ގއ. ވިލިނގިލީ ޔޫތު ސެންޓަރު ފުޓްސަލް ދަނޑުގައި މިދިޔަ ހޯމަ ދުވަހުގެ ރޭ ރޯކޮށްލާފައި ވީނަމަވެސް އެދަނޑުގައި ޓާފް ނާޅާނެ ކަމަށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފު ވިދާޅުވެއްޖެއެވެ.
ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުން، އެ ދަނޑުގައި ބަޔަކު ރޯކޮށްލާފައިވަނީ މެޓްގެ ބަދަލުގައި ދަނޑުގައި ޓާފް އަޅައިދިނުމަށް ސަރުކާރުގައި އެ ރަށު ޒުވާނުން އެދުނު ނަމަވެސް އެ ކަން ސަރުކާރުން ނުކޮށްދިނުމުން ޒުވާނުންގެ ތެރެއިން ބަޔަކު ހިތްހަމަނުޖެހިގެނެވެ.
"ސަން" ގައި ޝާއިއު ކޮށްފައިވާ ހަބަރެއް ޓްވީޓާގައި ހިއްސާ ކުރައްވަމުން މިނިސްޓަރު މަހްލޫފު ވިދާޅުވީ ވިލިނގިލީގައި ފުޓުބޯޅަ ކުޅޭ ބޮޑު ދަނޑެއް އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އެހެން ކަމުން ފުޓުސަލް ދަނޑު ޓާފަށް ބަދަލު ނުކުރާނެ ކަން އެ ރަށު ކައުންސިލަށް އަންގާފައިވާނެ ކަމަށެވެ.
މަހްލޫފު ވިދާޅުވި ގޮތުގައި އެ ގޮތަށް ސަރުކާރުން ނިންމީ ރަނގަޅު ފުޓްސަލް ދަނޑު ވެސް ނެތް ރަށްރަށް ހުރުމުން އެފަދަ ރަށަކަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ. އަދި ވިލިނގީލީގައި ބޮޑު ދަނޑު އެޅުމުގެ މަސައްކަތް ވެސް ލަސްވާ ކަން ގަބޫލު ކުރައްވައި އޭނާ ވިދާޅުވީ އެ މަސައްކަތް ލަސްވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގެ ސަބަބުންނައި ދަނޑުގެ ސަބް ބޭސް ރަނގަޅު ކުރަން ޖެހުމުން ކަމަށެވެ.
ވިލިނގިލީގައި ބޮޑު ދަނޑު އެޅުމުގެ މަސައްކަތް ދަނީ ކުރިޔަށް.
ލަސްވީ ކޮވިޑާއި ސަބް ބޭސް ރަނގަޅުކުރަން ޖެހުމުން.ބޮޑު ދަނޑު އަޅަން ނިންމާފަވާތީ ފުޓްސަލް ދަނޑު ޓާފަށް ބަދަލު ނުކުރާނެކަން ކައުންސިލަށް ވާނީ އެންގިފައި.
އެއީ އެހެން ރަށްރަށަށް ފުރުސަތު ދިނުމަށް. https://t.co/1XLvEgtRJI
— Ahmed Mahloof (@AhmedMahloof) January 6, 2021
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެ ރަށުގައި ހުރި ޒުވާނުންގެ މަރުކަޒުގައި ގާއިމްކޮށްފައިވާ ފުޓްސަލް ދަނޑުގެ މެޓްތަކުގައި ރޯކޮށްލުމުން އެ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައި ވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ 7:54 ގައެވެ. މެޓް ދަނޑުގައި ރޯކޮށްލުމުން ބޭނުން ނުކުރެވޭ ވަރަށް ދަނޑުގެ މެޓް ވަނީ އަނދައިގެން ގޮސްފައެވެ.
