(އައްޑޫ ސިޓީ، ހިތަދޫ) އައްޑޫގެ ލޯކަލް ޓޫރިޒަމް ފުޅާ ނުވަނީ ދަތުރުފަތުރު ކުރުމަށް ހުރި ދަތި ކަމުން ކަމަށް އައްޑޫގެ މޭޔަރު އަބްދުުﷲ ސޯދިގު (ސޯބެ) ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 ެށ ގުޅިގެން ލޯކަލް ޓުއަރިޒަމް ނުވަތަ ގެސްޓުހައުސް ވިޔަފާރިއަށް މަޑުޖައްސާލުމެއް ގެނައުމަށް ފަހު އަލުން ގެސްޓު ހައުސްތައް ހުޅުވާލުމަށް ސަރުކާރުން ހުއްދަ ދޭން ފެށީ މިދިޔަ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. އައްޑޫއަކީ ވެސް މީގެ ކުރިން ފުޅާ ދާއިިރާއެއްގައި ފަތުރުވެރިކަން ކޮށްފައިވާ އަތޮޅެއް ކަމުން އައްޑޫ ވެސް ވަނީ އުންމީދާއެކު ލޯކަލް ޓުއަރިޒަމް އަށް ހުޅުވާލައިފައެވެ.

"ވަގުތު" އަށް ދެއްވި އިންޓަވިއުއެއްގައި މޭޔަރު ސޯބެ ވިދާޅުވީ އައްޑޫގެ ގެސްޓްހައުސްތައް އޮކްޓޯބަރު މަހުގެ ތެރޭގައި ހުޅުވާފައިވާ ކަމަށާއި ނަމަވެސް މިހާތަނަށް އަދި އައްޑޫ ސިޓީ އަށް 50 ވަރަކަށް ގެސްޓުން ވެސް ޒިޔާރަތްކޮށްފައިވާ ކަން ޔަގީން ނޫން ކަމަށެވެ.

އަދި ފަތުރުވެރިކަން ފުޅާވުމަށް އޮތް އެންމެ ބޮޑު ދައްޗަކީ ދަތުރުފަތުރުގެ ދަތި ކަންކަން ފާހަގަކުރައްވައި ސޯބެ ވިދާޅުވީ މީގެ ކުރިން ނަމަ ފަތުރުވެރިން އަންނަނީ "ސްރީލަންކަން އެއާލައިން" މެދުވެރިކޮށް ޑައިރެކްޓު ފްލައިޓުން ކަމަށެވެ.

ނަމަވެސް އައްޑުއަށް މީގެ ކުރިން ކުރި ލަންކާ ދަތުރުތައް ވެސް މިހާރު ހުއްޓާލާފައިވާ ކަމަށް ސޯބެ ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅިގެން ބަންދުކުރި ގޮތަށް ލަންކާގެ ބޯޑަރު އަދި ހުޅުވާފައި ނެތުމުގެ ސަބަބުން ލަންކާގެ މަގުން އަންނަ ފަތުރުވެރިން އައުން ހުއްޓިފައިވާކަން ފާހަގަކޮށް ސޯބެ ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ.

"ސްރީލަންކާއިން ދެން ދަތުރު ފަށަން ބަލާއިރު ވެސް މިތަނުގައި އޮތް ދެ ރިސޯޓު މިއޮތީ ބަންދުކޮށްފައި. ތިން ރިސޯޓު އޮއްވައި ސައުތްޕާމް އެކަނި ހުޅުވާފައި މިއޮތީ" ސޯބެ ވިދާޅުވިއެވެ.

މިހާރު މުޅި އައްޑޫ އަތޮޅުގައި ވެސް ފަތުރުވެރިކަމަށް ހުޅުވާލާފައި އޮތީ އީކުއޭޓަ ވިލެޖާއި، ސައުތްޕާމް އަދި މަދު ގެސްޓު ހައުސްކޮޅެއް ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ސްރީލަންކަން އެއާލައިނުން ދަތުރު ފަށަން ބަލާއިރުވެސް ކުރިމަތިވާނެ ބޮޑު ދައްޗެއް ކަަމަށް ސޯބެ ވަނީ ވިދާޅުވެފައެވެ.

