ރިއްމަހަކީ ދިިވެެހިން އާންމުކޮށް ކެއުމަށް ބޭނުންކުރާ މަސްތަކުގެެ ތެެރޭގައި ހިމެެނޭ މީރުމަހެެކެެވެ. މި މަސް އެކި ގޮތްގޮތަށް ތައްޔާރުކޮށްގެެން ދިިވެެެހިންގެެެ ތެރޭގައި ޒަމާނުުއްސުރެެ ބޭނުންކުރެެެއެެވެ.

ވަކި މޫސުން މޫސުމާއި ދިމާކޮށް ރާއްޖޭޭގެެ ބައެއް ރަށްރަށުގެ ފަޅު ތެެރެއަށް މަސް ވަދެ ފުރާލައެވެ. އެގޮތުން ތ.ބުރުނީ ފަޅު ތެެރެއަށް ރާގޮނޑި ވަންނަ ވާހަކައާއި ހދ. ނޮޅިވަރަންފަރުގެ ފަޅަށް ރިއްމަސް ވަންނަ ވާހަކައަކީވެެސް ޒަމާނުއްސުރެ ދެެކެެވެެމުން އަންނަ ވާހަކަތަކެކެެވެެ.

މިދިޔަ ހޮނިިހރު ދުވަހުން ފެށިގެެން ނޮޅިވަރަންފަރު ފަޅު ތެރެއަށް އަންނަނީ ގިނަ އަދަދަކަށް ރިއްމަސް ވަންނަމުންނެވެެ. މިއީ އެރަށު ރައްޔިތުންނަށް އަންނަ އީދެެއް ކަހަލަ ދުވަސްކޮޅެެކެވެ. ކޮންމެ އަހަރަކުވެސް ރިއްމަސް ވަންނަން ފެށުމާއި އެެކު ރައްޔިތުންގެ ކުދިބޮޑު އެންމެެެން ނިކުމެެ ރިއްމަސް ހިފުމަކީ އެރަށު ރައްޔިތުންނަށް މަޖާ، އަދި އެހާ ހިިތްހަމަ ޖެެހޭ ކަމެކެެެވެ.

ނޮޅިވަރަންފަރުން ވާހަކަދެއްކިި މީހަކު "ވަގުތު" އަށް ބުނީ ރިއްމަސް ހިފުމަކީ ޒަމާނުއްސުރެެ އެެރަށުގެ ރައްޔިިތުންގެެ މެެދުގައި އޮންނަ އެކުވެެރިކަން އާލާކޮށް ރަށުގެ ރައްޔިތުން ގުޅިިގެެން ކުރާ ކަމެެއް ކަމަށެވެެ.

"އަހަރުމެން ހަނދާންވާން ފެށީއްސުރެެ ރިއްމަސް ވަންނަން ފެށީމަ ރައްޔިތުން ނިކުމެެެ އެެކުގައި މަސް ފިހެެެގެން ކެއި ދުވަސްވަރުވެެސް މާޒީވެެ ހިނގައްޖެ. މިހާރު އެެހެނެއް ނޫޅޭނެެ. އެކަމަކުވެެސް އެންމެެން އެކީ ނިިކުމެ މިހެން އުޅެވުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެެެހުމެއް" އޭނާ ބުންޏެެވެެެ.

ނޮޅިވަރަންފަރު ފަޅުތެރެއަށް ރިންމަސް ވަދެފައި - ފޮޓޯ: ފޭސްބުކް

 

އޭނާ މައުލޫމާތު ދިން ގޮތުގައި ކޮންމެެ ދުވަހަކު ރިއްމަސް ވަންނަނީ ހެެނދުނު 7:00 އާއި 9:00 އާއި ދެމެދު އެވެ. އޭގެެ ފަހުންވެެސް ކޮންމެވެސް ވަރަކަށް ރިއްމަސް އެރަށުގެެ ފަޅުތެރޭގައި އުޅޭ ކަމަށާއި، ނަމަވެސް އެގަޑިއަކީ ފަޅުތެެރެެއަށް މަސްވަދެެ ފުރާލާ ގަޑިއެއް ކަމަށް އޭނާ ބުންޏެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން ނޮޅިވަރަންފަރު ކައުންސިލްގެެ ނައިބު ރައީސް އަހުމަދު ވަހީދު ވިދާޅުވީ ކޮންމެެ ދުވަހަކު ރިއްމަސް ހިފުމަށް ރަށުގެެ ރައްޔިތުންގެ ތެރެެެއިން 200 އާއި 300 އާދެމުގެ މީހުން ނިކުންނަ ކަމަށެެވެ. އޭނާ ވެެސް ވަނީ މިއި ރައްޔިތުންގެ މެެދުގައި އޮންނަ އެެއްބައިވަންތަކަން އިތުރުވާނެ ކަމެއް ކަމަށް ވިދާޅުވެފައެވެ.

"ރައްޔިތުންގެ ތެރެއިން ކިރިޔާވެސް ދެވެން ހުންނަ މީހަކު ދާނެެ ރިއްމަސް ހިފަން. މިއީ ރަށުގެެ ރައްޔިތުންގެެެ މެދުގައި އޮންނަ އެެއްބައިވަންތަކަން އާލާވާ ކަމެއް." އަހުމަދު ވަހީދު ވިދާޅުވިއެެވެ.

