އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މޭސްތިރިންގެ ގޮތުގައި ބެލެވޭ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް ކުޑަ އަދަބެއް ކަނޑައަޅަން ދައުލަތުން އެއްބަސްވާތީ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަދި ގާނޫނީ ވަކީލް އަހްމަދު މުއިއްޒު އެކަމާ ފާޑުވިދާޅުވެ ސުވާލުތަކެއް އުފައްދަވައިފިއެވެ.

އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާއަށް އިއުތިރާފްވެ ދައުލަތާ އެކީ ގާއިމް ކުރި ކުށުގެ އިއުތިރާފް އެއްބަސްވުމުގެ ދަށުން އޭނާގެ މައްޗަށް އިއްވީ 20 އަހަރުގެ ޖަލު ހުކުމަކާއި ދެ މިލިއަން ރުފިޔާގެ ޖޫރިމަނާގެ ހުކުމެކެވެ.

ޒިޔަތުގެ މައްޗަށް އުފުލި 30 ދައުވާއަށް އިއުތިރާފްވެ ދައުލަތާ އެކު ގާއިމް ކުރި އެއްބަސްވުމުގެ ދަށުން އޭނާގެ މައްޗަށް އިއްވީ 11 އަހަރުގެ ޖަލު ހުކުމެކެވެ. އޭގެ ކުރިން އޭނާއަށް އަށް އަހަރުގެ ޖަލު ހުކުމެއް ވެސް އިއްވާފައިވެއެވެ.

އަދީބުގެ ސިއްހީ ހާލުކޮޅަށް ރިއާޔަތްކޮށް އޭނާ ގޭބަންދުގައި ހުންނެވިއިރު މި ސަރުކާރު އައި ފަހުން ޒިޔަތު ވެސް ހުންނަވަނީ ގޭބަންދުގައެވެ.

މިކަމާ ގުޅިގެން ވަކީލް މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފަހުގެ ތާރީހެއްގައި ފެނުނު އެންމެ ބޮޑު ހިޔާނާތުގައި އެންމެ އިސްކޮށް ތިއްބެވި ދެ ބޭފުޅުންނާ މެދު ސަރުކާރުންނާއި ދައުލަތުން އަމަލު ކުރަމުންދަނީ "ސަޅި" ގޮތަކަށް ކަމަށެވެ.

"ސަޅި! އެންމެ ބޮޑެތި ކޮރަޕްޝަންގެ ކުށް ސާބިތުވި ދެ މީހުން ޖަލުގައި ނުބައިތިއްބައި ގޭގައި މި ތިބެވެނީ ހަމަ އިއްތިފާގުންތޯ؟ ނޫނީ ރައީސްގެ ހެޔޮފުޅުކަމުންތޯ؟" ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުއިއްޒު ކުރެއްވި ޓްވީޓްގައި ލިޔުއްވާފައިވެއެވެ.

އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގައި ބައިވެރިވެގެން ހުކުމް އިއްވާފައިވާ އަދީބާއި ޒިޔަތު ގޭބަންދުގައި ހުންނަވާއިރު އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުންނަވަނީ މާފުށީ ޖަލުގައެވެ. އެމަނިކުފާނުގެ އެތައް ހާސް ސަޕޯޓަރުންނެއް ދަނީ މިކަމާ ނުރުހުން ފާޅުކުރަމުންނެވެ. ރައީސް ޔާމީންގެ ސަޕޯޓަރުންނާއި އެމަނިކުފާނު ލީޑް ކުރައްވާ ޕީޕީއެމްއާއި ޕީއެންސީއިން ގަބޫލު ކުރަނީ އެއީ އިންސާފުން ބޭރުން އިއްވާފައިވާ ހުކުމެއް ކަމަށެވެ.

މީގެ އިތުރުން އެ ހިޔާނާތުގައި ބައިވެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭ 500 އަށް ވުރެ ގިނަ މީހުންގެ ލިސްޓެއް އޮތް ކަން ހާމަކޮށްފައިވާއިރު އެ މީހުންގެ މައްސަލަތައް ތަހުގީގުކޮށް ދައުވާ ކުރުން ލަސްވަމުންދާތީ ކަމާ ބެހޭ ދައުލަތުގެ މުއައްސަސާތަކާއި މި ސަރުކާރަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފައިވެއެވެ. އަދި އަދީބާއި ޒިޔަތަށް ގިނަ ލުއިތަކެއް ދެމުންދާތީ ވެސް ސަރުކާރަށް ބޮޑެތި ފާޑުކިއުންތައް އަމާޒުވަމުންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ސަޒާ

    އެމް.ޑީ.ޕީ މީހުން ޤަބޫލުކުރާ އިންސާފަކީ މީ. ދެން ކީއްކުރާނީ.

