މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ކުރިއަރުވަން އެ ޕާޓީގެ އެކްޓިިވިސްޓުން ކުރާ މަސައްކަތަކީ ގައުމީ ޖިހާދެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހްމަދު ހަސަން (ހަސަންޓޭ) ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ޚަބަރަށް ފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހަސަންޓެ ވަނީ އެމްޑީޕީ ކުރިއަރުވަނީ އެ ޕާޓީގެ އެކްޓިވިސްޓުންގެ އިޚުލާސްތެރި މަސައްކަތުން ކަމަށް ފާހަގަކުރައްވާފައެެވެ. އެމްޑީޕީގެ މީހުންނަކީ ރާއްޖެ ބިނާކުރަން މަސައްކަތް ކުރާ ޕާޓީއެއް ކަމަށާއި، ފައިސާ ދީގެން ސިޔާސީ ޕާޓީތައް ނުހިންގޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ފައިސާ ދީގެނެއް ސިޔާސީ ޕާޓީއެއް ނުހިންގޭނެ. ޕާޓީގައި ހުންނަ އެކްޓިވިސްޓަކަށް މިއޮތީ 500 ރުފިޔާއޭ ކިޔާފަ ޓްވީޓެއް ކޮށްލަށޭ ބުނީމަ އެ 500 ރުފިޔާ ހުސްވީމަ ދެން އޭނަ ހުންނާނީނު. ދެން ނުކުރާނެއެއްނު. މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ އިޚުލާސްތެރި، ތެދުވެރި ވަފާތެރި ރައްޔިތުންނަކީ އެކުދިން އަމިއްލަ އަށް ބުރަ މަސައްކަތްކޮށްގެން އެ ކުދިން މި ޤައުމަށްޓަކައިވާ ޖިހާދެއް އެއީ." އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖޭގައި ފުރިހަމަ އިދިކޮޅެއް އޮތްކަމަށް ޤަބޫލު ނުކުރައްވާ ކަމަށާ، އިދިކޮޅު މީހުންގެ ޒިންމާ އެ ޕާޓީތަކަށް ނުނެގުމަކީ ހިތާމަކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ކައުންސިލް އިންތިޚާބު ސަރުކާރަށް ދޭން ޖެހޭ ސަބަބެއް ނެތް ކަމަށް ބުނާ ބުނުމަށް ރައްދުދެއްވާ އޭނާ ވިދާޅުވީ، މި ސަރުކާރުން ރާއްޖޭގެ އަސާސީ ޚިދުމަތްތައް ފުރިހަމަ ކުރުމަށް ރާއްޖޭގެ ތާރީޚުގައި ވެސް ނުކުރާ މިންވަރަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން އިންޖީނުގެތައް ރަނގަޅު ކުރުމަށާއި، ފެނާއި ނަރުދަމާ ރަނގަޅު ކުރުމަށް މި ސަރުކާރުން މަސައްކަތް ކުރައްވާ ކަމަށް ވެސް ހަސަންޓެ ވަނީ ވިދާޅުވެފައެވެ.
އަދި ފާއިތުވި ސަރުކާރާއި އަޅާ ބަލާ އިރު ބޮޑެތި އިމާރާތްތައް ފެންނަން ނެތް ނަމަވެސް، ރައްޔިތުންގެ ލާބަޔާއި މަންފާ އަށް މި ސަރުކާރުން މަސައްކަތް ކޮށްދެމުންދާކަމަށް ޤަބޫލުކުރައްވާ ކަމަށް އެނާ ވިދާޅުވިއެވެ.
"ޒާތީ ވުމެއް ނޫން ހަސަދަ ވުމެއް ނޫން. ޒިންމާދާރު ކަމާއިއެކީ އެކަން ކޮށްފިއްޔާ ޤައުމަށްވެސް ފަައިދާވާނެ ބައިވަރު ކަންކަން އެބަހުރި. އެހެން ނަމަވެސް އަޅުގަނޑުމެންނަށް މިއަދު ނުފެންނަނީ އެ މަންޒަރު. އެ ޕާޓީ އިން." ހަސަންޓެ ވިދާޅުވިއެވެ.