އޭނާ ވިދާޅުވީ ރިއްމަސް ވަންނަނީ ރަށުގެ ދޮންފަޅު ކިޔާ ސަރަހައްދަކަށް ކަމަށެވެ. އަދި އެސަރަހައްދަށް މަސް ވަނުމުން ހިފަން ފަސޭހަ ކަމަށާއި، އެރަށުގެ އޮންނަ ވިލުތެރެެއަށްވެސް މަސް ވަންނަ ކަމަށެވެެ. އަހުމަދު ވަހީދު ވިދާޅުވީ ކޮންމެެ އަހަރަކުވެެސް މިގޮތަށް މަސް ވަންނަނީ އިރުވައި މޫސުމާ ދިމާކޮށް ކަމަށެވެ.

ނޮޅިވަރަންފަރު ފަޅުތެރެއަށް ރިންމަސް ވަދެފައި - ފޮޓޯ: ފޭސްބުކް

 

މިގޮތަށް ހިފާ މަސް އާންމުކޮށް ބޭނުންކުރަނީ ކޮންކަމަކުތޯ ސުވާލުކުރުމުން އަހުމަދު ވަހީދު ވިދާޅުވީީ މަސް ވިއްކައި ނުހަދާކަމަށެވެ. އޭގެ ބަދަލުގައި މަސް ބޭނުން ކުރަނީ ރިހާކުރު ހެދުމާއި، ގަރުދިޔަ ކެއްކުން އަދި ވަޅޯކޮށްގެން އެެެހެން ކެެއުންތައް ތައްޔާރުކުރުމަށް ކަމަށް އޭނާ ވިދާޅުވިިއެވެ.

ރައްޔިތުން ނިކުމެެ އާންމުކޮށް ރިއްމަސް ހިފަނީ ދާބުރިި ޖަހައިގެން ކަމަށާއި، އެގޮތަށް ހިފާ މަސް އެެތަނުގައއި ތިިބޭ އެންމެންގެ މެެދުގައި ބަހާލާކަމަށް އޭނާ ވިދާޅުވިިއެވެ.

މީގެ ކުރިންވެސް މިބާވަތުގެ މަސް ވަނީ ރާއްޖޭގެެ ބައެއް އެހެން ރަށްރަށުގެެ ގޮނޑުދޮށްތަކަށްވެސް ވަދެފައެެވެ. އެގޮތުން ދާދި ފަހުން ނ. މާފަރުގެެެ ފަޅުތެެރެއަށް ވެސް ރިއްމަސް ވަދެފައި ވެއެެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ދޯ

    ދާ ޖަހައިގެން މަސް ނެގުން މަނާ...ކޮބާ ކައުންސިލް

    37
    9
    • ޚުލބސ

      ހަމަހަމައަށް މަސް ބެހުމުގައި

      13
  2. މާމިގިލީ މީހާ

    މާމިގިލީ ރައުންޑޭ، ދޮންފަނު މުހައްމަދު ކަލޭމެންނައް ތިޔަ އޮތީ ރަސްކަން ލިބިފަ.

    15
    1
  3. ަސދަސސ

    ވައްކަން ކުރމުން ސަރުކާރާއި ނުވަތަ ޕޖ އާއި އެކު އެއްބަސްވުމެއް ހެދީމާ އެކަން ނުކުރާކަމަކަށް ވާނެ.
    ދާޖެހުމުގައިވެސް ސިޔާސީ ފިކުރު އަސްލަކަށް ބަލާނީ. ވަކި ޕާޓީއެއްގެ މީހުން އިސްކޮށް އުޅޭންޏާ އެއީ ކުށެއް.

    15
    4
  4. ޅަބޭ

    ތިޔައް ކިޔަނީ ރޯދި ބަރަކާތް. އިބޫ ސޯލިހު، ނޫނީ ފިޝަރީސް މިނިސްޓްރީ ބަރަކާތެއް ނޫން.

    29
    2
  5. ސަރަވަނަ

    ފަޅަށް ވަންނަ މަސް ދާޖަހައި ގެން ހިފުން މަނަލެއް ނުވާނެ ކަނޑުގަ ދާ އަޅައިގެން މަސް ހިފުން މަނާވާނީ ކޮޔާ

    14
    2
  6. ވަނބަރި

    ގަޑިން 9 ހަމަ ޖެހީ، ހުރިހާ މަސްބުނާނެ: "އޭތް ގަޑި ޖެހުނީ. ހިނގާ އަނެއްކާ ކަނޑައް ނިކުންނަން

    8
    2
  7. ކޯރި

    ސެޕްޓެމްބަރުމަހު އާންމުކުރި ގަވައިދުގައި ފަޅުތެރޭގައި 4 އިންޗިއަށްވުރެ ކުދި ގޮޅި ހުންނަ ދާޖަހައިގެން މަސްހިފުމަކީ ކަނޑައެޅިގެން މަނާކަމެއް.

    1
    1
  8. އައި

    ދަލެއް ނޫން ޖަހަނީ ކޮށި ގަނޑު ޖަހަނީ....