އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް "އަނިޔާ" ކުރަމުން ދަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ހިތުގައި ރައީސް ޔާމީނަށް "ހަސަވެރިކަން" އިންތިހާއަށް އޮތުމުން ކަމަށް އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީނަށް "ނުހައްގު" ހުކުމެއްކޮށް ޖަލަށް ލާފައިވަނިކޮށް، އެމަނިކުފާނުގެ މައްޗަށް އަވަސް އަވަހަށް އިތުރު "ނުހައްގު" ދައުވާތައް ކުރުމުގެ އިތުރުން އެމަނިކުފާނުގެ އިސްތަށިފުޅުގައި "ދޮގު އިލްޒާމްތައް" ވެސް ރައީސް ސޯލިހް އަޅުއްވަމުން ގެންދަވާ ކަމަށެވެ. މި އަމަލުތައް ބަލައިނުގަނެވޭނެ ކަމަށް ވިދާޅުވިއެވެ.
"ނުހައްގުން ޖަލަށް ލުމަށް ފަހު މަތި މައްޗަށް ނުހައްގު ދައުވާތައްކޮށް އެ ވަރުން ނުވެގެން އިތުރު އިލްޒާމްތައް ރައީސް ޔާމީންގެ އިސްތަށިފުޅުގައި ރައީސުލްޖުމްހޫރިއްޔާ އަޅުއްވަނީ ހާދަ ވަރުގަދަ ހަސަދަވެރިކަމާއި ބަދަލު ހިފުމެއް ރައީސުލްޖުމްހޫރިއްޔާގެ އޮވެގެންތާ. އެކަމަކު އެއީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް. ބަލައެއް ނުގަނެވޭނެ." އާދަމް ޝަރީފް ލިޔުއްވާފައިވެއެވެ.
Nuhaqqun jalah lumaffahu, mathi machchah nuhaqqu dhauwaathahkoh, evarun nuvegen ithuru ilzaamthah RY ge isthashifulhugai RJ mialhuvvanee haadha varugadha hasadhaverikamakaai badhalu hifumeh RJ ge otheemaathaaeve! Ekamaku e ee varah dhashu dharajaige amalekeve! Balaeh nuganeveyne!
— Adam Shareef Umar (@Adamshareefz) November 20, 2020
އާދަމް ޝަރީފް މިހެން ވިދާޅުވި އިރު، ހއ. ހޯރަފުށީގައި އެއާޕޯޓް އެޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހް ވަނީ ރައީސް ޔާމީނަށް ހިޔާނާތުގެ އެކި ތުހުމަތުތައް ކުރައްވައި ވާހަކަފުޅު ދައްކަވައިފައެވެ. އަދި ގައުމުގެ ދަރަނި ބޮޑުވެފައިވަނީ ވެސް ޔާމީންގެ ސަރުކާރުގައި ގައުމު ދަރުވާލާފައި އޮތުމުން ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
ރާއްޖޭގެ ސިޔާސީ މައިދާނުގައި ހުރި ހަމައެކަނި އިދިކޮޅު ސިޔާސީ ލީޑަރު، ރައީސް ޔާމީން މި ވަގުތު ހުންނެވީ މާފުށީ ޖަލުގައެވެ. އެއީ ކްރިމިނަލް ކޯޓުގައި އެމަނިކުފާނުގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރެއްވުމަށެވެ.
ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާއަކާއި ރިޝްވަތުގެ ދައުވާއެއް ކުރެއެވެ. މި ދައުވާތަކަކީ އެމަނިކުފާނުގެ ސަރުކާރުގައި ހިންގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ބައިވެރިވި ކަމަށް ތުހުމަތުކޮށް އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާތަކެވެ.
އެކަމަކު، އެ ހިޔާނާތުގައި ބައިވެރިނުވާ ކަމަށް ރައީސް ޔާމީން ވިދާޅުވެއެވެ. ރައީސް ޔާމީންގެ އެތައް ހާސް ސަޕޯޓަރުންނާއި އިދިކޮޅު ކޯލިޝަނުން ވެސް ގަބޫލު ކުރަނީ އެއީ ނުހައްގު ދައުވާތަކެއް ކަމަށެވެ. ރައީސް ޔާމީންގެ އެތައް ހާސް ސަޕޯޓަރުންނެއް ގެންދަނީ އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލަމުންނެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ވެސް އެމަނިކުފާނުގެ ވާދަވެރި ސިޔާސީ ލީޑަރުންނަށް ޖަލު ހުކުމެއް ނޫނީ ޖަލު ބަންދެއް ކުރިމަތިވިއެވެ. އެއިން ބައެއް މީހުން ބޭރު ގައުމުތަކުން ސިޔާސީ ހިމާޔަތް ހޯއްދަވައިގެން އަރުވާލައްވައިގެން ވެސް ތިއްބެވިއެވެ. އޭރު އިދިކޮޅު ފަރާތްތަކުން ބުނަމުން ގެންދިޔައީ އޭރުގެ ވެރިކަމުގައި ބަދަލު ހިފުމުގެ ރޫހު އޮތީ ކަމަށެެވެ.
