އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ އާއި ޖިންސީ ގޯނާ ވެސް ކުރި މައްސަލައެއްގައި މަގާމުން ވަކިކޮށް އަދި މިހާރު ހަތް ދައުވާއެއް އިއްވާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ދިފާއުގައި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިކުންނަވައިފިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ނަޝީދު މިރޭ ފޮނުއްވި މެސެޖެއްގައި ވަނީ އަލީ ވަހީދުގެ މައްޗަށް ވަރަށް ބޮޑެތި ދައުވާތަކެއް ކުރާތީ ނުރުހުން ފާޅުކުރައްވާ އެކި މީހުންނާ މެދު އެކި ގޮތަށް އަމަލުކުރާ ކަމަށް ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

ޖިންސީ ގޯނާގެ މައްސަލަތަކުގައި އެކި މީހުންގެ މައްޗަށް ދައުވާ ކުރުމުގައި ތަފާތުކުރުންތައް ގެންގުޅޭ ކަމަށް ބުނެ މިސާލެއްގެ ގޮތުން ރައީސް ނަޝީދު ވިދާޅުވީ "ގދ.ތިނަދޫގައި ޖިންސީ ގޯނާކޮށް، އަންހެނަކު މަރާލި މީހެއްގެ މައްޗަށް ކުރީ ދެ ދައުވާ" ކަމަށެވެ. އެފަދަ ކުށްތަކަށް އަރައިގެންފައިވާ ކިތަންމެ ބަޔަކަށް އެއްވެސް ދައުވާއެއް ނުކޮށް ދޫކޮށްލާފައި އެބަހުރި ކަމަށް ވެސް ނަޝީދު މިރޭ ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ އަލީ ވަހީދުގެ ބަޔާންތައް އެމަނިކުފާނު ބެއްލެވި ކަމަށާއި އެވަރުގެ ދައުވާތަކެއް އަލީ ވަހީދުގެ މައްޗަށް ކުރާތީ އަޖައިބުވާ ކަމަށެވެ.

"އަޅުގަނޑު އަލީ ވަހީދުގެ ބަޔާންތައް ބަލައިފިން. އަޅުގަނޑު މި ހުންނަނީ އަޖައިބުވެފައި،" ނަޝީދުގެ މެސެޖްގައިވެ އެވެ.

މިހާރު ޕްރޮސެކިއުޓަރ ޖެނެރަލް ކްރިމިނަލް ކޯޓުގައި އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވެއްޖެނަމަ އަލީ ވަހީދުގެ މައްޗަށް 21 އަހަރުގެ ޖަލު ޙުކުމެއް އަންނާނެއެވެ. އަލީ ވަހީދުގެ މައްޗަށް ވަނީ ޖިންސީ އަނިޔާ ކުރުމުގެ ދައުވާއަކާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާ ކުރަން އުޅުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ބޭ އަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަ ކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދެ ދައުވާއެއް ކޮށްފަ އެވެ.

މިއީ ދިވެހި ދައުލަތުގެ މިނިސްޓަރުކަމުގައި ހުންނެވި ބޭފުޅެއްގެ މައްޗަށް ޖިންސީ ގޯނާގެ މިފަދަ ސީރިއަސް ތުހުމަތުތަކެއް ކުރެވުނު ފުރަތަމަ ފަހަރެވެ. އަދި މިނިސްޓަރުކަން ކުރި ބޭފުޅެއްގެ މައްޗަށް ޖިންސީ ގޯނާގެ މައްސަލައެއްގައި ދައުވާ ވެސް އުފުލުނު ފުރަތަމަ ފަހަރެވެ.

އަލީ ވަހީދުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެވިފައި ވީނަމަވެސް އޭނާ ވަނީ އެތުހުމަތުތައް ދޮގު ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

