑިޔާ އައުޓޭ. ސައިޒްގަ ތިބިގޮތް ބަލާބަލަ
މިސްޓަރ ޓިނޭމެން ލަދެއްވެސް ނުގަނޭދޯ.
ސްޕައިޑް މި އީސިޔާސީ ކަންކަން...އިންޑިޔާ ހައިކޮމިޝަނުން ވެސް ބޭނުން ވަނީ ދެންނަ ސަރުކާރަށް ވެސް ތާއީދު ކުރަން އެހެންވެ ބައްދަލު ކުރީ ޗައިނާގެ ބާރު ގަދަ ވެދާނެތީ
އިންޑިއާގެނުފޫޒުންހިންގާވެރިކަމެއްގައިންޑިއާ އައުޓު ނުގޮވަންވީސަބަބެއްނެތް ހަމަ އިންޑިއާ އައުޓު
ތިހުރީ ވާވަރު. ޢެމީހުން ކައިރިއަށް ގޮސް ބުނާކަށް ނުކެރުނު މި ގައުމުގައި ތިބި އިންޑިއާ ސިފައިން ގެންދާށޭ.. މި ހުރިހާ ސިޔާސީ މީހުން މީ ހަމަ އެއްބައެއް. ރަށްޔިތުން އޮޅުވަން އިންޑިއާ އައުޓޭ ކިޔަނީ.. ދެން މަށެއް ނުދާނަން އިންޑިއާ އައުޓް ކިޔާކަށް
ކކކކ ހިތްހަމަނުޖެހުނަސް ވަހަ ކަދެ ކުމް ،މަ ކިއޮނަ ރީތިގޮތެވެ އަބަދުވެސް ޕިޕިމްގެ ގިނަމީހުންނަ ކި ސުލަހަށް ލޯބި ކުރާބަޔެ ކކެއެވެ
ސްޕައިޑް މި އީސިޔާސީ ކަންކަން...އިންޑިޔާ ހައިކޮމިޝަނުން ވެސް ބޭނުން ވަނީ ދެންއަންނަ ސަރުކާރަށް ވެސް ތާއީދު ކުރަން އެހެންވެ ބައްދަލު ކުރީ ޗައިނާގެ ބާރު ގަދަ ވެދާނެތީ
އިންޑިޔާ އައުޓް އިންޑިޔާ އައުޓް އިންޑިޔާ އައުޓް އިންޑިޔާ އައުޓްއިންޑިޔާ އައުޓް އިންޑިޔާ އައުޓްއިންޑިޔާ އައުޓް އިންޑިޔާ އައުޓްއިންޑިޔާ އައުޓް އިންޑިޔާ އައުޓްއިންޑިޔާ އައުޓް އިންޑިޔާ އައުޓްއިންޑިޔާ އައުޓް އިންޑިޔާ އައުޓްއިންޑިޔާ އައުޓް އިންޑިޔާ އައުޓް
އުބައްޖެހީ ދޯ ...........