އެއްފަހަރު ވެސް ތިމާ އަމިއްލަ ހާލާ ދޭތެރޭ ވިސްނާލިންތަ؟؟ ހަމަ އެއްކަމެއް ފެންނަނީ.. ދެން ކަލޭ ވީމަ ތަފާތު ނަމެއް ކިޔަނީ ކަންނޭނގެ
ބޭނުމެއްނެތް ސިޔާސީސަނާ ކިޔުމުން ސިޔާސީވެރިން ދުރުވާންޖެހޭ. ގައުމަށް ހެވެއް އެދޭނަމަ ފާޑުކިޔަންވާނީ ގައުމު އިސްލާހުކުރުމަށް، ވަކި ފަރުދަކު ކުރިއަަރުވާކަށެއްނޫން. ޖުމަލަކޮށް ހުންނަ ގޯސްކަންކަން އިސްލާހުކުރަން އަބަދުމެ ވަކާލާތު ކުރުމީ ކޮންމެހެން މުހިންމު ކަމެއް.
ތީހަގީގަތް އޮޅުވާލުމަށް ދައްކާ ވާހަކަ ޔާމީނުގެ އެކައުންޓަށް އެމް.އެމް.ޕީ.އާރު.ސީ ގެ 1 މިލިއަން ޑޮލަރު ޖަމާކޮށް އެކަން އޮޅުވާލަން މަސައްކަތް ކުރީ ޔާމީނު އެއީ އިބޫ ސޯލިހުކުރިކަމެއް ނޫން
ބަލަ ތިޔަ ޔާމީނުވެރިކަމުގައި ހުރިއިރުވެސް އޭނާގެ އަނިޔާވެރިކަމާއި ނުބައި ނުލަފާ ކަމާދެކޮޅު ހުރިހާއެންމެން ގޮވަމުން ދިޔައީ ޔާމީނު އާއި ހަމައަށްވެސް ޤާނޫނު އަރާ ހަމަކުރާނެކަން ! އަދި އޭނާ ހިންގާފަ ހުރި ޖަރީމާތަކަށް އޭނާއަށް އަދަބު ލިބޭނެކަން ! މިއީ އަނިޔާވެރިކަމޭ ބުނާނީ ތިކަހަލަ ދައްޖާލުން ! ކޮންމެ މީހަކުވެސް ދުނިޔޭގައި އުޅެން ޖެހޭނީ ވަކި ހުދޫދެއްގެ ތެރޭގައި ! އެކަން ނުދަންނަ ކޮންމެ މީހަކުވެސް އުޅެން ޖެހޭނީ ތިކަހަލަ ދައްޖާލުން އުޅޭގޮތަށް !
ދެން ތިބުނަަނީ ރައީސް ޔާމީނަކީ ކުށެއްނެތް ހުދު ފޮތިކޮޅެކޭތަ؟ އޭނަ ކުރިކުށުގެ ސަޒާ އޭނަޔަށް އެ ލިބެނީ، އެ ކުށް ނުކޮށް ރައްޔިތުންނަށް އޯގާތެރިވީނަމަ މި ދުވަސް ޖެހޭކަށް ނުޖެހުނީސް،
ނަމުން ސާލިހް ކަމުން ޖާހިލް ބޮޑު ގެރިއެއް ފަދަ ވަގެއް....
ތީ ތިވާހަކަ ދައްކަން އެންމެ ރަނގަޅު މީހާ. ބޭފުޅާ ކީއްވެތޯ އަމިއްލަ ރަށް ހިމެނޭ ދާއިރާ އަށް ކުރިމަތި ނުލައްވާ އެހެން ދާއިރާ އަކަށް ކުރިމަތި ލެއްވީ.
ރައީސް ޔާމީން ވެރިކަމުގައި ހުންނަވައިގެން ކޮންކަމެއްތީ ކުރެއްވީ. ނުހައްގުން މީޙުންނަށް އަނިޔާ ކުރުން ނޫން ކަމެއް ކޮށްފައި އޮތްތޯ އަަމިއްލަ ނަފުސާ ސުވާލުކުރައްވާ!!!
