ސާނަވީ ތައުލީމް ނިންމާ ދަރިވަރުން ވަޒީފާއަކަށް ފުރަތަމަ ވަނުމުގެ ބަދަލުގައި އެއް އަހަރު ދުވަހުގެ މުއްދަތަކަށް ފުލުހުންނާއި ސިފައިންގެ ތަމްރީނަށް ފޮނުވަން ރައްޔިތުންގެ މަޖިލިހުގެ އިނގުރައިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) މިއަދު ގޮވާލައްވައިފިއެވެ.

ފުލުހުންނަށް ހަމަލާދީ އިންޒާރު ދޭ މައްސަލައިގައި މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލަ އަށް ބަހުސް ކުރައްވަމުން ހަސަން ވިދާޅުވީ އަޅުގަނޑުމެން ޖަޒީރާ ރާއްޖެއެއް ތައާރަފް ކުރަމުންދާ އިރުގައި ފުލުހުންނަށް ވެސް އަދި އާންމު ރައްޔިތަކަށް ވެސް އަނިޔާކޮށްގެން ނުވާނެ ކަމަށެވެ.

އަދި ހަތަރު ލައްކަ މީހުން ދިރިއުޅެވޭނެ ގޮތެއް ރާއްޖޭގެ ގާނޫނުތަކުގައި ހުރި ނަމަވެސް މައްސަލައަކީ އެ ގާނޫނުތައް ތަންފީޒު ނުވުން ކަމަށް ހަސަން ވިދާޅުވިއެވެ. އެ ތަންފީޒު ކުރެވޭނީ، އެކަން ކުރަން ތިއްބެވި ބޭފުޅުން ގައުމާ މެދުގައި ލޯތްބެއް ހުރެގެން ކަމަށް ވެސް ހަސަން ވިދާޅުވިއެވެ.

"އެ ތަންފީޒު ކުރަން ތިބޭ ފަރާތްތަކުން ގައުމަށް ލޯތްބެއް ހުރެގެން ތަންފީޒު ކުރީމަ ގައުމުގެ ރައްކާތެރިކަން ލިބޭނީ، އަޅުގަނޑުމެންގެ ވަޒީފާއަކީ ކާބޮއެ މުއްތިކޮށްފައި ހަމައެކަނި އަޅުގަނޑުމެންގެ ކަމަކަށް ވިސްނައިފި ނަމަ، ގައުމެއް ރަނގަޅެއް ނުވާނެ." ހަސަން ވިދާޅުވިއެވެ.

ރާއްޖޭގައި ބޮޑުވަމުން އަންނަ ދަރިވަރުންނަށް ރަނގަޅު މާހައުލެއް ދައްކައިދޭ ކަމަށްވާ ނަމަ، ކިޔަވާ ނިމިގެން ވަޒީފާގެ ބަދަލުގައި ފުލުހުންނާއި ސިފައިންގެ ތަމްރީނެއް އެއް އަހަރު ދުވަހު ނަމަވެސް ހެދުމަށް ސިޔާސަތުތައް ކަނޑައަޅަން ޖެހޭ ކަމަށް ހަސަން ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އެކަން ކުރަން ޖެހެނީ ރާއްޖޭގެ ދަރިވަރުންގެ މެދުގައި ރަނގަޅު އަހުލާގެއް އަށަގެންނެވުމަށެވެ.

"ދުނިޔޭގެ އެހެން ގައުމުތަކުގައި، ސިންގަޕޫރު ފަދަ ގައުމުތަކުގައި ކިޔަވާ ނިމިގެން އެއް އަހަރު ނޫނީ ދޮޅު އަހަރު ނުވަތަ އެ އޮންނަ މުއްދަތަކަށް ވަދެގެން އެކަންކަން އެބަ ކުރޭ،" ހަސަން ވިދާޅުވިއެވެ.