ބަލަގަ މަހްލޫފޫ ސަރުކާރަކީ ކަލޭގެ ބައްޕަގެ މުދާތަ؟
މިނިސްޓަރ މަހުލޫފުގެ ނިންމެވުމަށް ތާޢީދުކުރެވޭ!! މަޢުލޫމާތު ލިބޭގޮތުން މި މެޓް ދަނޑުގައި ރޯކޮށްލީ ވަކި ބޭނުމެއް ޙާސިލްކުރަން!! އެއީ ކުޑަ ދަނޑުގައި ހުރި މެޓްތައް ނަގާ އެދަނޑުގައި ޓާފު އެޅުވުމުގެ ބޭނުމުގައި!! މިކަން ވެގެން އުޅޭ ގޮތަކީ ވިލިގިނލީގައި ހަދަމުންދާ ބޮނޑު ދަނޑުގައި އަޅަން ގެންދިޔަ ޓާފް އެދަނޑުގައި އަޅާ ނިމި ބާކީވެފައިވާ ޓާފްތައް ކުޑަ ދަނޑުގައި އަޅަން ބޭނުންވެގެން ކައުންސިލުން މިނިސްޓްރީގައި އެދުމުން އެކަން ނުކުރެވޭނެކަމަށް ބުނެ ޖަވާބުދީ ބާކީވި މެޓްތައް އެރަށު ސޮކޫލަށް ދޭން ނިންމުމުން ގަސްތުގައި ކުރިކަމަކަށް ބެލެވެނީ!! މިމީހުން ހީކުރީ ދަނޑުގައި ހުޅުޖެހުމުން ވަގުތުން މެޓްއަޅާ ސަރުކާރުން ނިންމަ ދޭނެކަމަށް!! އެއީކައުންސިލްވެސް އަޑީގައި ތިބެގެން ބަޔަކު ލައްވާ ހިންގައިގެން އުޅޭ ކަމެއްކަމަށް ބަޔަކު ތުހުމަތުވެސް ކުރާކަމަށްވަނީ!! އެތާނގައި ގާޑަކުވެސް ހުރޭ!! އޭނާވެސް އެތަނުން ކޮންމެވެސް އެއްޗެކޭ ކިޔާ ގެންދިއުމަށްފަހު ނުވަތަ އޭނަ ނެތް ގަޑިއެެއްބަލާ ކުރުވާފައިވާ ކަމެއްޖަމަށް ބެލެވޭ!! މިއީ މިކަހަލަ މަޅިޖަހަައިގެން ކަންކަން ކުރުވަން މަޝްހޫރު އަތޮޅެކޭ ކިޔާތީ އަޑުއިވޭ!! ޙަގީގަތެއް ނޭނގޭ!!
ބަލަގަ ހަމީދޫ ދަނޑުގަ އަޅާފަ އޮތް ޓާރފަކީ އެރޯކޮއްލި މީހެއްގެ ބައްޕަގެ މުދާތަ؟
މަހުލޫފާ ދެކޮޅު
ޙަމީދުގެ އައްޕަގެ މުދާ ވިމަ ތިހުޅުޖެހީ.
ތި ރޯކޮށް އަންދަނީ ކަލޭމެންގެ އަންމަ މުދާތަ؟؟ ނުޖެހޭ އިސްރާފުކުރާކަށް ރައްޔިތުންގެ ޓެކްސް ފައިސާއެއް
ބައްޕަގެ މުދަ ލުގަތޯ ހުޅުތިޖެހީ .ދެންތިބޭ ގަރުބޯކިބާކާން.
ހަމީދު އެއީ ރައްޔިތުންގެ މުދާ. ހުޅުޖަހާކަށް ނުޖެހޭ
އަސްލު މިނިސްޓރ ގެ ތިނިންމެވުމަށް މަވެސް ތާއީދުކުރަން ، ވިލިގިލި މީހުން އުޅެނީ ގަދަބަދަވިކަމުން ކަންތައްތައްކުރަންވެގެން
އަދިވެސް ރޯކުރޭ، ލިބިފައިވާ ނިއުމަތަށް ޝުކުރުނުކުރާބަޔަކަށް ނުޖެހޭ ކޮށްދޭކަށް....
މުޅި ގައުމުގައި ބޮޑެތި ފުޓްބޯޅަ ދަނޑު އަޅައިގެން ވާނީ ގެއްލުން ނުބެލެހެއްއޓޭނެ އަދި މިހާރު ގިނަ އީ ފުޓްސަލް މުބާރާތްތައް ބޮޑެތިދަނޑުގައި ކުޅޭ ވަރަށް މީހުން ހަމައެއް ނުވޭ ފާހަގަ ވާ ރަށްތަކުގައި ރަނގަޅު އަޅަން މަހިބަދޫ ތިނަދޫ ކުޅޭ ރަށް ތަކުގައި ކޮންމެ 100 ބޮޑެތި ދަނޑު އަޅައިގެން ނުބެލެހެއްޓީ ވީރާނާ ވާނީ ވައުދު ފުއްދަން ތިޔަ ކުރަނީ ބޭކާޜު ކަމެއް
ބަރާބަރު ނިންމުމެއް... ތިފަދަ ކަންތައް ކުރާބަޔަކަށް ތިތަން ހަދައިދޭކަށް ނުޖެހޭ
ބަރާބަރު ނިންމުމެއް... ތިފަދަ ކަންތައް ކުރާބަޔަކަށް ތިތަން ހަދައިދޭކަށް ނުޖެހޭ ... ދެން ތިބޭ އޮށްގައު މަތީ ކުޅެން
ކައުންސި ލް އިންތިހާބު ކައިރިވީމަ މަހް ލޫފް ތިބުނާ ބަސް އަނބުރާ ގެންނާނެ
ތިޔަކަން ކުރަން މާލަސް ވެސް ވެއްޖެ ރައްޖޭގެ ޒުވަނުން ނައް އެއްވެސް ކަމެއް ނުކޮއްދެ ، މަހުލޫފައ ނިމިނީ އެހެން ކަންތައް ވަނިކޮއް
ނިދާފަ ހުރެބުނި އެއްޗަކަށް ވާނީ