މީގެ ކުރިން މުޅި އައްޑޫގައި 1،200 އެނދު އިން އިރު، ކޮވިޑް-19 އާއި ގުޅިގެން ފަތުރުވެރިކަމުގެ ވިޔަފާރިތައް ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލާފައި ވަނީ 600 އެއްހާ އެނދު ކަމަށް އޭނާ ވިދާޅުވިއެވެ.

ސޯބެ ވިދާޅުވީ ގެއްލުން ލިބުނު ނަމަވެސް އަންނަ މަހުން ފެށިގެން ސީޕްލޭން ދަތުރުތައް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ދަތުރުތައް ކުރުމަށް ގައުމީ އެއާލައިން މޯލްޑިވިއަން އިން ތައްޔާރަށް އޮތް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ސޯބެ ވިދާޅުވީ ސްރީލަންކަން އިން އަލަށް ދަތުރުތައް ފެށި ކަމުގައި ވީ ނަމަވެސް މާލެ އައިސްފައި އަނެއްކާ އައްޑު އަންނަންވީ ސަބަބެއް ނޯންނަ ކަމަށް ގިނަ ބަޔަކު ދެކޭ ކަމަށެވެ.

"ނަމަވެސް އަޅުގަނޑު މުޅިން އެއާއި އެއްބަހެއް ނޫން. އެއީ ދާދި އިހަކަށްދުވަހު އެލިބުނީ މުޅި ދުނިޔޭގެ އެންމެ ބެސްޓު ޑެސްޓިނޭޝަން ކަން ރާއްޖެއަށް. ފަސްޓް ޓައިމް އެވަރ. ގައިމު މީހުންނަށް މަސައްކަތް ކުރެވިގެންދޯ އެކަން އެވީ. މުޅި އިންޑަސްޓްރީ އެއްކޮށް ކުރި މަސައްކަތުން." ސޯބެ ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ޑެރަވެއްޖެ

    ޢައްޑޫ ހިތަދޫ މީހުންގެ ފޮނިބޮޑުކަ މުން ސޮބެއަށްވެސް ފެންނަނީ ފުޅިއެކަނި

    116
    1024
    • Anonymous

      ކޮންމެހެން ސްޓީރިއޯޓައިޕް ވާނެކަމެއްނެތް، ކަލޭ ރަހަބެލީތަ ފޮނިކަން އިނގުނީ. ފޮންޏަސް ހިއްޗަސް ފުޅީގެ ބޭރަސް އެތެރަސް އެންމެން ދާނީ ހަމަ 6 ފޫޓުގެ ތަންކޮޅަކަށް

      11
      3
    • ާއަސްމާ / ފޭދޫ

      ރަގަނޅު ވަހާކައެއް ، ހިތަދޫ މީހުންނަކީ ވަރަށް ފޮނިބަޔެއް..

      9
      4
    • ކޮމްޕިއުޓަރައިޒް ފޭކް ލައިކްސް

      އައްޑޫ ގިނަ މީހުންނަށް ފެތުރިފައި އޮތް ވަބާއެއް މިއީ.

      6
      11
  2. Anonymous

    މަ ކިޔަން ޖެހޭ އޭތި ބޮޑު ކަމުން އެހެންނޫންނަމަ ފުޅާ ނުވާ ސަބަބު ބުނީމުސް

    125
  3. Anonymous

    މީނާ އެބައުޅޭދޯ

    92
  4. Anonymous

    ކަލޯ ހަމަތަ

    100
  5. Anonymous

    އިންޑިއާ ޓުއަރިސްޓުން އަންނާނެ މަޑުކުރޭ

    143
  6. Anonymous

    ކަލޯ ލޯކަލް ޓުއަރިޒަމް އިހައް ބާއްވާފަ ކުނި މެނޭޖު ކުރެވޭތޯ ބެލިއްޔާ ތާހިރުވާނެ، ވަލުތެރޭގަވެސް ކުނި، މަގުމަތީގައި ވެސް ކުނި، ޕާކުތަކުގަ ބީޗްތަކުގަ ކުނި، ކޮންކަމެއް ތަ ތި ކުރެވުނީ މިހުރިހާ ދުވަހު، އައްޑޫގެ ގިނަ މީހުން ކުނި މެނޭޖުކިށްބަލަ،ތަހުޒީބުވެބަލަ، އޭގެ ފަހުން ލޯކަލް ޓުއަރިޒަމަށް ވިސްނާ

    113
    • ޢަހުމަދު ، ހުޅުދޫ

      މީނާ ހެޑްލައިނަށް އަރަން ވެގެން އޭއްޗެކޭކޭ މީއްޗެކޭ މިކިޔަނީ އިންތިހާބުކާރިވީމަ. މީގެ ކުރިން މީނަ އޮތީ ނިދާފައި ދެން މިހާރު އަންނި ބުނެގެން މީހުން ބޮލަށް ޗިޕުޖަހާން އެފެށީ، އައްޑޫ ރައްޔިތުން ގަބޫލެއްނުކުރޭ ކަލޭދައްކާ ވާހަކަ...

