ޒިނޭގެ ދެވައްތަރެއްގެ ކުށް ޤާނޫނުލްޢުޤޫބާތުގައި ބަޔާންކޮށްފައި ވާނެ ކަމަށާއި އެއީ ޝަރުއީ ޒިނޭ އާއި ޤާނޫނީ ޒިނޭކަމަށާއި އޭގެތެރެއިން ޤާނޫނީ ޒިނޭ ޑީއެންއޭ ހެކީގެ މައްޗަށް ބުރަވެ ސާބިތު ކުރެވޭނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް މިހެން ވިދާޅުވީ ޒިނޭކޮށްގެން ލިބުނު ކުއްޖަކުގެ ބައްޕަ ކާކުކަން ސާބިތުކުރަން ޑީއެންއޭ ކޯޓަށް ބަލައި ނުަގަނެވޭނެ ކަމަށާއި އަދި ޒިނޭކޮށްގެން ލިބޭ ކުއްޖަކުގެ ޑީއެންއޭ މީހަކާއި ދިމާވި ނަމަވެސް އެއީ އެމީހަކު ޒިނޭކުރިކަން ސާބިތު ކުރެވޭނެ ހެއްކެއް ނޫންކަމަށް އިސްލާމީ ޝަރީޢަތާއި ހަވާލާދީ ހައިކޯޓުން ނިންމުމުން އުފެދިފައިވާ ސުވާލުތަކާއި ގުޅޭގޮތުން އޭނާގެ ބްލޮގްގައި ލިޔުއްވި ލިޔުއްވުމެއްގައެވެ.

ޝަމީމް ވިދާޅުވީ ޤާނޫނުލްޢުޤޫބާތުގެ 411 ވަނަ މާއްދާގެ (ނ) ގައި ޑީ.އެން.އޭއަކީ ޤާނޫނީ ޒިނޭ ސާބިތު ކުރުމަށް ބޭނުންކުރާނެ "އެކަށީގެންވާފަދަ ގޮތުގައި ޤަބޫލުކުރެވިދާނެފަދަ ޤަރީނާ" އެއްކަމަށް ކަނޑައެޅިގެން ލިޔެފައި އެބައޮތެވެ. އެހެންކަމުން، ޤާނޫނީ ޒިނޭ ސާބިތުކުރުމަށް ޑީއެންއޭ ބޭނުންކުރެވިދާނެކަމާބެހޭ ގޮތަކުން އެއްވެސް ސުވާލެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

"ހައިކޯޓުން މައްސަލަ ބެއްލެވި ފަނޑިޔާރުންނަށް މިމާއްދާއަކީ އިސްލާމީ ޝަރީޢަތާ ޚިލާފު މާއްދާއެއްކަމަށް ފެނިވަޑައިގެންނެވިނަމަ، މިމާއްދާއަކީ ޤާނޫނުއަސާސީއާ ޚިލާފު، ޢަމަލު ކުރަން ނުޖެހޭ މާއްދާއެއްކަމަށް ލިޔުނީހެވެ. ނަމަވެސް، ޞަރީޙަ ޢިބާރާތުން އެހެން ވިދާޅުވެފައެއް ނުވެއެވެ." ޝަމީމްގެ ލިޔުއްވުމުގައި ވެއެވެ.

ޝަމީން ވިދާޅުވީ ޑީއެންއޭގެ މައްސަލައިގައި ހައިކޯޓުގެ ފަނޑިޔާރުންނާ އޭނާ އަށް އެއްބަސް ނުވެވޭ ހިސާބަކީ، މިމައްސަލައިގައި ދައުލަތުން ޑީއެންއޭ އެވިޑެންސް ހުށަހެޅި ސަބަބެވެ. "ޑީއެންއޭ ޤަބޫލުނުކުރެވޭނެކަމަށް ހައިކޯޓުން ކަނޑައަޅުއްވާފައި އޮތީ ކުއްޖާގެ ނަސަބު ސާބިތުކުރާށެވެ. އެއީ ފަތުވާގައިވެސް އޮތް ގޮތެވެ. ނަމަވެސް، ޕީޖީ އޮފީހުން ހުށަހެޅި މައްސަލައިގައި ޑީއެންއޭ ހުށަހަޅައިފައި އޮތީ ކުއްޖާގެ ނަސަބު ސާބިތުކުރާކަށް ނޫނެވެ. ކުއްޖާގެ ނަސަބާބެހޭ ގޮތުން އެއްވެސް ސުވާލެއް މިމައްސަލައަކު ނުވެސް ނެތެވެ. ޑީއެންއޭ ހުށަހެޅީ ފިރިހެން މީހާ ޒިނޭކުރިކަން ސާބިތު ކުރާށެވެ. ޤާނޫނީ ޒިނޭއެވެ." ޝަމީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހައިކޯޓުން ބެއްލެވި މައްސަލަ (ޤާނޫނީ ޒިނޭ) ގައި ދައުލަތުން ސާބިތުކޮށްދޭންޖެހެނީ "ފިރިހެނަކު، އޭނާގެ އަނބިމީހާ ނުވަތަ އޭނާ ކުރި ރަޖުޢީ ވަރިއެއްގެ ޢިއްދައިގައި އިން އަންހެނާ ފިޔަވައި، އެހެން އަންހެނެއްގެ ފަރުޖަށް އެ ފިރިހެން މީހާގެ ޒަކަރު ނުވަތަ ޒަކަރުގެ ކުޑަމިންވަރެއް ނަމަވެސް ވެއްދި" ކަމެވެ.