  1. ސަމީ

    ހޯރަ ދޫކޮށްލި ގޮތަށް ދޫކޮށްލަންވާނެ

    53
    1
    • ޒިކް

      ނަމުގަ މީނާ މި ކުޑަކުންދިންނާ އަންހެނުންގެ ހައްޤު ހިމާޔަތްކުރަން އުޅޭ މީހެއް..އަމަލުން ފެންނަނީ އެފަދަ އެންމެންގެ ދިފާއުގަ ނިކުމެ ރައީސަށާ ޕީޖީއަށާ ވަޒީރުންނަށަ ޕުރެޝަރުކުރުވައިގެން މިނިވަންކުރާތަން.. އަލީ ވަހީދުވެސް ފެންނާނެ ނަޝީދު ފެކްޝަނުގެ ޖަލްސާތަކުން ދުވަސްކޮޅަކުން.. ޕީޕީއެމް އިން ތި ޒާތުގެ ނަޖިސް މީހުން ބަލައެއް ނުގަންނާނެ

      56
      4
      • ފެކްޓް

        އެހްންތޯ! ޕީޕއމ ގަ ތިބުނާ ތާހިރުބަޔަކު އެބައިޅެތޯ! ދަރިފުޅާ ތީ ހުސް އެކައްޗެއް.

        1
        7
        • ނައިކް

          ތާހިރު ބަޔަކު ނޫޅެނެ ވަރަށް ސިޔާސީ މައިދާނުގަ.. އެކަމަކު ރޭޕިސްޓުންނާ ޕީޑޯއިން ގާތެއް ނުކުރާނެ ޕީޕީއެމްއިން..އެއީ ދެން ބޮޑުވަރު... އަލީ ވަހީދުގެ ސިޔާސީ އެޑްވާންޓޭޖް ނަގަން ނަޝީދު ކުރާ ހަޑި ކަންކަން..

  2. ބޮލުރޮދި

    ކަލޭގެޔާ ގުރްއާން އަޑު އިވުނީމަ ޝައިތާނުން ނަށް އުނދަގޫވާނެ ބިރުވެސް ގަންނާނެ އެކަން މަނާ ކުރެވެން އޮތްގޮތަކަށް މަނާ ކުރަން އުޅޭނެ ތީފައްކާ ޖަހިލުންގެ ސިފަހިރި ކަޑުކޮހެއް ެެެެެެެެެެެެެ ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްް

    67
    3
    • އަހްމަދު

      ތަފާތުކުރަނީ ތިބޭފުޅުންދޯ ރައީސްއޮފީހުގެމިނިސްޓަރެއްވެސް އެބަހުރިދޯ ހަމަތިގޮތައް ދަޢުވާކުރަންޖެހިފައި އެކަމުކީއްކުރާނީ އެއީ ޝަމީމުގެ ޅިޔަނުއެހެންވީމަ ހެޔޮނިޔަތުގަ ކުރިކަމެއްގެގޮތުގަނިންމާލީ ނަޝީދުއަޅެ މިކަންބަލައިދޭންކެރޭނެތަ؟

      40
      1
  3. ޚަދީޖާ

    ޢަލީ ވަޙީދުގެ ބަޔާންތައް މީނާ ބަލަންޖެހުނީ ކޮން ހައިސިއްޔަތަކުންބާ؟

    46
    1
  4. ސޫރަ

    ބޮޑެތި ކުއްތަށް ކުރާ އެންމެންވެ ދިފާއުގަ މީނާ ހުންނާނެ އަބަދުވެސް.. ނަމުގަ އަންހެނުންގެ ހައްޤު ހިމާޔަތްކުރަން ވަކާލާތުކުރާ އަޑު އުފުލާ މީހެއް.. އެކަމު އެ ނިކުތީ ކަނބަލުންނަށް ޖިންސީ އަނިޔާދިން މީހެއްގެ ދިފާއުގަ.. މީނާގެ ފެކުސަނަށް އެސޮރުގެނެސް ޕޯޑިއަމްތަކަށް އަރުވާ ސިޔާސީ މީހުންނަށް ބަވަން.. ވަގުވެސް ގޮލައެއްމީ.. މީނާގެ އަސްލު ސޫރަ މިއީ

    36
    1
  5. ފޫހި

    ޕިސް، ޕިސް.. . އެއް ކަހަލަ މީހުން.... އަންނި ރޭޕިސްޓުން ދިފާއު ކުރުމުގަ.. ތާއިދު ކުރުން ނިމުނީ 😠

    37
    2
  6. ލަމް

    އަންނި ކަމަކު ނުދޭ.... 😠😠😠 ރޭޕިސްޓުން ދިފާއު ކުރާ އަންނި 😠😠😠

    42
    2
  7. ހައިތަމް

    އަންނި އިސްތިއުފާ.. ރޭޕިސްޓުންނާ އެއްކޮޅު ވާ މީހުން އިސްތިއުފާ... މުނާފިގު ގޮލައެއް