      10
  7. Anonymous

    ހޮޓާ ތަކާ ރެސްޓޯރަންޓް ތަކުން ވެސް ކުނި އުކާލަނީ ވަލުތެރެއަށް، ގައިމު ވެމްކޯ ކުނިލޮރީއަށް ދޭނެ ރުފިޔާ ކޮޅެއް ނުލިބޭ ފެންވަރުދަށީއެއްނޫން،ހުންނަ ވިޔާނުދާ ކަޓުކަމުން، ޕިކުނިކަށް ގިސްފަވެސް ކުއްޖާ ޖަހާ ނެޕީވެސް އެތަނަށް އުކާލާފަ ޗީޗީ މުޑުދާރު ބައެއް ގިނަ މީހުންނަކީ، ނެޕީއާއި ކުނިބުނި އެމީހުންގެ އެނދު ތަންދިށަށްއެޅިއްޔާ ރީތިވީސް

    93
  8. Anonymous

    ގަނޑުވަރެއްހެން ގެ ހަދައިގެން ތުންފަތުގައި ކުލަދަވާދުލައިގެން މީރުވަސްދުވާ ހުވަނދުލައިގެން ގޮސް ކަރުގޮހޮރާއި ގެއިންނެރޭ ކުނިބުނި މި އުކާލަނީ ގޮނޑުދޮށަށް ނޫނީ ވަލުތެރެއަށް ނޫނީ ކައިރީގައި ހުންނަ ފަޅުގޯތިތެރެއަށް މިމީހުން ރީތީ އެއްގަނޑުން މިކަންކަން އިސްލާހުނުކޮށް ކޮން ލޯކަލް ޓުއަރިޒަމެއް ކުރިއަރާނީ،

    89
  9. ަފކ

    ހދ އަތޮޅު މިއޮތީ ކީވެފަތަ

  10. ހަސަން / މާލެ

    ސަރުކާރަށް ގެއްލުންކޮއްގެން ހުވަދޫގައި ހަދާފަތިބި އެއަރޕޯޓްތައް ފުޑާލުމުގެ ބޭނުމުގައި ކުރާކަމެއް . ހުވަދޫ އަށް އަންނަ ޑޮމެސްޓިކް ފްލައިޓްތަކުގެ %85 އަކީ ގެސްޓުން ، ކުއްޑޫ/ކާޑެއްދޫ އަށް ޕީކްސީޒަންގައި ދުވާލަކަށް އެވްރެޖްކޮށް 8 ފްލައިޓް އޮވޭ ، މި ފްލައިޓްތަކުން އަންނަ ގެސްޓުން ސީޕްލޭންގަ ހުވަދޫގެ ރިސޯޓްތަކަށް އައުމުން ، ހުވަދޫ އަށް އަންނަ ފްލައިޓްތައް ވަރަށްބޮޑަށް މަދުވެ ، އެތައްބަޔެއްގެ ވަޒީފާތައްގެއްލި، ރައްޔިތުންގެ މެދުގައި ސަރުކާރާއިމެދު ނަފްރަތު އުފައްދަން .. ބަޔަކަ ހިތްހަމަ ޖެއްސުމަށް ބޮޑެތި ގެއްލުމުގައި އިގްތިސާދީ ގޮތުން ދެކޮޅުނުޖެހޭކަން ކަންކަމުގައި ސަރުކާރަށް ބިރުދައްކައި އޮބިއަޅާގެން މިފަދަ ކަންތައް ކުރުމަކީ ބަލައިގަނަވޭނެކަމެއްނޫން..

    1
    4
  11. ހުވަދޫ ދަރިން

    ހުވަދޫ ގައިހިންގާ އެއަރޕޯޓްތައް ބަންދުކުރުމަށް ކުރާކަމެއް .

