ނަސާރާއިން ފާހަގަ ކުރާ ކްރިސްމަސް ދުވަހުގެ ތަހުނިޔާ ކިއުމަކީ މައްސަލައެއް ނޫންކަމަށް މުފްތީ މެންކް ވިދާޅުވިކަމަށް ރާއްޖޭގެ މީޑިޔާ އަކުން ލިއުނު ހަބަރަކީ މެންކްގެ ވާހަކަތައް އޮޅުވާލައި މެންކް އާއި ގުޅޭގޮތުން ފެތުރި ދޮގު ވާހަކައެއް ކަން ހާމަވެއްޖެ އެވެ.

އިސްލާމީ އުއްމަތުގެ މަޝްހޫރު ދީނީ ދަރުސް ދެއްވާ ބޭފުޅެއް ކަމަށްވާ މުފްތީ މެންކް އޭނާގެ މީސްމީޑިޔާ މެދުވެރިކޮށް ކޮންމެ ދުވަހަކުވެސް ދަރުހާއި އިސްލާމް ދީނުގެ ހަމަތަކާއި އުސޫލުތައް ތަފްސީލުކޮށް ދެއްވާއިރު އެފަދަ ބޭފުޅެއް ދެއްކެވި ކަމަކަށް ބުނެ ރާއްޖޭގެ މީޑިޔާ އަކުން ދެއްކި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިއުންވެސް އެ ނޫހަށް ވަނީ އަމާޒު ވެފައެވެ.

ކްރިސްމަސް އަކީ އީސާގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް ދުވަހުގެ ގޮތުގައި، އެކަލޭގެފާނަކީ މާތް الله ގެ ދަރިކަލެއް ކަމަށް ބުނާ ކްރިސްޓިއަނުން ފާހަގަ ކުރާ ދުވަހެކެވެ. ކްރިސްޓިއަނުންގެ ތެރޭގައިވެސް މި ދުވަސް ފާހަގަ ކުރަނީ ވަކި ބައެކެވެ. ޒަމާނަށް އައި ބަދަލާއި އެކީ ކްރިސްޓިއަން ދީނުގެ ތެރެއަށް ވަދެފައިވާ ބިދުއަތަކާއި އެދީނުގެ ފޮތްފޮތަށް ގެނެސްފައިވާ އުނި އިތުރުތަކުގެ ސަބަބުން އެ ދީނުގެ ތެރޭގައިވެސް އެކި ކަންކަން ވަނީ ބަދަލުވެގެން ގޮސްފަ އެވެ.

ޤައުމުތަކުގައި އަހަރީ ޗުއްޓީ އަންނަ މި ދުވަސްވަރަކީ ކްރިސްމަސް ވެސް އަންނަ ދުވަސްވަރަށް ވާއިރު މުސްލިމުންނާއި އެކި ދީންތަކުގެ މީހުން އެކީ އުޅެން ޖެހިފައިވާ މި ޒަމާނުގައި މުފްތީ މެންކް މީސްމީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަނީ ކްރިސްމަސް ފާހަގަ ކުރިޔަސް ނުކުރިޔަސް އަދި މިހާރު ޗުއްޓީގައި ހުއްޓަސް ނެތަސް އެންމެންނަށްވެސް އިހުތިރާމް ކޮށް އެންމެން އެއްބައިވަންތަ ކަމާއި އެކީ އުޅުމަށް އެދިވަޑައިގެންނެވި އެވެ.


އެންމެން އެއްގޮތް ނުވާނެކަން ގަބޫލުކޮށް އެންމެން ގެ ހިޔާލު ތަކަށް އިހްތިރާމް ކުރަން ދަސްކުރަން މުފްތީ މެންކް ވިދާޅުވިއިރު މެންކް ވިދާޅުވީ ތިމާގެ ފިކުރު އަނެކާއަށް އަންގައިދޭން އުޅެ އެކަމަކަށް ބާރު އެޅުމުން ދުނިޔޭގެ ހައްލެއް ނުވާނެ ކަމަށެވެ. އެހެންކަމުން ރުޅި އައުމާއި ދުރުވެ ލޯބި ފެތުރުމަށް ލޯބި ކުރުމަށްވެސް މެންކް އެދިލެއްވި އެވެ.