މިމައްސަލައިގައި ހިމެނޭ އަންހެން މީހާއަކީ، އެ ފިރިހެން މީހާގެ އަނބިމީހާ ނޫންކަމާމެދަކު އެއްވެސް މީހަކު ސުވާލެއް ނުއުފައްދާ ކަމަށާއި ސުވާލު އުފެދެނީ ފަރުޖަށް ޒަކަރު ވެއްދިކަން ނުވަތަ ނޫންކަމާމެދު ކަމުގައި ޝަމީން ވިދާޅުވިއެވެ. "އެކަން (ފަރުޖަށް ޒަކަރު ވެއްދިކަން) ސާބިތު ކުރަން ހުށަހެޅީ ޑީއެންއޭ ހެއްކެވެ. ކުއްޖަކު މިއޮތީ ވިހާފައެވެ. ވެއްދިތަން ނުފެނުނަސް، އެހެން ޤަރީނާ (ޑީއެންއޭ) އިން ވެއްދިކަން ސާބިތުކޮށްދެނީއެވެ. އެއީ، ޑީއެންއޭ ލިބޭނީ ނުވެއްދުމަށްވުރެ ބޮޑަށް ވެއްދިކަމަށް ޤަބޫލުކުރެވިގެން ކަމަށްވާތީއެވެ. އެހިސާބުން ޤާނޫނީ ޒިނޭ ސާބިތުވާނެއެވެ. އެއާ ޚިލާފަށް ޝަރުޢީ ޒިނޭ ސާބިތުކުރުމަށް ބޭނުންވަނީ، އެމަންޒަރު ދުށް ހެކިންނެވެ. ދެ ޒިނޭގެ ތަފާތަކީ މިއީއެވެ." ޝަމީމް ލިޔުއްވިއެވެ.

މިކަން އިތުރަށް ސާފުވަނީ ޕީޖީ އޮފީހަށް ޤާނޫނުއަސާސީން ދީފައިވާ ދައުރުން ކަމަށް ޝަމީމް ވިދާޅުވިއެވެ. ކުއްޖާގެ ނަސަބާބެހޭ ގޮތުން ސުވާލެއް އުފައްދާ، އެކަމުގެ މައްޗަށް ވާހަކަ ދެއްކުމުގެ ޤާނޫނީ ހައިސިއްޔަތެއް (ވަރަށް ނާދިރު ޙާލަތެއްގައި މެނުވީ) ޕްރޮސިކިއުޓަރ ޖެނެރަލަކަށް ނުވެސް އޮންނާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި އެއީ މިމައްސަލައިގައި އުފެދިގެންވާނެ ސުވާލެއްވެސް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

މިމައްސަލައިގައި ޑީއެންއޭ ބަލައި ނުގަނެވޭނެކަމަށް ހައިކޯޓުން ނިންމަވާފައިވާ ނިންމެވުމުގެ މިސްރާބު ހުރީ ދައުލަތުން ހުށަހެޅި ކަމާ ދިމާލަކަށް ނޫން ކަމަށާޢި އެމިސްރާބު ރަނގަޅުވިނަމަ، ޑީއެންއޭއާބެހޭ ގޮތުން ސުވާލެއް އުފެދޭނެ ޖާގައެއް ނޯތީސް ކަމަށް ޝަމީމް ވިދާޅުވިއެވެ.