    2
    3
  12. ގެރި

    އެމްޑީޕީ ވަގު ގުންޑާ އިންނަކަށް ނުވާނެ

  13. ދިރާސާ

    ތިތާ އެއަރޕޯޓް އަކީ މިހާރުވެސް އިންޓަނޭޝަނަލް ތަނެއް ކީއްވެ ދަތުރު ނެތީ. ތި އަތޮޅުގެ މެނޭޖްމަންޓް ކަޑަކަމުން ތިތަން ތިހަލާކުވަނީ.

  14. އަލިބެއްޔާ

    އަދިވެސް ހުވަދު އަތޮޅޭ އައްޑު އަތޮޅޭ ކިޔާ މޮޅެތި ވާހަކަ ދައްކާތި.. މި ދައްކަނީ 280 އެތައް ފަޅު ރަށެއް އޮތް އަތޮޅަކާއި 5 ވަރަކަށް ފަޅުރަށް އޮތް އަތޮޅެއްގެ ވާހަކަ.. އަމިއްލަ ސޯޓު ބޭލި މީހާ ލަދުގަންނަން ޖެހުން ފިޔަވާ އިތުރު ކަމެއް ނުވިއެއްނު.. ހުވަދޫގެ ތަރައްޤީ ހުއްޓުވޭނެ ވެރިއެއް ދެން ރާއްޖެއަކަށް ނަ އަންނާނެ.. ސަބަބަކީ ރާއްޖެ ބަރޯސާ ވަނީ ޓޫރިޒަމަށް.. ދެކުނުގެ ޓޫރިޒަމްގެ މުސްތަޤުބަލް އޮތީ ހުވަދު އަތޮޅުގަ.. އެކަން ވަރަށް ސާފު..

    7
    1
  15. ކޮރަލް

    އިންތިހާބު ކައިރި ވާ ވަރަކަށް ވާހަކަ އަދި ޝަކުވާ ގިނަ ވާނެ އެވެ.

  16. އަތޮޅުމީހާ

    ރާ ބޮއެގެން ގެސްޓުން ގަޔަށް އަރަންޔާ ތިކަމެއް ނުވާނެ. ރިސޯޓުގައި ތިބޭ މުއައްޒިފުން ބޯންފެށީމާ ދެން މަސައްކަތް ކުރާނެ ބަޔަކު ނުހުންނާނެ. ތަންނަނުގަ ހުޅުޖަހަން އިނގުނަސް ގެސްޓުންނެއް ނާންނާނެ. ރަށް ސިޓީ އަކަށް ބަދަލުވިޔަސް ގެސްޓުންނެއް ނާންނާނެ. ކަމެއްވެގެން އުތުރު އަތޮޅުގައި ޓުއަރިޒަމް ކުރެވެނީ. އެހަކަށް ދުވަހު ހުޅުވި މާފަރު އެއާޕޯޓު އެއޮތީ ޖެޓުން ފުރިފާ.