ދިވެހީންގެ ތެރޭގައި ހަމަޖެހުން ނަގާލައި އިސްލާމް ދީނުގެ ރިވެތި އާދަކާދަކަށް ނަގާލައި އެހެން ދީންތަކުގެ ކަންކަން މި ދީނުގެ ތެރެއަށް ވައްދަން މަސައްކަތް ކުރާ އެތައް ބަޔަކު އުޅޭއިރު އެއީ އެންމެން އެފަދަ ކަންކަމަށް ހުށިޔާރަވެ އެފަދަ ކަންކަމުން ކުރިޔަށް އޮތް ތަނުގައި ވެސް ދުރުވާން މަސައްކަތް ކުރަންވީ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލޮލް

    ފުރަތަމަ އަށް، އިސްލާމީ ފިކުރަކީ ވަކި މީހަކަށް ޚާއްސަވާ ފިކުރެއް ނޫން. މައްސަލައަކީ ވަކިވަކި ފަރުދުންގެ "އޮޕީނިއަން" އެއް ނޫން. މިފެންނަނީ އިސްލާމް ދީނުގައި، ޤުރުއާނާއި ސުންނަތުން އެނގި ހާމަ ވާ ކަންކަމަށް ސީދާ ހަރުއަޑުން އަމިއްލަ ރަޢުޔު ނެރޭތަން. ރަސޫލޫﷲ ފެތުރީ އަމިއްލަ "އޮޕިނިއަނެއް" ނޫން. މާތް ﷲގެ ދީން. ޒަމާން ބަދަލުވުމަކުން ދީނެއް ބަދަލެއް ނުވޭ. މީހުންނަށް އޮޅުވާލާ އަމިއްލަ ރަޢުޔަށް ވާހަކަ ނެރޭ ޝައިޚުންނަށް ޤުރުއާނުގައި ނަންގަނެވިފައި ވަނީ ފޮތް އުފުލާ ހިމާރުންގެ ނަމުންކަން ހަނދާން ކުރަން އެބަޖެހޭ

    44
    4
  2. އަބްދޫ

    ޔަހޫދީންނަ ނަސާރާ އިންކުރާ އަޅުކަންތަކާ އީދުތަކުގަ ތަހުނިޔާ ފޮނުވުމަކީ ބާތިލް ކަމަކަށް ހިތްވަރުދިނުން. ބާތިލް ކަންކަން ކުރާ އެހެން ދީނަތަކުގެ މީހުން ކުރާކަންކަމަށް ފަޑުކުއުމެއް މުސްލިމުންނަކަށް ނެތް. ހަމައެފަދައިން ކާފަރުން ކުރާ ބާތިލް ކަންކަމަށް ތަހުނިޔާކިޔާ ތަރުހީބު މުސްލިމަކު ދިނުމަކީ އެމީހާ ފާފަވެރިވާނެކަމެއް. ސަބަބަކިީ އެއީ ބާތިލް ކަމެއްކުރަން ހިތްވަރުދެވޭތީ .ދީނުގެ ހުކުމް ވިދާޅުވާނީ ކަމުގެ އިލްމު ލިބިފަިވާ ބެފުޅުން. އެގޭ ކަމަކީ މުސްލިމެއްގެ ނަމުގަ ހުރެ ބާތިލްއަގިދާ ކުރިއަރުވަން ތަރުހީބުދީ ތަހުނިޔާ ފޮނުވާމިހާ ވާހުށީ މުނާފިގުންގެތެރޭގާ ކަން.

    49
    5