"ޚުލާޞާއަކީ، ޑީއެންއޭއަކީ މިމައްސަލައިގައިވެސް އަދި އެހެން މައްސަލަތަކުގައިވެސް ޖިނާއީ ކުށް ސާބިތުކުރުމަށް ބޭނުންކުރެވޭނެ ހަރުދަނާ ޤަރީނާއެކެވެ. އެނޫން ގޮތަކަށް ހައިކޯޓުގެ ޙުކުމުގައެއްވެސް ނެތެވެ. ފަތުވާ މަޖިލީހުގެ ފަތުވާގެ ދެވަނަ ބައިގައި އޮތީ، "އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިނުވާ ބޮޑެތި ޖަރީމާތައް ހިންގާ މީހުން ހޯދުމުގައި ޑީއެންއޭ ޤަރީނާއެއްގެ ގޮތުގައި ބޭނުން ކުރެވިދާނެކަމަށް ފިޤުހު ޢިލްމުވެރިން ވިދާޅުވެފައިވާ" ކަމަށެވެ. އެހެންކަމުން، ޤާނޫނީ ޒިނޭ ސާބިތުކުރުމަށް ޑީއެންއޭ ބޭނުން ކުރެވިދާނެކަމަށް ޚުދު ފަތުވާ މަޖިލީހުންވެސް އެއްބަސްވެއެވެ." ޝަމީމް ވިދާޅުވިއެވެ.

ޑީއެންއޭ އިން ދަރީގެ ބައްޕަ ސާބިތުނުކުރެވޭނެ ކަމަށް ހައިކޯޓުން ކުރި ޙުކުމް އިސްތިއުނާފު ކުރުމާއި ގުޅޭ ގޮތުން ޝަމީމް އޭނާގެ ލިޔުއްވުމުގައި އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

44 ކޮމެންޓް

  1. ޙާމް

    ޝަމީމް ކަލޭތީ ދީން ގަބޫލު ކުރާ މީހެެއް ނޫންކަން ހުރިހާ ދިވެހީން ދަނޭ. ޢިސްލާމީ ޝަރީއަތުގަ ޒިނޭސާބިތު ވާނެގޮތް އެއޮތީ ކަނޑައަޅާފައި.

    78
    14
    • ތިކަން މަށަކު ނުދެނަހުރިން.....

      ޝަމީމް އިސްލާމްދީން ޤަބޫލު ނުކުރާކަން ގައިމުވެސް މަށަކަށް ނޭނގެއެވެ. މަވެސް މިއީ ދިވެއްސެކެވެ. މިހެން ބުނަން މިޖެހުނީ، އެކަން ހުރިހައި ދިވެހިން ދަނެޔޭ، ބުނެފައި އޮތީމައެވެ. ހިތްހަމަ ނުޖެހޭހައި ފަހަރަކު، މީހުންނަށް ނުބައިވެގެންވީ، ބޮޑެތި ތުހުމަތުތައް ކުރުމަށް އިންތިހާޔަށް ބިރުވެތި ވާތީއެވެ.

      16
      28
      • ތީ މުނާފިގެއް.

        ކާލެއަށް ނޭންގުނސަ ގިނަ ދވހި ރައްޔިތންނަށް އިންގޭ.

        1
        1
      • ސޯޓު

        ދަރީގެ ޑީއެންއޭއޭއާ ފިރިހެންމީހާގެ ޑީއެންއޭ ދިމާވުމަކީ ވެއްދީކަމަކަށް ނުބެލެވޭނެ. ނުވައްދާވެސް ދަރިންލިބޭކަން ޕީޖީއަކަށް ނޭނގޭތަ؟

        1
        1
  2. ތޮރާ

    މީނަކިއެވީގާނޫނެއްނޫންތައްކިއެވީތާކުންނޫންތަ ކޯޓުތަކުގެ ގާޒީން ކިއެވީ ދިވެހިރާއްޖެ ހައިކޯޓުން އެބުނަނީ ޒިނައިކޮށްގެން ލިބޭ ދަރިން ޑީއެންއޭ ދިމާވި އަސް އޭގެ މައްޗަށް ބިނާކޮށް ޙުކުމް ނުކުރެވޭނެ ކަމަށް