  17. އައްޑޫ ދީދީ

    ފުރަތަމަ ސޯބެމެން އެބަޖެހޭ އިހްލާސްތެރިވާން.
    ގައުމެއް އަތޮޅެއް ރަށެއް ނުވަތަ ވިޔަފާރި ކުންފުންޏެއްވެސް ކުރިއަރާނީ އިހްލާސްތެރިކަމާއި އެކު ހެޔޮ ނިޔަތުގައި ކަންކަންކޮށްގެން. ކަންކުރާން އޮންނަ ބެސްޓް ޕްރެކްޓިސް ދޫކޮށް، ވަކިމީހަކު ބުނާގޮތަށް ނުވަތަ ވަކިބަޔަކު ރުހޭގޮތަށް ކަން ކުރަންޏާމު އެތަނެއް އެއޮތީ ހަލާކުވެ ނިމިފައި. އައްޑޫ ސިޓީއަށާއި މިސިޓީގެ ކައުންސިލަށް ދިމާވެގެން މިއުޅެނީ މިމައްސަލަ.
    ސޯބެމެން ކުރާން ބޭނުންވާކަންކަން އެބަކުރެވޭ، އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ 100 ދުވަހު ޖަހަން ބުނި ދިދަދަނޑި އެހެރީ ޖެހިފައި، ހަމަތިބެފައި ގެސްޓްހައުސް ހަދަން ބިޑް ޑޮކިއުމަންޓް ވިއްކައިގެން ބަޔަކަށް ބިންތަކެއް ދިންކަމަށްވެސް ހަދައިފި، ބިޑް ޑޮކިއުމަންޓްގަތް ގިނަ ބަޔަކަށް މިކަން ދިޔަގޮތެއް އަދިއަދަށްދާންދެން އެނގިފައިނެތް. ކަމެއް ކުރެވުނަސް ނުކުރެވުނަސް 2000ރ ވިއްކި ބިޑް ޑޮކިއުމަންޓުން ކައުންސިލަށް ފައިސާކޮޅެއް ލިބިއްޖެތާ. ކޮވިޑާއި ޖެހިގެން ދަނޑުގޮވާން ކުރުމަށް ހިތަދޫއިން ބިންދޫކުރާވާހަކަ އެއް އިއުލާންކުރުމުން އެތަށްބަޔަކު އެބިމަކަށް އެދި ސިޓީލައިފި، އެކަންވެސް ވީގޮތެއް އެނގެނީ ހަމަ ކައުންސިލުގައި ތިބި ބަޔަކަށް. އެމީހުންގެ ގާތް ދެތިން މީހަކަށް ބިން ދޫކޮށްފައި އެކަމެއްވެސް ނިމިއްޖެ. ނުރަސްމީ ގޮތެއްގައި ފަހުން ސޯބެ ކުރެން މީހަކު އެކަމާއި ބެހޭގޮތުން ސުވާލުކުރީމައި ދިންޖަވާބަކީ ދަނޑުގޮވާންކުރުމަށް ދޫކުރެވެން އޮތީ 20 ވަރަކަށް ބިމޭ، އެކަމަށް އެދިގެން އެބަތިއްބޭ 100 އަށްވުރެން ގިނަމީހުން. ދެން ކިހިނެއްހޭ އެކަން ކުރާނީ. އެކަން ކުރިގޮތަކަށްކޮށް ކައުންސިލް ތެރެއިން 5-4 މީހަކަށް ބިންދީފި ޔަގީނުންވެސް.
    މިސާލަކަށް، މިއަހަރުގެ މާޗްމަހުން ފެށިގެން ކޮވިޑް ވަބާއާއިޖެހި މުޅިދުނިޔެ މިއޮތީ ހުއްޓުމަކަސް އައިިސްފައި، މުއްސަންޖަކަސް ފަގީރަކަސް އެބަޔަކު ތިބިތަނެއްގައި ތާށިވެފައި މިތިބީ. ދެން ސޯބެމެން ބުންޏަކަސް ސްރީލަންކަން ވުވަތަ ބްރިޓިޝް އެއަވޭސް އެއްގަމަކަށް ނާންނާނެ. ގަބޫލުކުރަން ޖެހޭ ހަގީގަތަކީ 200 މީހުން އުފުލޭ މަތިންދާބޯޓެއް 30-20 މީހުން ގޮވައިގެން އައްޑޫއަކަށް ނާންނާނެކަން. އެހެންވީމައި ފުރަތަމަ ޖެހެނީ އައްޑޫގެ ޓުއަރިޒަމް އިޝްތިހާރުކޮށް މާކެޓްހޯދަން. އެކަންކުރަން ޝަންގްރިއްލާ، ހެރަތެރެ ދެންވެސް ހުރި ޓުއަރިޒމަމް ފެސިލިޓީތަށް ގުޅިގެން ބައްދަލުވުން ބާއްވައި އުފެއްދުންތެރި މަޝްވަރާކޮށްގެން އެގޮތަކަށް އަމަލުކުރެވޭތޯ ބަލަންވީ.