މިއަދުގެ ސަރުކާރުން ކޮވިޑް-19 އާއި ގުޅޭ ގޮތުން އަޅާ ފިޔަވަޅުތަކަކީ ދުނިޔެ ބަލައިގަންނާނެ ކަންކަން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ކޮވިޑްގެ ހާލަތުގެ ސިޔާސީ ފައިދާ ނަގާނެ ބަޔަކަށް މި ސަރުކާރު ނުވާނެ ކަމަށް ހަސަންޓެ ވަނީ ވިދާޅުވެފައެވެ. ހަމައެހެންމެ ކޮވިޑް-19 އާއި ގުޅިގެން ކައުންސިލް އިންތިޚާބު ލަސްވެފައި ވަނީ އެކަށީގެންވާ ހާލަތެއް މެދުވެރިވެގެން ކަމަށް ވެސް ހަސަންޓެ ވަނީ ފާހަގަކުރައްވާފައެވެ.
"އަޅުގަނޑަށް ފެންނަ އެންމެ ރަނގަޅު ގޮތަކީ އިންތިޚާބު ބޭއްވުން." އޭނާ ވިދާޅުވިއެވެ.
އިންސާފު ހޯދުމަކީ އެމްޑީޕީގެ ވައުދެއް ކަމަށް ވާއިރު، މި ސަރުކާރުން ނޫނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ފަނޑިޔާރުގެއަސް ނުފޫޒު ނުފޯރުވާނެ ކަމުގެ ޔަޤީންކަން އޮތް ކަމަށް ހަސަންޓެ ވަނީ ފާހަގަކުރައްވާފައެވެ.
ކަލޭ ފާޑުފާޑުގެ ޗިޕް ޖަހައިގެން އަހުރެެމެން ހައްލަން ނޫޅުން ރަގަޅުވާނެ.
ގައުމީ ޖިހާދަކީ ކޯއްޗެއްކަން ނުދަންނަ މަރުކޮހުންނަކަށް ކިޔޭ ނުކިޔޭ އެއްޗެއް ނޭނގޭނެ. ވަކި ޕާޓީއަކީ ގައުމެއްގެ ރަމްޒެއް ނޫން. އެއީ ގައުމިއްޔަތެއްވެސް ނޫން. ގައުމީ ރުކުނެއްވެސް ނޫން. މަރުކޮހުން މިކަންކަމެއް ނުދަންނާނެ. ދުލަށްއައިހާ އެއްޗެއް ގޮވަނީ.
ރޯނުފިލައިހުރެ 3000 ރުފިޔާއަށް ވޯޓެއްމަގުން ވޯޓުގަނެގެން މަޖްލިހަށް އައިސްހުރި ބީތާއެއްތަ ކަލެޔަކީ؟ އިދިކޮޅެއް ނެތޭ ތިބުނަނީ ތަންތާ ހުޅުޖަހާ ޓޫރިޒަމް ބޮއިކޮޓްކުރުމަށްގޮވައި މަގުމަތީގައި މީހުންނަށް ނުހޮރުއްޕާންކޮށް ނޫޅޭތީތަ؟ އެހެންވެގެންތަ ދެމީހަކު ހެލިލިޔަސް ރައިޓްގިޔަރުގައި ފުލުހުންނުކުމެ މުގުރުންތަޅާ ދުންބުރުވަނީ؟ އަޅެ ކުއްލިޙާލަތު އުވާލަބަލަ! ތިގޮލާތައް ޤަވްމުދޫކޮށް ފިލަންޖެހޭނީ! އިދިކޮޅެއްއޮތްކަން ފެންނާނެ
ގައުމީ ޖިހާދުގެ މާނަ އޮޅުވާލަން އުޅޭހެން ހީވާކަހަލަ.