    27
    6
  3. ޯދބޖ

    ކަލޭތީ ތަނެއްދޮރެއްނުދަންނަ މޮޔައެއް.
    ހަމަ އެކަނި ޤަރީނާއަކުން ބެލެންސް އޮފް ޕްރޮބަބިލިޓީސްގެ ދަށުން ސާބިތުކުރެވޭނީ މަދަނީ މާއްސްލައެކްނި
    ޖިނާއީ މައްސަލައިގައި އެކަށީގެންވާ ޝައްކެތްނެތް މިންވަރަށް ސާބިތުކޮށްދޭންޖެހޭނެ. ހަމައެކަނި ސަރކަމްސްޓޭންޝަލް ޤަރީނާއަކުން ނުފުދޭނެ.
    މިއީ ހަމައެކަނި ޤާނޫނީ ނަޒަރުންބަލާއިރު ކަންއޮތޮގޮތް.
    ކަލޭ ފުރަތަމަ ދާންވީ ފޮތްކިޔަން.

    42
    6
  4. އޯކެ

    ހެޔޮނިޔަތުގާ ކުރާޒިނޭ އޯކެ ވާނެ ދޯ

    17
    8
  5. Anonymous

    ޒިނޭ ސާބޮތުކުރުމަށް ﷲ އާއި އެކަލާނގެ ރަސޫލާ އަންގަވާއިވާގޮތް ފިޔަވައި އެހެން ގޮތަކުން އެކަން ސާބިތެއް ނުކުރެވޭނެ. ޒިނޭ ސާބިތުކުރަން ބޭނުންވާ މިންގަނޑު ﷲވަނީ ޤުރްއާނުގައި ބަޔާންކޮށްފަ. ހަވާ ނަފްސަށް އަންނަހާ ގޮތަކަށް ތިކަންކަމެއް ނުކުރެވޭނެ. ޤާނޫނު ކިޔާ ޒިނޭއެއް އަމިއްލައަކަށް ކަނޑަ ނޭޅޭނެ. ޤާނޫނަކުން ތީ އަންހެނެއްކަމަށް ކަަނޑައެޅިޔަސް ބޭއުފުޅާވާނީ ހަމަ ފިރިހެނަކަށް.
    ޤާނޫނު އެއީ ހުރިހާ ކަމެއްގެ ޙައްލެއްނޫން. ރިވެތި އަދަބާއި އަޚްލާޤު ހުރިހާ ކަމެއްގެވެސް ޙައްލު.

    59
    6
  6. އިބްނު އިސްމާޢީލް

    ޝަރުޢީ ޒިނޭއާ ޤާނޫނީ ޒިނޭ ވެސް އޮވޭތަ

    44
    4
    • މިސައިލަކަށް

      ރެޑިކަލް އިސްލާމާއި ލިބަރަލް އިސްލާމް.
      ހަރުކަށި ފިކުރާ މަޑުކަށި ފިކުރު.
      ސުންނީ މުސްލިމުންނާއި ލިބަރަލް މުސްލިމުން.
      ގާނޫނީ ޒިނޭއާ ޝަރުއީ ޒިނޭ.
      ޤުރުއާނާ ޙަދީޘާއި އޯލްޓަނޭޓިވް ނެރޭޓިވް.

      23
      1
  7. ވިސްނާލުމަށް އެދެމޭ

    ތިޔަބުނާ ގާނޫނީ ޒިނޭ ސާބިތުކުރަންހަދާ ޑީ އެން އޭ އަކީ ބަދަލުކުރެވިދާނެ އެ އްޗެ...ފަ އިސާދީގެން ހުކުމް ގަނެވޭގޮތަށް ޑީ އެން އޭ ގަނެވިދާނެ... އެހެންވީމަ ކުށެ އްނެތް މީހަކަށްވެސް އަދަބުދެވުމުގެ ފުރުސަތުބޮޑު ތިގާނޫނުން.. އިސްލާމީ ޝަރީ އަތުގަ ކަމެވެގެންދޯ ޒިނޭ ސާބިތުކުރަން ހަތުރުމީހުންގެ 8ލޮލަށް ފެންނަޖެހޭކަމަށް ކަޑަ އަޅުވާފަ އޮތީ ސަބަބެވާތީ..ނޫންނަމަ ލޮލަށް ނުފެނުނަސް ކަފަތަށް އަޑު އިވޭ މީހެއ އްގެ ހެކިބަަސްވެސް ހިމެނު އްވީސްތާ... ޒިނޭގެ ތުހުމަތުވާ ދެމީހުންތިބި މާހަ އުލު އެނދުތަންމަތި ފެންނަގޮތުންވެސް ހެކި ދެވިދާނެދޯ... އެކަމަކު އިސްލާމީ ޝަރީ އަތުގަ މިކަން މިގޮތަށްނެތީ އިސްލާމީ ޝަރީ އާ ފުރިހަމަވެ އިންސާނުންގެ ކަރާމާތާ އަބުރު ރަ އްކާތެރިކޮށް އަދަބުދިނުމަށްވުރެ ރަ އްކާތެރިކަމަށް ބާރުދޭތީ..ވިސްނާ އިސްލާމްދީން އަހަރެމެންނަ ކިހާ ހިމާޔަތެދޭކަން...ގާނޫނީޒިނޭ ހުޅަގުގެ ގާނޫނު މިރާ އްޖޭގަ ނުހިންގޭނެތީ ފަޑިޔާރުންގެ ހުކުމް އެގޮތަށްނެރުނީ...