ލޯސަލާމަތުންބާ ތިހުރީ ޔާމީނުގެ ވެރިކަމުގައި ކުރައްވާފައިވާ ގިނަ ގުނަ ފައިދާ ހުރި ކަންތައްތައް ލޮލެއްހުރި ކޮންމެ އިންސާނަކަށް ފެންނަން އެހުރީ އެމަދު އަހަރުގައި އެކުރެއްވި ރައްޔިތުންނަށް ފައިދާހުރި ކަންތައްތަކަކީ އެއްވެސް ރައީސަކަށް ކުރެވުނު އަދި ކުރެވޭނެ ކަންތައްތަކެއް ނުން މުޅިރާޖެ ތަރައްގީ ކޮށްފައި އެވަނީ
މިހާރުގެ ސަރުކާރުން ކުރައްވާހާކަމަކީި ހަމައެކަނި ޔާމީނުކުރެއްވެވި މަސައްކަތްޕުޅުގައި ރިބަންކޮޅު ކަޑާލުން ދެން މިސަރުކާރުން ކަމެއް ކުރިކަމަށް އަޑުއަރުވާ ބައިތުލްމާލު ކައިހުސް ކުރުމައްފަހު ޔާމީނު އިސްތަށިފުޅުގައި ދޮގުއިލްޒާމް އަޅުވައި ރައްޔިތުން ގުބޯހައްދަނީ
ޢެމްޑީޕީ މީހުނަކީރާޖެެއަށް ހެވެއް އެދޭ ބައެއް ނޫކަން އެގެނީ މިހާވަރަށް ރައްޔިތުން ނަށް ދަތިހާލުގައި ޖައްސަމުންދާއިރުވެސް އެއްކޮޅަށްޖެހި ވިކިފިތިފައި އެތިބެނީ 😐
މިއަދު މިފެންނަނީ މިގައުމުގަ ޒިންމާދާރު އިދިކޮޅުޕާރޓީއެއް ނެތްތަން ކޯލިޝަންގެ ބައިވެރިން ރޫޅާލާވަރުގެ ހިތްވަރެއް ޕީޕީޕީއެންސީގަ ނެތްތަން ވަރުގަދަ އިދިކޮޅެއް އޮތްއިރު ކޯލިޝަން ފުނޑިގެންއައިސް އިދިކޮޅާ ގުޅުންތަންކުރިންފެނުން އާދަމް ޝަރީފްމެން ނައިފަރޭމެން ސިޔާސީދާއިރާގަ އަދި ތިޔައުޅެނީ ބޭބީ ނާސަރީގަ
ޢިބޫ ނުދެނެހުއްޓާ މިގައުމު މިއޮތީ ހުރިހާ ކަމެއް ބޮއްސުންލައިފަ ބަޖެޓް ކަޓުވާއިރު އިބުއަކަށް ނޭނގޭ ބައިތުލްމާލު ބަހާ ހުސްކުރި އިރު ނޭނގެ ކޮރަޕްޝަނާ ފަސާދަ ޢާންމުވެ ވައްކަމާ ފޭރުމާ ވަޅިހެރުން މީހުން މެރުން މިކަންކަމަށް ލިބުނު ހައްލަކީ ކޮބާ؟މިއުޅޭ ނައިބް ރައީސް އަނހަފުޅާކޮށް ބާސާ ކަނޑާއިރު ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެއޭނަޔަށް ކުރެވުނު ކަމެއް ބުނެބަލަ
ރައީސް ޔާމީނަކީ، އެއްގޮތަކަށް ވެސް ހިތްޕުޅުގައި ޙަސަދަވެރިކަމެއް ނެތް މައުޞޫމް ބޭފުޅެކެވެ. ނުޙައްޤުން އެއްވެސް މީހަކު ހައްޔަރެއް ނުކުރައްވައެވެ. މީހަކާ ދިމާލާ ޗުއްޕު ވެސް ވިދާޅު ނުވެއެވެ.
ކަލެ އެއްނު ﷲ އިންސާނުންނަށް ދެއްވާފައި ވާ
މަތިވެރި ދަތް ދޮޅި ތައް ދުއްވާލެއް ވުމ މަށް އެދި ގޮވަ މުން ދުވީ..
ލަދު ކޮބާ
އަމިއްލަމީހާ ފޫކޮޅުގަހުރި ގުއިނުފެންނާނޭ ބުނާތީ އަޑުއަހަން، މިކަލޭގެއަށްވެސްހަމަ މިވީމިހެންތާ، މީނަ ޑިފެންސް މިނިސްޓަރަކަށްހުރެގެން ހިންގި ޖަރީމާތަކާ އަނިޔާތަކާ، އަނިޔާވެރި 5 އަހަރު އިދިކޮޅު ކޯލިޝަންގެ ލީޑަރުންތައް ކުރީގެ ރައީސް މައުމޫނު، ނަޝީދު އަދި ޤާސިމް ޝެއިޙް އިމްރާނު އަދިވެސް އެތައް ދިވެހިންނަކަށް "އަނިޔާ" ކުރަމުންދިޔައީ ރައީސް ޔާމީނުގެ ހިތުގައި އެއެންމެންނަށް "ހަސަވެރިކަން" އިންތިހާއަށް އޮތުމުން ކަމަށް ދައްދޮޅި އާދަނުބުނެލިނަމަދޯ