ހަސަން ވިދާޅުވި ގޮތުގައި މި ގައުމުގެ ހާލަތު އޮތީ އޭނާގެ ދަރި ވެސް ދަނީ ކޮންތަނަކަށްތޯ ނުބެލޭ ހާލަތުގައެވެ. އެހެންވެ، ސިޔާސީ ޕާޓީތަކާއި ދައުލަތުގެ މުއައްސަސާތަކުން އެއް ތަނަކަށް އެއްވެ، މިކަމަށް ހައްލެއް ނުގެނެވޭ ހާލަތުގައި ގައުމުގެ ކަންކަން ރަނގަޅު މިސްރާބެއްގައި ނުދާނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ވިސްނުން ކޮންމެ ގޮތަކަށް ހުއްޓަސް، މިފަދަ ކަންކަމުގައި، ގައުމީ ކަންކަމުގައި ތަންފީޒު ކުރުމަށް އެއްބަސް ކިޔަން ޖެހޭ،" ހަސަން ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ ދުނިޔޭގައި ނެތް ވަރަށް މި މަޖިލިހުން ގާނޫނުތައް ހަދާފައިވާ ކަމަށެވެ. އަދި ގާނޫނުތައް "ބޮނޑި ބޮނޑިއަށް" ހުންނަ އިރު، އެއިން ރަނގަޅު ނަތީޖާއެއް ނުނިކުންނަ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ނަނަނަ

    މީ ވަރަށް ރަނގަޅު ކަމެއް. މަ ވަރަށް ތާއީދުކުރާ ކަމެއް. މަޖިލިސް މެމްބަރަކު ގައުމަށް ރަނގަޅު ވާހައެއް ބުނި ކަމެއް މި ނޫނީ އެނގިފަކާ ނެތް. މަށަށް ފެންނަނީ ތި ހިލޭ ޑިގްރޭ އަށް ތި ކުރާ ޚަރަދު މިކަމަށް ކުރަން،،،

    25
    3
  2. އަކުރަމް

    މެމްބަރު އެ ވިދާޅުވީ ވަރަށް ރަގަޅު ވާހަކައެއް. 1 އަހަރު އެއީ ވަރަށް ކުރު މުއްދަތެއް. އޭގެ ބަދަލިގަ 3 އަހަރަށް ވުރެ ދިގު ނުވާގޮތަށް ތައުލީމު ހާސިލްކޮށް ނިންމުމަށް ފަހު ސިފައިން އަދި ފުލުހުންގެ ވަޒީފާގައި ހިދުމަތް ކުރުން އެއީ ލާޒިމު ކަމެއް ކަމުގަ ހެދުމުން ގައުމަށް މުޖުމައުއަށް އަދި ވަކި ފަރުދުންނަށް ނުހަނު ގިނަ ފައިދާ ކުރާނެ. މިސާލަކަސް ސިންގަޕޯގަ ޗައިނާ ސައުތު ކޮރެއާ މިފަދަ ތަރައްގީގައުމުތަކަށް ބާލާބަލަ. އޭގެ ހަގީގީ ފައިދާ ވަރަށް ބޮޑު. އަވަސް ކުރަން ޖެހޭ ކަމެއް. އެތަންތާންގަ ނިސްބަތުން ޒުވާނުން ހާދަ ޑިސިޕިލިންއޭ.

    22
    3
  3. Anonymous

    އަނެއ މޮޔަ ގޮވާ ކަލޭގެ

    6
    21
    • ޙަަަހަ

      މަޖިލިސްވެސް އެބަޖެހޭ ، އިންތިހާބުވެ ފުރަތަމަ މަހު ސިފައިން ނޫނީ ފުލުހުންގެ ތަމްރީން ހަނދާން

  4. ބަރާބަރު

    މިފަހަރު ތިޔަ ބުނީ ރަނގަޅު ވާހަކައެއް. ކޮންމެވެސް ހިސާބަކުން ތިޔަ ބަޔަކު ގެނެސް ގާނައިގެން ނަމަވެސް ހަމައިގައި ތިބޭނޭ ބަޔަކަށް ހަދަން އެބަޖެހޭ. ކުރިން އެހެން ހެދި މީހުން މިހާރު މިގައުމުގައި ހަރުދަނާކޮށް އުޅޭތަން މިފެންނަނީ.

