ޖިނާއީ ޢަދުލުގެ ނިޒާމުގައި ހެކީގެ މައްޗަށް ބިނާކޮސް މައްސަލަތައް ނިންމަން ފެށުނީ ހަނުހުރުމުގެ ހައްގު ލިބުމުނު ހިސާބުން ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.
ޝަމީމް އޭނާގެ ބްލޮގްގައި އިއްޔެ ބައެއް ވިސްނުމާއި ޚިޔާލުތައް ކޮލަމްގައި "ހަނުހުރުމުގެ ޙައްޤު – ތިމާއާ އެއްކޮޅަށް ހުރި ހެކި ހާމަކުރުން" މި މައުޟޫއު އަށް ލިޔެފައިވާ ލިޔުމުގައި ވަނީ 2008 ވަނަ އަހަރުގެ “ފެހި” ޤާނޫނުއަސާސީ އާއި އެކު ރައްޔިތުންނަށް ކަށަވަރު ކޮށްދޭން ހަނު ހުރުމުގެ ހައްގަކީ ތިމާއާ ދެކޮޅަށް ބަޔާނެއް ނުދީ ހުރުމުގެ ޙައްޤެއް ކަމަށް ވިދާޅުވެފައެވެ.
އެ ވާހަކަ ޤާނުނު އަސާސީގައި ހިމެނުނު ގޮތާއި އެކަމުގެ މަގްސަދުވެސް ޝަމީމްގެ ލިޔުމުގައި ވަނީ ފާހަގަކުރައްވާފައެވެ.
އެ ލިޔުމުގައި އިތުރަށް ވިދާޅުވެފައި ވަނީ ހަނުހުރުމާއި ގުޅޭ ގޮތުން އުފެދޭ ތަފާތު ސުވާލުތަކަށް ޤާނޫނުތަކުންނާއި ޝަރްޢީ ކޯޓުތަކުން އޮތީ ޖަވާބުލި ލިބިފައި ކަމަށާއި، އެޤައުމުތަކުގެ ޤާނޫނީ ވަކީލުންގެ ކާބަފައިން އުފަންވިއިރުވެސް، އެކަންތައް އޮތީ ނިމި ‘އިސްތިޤުރާރު’ ވެފައި ކަމަށެވެ.
އެހެންނަމަވެސް ދިވެހިރާއްޖެއަކީ ޚާއްޞަ ޤައުމަކަށް ވެފައި ނިޒާމުވެސް އާ ވުމުން، ހަނުހުރުމުގެ ޙައްޤު، އަސާސީ ޙައްޤަކަށް ހެދިތާ އަދި މިވީ 12 ވަރަކަށް އަހަރުކަން ޝަމީމް ފާހަގަކުރެއްވިއެވެ. އެހެންކަމުން، ހަނުހުރުމުގެ ޙައްޤު ތަންފީޒުކުރާނެ ގޮތާބެހޭ ބައިވަރު ސުވާލު އަދިވެސް ޖަވާބު ނުލިބި އެބަހުރި ކަމަށާ އެއީ ޠަބީޢީ ކަމެއް ކަމަށް ޝަމީމް ވިދާޅުވިއެވެ.
" މިދިޔަ ހަފްތާގައި އަޅުގަނޑާ މީހަކު ބައްދަލުކުރިއެވެ. ޓީޗަރެކެވެ. އޭނާގެ މައްޗަށް ފުލުސް އޮފީހަށް ހުށަހެޅުނު މައްސަލައެއްގައި ދަޢުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވަން އޮތީ ތައްޔާރުވެފައެވެ. ފޯނުގައި އޮތް ފޮޓޯއަކާ ގުޅިގެން އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ތުހުމަތެއް ކުރެވެނީއެވެ. ފޮޓޯ އޭނާގެ ފޯނުން ފެނެއެވެ. އެމައްސަލައިގައި އޭނާ ހުރީ ހަނެވެ. އޭނާ ބުނާ ގޮތުން ފުލުހުންވެސް އޭނާގެ ޤާނޫނީ ވަކީލުވެސް އިރުޝާދު ދިނީ ހަނުހުރުމަކީ ރަނގަޅު ކަމެއް ކަމަށެވެ. " ޝަމީމް ލިޔުއްވާފައިވެއެވެ.
އެހެންނަމަވެސް ޝަމީމް އާއި ބައްދަލުކޮށް ދެއްކި ވާހަކައިގައި، އޭނާގެ ފޯނަށް އެފޮޓޯ އައި ގޮތާއި، އެފޮޓޯ ޑިލީޓު ކުރި ގޮތާއި، އެފޮޓޯ ފެނުނީ ފޮހެފައި ހުރި އެއްޗެހީގެ ތެރެއިންކަމާއި، މިކަމާބެހޭ ވަރަށް ގިނަ މަޢުލޫމާތު ހިއްސާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެމަޢުލޫމާތުތައް ތަޙްޤީޤުގެ ތެރެއިން ގެނައިނަމަ، އޭނާގެ މައްޗަށް ތުހުމަތެއްވެސް ނުކުރާނެ ަމަށާ ދަޢުވާ ވެސް ނުކުރާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.
