މިއަދު ކުރިއަށް ގެންދިޔަ ރ. އަތޮޅު ފުޓްސަލް ޗެލެންޖުގެ އެއަތޮޅު އިނގުރައިދޫ އަދި ދުވާފަރު ބައްދަލުކުރި މެޗުގައި ދެރަށު ސަޕޯޓަރުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ތެރެއިން އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު (ހަސަންޓޭ) އަށްވެސް ހަމަލާ ދީފިއެވެ.

މި ހަމަނުޖެހުން ހިނގާފައި ވަނީ ދެރަށުގެ ސަޕޯޓަރުންގެ މެދުގައެވެ.

މިކަން ހިނގި ވަގުތު އެސަރަހައްދުގައި މެންބަރު ހަސަންޓޭވެސް ހުންނެވި އެވެ.

އިނގުރައިދޫ ކައުންސިލުގެ މެންބަރު އިބާދުﷲ މުހައްމަދު "ވަގުތު" އަށް މައުލޫމާތުދެއްވި ގޮތުގައި، ހަސަންޓޭ އަށްވެސް މި ހަމަނުޖެހުމުގައި ހަމަލާދިނެވެ.

މިކަން ހިނގާާފައި ވަނީ ހަސަންޓޭ ފުރުމަށް ގަޑި ކައިރިވެފައި ވަނިކޮށެވެ. އޭނާ މިހާރު ވަނީ ފުރާފައެވެ.

އިބާދުﷲ ވިދާޅުވީ ހަސަންޓޭއަށް އަނިޔާއެއް ލިބުނުކަމެއް އަދި ޔަގީން ނުވާ ކަމަށެވެ.

"ހަސަންޓޭ ނިކުތް ގަޑީގައި އެބޭފުޅާގެ ގަޔަށްވެސް އަރައިގަތް. ފުރަން ދާން ގަޑިޖެހޭތީ މެންބަރު ހަސަންޓޭ ނިކުމެގެން ދިޔައީ. ދިޔަ ގަޑީ ހަމަލާދިނީ" އޭނާ ވިދާޅުވިއެވެ.

އިބްދުﷲ ވިދާޅުވީ، ހަމަނުޖެހުން ހިނގަން މެދުވެރިވެފައި ވަނީ އެއްބަޔަކު ބަލިވުމުން "ލޭކެކިގެންކަމަށް" ގަބޫލުކުރެވޭ ކަމަށެވެ.

މި ހަމަނުޖެހުމުގައި 12 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބުނެވެ. އޭގެ ތެރެއިން ދެ ކުއްޖެއްގެ ބޯވެސް ވަނީ ފަޅާލާފައެެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ރަން ރީނދޫ

    ޝުކުރިއްޔާ ރައްޔިތުން.

    15
    1
  2. ދަވާލާ

    ހަސަންޓޭ ތިކަމާ ދެރަނުވާނެ ހަސަންޓޭ މެން އުފެދުމުގެ އަސްލަކީވެސް ތަޅާ ފޮޅުމާ އަލިފާން ބޯޅަ ފުލުހުންގެ ގަޔަށް އުކުން ގައުމުގެ ހަރުމުދަލުގައި އަލިފާން ރޯކޮށް އަޅިއަށް ހެދުން ، ލާދީނީ ކަންތައްތައް ކުރުމާ އެފަދަ ކަންކަން ކުރަން ހިއްވަރު ދިނުން

    21
    2
  3. މުހަންމަދު

    މަތްﷲ ގެ ހެޔޮރަޙްމަތް ފުޅުން މަރުގެ އެތިފަހަރަކުން ސަލާމަތް ވިޔަސް ،ތިކަހަލަ ޖާހިލުންނަށް މިވަރުންވެސް ލިބޭނެ ޢިބްރަތެއް ނެތް..

    16
    1
  4. އަލީހުސައިން ނައިފަރީ

    ކުރި އަމަލެކެ ފައިދާދޭނީ ހުރިހާ ނުބައެއްވެސްދޭނީ
    ދުނިޔޭން އެއަޅާދެން ވަކިވާނީ ކުރިއަމަލެއްގެ ޖަޒާ ދެކިގެންނޭ.

  5. Anonymous

    އެއެތިފަހަރުން އެކަލޭގެ ސަލާމަތްވިކަންދެރައީ އެހަމަނުޖެހުން ހިނގާދިޔައީ އެކަލޭގެސަބަބުން.

  6. ކަކުނި

    އަސްލު ހަސަންޓޭއަކަށް ސީދާ އަމާޒްކޮށް ގެއްލުންދީ އަނިޔާކޮށް ނުހަދާ. ހަސަންޓޭ ދެއްކީ ލާމަސީލް ނަމޫނާއެއް ދާއިރާގެ ރަށެއްގެ ފައިނަލް މެޗް ބަލަންގޮސް ސަޕޯޓަރުންގެ މެދުގައި ހިނގި ހަމަނުޖެހުމެއް ހުއްޓުވުމަށް ވަރަށް ބުރަކޮށް މަސައްކަތްކުރީ . ދުވާފަރު ދާއިރާގެ އެމްޕީ އިއްސޭ ބަލަހައްޓައިގެން ހުރީ.. ހަސަންޓޭ ރައްޔިތުން ހިމާޔަތްކޮށް ސަލާމަތް ކުރަން ނަސައްކަތް ކުރަނިކޮށް ދުވާފަރުގެ މީހަކު އެއްލި ފުޅިއަކުން ( 500 އެމް،އެލް، ފެންއަޅާ ގަނޑުކޮށްފައިހުރި ) ތުންފަތުގައި ޖެހިފައި ކުޑަކުޑަކޮށް ފަޅައިގެން ދިޔައީ.. ވަރަށް ގާތުން ހަސަންޓޭ ފުރަންދެން އަޅުގަނޑު އުޅުނީ އެކުގައި.

  7. ހަވާސާ ހަމީދު

    ހަސަންޓޭމެނަކަހަލަ ނާގަބިލް ނުކިޔަވައިތިބި މީހުން ކަންކަމުގައި ބަސްކިޔަންފެށީމާ ވާނީ މިހެން ހަސަންޓެއަކީވެސް ޕާޓީކުރާ މީހެއް ނޭޕާލު ކުދިންނާއި ދިވެހި އަންހެނަކުދިންނާއެކު!