ތޫފާން ބުރަވި އާއި ގުޅިގެން ރާއްޖޭގެ މޫސުމަށްވެސް އަސަރު ކުރާނެ ކަމަށް ބެލެވިފައިވާއިރު، ބ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް މޫސުން ގޯސްވާނެ ކަމަަށް ލަފާކޮށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)އިން ހުދު ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން ނެރުނު ސަމާލުގައި ބުނެފައި ވަނީ، ގަޑިއަކު 19 މޭލާއި 24 މޭލު ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށެވެ.
އަދި ކަނޑުތައް ގަދަވެ، އުދަ އަރާނެ ކަމަށްވެސް ލަފާ ކުރެވޭ ކަަމަށް އެ ސަމާލުގައި ބުނެފައި ވެއެވެ.
އެ ސަމާލުގެ މުއްދަތު ހަމަވާނީ މިރޭ 20:00 އަށެވެ.
Alert white for expecting strong winds, rough seas, and wave surges. pic.twitter.com/KYftzdVbc9
— Maldives Meteorology (@MetMaldives) December 3, 2020
ތޫފާން ބުރެވި ހުރި ސަރަހައްދުގެ ގޮތުން ރާއްޖޭގެ ވައި މަޑުމަޑުން ބާރުވަމުން އަންނަ ކަމަށް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ.
މި ތޫފާން މިހާރު ހުރީ ރާއްޖޭގެ ހއ. ކެލާ 760 މީޓަރު ދުރުން އިރުއުތުރުގައެވެ.
ކަލޯ މެޓް އޮފީހުން ކިޔާ އެކައްޗެއްވެސް ދިމަލެއް ނުވޭ