ހަސަންޓޭ ދެން މިސަރުކާރުން ނުވަތަ ނާގާބިލް ރައީސް ޞާލިޙް ޝަރުޢީދާއިރާއަށް ފޯރުވަމުން އެ ގެންދަނީ ކިނބުލުގެ ނަގޫތަ ނުވަތަ ހަސަންޓޭގެ ވިހަގަދަ ދޫތަ ނުވިއެއްނު ދެން ފައިބާ
އެއީ ޖިހާދެއްނޫން ކުރާބޮޑުފާފަފައެއް ނެތިމޮށުމާއި ފަސާދަ އުފެއްދުމަކި އިސްލާމްދީނުގަ ވަރައްބޮދައްމަނާކޮއްފާ އޮތް ބޮދުފާފައެއް ތިކަހަލަ އިލްމެއް ހިލްމެއްނެތް ދީނުގެ އަދުއަވުންބުނާހާ ކަމެއްކުރަންތިބޭ ބީތާއީން މަޖިލިހައްހޮވެނީ އެހެންވެ ތިފިކުރަކީވެސް މިތާ ދީނީ މިނިވަންކަން ދިނުމުގެ ފިކުރު ކައުންސިލް މެޖޯރެޓީ ލިބިހްޖެނަމަ ދިވެހިންނައް ބޮޑުމަންޒަރު ތިޔަފިކުރުގެ ހަގީގަތް ފެނިގެންދާނެ...
މަޖްލިހުގަ ހުރި ބޮޑު ރޯނުއެދުރެއް.
އެމްޑީޕީ އަތްޖަހާދޭ މީހުންނަކީ ބިރު ފަހަނަ އަޅާ ﷲ ކަނޑަ އެޅުއްވި ގިޔުގަނޑުން ބޭރު ވާން ބޭންވާ ނުވަތަ އަމިއްލަ މަސްލަހަތައްޓަކައި ނުބައި ކަންތައް ރަނގަޅު ކަންކަމުގައި ދެކި ހަވާ ނަފްސައް ގޮސް ހުސްވެފަ ތިބޭ މީހުން ކޮންމެ މީހަކު ބުނި ކަމަށްވިޔަސް ހަރާމް އިޒް ހަރާމް ހަލާލް އިޒް ހަލާލް ގްރުއާން އާ ސުންނަތައްވުރެ އެއްވެސް މީހަކީ މުގައްދަސް މީހެއްނޫން އަހަރެން ބުނެފިން ނަސޭހަތް ދީފިން އަޑުއެހުން ދިވެހިންގެ ކަމެއް ވައްސަލާމް
" އެމްޑީޕީ ކުރިއަރުވަން އެކްޓިވިސްޓުން ޖިހާދެއް ކުރި" ސަޅި ވާހަކަ އެއް ހަސަންޓޭ ، ޖިހާދުގެ ފޮނިކަން ލިބުނީ ހަސަންޓޭ މެން ކަހަލަގެ ދެތިން ބޮޑުންނަށް ހަޤީޤީ ޖިހާދީން ތިބީ މިހާރު އެމް.ޑީ.ޕީ ކުރި އަރުވަން ޖިހާދު ކުރެވުނު މޮޔަހީވެފަ. ޖީބުތައް ފުރި މަޤާމް ތައް ލިބުނީ ހަސަންޓޭމެން ކަހަލަގެ ބޮޑުންގެ އާއިލާ ގެ މީހުނަށް އެއީ ގޭގަ ޓީވީ ބަލަން ތިބި މީހުން ޖިހާދީން މަގުމަތީގަ ކުނި ކޮތަޅު ހޮވައިގެން ގައިގެން ބޮއިގެން އުޅެނީ ! ހަސަންޓޭ ލަދެއް ވެސް ނުގައި ދޯ ތިހެން ބުނެލަން؟
ގައުމީ ޖިހާދެކޯ.. ޖިހާދޭ ކިޔަން ކަލޭމެން ލަދުގަންނަން ޖެހޭނެ.. ޖިހާދަކީ އިސްލާމީ ޝިޢާރެއް.. އެމްޑީޕީއަކީ ގައުމީ ޕާޓީއެއްތަ؟ އެމްޑީޕީ ދިފާއުކުރަން ކުރާ މަސައްކަތް ގައުމީ މަސައްކަތަކަށް ވާނެ ގޮތެއް ވިސްނާ ވިސްނާ ނުވިސްނުނު..