    40
    3
  8. ރައްޔިތުން އާދޭސް

    ސާލިހު އެއީ ނަމަކުހުންނަމީހެއްކަން އެންމެންދަނޭ...އަސްލުވެރިޔާއަކީ
    ތީ..ތިބޭފުޅާ ތިބުނަނީ އަލީވަހީދައްވުރެ ބޮޑުކުއްކޮށްފަ ތިބޭމީހުންވެސް އެބަތިބިޔޯ ދެން ކީއްވެގެން އެކްޝަންނުނަގަނީ؟؟؟ކަލޭތީ ސަރުކާރުގެ ރިމޯޓް ކޮންޓްރޯލް

    40
    1
  9. މުހައްމަދު އަންޖުމް

    ޖިންނި ޝައިތާނުންނަކީ އަހަރެމެން އިންސާނުންގެތެރޭ ގައިވެސް އުޅޭ ބައެއްކަން އެންމެން ދަންނަކަމެއް ނަމަވެސް ދެނެގަތުން އުނދަގުލީ މިހާރުމިހުރީ ޝައިތާނަކާ ދިމާވެފަ ކެނެރީގޭ އަބޫޖަހުލަކީ އޭގެތެރެއިން އަރާހުރި ޝައިތާނެއް ރަނގަޅުހަމައެއްކަމެއްނެތޭ ހުރިހާ ނުބައިކަމަކަށް ބޭނިގަނެ އެކަމެއްގެ ދިފާއުގަ އެންމެފުރަތަމަ ނިކުންނަނީ މިދައްޖާލު ހުރިހާރަގަޅުކަމެއް ބާތިލްކަމަކަށް ހެދުމުގެ މޭސްތިރިޔަކީވެސް ހަމަ މިޝައިތާނު

  10. އިބޫ

    ކޯޓުން ހުކު މް އިއްވީ މަމަ ަމމޖްލިހުން އެކަން ބާޠިލްކުރާނީ ، ކޯޓް ތަކަށްވުރެ މަތީގަ އުޅޭ މީހެއްނުތީ އަދުލް އިންސާފޭކިޔާތީ ހިނި އަންނަނީ ، ތިޔަހާ ކަށްހާ ވަރަށް އަދުލް އިންސާފް ގާއި މް ކުރެވޭނީ

  11. ނާޅި

    މިރާއްޖޭގެ ޖިނާޢީ އަދުލުގެ ނިޒާމް އެހާ ރަގަޅެއްނޫން ޕީޖީ އަކަށް ހުންނަވާ ބޭފުޅަކު ހިތާހާވާގޮތަކަށް މީހެއްގެ މައްޗަށް ދައުވާ ކުރެވެވޭ ގޮތަކަށް އެބޭފުޅާ މާނަކުރައްވަނީ އެބޭފުޅާ ހިތާއިވީ މިވެނި މީހަކަށް އުފުލާނީ 10 ދައުވާއޭ އަނެކާގެ މައްޗަށް 20 ދައުވާއޭ އަނެކާގެ މައްޗަށް 30 ދައުވާއޭ އަނެކާޔަށް 40 ދައުވާ އަނެކާޔަށް 50 ދައުވާ، ޖިންސީ ގޯނާގައި އެކުއްޖާ ލައިގެން ހުރި ޖަގިޔާގެ ކުލަބެލި ދައުވާ ޔާއި ބުރާގެ ކުލަ ފެނުނު ދައުވާ އެއީވެސް ވަކި ދެދައުވާ، ޝަހުވަތު ގަދަވުމަކީވެސް ވަކި ދައުވާޔެއް، ދައުވާ ތަކަށްވެސް ލިމިޓެއް ނެއްތޯ އިއްޒައްތެރި ރައީސު !

  12. ެއމޑޕ

    އެކަލަ ދީނާހިލާފް ކޮއްމެކަކައް ހިއްވަރުދީ އެމީހަކު ދިފާއުގައި އަބަދުވެސް ހުއްނާނެ ދެން ތިޔައިން އެއްވެސް ދައުވާއެއް ސާބިތެއްނުވާނެ. ނަސީދަކީ ފައްކާ ލާދީނީ މުނާފިގެކޭ އޭނާ ސަހާދަތް ކިޔައިދޭން އުޅުނަސް ހިތުގެއަޑިން ނުކިޔާނެ.