    40
    6
    • މޯލްޑިވިޔަން

      ހައްހައްހާ ދުވަހަކު ތި 8 ލޮލަކަށް ނުފެންނާނެ

  8. ސައްފަތު

    ފިރިހެންމީހާ ޒިނޭކުރިކަން ސާބިތުކުރާކަށް ޑީއެންއޭ ހުށައެއް ނޭޅޭނެ. އެއީ ޒިނޭ ސާބިތުކުރުމަށް އޮތް ހެއްކެއްނޫން. ޒިނޭ ސާބިތުވާނީ އިޢުތިރާފުން ނުވަތަ 4 ފިރިހެނުންގެ ހެކިބަހުން. މިނޫން ހެއްކެއް ނޯވޭ. ޤާނޫނެއްގަ ކަލޭމެން ލިޔުނީމަ ލިޔެވިދާނެ ޒިނޭ ސާބިތުވާނެޔޭ އަންހެންމީހާ ބުނާ ބަހުން އެކަނިވެސް. ނުވަތަ ޕީޖީއަށް ލަފާކުރެވޭ ލަފާކުރުމުންވެސް. އޭރުން އެއޮތީ އެގޮތަށް ސާބިތުކުރެވިފަ. އެކަމު އެއީ އިސްލާމްދީނުގައި އެކަން އޮތް ގޮތެއްނޫން. ޤާނޫނީ ޒިނޭއަކީ އިސްލާމީ ޝަރީޢަތް ދަންނަ އެއްޗެއް ނޫން.

    42
    3
  9. ސަމްސިއްޔާ

    ދެންތިޔަ ބުނާ ޤާނޫނީ ޒިނޭ ސާބިތުވީމަ ވަނީ ކީއްތަ؟؟

    21
  10. 111،ނމބ

    އިސްތިއުނާފު ނޮކޮށް ޙުކުމަށް ފާޑުކިޔުމަކީ މިހާރުގެ ޕީޖީގެ ވަރަށް ދަށު ދަރަޖައިގެ އަމަލެއް

    32
    1
  11. ކަނަމަނަ

    ތީވެސް ދިބުނާވައްތަރުމީހެއް

    17
    1
  12. ރާއްޖެ

    “ވެއްދިތަން ނުފެނުނަސް، އެހެން ޤަރީނާ (ޑީއެންއޭ) އިން ވެއްދިކަން ސާބިތުކޮށްދެނީއެވެ.” ޑީއެންއޭ އިން ވެއްދި ކަން ސާބިތު ކޮއްދެނީ ކިހިނެއް؟ ނުވައްދާ ވެސް ދަރިން ލިބިދާނެ. ޑީއެންއޭ މެޗް ވެސް ވެދާނެ. އެ ޒިނޭއަށް ފެތޭނެ ގޮތެއް ބުނެދީ.

