ދ. މީދޫ ކައިރި ކަނޑުމަތިން މަތިންދާ ބޯޓެއްގެ ފިޔަގަނޑެއް ފެނިއްޖެ އެވެ.
އެ ފިޔަގަނޑު ފެނިފައި ވަނީ މިއަދު އަސްރު ނަމާދު ވަގުތު މީދޫ ތޮށިގަނޑާއި ދިމާލު ބޭރު މޫދުންނެވެ.
އެ ފިޔަގަނޑު މީދޫ އާއި ހަމައަށް ގެންދިއުމުގައި އިސްކޮށް ހުރި ފަރާތަކުން "ވަގުތު"އަށް މައުލޫމާތުދެމުން ބުނީ، މިއަދު އަސްރު ނަމާދަށް ފަހު ކަނޑުމަތިން އެއްޗެއް ދާތަން ފެންނަ ކަަމަށް މީހަކު ދިން މައުލޫމާތަކަށް ބިނާކޮށް ޑިންގީގައި އެ ސަރަހައްދަށް ދިޔައިރު، އެއީ މަތިންދާ ބޯޓެއްގެ ފިޔަގަނޑެއްކަން އެނގުނު ކަމަށެވެ.
"އަޅުގަނޑުގެ ގޭގެ ކުއްޖަކު ގުޅާފައި ބުނީ، އެބަދެޔޭ އެއްޗެއް އާދެބަލާށޭ. އަޅުގަނޑުމެން ގޮސް އޭތި ނެގީއެއް ނޫން، އޭތީ ބޮޑުކަމުން ޑިންގީއަށް ނުލިވިދާނެ ކަން އިނގޭތީ ޑިންގީގެ އަރިމަތީގައި ދެކޮޅު ބަނދެގެން އޭތީ ގެނައީ ރަށާއި ހަމައަށް".
އޭނާ ބުނީ، ނެގި އެ މަތިންދާބޯޓު ފިޔަގަނޑުގެ ދިގުމިނުގައި 22 ވަރަކަށް ފޫޓު ހުންނާނެ ކަމަށެވެ.
"އޭތި ރަށާއި ހަމައަށް ގެނެެވުނީ ގާތްގަނޑަކަށް 5:30 ހާއިރު. މިހާރު އޭތި އޮތީ ޖެޓީ ސަރަހައްދުގައި ބާއްވާފައި"
އެރަށު ކައުންސިލް ރައީސް އިޔާސް އިސްމާއިލް ލަތީފް ވަނީ، މިހާރު އެކަން ފުލުހުންނާއި އެމްއެންޑީއެފްގެ ސަމާލުކަމަށް ގެނެސްފައިވާ ކަން ކަށަވަރު ކޮށްދެއްވާފައެވެ.
ތިޔަވާނީ އެއްކަލަ ގެއްލުނު އެމްއެޗް370 ގެ ޑިބްރިސް އަކަށް
ހާދަ ދުވަސް ފަހުން
ތިވާނީ ކުޑަހުވަދޫ ކުދިންނަށް ފެނުނު ބޯޓްގެ ބައެެއްކަމަށް
މެލޭޝިޔާގެ ފުލައިޓުގެ ބައެއް ކަމައްވާނީ
އި.ކާ.އޯ އަށް އޮންނާނެ ރާކަނިމަސް ކެވިފައި، އެއިރުވެސް މަމެން ބުނީމެއެއްނުން އެމް.އެޗް 370 މަމެން ޖޯލީގައި ތިއްބާ ވަޅޯ ދުއްވުމެއްގައި ދުއްވާފައި މިހެން މަމެނަ ބޯމަތިން ދިޔަވާހަކަ. ޢެކަމް އެވެރިން އެކަން ގަބޫލެއް ނުކުރީމަ މިއަދު ދެރައެވީ ކޮންބަޔަކަށް؟ އަޅެ ބުނެބަލަ؟
ތިވާނީ ހަސަން ފަރީދު ގެއްލިވަޑައިގެންނެވި ބޯޓުގެ ބައެއްކަމަށް
ގައުމީ ސަލާމަތަށް ތި ފޮރުވާނުލިއްޔާ ރަނގަޅު
އެމެރިކަ ބޯޓުތަކުގެ ފިޔަތައް ޓްރަމްޕް ބިނދެފަ އުކަނީ
އެމް އެޗް 370 އާއި އޭގައި ތިބި މީހުންނަށް ވީގޮތް އަދި އަދަށް ދާންދެންވެސް ނޭގޭ
ވެދާނެ މިލިޓަރީ ޑްރޯނެއްގެ ފިޔައަކަށްވެސް.