  13. ެއމޑޕ

    އެކަލަ ދީނާހިލާފް ކޮއްމެކަކައް ހިއްވަރުދީ އެމީހަކު ދިފާއުގައި އަބަދުވެސް ހުއްނާނެ ދެން ތިޔައިން އެއްވެސް ދައުވާއެއް ސާބިތެއްނުވާނެ. ނަސީދަކީ ފައްކާ ލާދީނީ މުނާފިގެކޭ އޭނާ ސަހާދަތް ކިޔައިދޭން އުޅުނަސް ހިތުގެއަޑިން ނުކިޔާނެ. ހިއްވަރެއް ހުރިއްޔާ މިކޮމެއްޓް ޖަހާބަލަ

  14. ރައްޔިތުމީހާ

    ހައްޖާ ބުނަންތަ. މީނަގުއިއުދުޅި ނުބާނާނެ ތަނެއް މިކޮސް ސޯލިހު ހިންގާ ސަރުކާރުގަ ނޯނާނެ. މިފެންނަނީ މަޖިލީހާ ޖުޑިޝަރީ އާއި ކޯޓްތަކާ ޕީޖީ މިނިވަންވެފައި ވާ މިންވަރު. މިކޮހުންގެ ސަރުކާރަށް ކިޔޭ ނުކިޔޭ އެއްޗެއްނޭގި އަތަށް ގޮވާއިރުވެސް ނޭގެނީއުތަ. ހަހަހަހަހަހަހަހަހަ ހަހަހަހަހަހަހަހަހަހަހަހަހަހަހަހަހ

  15. ލާމު

    ކޯޓުގައި އޮތް މައްސަލައަކާ ބެހޭގޮތުން ޖޭއެސްސީގެ މެންބަރަކު (ފަނޑިޔާރުންނަށް ފިޔަވަޅު އެޅޭނެ މަގާމެއްގައި ހުރި މީހަކު)، ރައްޔިތުންގެ މަޖުލިހުގެ ރައީސް، ވެރިކަންކުރާ ޕާޓީގެ ލީޑަރު މި މޭރުމުން ވާހަކަ ދެއްކީމަ ފަނޑިޔާރުންގެ ވިސްނުން ބަދަލުވާނެ ކަމީ ޝައްކެއް ވެސް އޮތް ކަމެއް ނޫން. މިޔަށް ކިޔާނީ ކީކޭ؟

  16. މުއްތު

    ހުރިހާ ދައުވާތަކަށް ރިއާޔަށްކުރާއިރު އެއީ ހަމަ އެއްދައުވާއެއް ހަމަ ތިގޮތަށް އަދި އިތުރުދައުވާ ތަކެއްވެސް އުފަންކުރެވިދާނެ ހަމަ އަޖާއިބު އަންތަރީސްވެއްޖެ

  17. ކުޑަތުއްތު

    ކޮންމެ ގޮތަކަށް އެމްޑީޕީ ވާހަކަ ދެއްކިއަސް މި އަންނިގެ ޢަމަލުތައް ހުންނަގޮތުން މީ ކަޑައެޅިގެން ނުބައިކަންކަމަށް ބާރުދީ އެމީހުން ދިފާޢުކޮށްދެން މަސައްކަތް ކުރާމީހެއް

  18. ދަރަނި ދަންތުރަ

    ދެން ނަސީދު ބަޔާންކިޔާފަ އޭނަޔަށް ހުކުމް އިއްވާ އެއްވެސްކަމެއް ސާބިތުނުވާކަމަށް ، ނަސީދަކީ ފައްކާ ބަހުލޫލެއް.

  19. ދެލޯ

    މީނަ ފަހަތުގަ ހުރެގެން ކުރިކަމަކަށްވާނީ.

  20. ޢަލީ

    ހަމަހަމަ އުސޫލުން ކަންނުކުރާވާހަކަ ބުނުމަކީ ދިފާއުގައި ނުކުތުމެއްނޫން!

    1
    2
  21. އިބުރާހީމް

    ހަމަހަމަ އުސޫލުން ކަންނުކުރާވާހަކަ ބުނުމަކީ ދިފާއުގައި ނުކުތުމެއްނޫން!