ކިތައް އިންތިހާބު ދެވިއްޖެ ކޮންކަމެއް ކުރެވުނީ؟
ތި ޖިހާދު ގަ އި ބޮން ގޮތްވުން އޮވޭތަ؟
ހަސަނާ އެކްތިވިސްޓްން ހާދަ ދަށްކޮއްލީ ކުރިން ހަސަނަކީވެސް މަގުމަތީ އެކްޓިވިސްޓެކެ. ހަނދުމަ ނެތުނީ ދޯ
މީ އަޅެ ކޮންބަޔަކު ވޯޓު ދީގެން ހޮވާފަ ހުރި މަރުމޯލެއްތަ؟
ގައުމުގަ ހުޅުޖަހާ އަންދާލުމަކީވެސް ޖިހާދެއްތަ...
އަޅެ ކަލޭ ތިޔައީ ގަޅިއެއްތަ ނުވަތަ ދެބޯ ގެރިއެއްތަ؟ނުވަތަ ބުއްދި ފިލައިގޮސްފައިވާ ރުކެއްތަ؟
އެމްޑީޕީ ކުރިއަރުވަން ޖިހާދު ކުރާނަމަ ގައުމަށް ލިބޭނެ ގެއްލުން ބޮޑު. ތިބުނާ ޖިހާދު ކޮށްގެން ގައުމަށް ވީ ގެއްލުން.
އޭނަ ކުރަނީ އޭނާ އަމިއްލަ ޖިހާދެއް! މި ޕާޓީން އޭނަ ކުރާ ޖިހާދު ގައި ބައިވެރި ނުވާ ވާހަކަ މައުޅޫމާތައްޓާކައި ދަންނަވަން!
އަށްނި އަށް ކަމުދާގޮތަށް މިސޮރުވާހަކަދަށްކާނީ އެއ އީ ދެ އުޅި ދެގޮތަށް ހުންނަ ފީ ރޯނު
އެހެންވިއްޔާ މިކަމުގައި މަރުވާ މީހުންނަކީ ޝަޙީދުންތާ!!!!
ހާދަ އިބުރަތް ތެރި ވާހަކަ ކޮޅެކޭ. މޮޅު ގޮލައެއް.
ކްރިސްޓިއަން ދީން ފެތުރުމާ ގައުމުގެ މިނިވަންކަމާ ސިޔާދަތު ވިއްކާލުމަކީ ޖިހާދެއް ކަމަށް ވަންޏާ ތިޔަބުނީ ހަމަ ތެދުފުޅެއް.
އަދިވެސް މީތި ދުނިޔޭގަ އެބަހުރިދޯ..... ޙަބަރެއް ދަބަރެއް ނުވޭ
ތިޔަށް ކިޔަނީ ފޭސިޒަމް
ރައިސް ޔާމިންގެ ދައުރުގަ ފަޝާފަ ހުރިކަންތަ އަދިވެސް ކުރިޔައް ދަނީ ރިބަންފައްތައް އެމްޑީޕީން ކެޑިދާނެ.
އާދެ. އިންޑިޔާގެ ވަތަނީ ޖިހާދެއް. އަޅުވެތިކަމުގެ ނާރެހެއް.
އަމައްޔާތް!......... ވީމާ ބޮޑުތަކުރުފާނާއި ދޮންބަންޑާރައިން ފަދަ ބޭކަލުން އެކުރެއްވީ ޤައުމީ ޖިހާދެއް ނޫންތާ!.......... މީނާއަށް ހަމަ ވިސްނުން އާދޭތޯ މީނާގެ ބޯ ކޮރޮޅި ގާނާ ފިލާގަނޑަކުން ގާނާބަލަ!