އެހެންވީރު، ތިއީ މެލޭޝިއާގެ އެމްއެޗް 370 ހޯދަން ކުރާ މަސައްކަތަށް ލިބޭނެ ކުރިއެރުމަކަށްވާނި. އަވަހަށް ބައިނަލްއަގުވާމީ ފަރާތްތަކަށް އަންގާ ތަހުގީގު ނިއުޅާލާ. ކުރިންވެސް ވާހަކަ ދެކެވިފައިވޭ، އެބޯޓުގެ މިސްރާބު ރާއްޖެއާ ދިމާލަށް ހުރިކަމަށާއި، ކުޑަހުވަދޫ ކައިރިން ވަރަށް ތިރިން ބޯޓެއް ގޮސްގެން އެވާހަކަ ދެއްކި ބަޔަކުވެސް އުޅުނު. އެހެންވީރު، އެބޯޓް ރާއްޖެއާ ކައިރި ހިސާބަކަށް ވެއްޓިފައި އޮތުމަކީ އެކަށީގެންވާކަމެއް. އަދި ފިޔަފަތްގަނޑުތެރެއަށް ލޮނުއެޅި ދެފެންދޭތެރޭ މާބޮޑަށް ހަރަކާތް ނުކޮށް އޮޔާ ދެމި ދެމި އޮތުމަށްފަހުގައި ރަށަކަށް ލެއްގީ ކަމަށްވެސް ވެދާނެ. ނޫނީ، ގެއްލިފައިވާ ނުވަތަ ވެއްޓިފައިވާ އެހެން ބޯޓެއްގެ ބަޔަކަށްވެސް ވެދާނެ. އެމެރިކާގެ އުޅަނދަކަށްވެސް ވެދާނެ. ނާސާއަށް ވެސް ތިކަން އަންގާ!
ސުވާލަކީ ކަލޭމެން ތިހާވަރަކުން ތީތި ނަގައިގެން ރަށަށް ގެންދިޔައީ ކީއްކުރަންހޭ، ތީގެއިން މަތިންދާބޯޓެއް ހަދަންތަ.
ވެދާނެ ކަލެއަށް އޭގެން ބޯކިބަލެއް އަޅާފަ ދޭން ކަމަށްވެސް
ބުރޯ އެއީ މަތިންދާބޯޓެއްގެ ފިޔަގަނޑެއްނޫނޭ. ތިރަށުމީހުން ހާދަ ގަމާރޭދޯ! މީހަކު ހަލާކުވެދާނެ. ބޯކިބާ އަޅާގޮތް ކިޔާދީބަ، އައި އެމް ވެރީއިންޓެރެސްޓެޑް
މަށައް އެނގިގެން ބޮއެންގު 777 ބޯޓްގެ ވިންގް ސްޕޭން 200ފޫޓު. އެހެންވީމާ ތި އެމްއެޗް370 އެއް ނޫން
ތިޔާތީ ރަންގަނޑެއް ލިބިފޭ. ތިޔާ އެންމެ ރަގަޅުވާނީ އެއުޅޭ އައިލެންޑު އޭވިއޭޝަން މީހުނާ ހަވާލުކުރިއްޔާ. އެމީހުން އެބައުޅޭ މަތިންދާ ބޯޓު ފިޔަގަނޑެއް ނުލިބިގެން.
ހެހެހެ. ތީކީ މަތިންދާ ބޯޓެއްގެ ފިޔަގަނޑެއް ނޫން. ތިއީ ސެއިލް ބޯޓެއްގެ ކީލް، ނޫނީ ސެންޓަރ ބޯޑު. މިހާރު ތިވީ ރޭޑިއޯ ހިފައިގެން އުޅުނު ހަންޑިތަކަށް ވީވަރު.
ތިހިރީ ކަލެއައް ވ މޮޅައް ކީލް އިނގިފަ ރޯނު އެދުރާ...އިދި ކީލް ތަ؟ލޮލް
އަތްލަގަޓަރަ ގަޓަރަ! އެއިރުވެސް މަމެންބުނިން ފެނުނޭ ކޮބައި ހީވޭ ތަމެންޏަށް! މީދޫ މީ ކުރިން ފ އަތޮޅަސް ޤުދުރަތީ ގޮތުން މަމެންއަތޮޅު ބައެއް! އެވެރިން ދޮގެއް ނަހަދާޅެ! މިއޮތީ އެވެރިން އެކަން ދައްކައިފައި ދެންވެސް ތަމެންބުނަ! ތަމެންޏަށް ހީވާޅެ މިހައިރު އެއްޗެކޭ
ތިވާނީ ރާއްޖޭގަ ތިބި އައިއެސް މީހުންގެ ބޯޓުގެ ފިޔައަށް.
ކުޑަ ހުވަދޫ މީހުން ހޭދީ ތެދު ދުނިޔެ ޤަބޫލުނުކުރިޔަސް
މީ ފްލައިޓް ވިންގް އޭ ބުނި މީހާއަށް ސަލާމް ބުނައްޗޭ
ޢާން ... ދެން ހަރުކޮށްލައިގެން އުދުއްސައިގަނޭ.... ބަލައިގެން އުދުހޭތި... ވެއްޓުނީމަކާ ރީއްޗެއް ނުވާނެ..
ޢެއްޗެކޭ ބުނެލަން ހަމަ އެއްޗެކޭ ބުނެލީ.... ސޮރީ....
ކޮމެންޓް ތަކުން ފެންނަނީ ދިވެހިންގެ ޖާހިލު ކަމާ ނާތަހުޒީބުކަން...އޭތި ރަށައް ނުގެނައި ނަމަ އޭނަ ވަރުގެ ގޯސް މީހެއް ނުހުންނާނެ...ހާދަ ނެގެޓިވް ބަޔެކޭ މީ!
މީ ފްލައިޓް ވިންގް އޭ ބުނި މީހާއަށް 5 ފަހެތިން ސަލާމް ބުނި.
ތިވާނީ މީދޫ އަހައްމާބެއްޔާ ދުއްވި ޖެޓުގެ ބަޔަކައް
ހެހެހެހެހެ
ތީތި ހޯދި މީހުން ބިލިއަ ރުންނަށް ވުމުގެ ފު ރުސަތު ބޮޑު