    37
    5
    • އޫލީ

      ރަނގަޅު ޕޮއިންޓެއް

  13. ޝިޢާ

    ޑީ އެން އޭ އިން ދައްކަފާނެ މިސާލަކަށް ވަރަށް މަދު ޙާލަތެއްގައި އެއް ފެންގަނޑަކަށް އެރި އުޅެނިކޮށް ފިރިހެންމީހާގެ މަނި ބޭރުވެގެން އެ މަނި އަންހެންމީހާގެ ފަރުޖަށް ވާސިލުވާ ހަލަތުގައިވެސް. އަދި ހަމަ އެގޮތަށް ފިރިހެނެއްގެ މަނި މަރުނުވަނީސް ކޮންމެވެސް ސަބަބަކާ ހުރެ އަންހެންމީހަގެ ފަރުޖަށް ވާސިލުވިއަސް. މިދެ ހާލަތުގައިވެސް ޑީއެންއޭ އިން ދައްކާނީ ފިރިހެންމީހާގެ ޖީން. އެކަމަކު ކިހިނެއްތޯ މިހާލަތުގައި ފިރިހެންމީހާ ޒިނޭކުރިކަމަށް ނިންމާނީ. މިއީ މަދުން ނަމަވެސް ކަން ހިނގާފައި ހުރި ގޮތްތަކެއް. ޝަރޮޢުގައި ކަން ވަކިގޮތަކަށް ކަނޑަ އެޅިފައި އެ އޮންނަނީ ބައެއްހަފަރު އަޅުގަނޑުމެންނަށް އޭގެސަބަބު ނޭގޭ ހާލަތްތަކެއްގައި.

    13
    3
    • ހަކު

      މީހަކު ބޯހަތްފަޅި ވެދާނެ ޝަހާދެއް މިބުނީ އެއްފެން ގަނޑަކަށް އެރި އުޅޭ އިރު ބަނޑުބޮޑެއް ނުވާނެ އަންހެނާގެ ފަރުޖަކީ އޭގެ ޒާތުގައި އަމިއްލައަށް ހުޅުވިފައި ހުންނަ އެއްޗެއްނޫން.

      2
      3
  14. ރަންބުއްދި

    ހިލޭ އަންހެނުން ނޫން އަންހެނަކާ އެކު ޝަހުވާނީ އެދުން ފު އްދުމަށް ލަދުވެތި ދެގުނަވަން ބަ އްދަލުކޮށް އެކުރާ ކަމަކީ ޒިނޭ އަކަށް ވާނެތޯ؟

    6
    1
  15. އައިވީއެފް

    ދަރީގެ ޑީއެންއޭއޭއާ ފިރިހެންމީހާގެ ޑީއެންއޭ ދިމާވުމަކީ ވެއްދީކަމަކަށް ނުބެލެވޭނެ. ނުވައްދާވެސް ދަރިންލިބޭކަން ޕީޖީއަކަށް ނޭނގޭތަ؟

    17
    2
  16. ހަބީބު

    ޝަމީމުގެ ވާހަކަ މުޅިއަކުން ގޯހެއްވެސް ނޫން ، ދެކަމެއްގެ ވާހަކަ ޝަމީމު އެފާހަގަ ކުރެއްވީ ، އޭގެ ދީނާއި ޚިލާފް ކަމެްގެ ވާހަކަ ވިދާލެއްނުވޭ

    1
    20
  17. އަބުސީ.

    ޒިނޭގެ ވައްތަރު ބެހެނީ ދެބަޔަށޯ..
    އެއީ ގާނޫނީ ގޮތުން ހުއްދަ ޒިނޭ އާއި ގާނޫނީ ގޮތުން މަނާ ޒިނޭ އޯ.. ބޮލުރޮދި ކެނޑިފަ ތިބޭ މީހުން ޕީޖީ އަށް ލީމަ ވާނެ ގޮތް މީ.

    17
    2
  18. ރ

    ވެއްދިއަސް ނުވެއްދިއަސް މިހާރު މީހުން ގެ ދަރިފަނި ނަގައިގެން ދަރިން ހޯދާ އެހެން ވީއިރު ވެއްދި ކަން ކަށުވަރު ވިއަސް އެހެން މީހެއްގެ ދަރިފަނީގައި ދަރިޔަކު ހޯދަ ފާނެ ދީނުގައި މިފަދަ ކަންކަން ކަނޑައަޅާފައި އެވަނީ މާ މަތިވެރި އަދި އިންސާނާ އުފެއްދިވި މާތް ﷲ އެކަލާންގެ މޮޅަށް ދެނެވޮޑިގެންވޭ ޑީ އެން އޭ އަކީ ކޮވިޑް ޓެސްޓް ކަހަލަ އެއްޗެއް ނުބައި ނަތީޖާ ވެސް ނުކުމެދާނެ އަދި ނެރެވިދާނެ

    14
    2
  19. ކަޅުސޮރު

    ޝަމީމްއަށް މިޒަމާނުގެ ޢިލްމުވެސް އެކަށީގެންވާ މިންވަރަށް ލިބިފަ ނެތީބާ. ފަރުޖުގެ ތެރެއަށް ނުވެއްދިޔަސް ދަރިއަކު ލިބިދާނެ. އެންމެ މޮޅަށް ދެނެވޮޑިގެންވާ ފަރާތުން ހުކުމްތަކާއި، ސާބިތުކުރެވޭނެ ގޮތް ކަނޑައަޅުއްވާފައިވަނީ އެންމެ މޮޅަށް. އެއީ އަހަރެމެންނަށް ނުވެސް އެނގޭ އެތައް ޙިކްމަތްތަކެއް އޭގައި އެކުލެވޭތީ.

