އައިޖީއެމްއެޗްގެ ލެބޯޓްރީން ދެލައްކައަށްވުރެ ގިނަ ޕީސީއާރް ޓެސްޓު ހަދާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

މިއަދު އައިޖީއެމްއެޗް އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ މިހާތަނަށް އެ ހޮސްޕިޓަލުގެ ލެބޯޓްރީގައި 200،000 އަށްވުރެ ގިނަ ޕީސީއާރު ޓެސްޓު ހެދިފައިވާ ކަމަށެވެ.

މާލެ އިން މިހާރު ޕީސީއާރް ޓެސްޓު ހެދެނީ އޭޑީކޭ، އައިޖީއެމްއެޗް، ޓްރީޓޮޕް ހޮސްޕިޓަލްގައެވެ.

މިހާތަނަށް ރާއްޖެއިން 361،891 ޕީސީއާރް ޓެސްޓު ހަދާފައި ވެއެވެ. މިގެ ތެރެއިން ރާއްޖެއިން 14،462 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. މީގެ ތެރެއިން މިހާރު ފަރުވާދެމުން ދަނީ 901 މީހަކަށެވެ. މީގެ ތެރެއިން 68 މީހަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލްގައެވެ.

ރާއްޖެއިން ކޮވިޑް-19 ޖެހިގެން ނިޔާވެފައި ވަނީ ޖުމްލަ 49 މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެމަންޖެ

    ތިޔަ ޓެސްޓް ހެދުމަކީ ބޭކާރު ކަމެއް ޓެސްޓް ހަދަން ބޭނިމިއްޔާ އަންނިގެ އިނގިލީގެ ނިޝާން ޖެހި ލިޔުމެއްގެނައީމަ ޓެސްޓް ހެދޭނީ.