    15
    2
  5. ގާދިރު

    މީ މިހާރު ކުރަން މަޖުބޫރު ކަމެއް ކުރި އަރާފަ ހުރި ގައުމު ތަކުގަ އަހުލާގީ މިންގަނޑު ހިފަހައްޓަން ކުރާކަމެއް

  6. ކޮސްބެ

    ޙަސަނާ ކަލޯ ތީދޯ އެމްޑީޕީ އިން ކިޔާ ޑިމޮކް ރޮަ ސީ

    1
    1
  7. ބަރޯ

    100 ގެ ވާހަކަޔެއް މި ނޫނީ ހަސަނޭ ނުބުނޭ. ކުރިޔެކޭ އެއްގިތަށް.މިކަން ކުރަންވީ. އަހަރެމެން ދެކެމުން އައި އަބުރުވެރި ރާއްޖެ އޮތީ އޭރު. ކުއްކުރުން އިންތިހާޔަށް މަދު. ޢެކަމް މިއަދު ދެރައީ އެ ދެ މުއައްސަސާގެ އަގުވައްޓާލާ އެއްވެސް ބަޔަކަށް އެމީހުންނެހެދި ޕާޓީގައި ހަސަނޭވެސް ހުރެ ސިޔާސީ ބޭނުމަށް އެކަން ކުރިކަން

  8. ޢެރިކް

    ޢަމާ ފޮނުވޭނީ

  9. Anonymous

    ޢިއްޒަތްތެރި މެންބަރ ޙަސަންޓޭ ތިޔަ ފާޅު ކުރެއްވީ ވަރަށް ރަގަޅު ގައުމަށް ފައިދާހުރި ހިޔާލެއް. ތިކަން ކުރާ ގައުމުތަކުގައި ކުށްމަދު ކަމަށް ފާހަގަވޭ ، އަދި މިލިޓަރީ ނުވަތަ ސޯޝަލް މަސައްކަތަށް އުމުރުން 18 - 20 އަހަރު ވަންދެން މަޖުބޫރު ކުރުވާ ޤާނޫނެއް ފާސް ކުރަންޖެހޭ ، އެހެން ނޫނީ މިގައުމު އަތެއް ނުވާނެ ، ކޮންމެ ރަށެއްގައި ޕޮލިސް ސްޓޭޝަން ހުންނަހެން ޕްރިޒަން ޑިޓެންޝަން ބަހައްޓަން ޖެހޭ ދަރަޖައަށް ދާނެ. އެކަން އެގޮތަށް ވާން ދޫކޮށްލައިފިއްޔާ ، ދައުލަތުގެ ޙަރަދު އަތު ނުޖެހި ގައުމު ބަނގުރޫޓު ވުމާއި ދިމާލަށް މިސްރާބު ޖަހާނެ ، މިގަްުމުގައި ހަރުކަށި ފިކުރު އާންމުވެ ދުވާލަކު ތަނެއް ގޮއްވާ ހިސާބަށް ގައުމު ގޮސްސިއްޔާ ޢަދި ދުވާލަކު 10 މީހުން މަގުމަްްޗަށް މަރައިލައި ، ފުލުހުންނަށް ހަމަލަ ދިނުން އާންމުވެ ، މަސްތުވެގެން ތިބެ މަގުމަތީ ޒުނޭކޮށް ، މަގުފޭރުން އާންމު ވެއްޖެއްޔާ ޓޫރިޒަމް އެއްކޮށް ހުއްޓާލަން ޖެހޭނެ.އިގްތިސާދު ހުއްޓުމަކަށް އަންނާނެ، ދެން ކޮންތާކުން އާސަންދަ ހޯދަނީ ، ދައުލަތުގެ މުއައްޒަފުންގެ މުސާރަ ދެނީ ، މިހުރިހާ ސަބަބުތަކަށްޓަކައި މިގައުމުގެ ކުރިމަގަށްޓަކައި ހަސަންގެ ހިޔާލު ތަންފީޒު ކުރަން ފެނޭ

  10. ޕީޖޭ

    ވ ރަނގަޅު ވާހަކައެއް