    މިދަނޑިވަޅާއި ދިމާކޮށް އައްޑޫ ކައުންސިލުން ލޯކަލް ޓުއަރިޒަމަށް އައްޑޫ ހުޅުވާލައި، ކުއްޔަށް ސްޕީޑް ބޯޓެއްހޯދައިގެން ހުވަދު އަތޮޅާއި ފުވައްމުލަށް އައްޑޫ އަށް ފަސޭހައިން ދަތުރު ފަތުރު ކުރެވޭނޭ ނިޒާމެއް ހަމަނުޖެއްސޭނީތޯ؟
    އައްޑޫ ހޮސްޕިޓަލާއި ގެސްޓް ހައުސްތަކާއި ގުޅިގެން ލޯކަލް މެޑިކަލް ހޮލިޑޭ ޕެކޭޖްތަށް އުފައްދައި ކަސްޓަމަރުން ހޯދަން މަސައްކަތް ނުކުރެވެންވީ ކީއްވެތޯ.
    މިހާރުވެސް މެދުރާއްޖެތެރޭގެ ބަޔަކު ހުވަދޫ ފޯއްމުލަށް އައްޑޫ އަށް ސްޕީޑް ބޯޓްފެރީ ގެ ހިދުމަތް ދެމުން އެބަދޭ. ކޮންމެ ހަފްތާއަކު ދެދަތުރު އެބައަޅާ، އެބޭފުޅުން ވިދާޅުވާގޮތުގައި ކަސްޓަމަރުންވެސް އެބަލިބޭ، މާބޮޑު ފައިދާއެއް ނުލިބުނަސް މިދުވަސްކޮޅާއި ބަލާފައި ހަމަ އެންމެ ރަނގަޅު.
    ހަމަ ކޮންމެ ކަމެއްގައި ތިވިސްނަނީ ސްރީލަންކަން ގަމަށް، ޔޫރަޕުން ބޮޑެތި ފްލައިޓް ގަަމަށް، ސީޕްލޭން ގަމަށް. މިވެސް އަންނާން އެބަޖެހޭ. އެކަމަކު މިއީ ހަމަހުރެފައިވާނެ ކަންތަށްތަކެއްނޫން، މިކަންކަންވާން އަދި ކުރާންޖެހޭ ކަންކަން ވަރަށް ގިނަ. ފުރަތަމަ ކުރާންވީކަންކަން ކުރެވުނީމައި ދެން ހުރިކަންކަން އޮޓަމެޓިކުން އަންނާނެ.
    އައްޑޫސިޓީ ކައުންސިލުން ސިލޯނުން ނުވަތަ އިންޑިޔާއިން ގަމަށް ކާގޯ ފްލައިޓް އޮޕަރޭޓް ކުރަންވީ ނޫންތޯ؟ ނުވަތަ އައްޑޫގެ ވިޔަފާރިވެރިންނާއި މަޝްވަރާކޮށްގެން ދެމެހެއްޓެނިވި ގޮތަކަށް އެކަން ކުރެވޭނޭ މަގު ފަހިކޮށްދޭންވީނޫންތޯ؟ ހަމަ ގައިމުވެސް ސްޕައިސްޖެޓް ގެ ކުދި ފްލައިޓް ތަށް ޗާޓަރު އެބަކުރެވޭ، ހަފްތާއަކު ދެފްލައިޓް 9-8 ޓަނުގެ ކާގޯ އަޅަންވީނޫންތޯ؟ ވިޔަފާރިވެރިން އެތިބީ އެފަދަ ފުރުސަތެއް ފަހިނުވެގެން. އައްޑޫ ސިޓީކައުންސިލުން މިކަހަލަ ކަންކަމާއި ވިސްނައި ކަންކަން ކުރުމަށް ތަންކޮޅެއް ފުޅާދާއިރާއެއްގައި ހީވާގި ކަމާއި އެކު މަސައްކަތް ކުރަންވީ. އަދިވެސް ތިތިބެނީ މާލޭގައި ހުންނަ އޮފީހަކުން ނުވަތަ ބެސްޓް ފްރެންޑް އަސްލަމް ކުރެން އަހައިގެން ކަންކަން ކުރާ އުސޫލު. ސޯބެ ހުށައަޅާކަމަކަށް އެމީހުން ނޯ ބުނެފިއްޔާމު ފްރަސްޓްރޭޓް ވެގެން ގޮސް ކޮންމެވެސް ހޮޓަލެއްގައި ކޮފީއެއްގައި ދުވަސް ތިދުއްވާލަނީ. މިއީ ހަގީގަތް.
    މިޒަމާނުގެ ބަހުރުވައި ބުނާނަމަ އައުޓް އޮފް ދަ ބޮކްސް އިން ވިސްނައިގެން ކުރިޔަށް ދިޔައިމާ ނުކުރެވޭ ހަމަ އެއްކަމެއްވެސް ނެތް. ތަރައްގީވެސް އަންނާނެ ކަންކަން ވެސް ކުރެވޭނެ.
    ބޭނުންވަނީ ހަމަ ހީވާގި މުރާލި އިހްލާސްތެރި އެޑްމިނިސްޓްރޭޝަން އެއް. ފަޓާސް ބަރިއެއްހެން ކުރިއަރައިދާނެ.