ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި ފޯނުން ވާހަކަދެއްކުމުގެ ފުރުސަތު ލިބުމާއި ގުޅިގެން އުއްމީދުތައް އާވެއްޖެކަމަށް "ޒުވާން މަސްވެރިޔާ" ނަމުގައި މަޝްހޫރު ގއ.ގެމަނަފުށީ އުމުރުން 22 އަހަރުގެ ހަސަން ސާޖިން ބުނެފިއެވެ.
ސާޖިން ކުރި ޓްވީޓެއްގައި ބުނީ މަސްވެރިންގެ ދުވަހު އެންމެ ބޭނުން ވެގެން އުޅުނީ ހިތުގެ ޝުއޫރު ރައީސް ޞާލިހަށް ގުޅާފައި ހިއްސާކޮށްލަން ކަމަށެވެ. "ރައީސް އަޅުގަނޑަށް ގުޅާފައި ވަރަށް ގިނައިރު ވަންދެން ވާހަކަ ދައްކަވައިފި. ވަރަށް އުފާވެއްޖެ. ވަރަށް އުއްމީދު އާވެއްޖެ." ސާޖިންގެ ޓްވީޓްގައި ބުނެފައި ވެއެވެ.
ސާޖިން އަށް ރައީސް ޞާލިހް ގުޅުއްވީ ސާޖިން ކުރި ޓްވީޓެއްގެ ސަބަބުންނެވެ. ސާޖިން ކުރި ޓްވީޓެއްގައި ރައީސް ޞާލިހް ޓެގް ކުރުމަށް ފަހު ބުނެފައި ވަނީ މަސްވެރިކަން ޕްރޮމޯޓްކުރަން ކެމެރާ ނަގައިގެން އޭނާ އުޅޭތާ މިހާރު 6 އަހަރުވެއްޖެކަމަށެވެ. މަސްވެރިންގެ ދުވަހު އޭނާގެ އެންމެ ބޮޑު އެދުމަކީ ރައީސް ޞާލިޙަށް ގުޅާ ހިތުގެ ޝޫއޫރު ފާޅުކޮށްލުންކަމަށް ޓްވީޓްގައި ބުނެފައި ވެއެވެ.
ސާޖިންގެ ވީޑިއޯތައް އަންނަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ މީހުން ބަލަމުންނެވެ. ދާދިފަހުން އެމެރިކާގެ ޓީވީ ސްޓޭޝަނެއް ކަމަށްވާ، އެމް.ޓީ.ޑީ ޓެލެވިޜަނުންވަނީވެސް ވަނީ ސާޖިންގެ ވީޑިއޯއެއް އެމީހުންގެ ފޭސްބުކް ޕޭޖުގައި ހިއްސާކޮށްފައެވެ. މި ވީޑިއޯވެސް މިހާރުވަނީ 20 މިލިއަނަށްވުރެ ގިނަ މީހުން ބަލާފައެވެ.
އިއްޔެ އަކީ މިއަހަރުގެ މަސްވެރިންގެ ދުވަހެވެ. މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކޮށްފައި މިވަނީ މަސްވެރިންގެ ޝަކުވާތައް ވަރަށް ބޮޑަށް އިތުރުވެފައި ވަނިކޮށެވެ. ހާއްސަކޮށް މަސް ކިރުމުން ވަގުތުން ފައިސާ ނުލިބުމާއި ކިއުގައި ޖެހިގެން އެތައް ދުވަހަކުން ތިބެގެން މަސް ކިރަން ޖެހުމާއި ދާދިފަހުން ދެފަހަރެއްގެ މަތިން ސަރުކާރުން މަސް ގަންނަން އަގު ދަށްކުރުމުން މަސްވެރިން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ނަމަވެސް މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ޞާލިހް އިއްޔެ ދެއްވި ޚިޠާބުގައި ވަނީ މަސްވެރިންނަށް އަނެއްކާވެސް އުއްމީދު އާވާނެ ބައެއް ވައުދުތައް ވެވަޑައިގެންފައެވެ. އެމަނިކުފާނު ވަނީ މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް 460 މިލިއަނަށްވުރެ އަގު ބޮޑު މަޝްރޫޢުތަކެއް އަންނަ އަހަރު ފެށުމަށް ތައްޔާރުވަމުންދާކަމަށް ވިދާޅުވެފައެވެ.
ބޮލުގަ ތެޅާގަނޑުން ޖެހިފަތިބޭ މީހުން ހަމަ މީހަކު ގުޅާލާއިރަށް ދުނިޔެރަންވާންފަށާނެ
ގެމަނަފުށީ މީހުން ނިކަން އަވަހަށް ތެތްގޯނި ބޮލުގައަޅާނެ
ކޮން އުއްމީދެއްއާވާކަށް، ކޮވިޑާއިގުޅިގެން ބެހި ހަނޑުލާއެއްޗެހިވެސް ބަނޑުއަޅާލީ، އެލިބުނީވެސް ރީނދޫމީހުނަށް އެކަނި
ދެން އަތްޖަހާ ބާރަށް
މާޝާﷲ ހަމަ ކުރިޔަށް
ވާހަކަ އިން ހައްދާފަ ބަހައްޓާނީ
ވީޔާވީ މަސްވެރިންނައް ގެއްލުން
މޭކަރާލީތާ ާ ާ ާ ާ!
މަސްވެރިން އިއްޔެ ދިން މެސެޖުން ފިތް ކަނޑައިގެން ގޮސް ގުޅާވެސްލައިފި. ދޮގުފަށެއް ހަދާނެތާ. ސަރުކާރަށްވީ 3 މަހެކޭ ނުބުނޭތަ؟
ގައިމު ރައީސް މީހާ ކައިރީގައި ބުނެލިނަމައެއްނު! އަދީބު ކަލެއަށް ދިން 37 މިލިއަނުން މަށަށްވެސް އެތިކޮޅެއް ދޭށޭ! އޭރުން ޕްރޮމޯޓްކޮށްދޭނަމޭ!