އެހެން ނަމަވެސް، އޭނާ ހަނުހުރުމުގެ ސަބަބުުން މިމަޢުލޫމާތު ތަޙްޤީޤުގެ ތެރެއިން ނުލިބި ވާތީ، ތަޙުޤީޤުން ނުލިބޭ މަޢުލޫމާތެއްގެ މައްޗަށް ޕްރޮސިކިއުޓަރަކަށް ގޮތެއް ނުނިންމޭނެ ކަން ޝަމީމް ފާހަގަކުރައްވައެވެ. އެ މިސާލުގެ އަލީގައި ޝަމީމް ވަނީ ހަނުހުރުމުން ތުހުމަތު ކުރެވެ މީހާ އާއި އެއްކޮޅަށް ހުރި ހެކި ހާމަ ނުކުރުމެއް ނޫން ކަން ފާހަގަކުރައްވާފައެވެ.
ދިފާޢީ ވަކީލުންގެ ތެރޭގައި ޕީޖީ އޮފީހުގައި މަސައްކަތް ކުރެއްވި ބޭފުޅުންނަށް ހަނުހުރުމުގެ ނަތީޖާ ސާފުވެފައި ނެތުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ.
"ފުލުހުންނަށް ވާ ގޮތަކީ، ފުލުހުންގެ މަސައްކަތް ކުރެއްވުމުގައި ފަރުވާތެރިވުމުގެ ގޮތުން، މީހަކާ ދިމާއަށް ބާރަށް އެއްޗެއްވެސް ވިދާޅުވާކަށް ބޭނުންފުޅެއް ނޫނެވެ. އެއީ ރަނގަޅުކަމެކެވެ. ނަމަވެސް، މީހަކު ހަނުހުންނަނަމަ، އެމީހަކަށް ހަނުހުރުމުގެ ނަތީޖާ ކިޔައިދިނުމަކީ ކޮންމެވެސް މީހަކު ކުރަންޖެހޭ ކަމެކެވެ. އެހެން ނޫނީ ބައެއް މީހުންނަށް ނުޙައްޤުން އަދަބެއް ލިބުމަކީ ނުހަނު ގާތުގައި އޮންނާނެ ކަމެކެވެ." އޭނާ ވިދާޅުވިއެވެ.
ޝަމީމް ވަނީ ހަނުހުރުމުގެ ޙައްޤު ހަރުދަނާކުރެއްވުމުގެ ވިސްނުން ހުރިކަން ވެސް ހާމަކުރައްވާފައެވެ.
އޭނާގެ ބުލޮގުގެ ލިންކެއްވެސް ލިޔުމުގެ ތެރެއަށް ވައްޓާލިނަމަ...
އެހެންވިއްޔާ ވަގުންނާއެކު ޑީލްހަދަން ފެށީ ކޮން ގަރުދިޔައެއް ކައިގެން
ޕޖ އާ އްމުންނާ ތިގޮތަށް މަ އްސަލަތަކުގަ ބަ އްދަލުކޮށް ވާހަކަ ދެ އްކުމަކީ މިނިވަން އަދުލުވެރި އިންސާފަކަށް ހުރަސް އެޅޭނެކަމެ..،ބަ އެ އްމީހުންނަ ފޭވާރ ކުރެވޭނެ....ދަންނަމީހާ އަށް ސިންޕަތީވެވޭނެ..ޕޖ މިނިވަންވާންޖެހެނީ ހުރިހާގޮތަކުން...ގާތްކަމާ ދަންނަ އެކުވެރިކަން ބާ އްވަންޖެހޭނީ އެ އްފަރާތުގަ މަގާމުގަ ދެމިހުންނަ އިރު..
ކުއްކުރިމީހާގެ ހެކިބަހަށް ވަކިބައެއްގެ މައްޗައް ދައުވާ ކުރަންމުން ތިދަނީ ކޮން ހައްގެއް ލިބިގެންތަ؟؟
ޢިސްލާމީ ޝަރީޢާ އަކީ ބޭރުފުށުން ފެންނަން ހުންނަ ކަމަކަށް ހުކުމް ކުރުންތަ ނޫނީ އޭނަގެ ހިތަށް އެރި ގޮތަކކަށް ޙުކުމް ކުރުންތަ؟
ޖީބަށް އެތިކޮޅެއް ވަންނާތީ ގަސްދުގަ ފަސްކުރީ
ބަލަ ޝަމީމް
މީގެ ކުރިންވެސް މައްސަލަ ތައް ނިންމަނީ ހެކީގެ މައްޗަށް އެކަމް ތަފާތަކީ ހެކި ވަޒަން ކުރުމުގެ މިންގަނޑު ތަފާތުވެގެން ދިއުން މި ޤާނޫން އަސާސީ ވުޖޫދުވުމާއެކު