ހިތުގެ ބަލިތައް ހާއްސަ ޑޮކްޓަރު އަދި ޑިރެކްޓަރ އޮފް ނެޝަނަލް ކާޑިއެކް ސެންޓަރ ގެ މަގާމުގައި ހުންނެވި ޑރ. އަލީ ޝަފީގު އިތުރު ތަމްރީން ހޯދުމަށްޓަކައި ރާއްޖެއިންބޭރަށް ފުރާވަޑައިގެންފިއެވެ.

އައިޖީއެމްއެޗް އިން ބުނީ ސީނިއަރ ކޮންސަލްޓަންޓް އިން ކާޑިއޮލޮޖީ ޑރ. އަލީ ޝަފީގު، ފެލޯޝިޕް އިން ފިޒިއޮލޮޖީ ހެއްދެވުމަށް އެއް އަހަރު ދުވަހުގެ މުއްދަތަކަށް މިއަދު ރާއްޖެންއިންބޭރަށް ފުރާވަޑައިގެންފައިވާ ކަމަށެެވެ.

އޭނާ ވަޑައިގަތީ އިންޑިއާގެ ޓްރިވެންޑްރަމްގައި ހުންނަ ސްރީ ޗިތުރާ ޓިިރުނަލް އިންސްޓިޓިއުޓް ފޯ މެޑިކަލް ސައެންސް އެންޑް ޓެކްނޮލޮޖީއަށެވެ.

އެ ހޮސްޕިިޓަލުން ބުނީ، މި މުއްދަތުގައި ހިތުގެ ބަލީގެ ޑިޕާޓްމަންޓްގެ ހުރިހާ ހިދުމަތްތަކެއް ކުރިއެކޭވެސް އެއްފަދައިން މެދުކެނޑުމެއްނެތި ފޯރުކޮށްދެވޭނެ ކަމަށެވެ.

އަދި 3335355 އަށް ގުޅައިގެން މައުލޫމާތު ސާފް ކުރެވޭނެ ކަމަށްވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

 1. Anonymous

  އަސްލު ހިތްތަކުގެ ރައީސަކީމީ. ކުރިއެރުމާއި ކާމިޔާބަށް އެދެން.
  ދިވެހިންގެ ފަޚްރުވެރި ހިތުގެ ޑރ.
  ވ. އޯގާތެރި ހިތްހެޔޮ ޑރ.އެއް ޚިދުމަތަށް އެނބުރި ޤައުމަށް ވަޑައިގަންނަވާ ދުވަހަކަށް އިންތިޒާރު ކުރަން. "ވަކިވީމަ ދެރަވާނެ
  ކަރުނުން ލޯފުރާލާނޭ" މިއީ ބަލި ހިތްތަކުގެ އަޑު

  29