ރިލްވާންވެސް އަދި ޔާމީނުގެ އާއިލާއަށްވެސް ރައީސް ގުޅުއްވާ އުއްމީދު އާކުރަށްވާ ދޭތެރެދޭތެރެއިން، އެކަމަކު ނަތީޖާ އެއްނުނެރެވޭ ބުނެވޭބަހުގަ ބުރަދަނެއްވެސް ނުހުރެއެވެ، އެހެންވީމަ އަނެއްކާވެސް އެކްޕަޔާވާންކާރިވީމަ ނުވަތަ ޕުރެޝަރުބޮޑުވީމަ އުއްމީދުއާކޮއްލަން ގުޅާލާނެއެވެ. ތިކަހަލަ ކަންކަމަށް އަހަރުންނެއް ނުސިހޭނެއެވެ
ތިޔަ ހުރިހާ މަޝްރޫއަކާ ލާރިޔެއް ވަންނާނީ މިސަރުކާރުގެ ބޭފުޅުންގެ ބަނޑަށް.
ހެހެހެ.ފޮނިވާހަކަތަކާއި މީޑިޔާ ޚަބަރުތަކުން އުއްމީދު އާވެގެން ކަމެއްވަންޏާ ވާނެ.ދަތް އުގުޅާއިގެންތިބޭ.އޮޅުވާލުމާއި މަކަރާއި ހީލަތުގެ ސަރުކާރެއްމީ.އެހެންމީހުންގެ ލޮލުގަ އަދުން އަޅުވައިގެން ވޯޓް ހޯދާ ތާއީދު ހޯދަން އެއުޅެނީ...ތިމީހުން ދަސްވެއްޖެ.ކައުންސިލް އިންތިހާބުގަވެސް މިސަރުކާރަށްދޭ ވޯޓަކީ އޭގެ ސަބަބުން ފަހުން ހިތާމަކޮށް ރޯންޖެހޭނެ ވޯޓެއް.
ކަލެއަށްް އިބޫގުޅާލުމަކުން މަސްވެރިންގެ ހާލަތެއްބަދަލެއްނުވާނެ! މަސްވެރި އާއިލާތަށްތިބީ ނުކައި އޮޑިވެރިން ދޯނިބަންނަންނެގި ލޯނުނުދެއްކިގެން ބޯގޮވާފަ! އިބޫ ގުލާފަ ތިހިރީ މިރުސް ހުސްކުރި ގޯންޏަކަށް ލައިފަ، ދެން ހެދިފަ ހުރޭ!
ހަގީގަތަކީ ހުރިހާ ސަރުކާރެއްގަވެސް އުޅެނީ އެއްބައެއް އެކި ކުލަ ކުލަ ޖެހިގެންކަން ރަތްޔިތުންނަށް ކުރާނެ އެއްވެސް ފައިދާއެއް ނޯންނާނެ. އެމީހުންނާ އެމީހުންގެ އާއިލާ ބޭނުން އެއްޗެއް ބޭނުންވާވަށް ލިބުނީމަ ނޫނިީ އާންމު ރަތްޔިތަކަށް އެއްވެސް އެއްޗެއް ނުލިބޭނެ. އެކަމަކު ކެންޕޭނަށް ނިކުމެ ގޮވާނީ ފުރަތަމަ ރަތްޔިތުންކަމަށް.
ހުރިހާ ޕާޓީއެއް ނޫން. ރީނދޫ މީހުން އުޅޭ ގޮތް ތިއީ. ނުލާހިކު ދަޅަ ދައްކައިގެން ވެރިކަމަށް އަރާނީ. ރައީސް ޔާމީންގެ ސަރުކާރުގަ ރައްޔިތުންނަށް ކޮށްދެއްވި ހުރިހާ ކަމެއް އެހެރީ ހާމަޔަށް ފެންނަން. އެއީ ޙަޤީޤަތަކީ.
މި ދޮގުހަދާ ރައީސް ގުޅާލީމަ ކަލޭ އުފަލުން ފެންނުވަރާ ހުރެބަލަ..
ޅަ ގޮލައަކު ކެމެރާހިފައިގެން 6 އެއްކަ އަހަރު މަސްވެރިކަން ކުރާތަން ފޮޓޯނަގާލުމުން..ރައީސް އޭނާ އަށް ގުޅުމުން. މަސްވެރިންނަށް އެލިބުނީ އިންސާފުތޯ؟ އެއީ ހައްޤުމިންވަރު ތޯ؟ މުޅި އުމުރު ދުވަހު މަސްވެރިކަމުގައި ރަތްދަކާ އަވީގައި އުޅޭ މަސްވެރިން ރާއްޖޭގައި ވަރަށްގިނަ.. ކޮބައިތޯ އެމަސްވެރިންގެ ހައްޤު... އެމަސްވެރިންނަށް އިންސާފުތޯ މީ؟ ކިހިނެތް ވާނެ ތޯ ރައީސް އެ މަސްވެރިންނަށް ގުޅިނަމަ..ޔަޤީން މަސްވެރިކަމުގެ ދާއިރާ އޮތް ހާލަތު މާރަނގަޅަށް ބުނެދޭނެ. މިމީ މަސްވެރިންގެ ދުވަހާ ދިމާކޮށް ޖެއްސި ސިޔާސީ ސްޓަންޓެއް. މިކަމުން ރާއްޖޭގެ މަސްވެރިންނަށް ކުރާ އެއްވެސް ފައިދާ އެއްނެތް.