މިކަހަލަ ނުކިޔަވާ ތާކުން ތާކުން ނުޖެހޭ މީހުން ގޮވާނީ ކޮސް އެ ކޮސް އަޑުއަހާކަށް ނެތިން
އިރެ އްގަ ދަރިންގެ ދަރިންނަށް މުސްތަޤްބަލް ހޯދަދޭނަމޭ ކިޔައިގެން ، ބޯހިޔާވަހިކަން ހޯދަދޭނަމޭ ކިއައިގެން ދިވެހިންގެ ބޯ ކެވުނަސް، އެދުވަސް މާޒީވެއްޖެ . އެމްޑީޕީން ދެ އްކި އެއއ އްވެސް ވާހަކަ އެއއް ޙަޤީޤަތަކަށް ނުވި. މި ހިނދު އެމްޑީޕީ އަށް ރަ އްޔިތުން މަރުދަން ޖެހެން ޖެހޭ ސަބަބެ އް އެބަ އޮތްބާ ... އާން ހަސަންޓޭ މެން މަޖުލީހުގައި ބައިތިއްބައިގެން ރައްޔިތުން ގަނަ ތެޅެން ބޭނުމިއްޔާ ތި ޖިހާދު ކުރަންވީ
ހެ ހެ ހެ ހެ ތި ހަސަނަކީ އަންނި ގެންގުޅޭ އަޅުން ތަކުގެ ތެރެއިން އެއްވެސް އިލްމެއް ނެތް ބޮޑު ރޯނު އެދުރެއް. މަޖިލީހައް ހޮވުނީތީ އެ ހުންނަނީ ވަރަށް ވެފައެއްނު! ލަދުން ބޯހަލާކުވޭ މި ރޯނު އެދުރު ފެނުމުންވެސް
މޑޕ ނުކުރާނޭ ތިބުނި ހުރިހާ ގޯސްކަމެ އް ކޮވިޑް ފަރުދާ އަކަށް ހަދަ އިގެން ތިބެ ދަނީ ކުރަމުން.
ޖިހާދުގެ މާނަ ނުދަންނަ ޖާހިލަކު ކޮންމެފަދަ ކަމަކަށްވެސް ޖިހާދޭ ކިޔަ އިފާނެ. މިފެންނަނީ އޭގެ ހެތްކެ އް.
ހަސަންޓޭ ސަ އިޒު އޮޅިގެން ތި އުޅެނީ، ތި ޕާޓީ ކުދިންނަށް، ކަލޭމެންދެނީ ހަކުރު ދީފަ ޓްވީޓްކުރަނީ
Aneh moya
އެމްޑީޕީ ނެތިކޮށްލުމަށް މިގައުމުގައި ކުރާ މަސައްކަތަކީ ގައުމީ މަސައްކަތެއް އެކަން ކާމިޔާބުކުރާ މީހާއަކީ ގައުމީ ބަތަލެއް
ކުރިއަށް އޮތް ރަޢިއްޔަތުންގެ މަޖިލިސް އިންތިޚާބާ ހަމަޔަށް ދާންވާއިރަށް މަޖިލިސް މެމްބަރުންގެ ޝަރުތެއް ކަޑައެޅުން ވ މުހިއްމު ތަންދޮރުނުދަންނަ މީހުން ޤާނޫނުހަދަން ތިބުމަކީ ގައުމަށް ހުރި ބޮޑުގެއްލުމެއް
ޅިއަންކިޔަންނުދަންނަ ލެވަލްގެމީހުން ހަދާ ގާނޫނު ތަންފީޒުކުރަން ޑިގްރީ ހޯލްޑަރުންނާއި ޕްރޮފެސަރުން ތިބެންޖެހުމަކީ ގައުމު މިމަގަށް ދާންދިމާވި ސަބަބު 19 ވަނަ މަޖިލިހުން މިކަން ކޮށއފިނަމަ ވ އުފާކުރާނަން އެކަމި އެކަމެއްނުކުރާމެ ކުރާލަށް ނުވެސް ކެރޭނެ. ޢެމްޑީޕީގެ މެޖޯރިޓީ އަކީ މަގުމަތިޕާޓޭން
ޑިމޮކްރަސީއަށް ކުރާ މަސައްކަތަކީ ޖިހާދެއްނޫން އެއީ ބާތިލު މަސައްކަތެއް ޙައްގު ގޮތުގަ ޖިހާދު ކުރަނީ އިސްލާމްދީނަށް ﷲއަށްޓަކައި ރަސޢވސގެ ސުންނަތުގަ އޮތް ގޮތަށް އުޅުނިމަ އެއީ ޖިހާދަކީ އެއްވެސް ޕާޓީއަކީ އިސްލާމްދީން ދަމަހައްޓައި ނަގަހައްޓައި އިސްލާމީ ޝަރީޢާ ގާއިމް ކުރާ ބައެއްނޫން ތިހަމަ ހުސް ކަނޑު ކޮހުން
އެކްޓިވިސްޓުންނަށް ކަލޭމެން ދިނީ ކޯޗެއް