    18
    1
  20. ދިވެހިން

    ދަރިފަނި އެހެން މީހެއްގެބަޑަށްލާގެން ވިއްސާ މީހުންގެވެސް ތިބުނާ ޤާނޫނީ ޒިނޭ ސާބިތު ކުރެވިދާނެ ދޯ. މި ލާދީނީ ބައިގަޑު މީ ހެބަލި ވެފައި ރިބި ޖަނައާރުތަކެއް.

    11
    1
  21. Anonymous

    އެހެން މީހެއްގެ ރަޙިމްގައިވެސް ކުދިންވިއްސާފައި އެބަހުރޭ އެއްދާން ނުކޮށް

    13
    1
  22. ޖިމޯ

    ޤާނޫނީ ޒިނޭ އަކީ ވަކި ފިކުރަކަށް ތާއީދު ނުކޮށް އެކި ތަފާތު ފިކުރުތަކާއެކު އެއްދާންކުރުންތޯ

    5
    2
  23. އަންނި

    އަދި ވަރަށް އަވަހައް ހަލާލު ޒިނޭވެސް އިތުރުވާނެ.

    10
  24. ދަރި

    ޒަކަރު ފަރުޖައް ވައްދައިގެން އެކަނިތޯ މިޒަމާނުގަ ދަރިންހޯދަނީ، އެހެން ވަސީލަތްތައް ބޭނުން ކޮށްގެންވެސް މިޒަމާނުގަ ދަރިން ހޯދައެވެ.

    8
    1
  25. ޙުސާމް

    100% ރަނގަޅު ވާހަކައެއް ޟަމީމް. ތި އަލިފްބާ މުއްލާއިންނަކަށް ނޭގޭނެ

    2
    13
  26. ނީނާ

    ލީގަލް ޒިނޭ އަދި ޝަރީޢާ ޒިނޭ އެއް ނުއޮންނާނެ. ޒިނޭއަކީ އޭގެ ޒާތުގައި ޙަރާމް ކަމަށް ދީނުގައި އަންގަވާފައިވާ ކަމެއް. އެ އޮންނާނީ ޙަރާމް ކަމެއްގެ ގޮތުގައި. އެކަން ލީގަލް ކޮށް ޝަރީޢާ ކުރާކަށް ނުޖެހޭނެ.

    10
    1
  27. ޤާދިރު

    ޒިނޭގެ ވައްތަރުތައް ހާދަ ގިނަވެއްޖެއޭދޯ؟ ހަލާލު ޒިނޭއަކީ ކޮބާތޯ ޝަމީމޫ.

    10
    1
  28. މަހޭޝް

    އަޅެ ބަޔަކު މޮޔަނުވޭތަ. ގާނޫނީ ވައްކަން، ގާނޫނީ ޒިނޭ، ގާނޫނީ ދަރި . ގާނޫނީ އަނބި މިއީ ދެން ކޯއްޗެއް އެކައްޗެއްވެސް ދެން ޝަރީޢަތުގެ ތެރެއަށް ލާނެ ކަމެއްނެތެއްނޫން.

    11
    1
  29. އައިސް

    ޑީއެންއޭ 100% ތޯ-؟ ނުވާނަމަ 100% ކުރާނީ ކިހިނެއްތޯ؟ ސާބިތުކޮށްފައި ފަހުން ނުބައި ކަމަށް ސާބިތު ވެއްޖެ ނަމަ ކުތެވުނު ނުބައި ޙުކުމަށް ޒިންމާވާނީ ކާކިތޯ؟

