ދިވެހި ސަރުކާރާއި ފްރާންސް ސަރުކާރާ ދެމެދު ޖީ-20 ޑެޓް ސާވިސް ސަސްޕެންޝަން އިނީޝިއޭޓިވްއާ ގުޅޭ އެކްސްޗޭންޖް އޮފް ނޯޓްސްގައި ސޮއިކޮށްފިއެވެ.
ލަންކާގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ރާއްޖެ އިން ލަންލާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އުމަރު އަބްދުއްރައްޒާގެވެ. ފްރާންސްގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެ ކަނޑައަޅާފައި ހުންނަވާ ސަފީރު އެރިކް ލެވަޓޫ އެވެ.
ސަރުކާރުން ވިދާޅުވިގޮތުގައި އެެއްބަސްވުމުގެ ސަބަބުން ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވި އިޤްތިޞާދީ ދަތިތަކުން އަރައިގަތުމަށް ދިވެހިރާއްޖެއިން ކުރަމުން އަންނަ މަސައްކަތަށް އިތުރު އެހީއަކަށްވެ، ދަރަނި މެނޭޖްކުރުމުގައި އިތުރު ލުއިތަކެއް ލިބިގެންދާނެ އެވެ.
މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި، ދަރަނި އަދާކުރުން ފަސްކުރުމާ ގުޅޭ މެމޮރެންޑަމް އޮފް އަންޑަރސްޓޭންޑިންގ އެއްގައި މިނިސްޓަރ އޮފް ފިނޭންސް އިބްރާހިމް އަމީރު ވަނީ ބައެއް ޤައުމުތަކާއެކު ސޮއިކުރައްވާފައެވެ.
ފްރާންސް އަ އްކަންޖެހޭ ލޯނެ އް ނެތަސް ފަސްކުރަން ސޮ އެކުރަން ޖެހޭތަ. މީ ރަ އްޔަތުންނަށް މަސަ އްކަތްކުރާ ކަންދަ އްކަން ހަދާ ޚަބަރުދޯ.
ފްލެޓްތަކުގެ ކުލި ކަރަންޓް ބިލް ކޮންއިރަކުންތޯ ފަސްކޮށްލާނީ. ހައުސިންގ ސްކީމްގެ ބައެއް ފްލެޓްތަކަށް ބަރާބަރަށް ބޭންކްތަކުން ލާރި އަތުލާ. ކަރަންޓްބިލް ބިލް ތައްޔާރު ނުކުރެވެނިސް ކަރަންޓްކަނޑާލާ ބިލް ދައްކަން މަޖުބޫރު ކުރޭ. ޓްރެފިކް ޖޫރިމަނާ އުވާނުލެވޭ މާފު ނުކުރެވޭ އެއްޗެއްތޯ
ހަގީގަތުގަ ރައިއްޔަތުންނަށް "ދަރަނިބޯ" ކިޔަން ކުރާހާ މަސައްކަތް. ހޯޕް ހޯޕް ނޫއިގުތިސޯދު.