    1
    2
  22. ޖަމާލް

    ކޮމެންޓު ހަޖަމްކުރަން ދަސްކުރަންވާނެ މިނޫހުގެ ކުދިން!

  23. ބޮލި މުލައް

    އިންޑިއާގަވެސް އާއްމު ކަމެކޭ މިފަދަ މައްސަލަތައް ބަލަންފަށައިފިއްޔާ މޯދީ ރުޅިއަންނާނެ

  24. ހުސޭނުބޭ

    މީނައަށް އެނގެނީ ހިޓުލަރު އަދުލުއިންސާފު ޤާއިމްކުރާގޮތަށް ކަންތައްތައްކުރަން! ބވުއްޅަބެޔަކީ ހަޤީޤަތުގައި ޒާތީތައައްސުބުން ފުރިގެންވާ ޚުދުމުޚުތާރު މީހެއް!

  25. ޏސ

    އަލީވަހީދު ކެ ބިނެޓުން ބޭރުކުރުމަ ކީ މޑޕ ގަދައަޅާ މަސައް ކަތް ކުރަމުން އައި ކަމެކެވެ. ކެބިނެޓްގައި ހިމެނޭ މޑޕ އަށް
    ނިސަބަތް ނުވާ ވަޒީރުން ދާދި އަވަހަށް ބޭރުކުރާނެއެވެ
    އެއީ ކެބިނެޓް އެ ކީގައި އަތްދަށުލައި މަގޭވެރި ކަން ފިސާރި
    ވަރުގަދަ ކޮށްލައި ތަޚްތައް ވެރިވުމަމަށެވެ.

  26. ރައްޔިތުމީހުން

    އަލީ ވަހީދު އަތުގައި ރަނގަޅު އެއްޗެތި ހުރީ ދޯ.. ސޯޓުބޭލޭ ކަހަލަ..

  27. މުހުންމާ

    ރައީސް ނަޝީދު އެވިދާޅުވީ ހަމަ ތެދެއް، އެކި މީހުންނާ މެދު އެކި ގޮތަށް އަމަލުކުރާ ތަން އެބަފެނޭ.
    ހޯރަ އިއްބެ ދޫކޮށްލީ
    އަދީބައި ޒިޔަތު ގޭގައި ޔާމީނު ޖަލުގައި
    ޔޮޓުގައި ހިނގިކޭސް އާއި ގުޅިގެން އިމްރާން ވިދާޅުވީ އެއީ ވަރަށް އާދައިގެ ކަމެއްކަމަށް، ކިތަންމެ އާދާއިގެ ކަމެއްވިޔަކަސް ކުށެއްވިއްޔާވާނީ ކުށަކަށްދޯ. އެއީ ކުށަކަށް ނުވާކަމަށްވަންޏާމު އެބުނާ އާދައިގެ ކަންކަން މާލޭގެ މަގުމަތީގައި ކުރުންވެސް އޯކޭވާނެ ނޫންތޯ.
    އަލީވަހީދު ކަރަންޓީނުގައި ހުރިއިރު ޖެހި ސަކަރާތް ސީސީޓީވީން ފެންނައިރު އެސަކަރާތުގައި ބައިވެރިވި އެހެން މީހުން ކުށްވެރި އެއްނުވޭ، އެތަނަކުން މިތަނަކުން އަންހެން ކުދިން ގެނައިއރު އެހޮޓާ ހިންގަން ތިބިމީހުން ކުއްވެރިއެއްނުވޭ.
    އައްޔަ ކޮށިއެރީމައި އައްޔަކުއްވެރިވަނީ.
    މިއީ ހަމަ އެއްގޮތަކަށްވެސް އިންސާފެއްނޫން، އަަވަހަށް އައްޔަ ދޫކޮށްލާ އެހެންނޫނީ އައްޔަ އަނގަފަޅައިގަންނާނެ. ދެން އިވޭނީ އަޑުއަހާން ކެރޭކަހަލަ ވާހަކަތަކެއްނޫން، ލަންޑަނުގައި ތިބިދުވަސްވަރުގެ ވާހަކަތަށް އޮއްސާލުމުގެ ކުރިން އައްޔަ މިނިވަންކުރާތި.