    34
    2
  2. ވަތަނީ

    ރ ޔާމީން ކަސްތަޅު އަޅުވާފައިވަނީ ނަސީ ދު އަޑީގައި
    ހުރެގެންނެވެ ވެރިކަން ވެއްޓުމުގެ ބިރު އޮތުމުން އެހެން
    ގޮތެއް ނެތިގެން ކުރާކަމެއްކަމަށް ބެލެވެއެވެ އެކަމަކު ދާދ ދި
    އަވަހަށް އެބިރުވެރިކަން ކުރިމަތިވާނެއެވެ އަދ ދި ކޮށްފައިވާ
    ކުށްތަކާއި ހިންގާފައިވާ ޖަރީމާތައް އަގުކޮށް ދ ދަރުމަ ދ ދެވޭނެ
    އެވެ. އެއީ 2023 އެވެ.

    10
    1
  3. ޢަފްލާ

    ރ ސޯލިހައަށް އަނގައިން ނުބުނެވޭ ކަންފަތަން އަޑު ނީވޭ ލޮލަށްނުުފެނޭ ދުލުން ރަހަބެލޭ ސިކުނޑިން ނުވިސްނޭ ރައީސެއް

    12
    1
  4. ނ

    މިހާރު ޒިޔަތުގެ ވެސް ދެން ބާކީ އޮތީ 5އަހަރު
    ބަންދުގައި ހުންނަ މުއްދަތު ހުކުމުން ކެނޑި ިިިިިިިިިިިިިިި
    މައާފު ލިބޭނެ...ބަލަން ތިބޭ

    13
  5. މާލެ ބޭބެ

    ކުރީގެ އޭޖީއެވެ. މަނިކްފާން ރ.ޔާމިންގެ ޝަރީއަތުގެ އިސްތިއުނާފް އަޑުއައްސަވަން ކޯޓަށް ވަޑައިގަންނަވައެވެ. އެއީ ސަޅި ސިޔާސީ ދައުވާއެއްނުންތޯއެވެ. މަނިކްފާން ފަދަ. ހައިކޮލިޓީ ލޯޔަރަކު އަދުލުއާއި އިންސާފު ހަމަހަމަތޯ ސުވާލު އުފެއްދުމުން ދައުލަތު ހުރިހާގޮތަކުން ފެއިލްވެފައިވާ މިންވަރުއެނގެއެވެ. ރ.ޔާމިނަށް މިދެވެނީ އިންސާނިއްޔަތާއި ޚިލާފް ސިޔާސީ އަދަބްތަކެކެވެ... ދިވެހި ރައްޔިތުން އެދެނީ ޒިޔަތުމެން ބަހާލި ފައިސާ ދައުލަތަށް ލިބޭށެވެ. ލިސްޓްގައިވާ 500 ނަމުގައި މިއަދުގެ ބޮނޑުންނާއި ބޮޑް ބޮޑް މީހާވެސް ހިމެނޭތާއެވެ. ރާއްޖޭގެ އަދުލުގެ ނިޒާމް މިވަނީ އިތުބާރުގެއްލި ވެއްޔާއިމޮޑި މުޑުދާރުވެފަ.....

    14
    1
  6. ކާސިމް

    ތިޔަ ޚިޔާނާތަކީ ނަޝީދު ކިޔާ މީހަކު އިންޑިޔާގެ ރޭވުމުގެ މަތިން އަޑިގައި ހުރެ އަދީބަށް ހުތްދީގެން ތައާރަފުކުރި ޑްރާމާއެއް. އޭގައި ނިންމާފައި އޮތި ރައީސް ޔާމީންގެ ދުވަސް ދުއްވާލަން. އެކަން ކުރިމަ އެކަން ކާމިޔާބު ނުވި. ﷲ ކޮންމެ ކަމަކަށްވެސް ކުޅަދުންވަންތަ. ނަޝިދަށް އެކަން ގަބޫލުނުކުރެވުނަސް އެއީ އެކަން އޮތްގޮތް.

    11
    2
  7. ހަޤީޤަތް

    ލޯޔަރުން މިއަށްވުރެ ޒިންދާރުވެއްޖެނަމަ ޤައުމު ހަމައަކަށްއެޅިދާނެ.

    1
    1
  8. ހަޤީޤަތް

    މި ނޫސްތަކުން ކުރާ އެންމެ ބޮޑުކަމަކީ ފިތުނަ އުފެއްދުން