  30. ފަޒޫ

    މިތަނުގަ ކޮމެންޓް ކޮށްފަ ތިބި މީހުންނާއި ދޭތެރޭ ވަރަށް ބޮޑަށް ޝަށްކު އެބަ އުފެދޭ. މަށައް ހީވަނީ މިކަމާއި މިވަރަށް ބިރުން މިއުޅެނީ ނަސްލު އޮޅުވާާލައިގެން އުޅޭ މީހުންހެން. ބަލަ ޑީއެންއޭ އިން ތިޔައްވުރެން ބޮޑެތި ކަންތަަށްވެސް ގަބޫލް އެބަކުރެވޭ. މަ ބޭނުން މަގޭ ބޭބެގެ ދަރި ޑީއެންއޭ ހަދަން ސަބަބަކީ އޭނަގެ އަނބިމީހާ އުޅެނީ އޭނަގެ ބޮލުގަވެސް ދަރިޔަކު އަޅުވައިގެން. އޭނަޔަކީ ދަރިން ނުލިބޭ މީހެއް

    1
    3
  31. Anonymous

    ވަޟަޢީ ޤާނޫނު ތައް ބޭކާރު އެއްޗެއް
    އިލާހީ ޤާނޫނަށް ޢަމަލު ކުރައްވާ. އެއީ އެންމެ ފުރިހަމަ ފަރާތުން އަންގަވާފައިވާ އެންމެ ފުރިހަމަ ގޮތް. އިންސާނުން ނަކީ އުނިބައެއް. އިންސާނުން ކުރާކަންތަކުގައި އުނިކަން ހުންނާނެ. ކޮބާތޯ މިސަރުކާރުގެ ޝެއިޚްމެން ބަސްފުޅެއް ވިދާނު ނުވަންތޯ މިކަމުގައި.

  32. ސސ

    ޝަރުޢީ ޒިނޭ ޤާނޫނީ ޒިނޭ މީ ކޮންތާކުން ނެރެގެ އުޅޭ ލަފުޒުތަކެއްތޯ ؟ ޝަމީމޫ ތިއުޅެނީ ކޮން ޖަރައެއްގައިތޯ !

  33. ރައްޔިތު

    އެހެން ވެއްޖިއްޔާ ގާނޫނީ މުރުތައްދުންނާ ޝަރުއީ މުރުތައްދުންވެސް އެބަ އުޅޭތާ.! ޝަމީމު ވަރިކުރިފުޅު މުރުތައްދު ޝަހިންދާ ވާނީ ޝަރުއީ މުރުތައްދަކަށް އަދި ޝަމީމު ވާނީ ގާނޫނީ މުރުތައްދަކަށްދޯ..؟!

  34. ރިހާކުރުކުޑޭ

    މިއަދުގެ ފުރަތަމަ ސުވާލު ؟
    ގާނޫނީ ޒިނޭއާއި ހަރާމް ޒިނޭއާއި ހުރިތަފާތަކީކޮބާ؟؟

  35. ރާވެރިބެ

    ހައްހައްހާ ... ގާނޫނީ ޒިނޭ ... ދެމީހުން ރުހިގެން ކުރާ ޒިނޭ ... މަސްތުގެ ހާލުގާ ކުރާ ޒިނޭ ... ނޭނގި ހުއްޓާ ކުރެވުނު ޒިނޭ ... ބޮލައް އަރައިގެން ކުރި ޒިނޭ ...

    މިހެންގޮސް މިވެރިން އިސްލާމީ ޝަރީއަތް ފުނޑާލަން ކޮންމެ ފަދަ އެއްޗެއް ގޮވިޔަސް މަމެންވީ އަތްޖަހަން ... ބޯހަލާކު

  36. ޕީޖީ އިސްތިއުފާ

    . އަންހެނަކު ވިހެއީމަ އޭނަގެ އެތެރެޔަށް ޒަކަރަ ވައިންކަން ސާވިތު ވާނެ. އެކަން އިތުރަށް ސާބިތު ކުރާކަށް ނުޖެހޭ.

    1
    1
  37. ޢަކް

    މީހެއްގެ ބޮލުގަ ކުށް އަޅުވަން ޑީއެންއޭ ބޭނުން ކުރެވޭ ގޮތަށް 4 ހެކިން 400 ރ އަށް ނުހޯދޭނެ ބާ؟ ޑީއެން އޭ ޓެސްޓަށްވުރެ ޚަރަދު ކު ޑަވެސް ވާނެ. އަދީބް ބްރޯ ވެސް ހެއްކަކަށް ބެލެވޭ ޒަމާންމީ. ދެން ބުނާނެ ދޮގު ހެކި ދިނުމަކީ އެމީހެއްގެ ގޯސްކަމޭ. ޑީއެންއޭ އޮޅުވާލުމަކީ ވެސް އެ ލެވެލްގެ ކަމެއް....