އިންޑިއާއިން ރާއްޖެއަށް ހިލޭ އެއްލައްކަ ޑޯޒް ވެކްސިން ދިނުމުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ހިފެހެއްޓުމެއް ނެތް ޝުކުރު ހިންދީ ބަހުންނާއި، އިނގިރޭސިބަހުން އަދި ދިވެހި ބަހުން އަދާކުރައްވައިފިއެވެ.
ޝާހިދު އިންޑިއާއަށް އެކި ބަސް ބަހުން ޝޫކުރު އަދާ ކުރައްވާފައި ވަނީ އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކުރި އެއްލައްކަ ޑޯޒްގެ ކޮވިޑް ވެކްސިން ރާއްޖެ ގެނައުން ފާހަަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މިއަދު ރާއްޖެއަށް ގެނައި ވެކްސިން އަކީ އޮކްސްފޯޑް އަދި އެސްޓްރާޒެނެކާއި ގުޅިގެން އުފައްދާފައިވާ ވެކްސިންގެ ރީސާޗްގެ މައްޗަށް އިންޑިއާގެ ސީރަމް އިންސްޓިއުޓް އިން އުފެއްދި ކޮވިޑް ޝީލްޑް ވެކްސިން އެވެވެ. މި ވެކްސިންގެ 100،000 ޑޯޒް އިންޑިއާއިން ރާއްޖެއަށް ވަނީ ހަދިޔާކޮށްފައެވެ.
ޝާހިދު ވިދާޅުވީ، މިއަދު ލިބިގެން ދިޔަ ކޮވިޑް-19 ވެކްސިންއަކީ އިންޑިއާ ސަރުކާރުގެ ހަދިޔާއެއް ކަމަށެވެ. ޝާހިދު ވަނީ މިއީ ތިން ޓްރަޔަލް ނިންމާފައިވާ ރައްކާތެރި ވެކްސިންއެއްކަންވެސް ފާހާގަކުރައްވާފައެވެ.
ޝާހިދު ވިދާޅުވީ، އިންޑިއާއިން ދަތި އުނދަގޫތައް ތަހައްމަލު ކުރަމުންދާ މި ދުވަސްވަރުގައި އެގައުމުގައި ވެކްސިން ދޭން ފެށިތާ އެންމެ ހަތަރު ދުވަސް ތެރޭގައި އަވައްޓެރި ގައުމުތަކަށް ވެކްސިން ދޭން ފަށާފައިވާ ކަމަށެވެ. އަދި މިކަމުން ސާބިތުކޮށްދިނީ އެ ގައުމުން އަވައްޓެރިންނާއިމެދު ބަހައްޓާ ގާތްކަން ކަމަށް ޝާހިދު ވިދާޅުވިއެވެ.
"ވެކްސިން ލިބުނު އެންމެ ފުރަތަމަ ގައުމަކަށް ރާއްޖެވީކަމީ ދިވެހި ރާއްޖެއާ މެދު އެ ގައުމުގެ ރައްޔިތުންނާއި ސަރުކާރުން ބަހައްޓާ ކަމުގެ ރަމްޒެއް، މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ރަމްޒުކޮށްދޭ ހެއްކެއް". ޝާހިދު ވިދާޅުވިއެވެ.
މިނިސްޓަރ ހިންދީ ބަހުންނައި، އިނގިރޭސި ބަހުން އަދި ދިވެހި ބަހުން އިންޑިއާއަށް ޝުކުރު ދަންނަވަމުން ވިދާޅުވީ، ކޮވިޑް-19 އައެކު އިންޑިއާއިން ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ކަމަށެވެ. އެގޮތުން ކޮވިޑް-19 ފެތުރެން ފެށިއިރު، ވޫހާންގައި ކިޔަވަމުންދިޔަ ދިވެހި ކުދިން ރާއްޖެ ގެނައުމަށްޓަކައި އެހީތެރިކަން ފޯރުކޮށްދިން ކަމަށާއީ، ސިއްހީ ގޮތުން އެހީތެރިކަން ބޭނުންވިއިރުވެސް އިންޑިއާ އޮތް ކަމަށެވެ. އަދި ކާބޯތަކެތި ބޭނުންވިއިރުވެސް އިންޑިއާ އޮތް ކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެެވެ.
މިނިސްޓަރ ޝާހިދަކީ ބޭރުގެ ގައުމުތަކުގެ ޑިޕްލޮމޭޓުން ބައިވެރިވެގެން ކުރިއަށްގެންދިޔަ ރިސެޕްޝަންތަކުގައި އެ ގައުމުގެ މާދަރީ ބަހުން ވާހަކަދައްކަވައި ގިނަ ގައުމުތަކުގެ އިސް ފަރާތްތަކުގެ ސަމާލުކަން ހޯއްދެވި ބޭފުޅެކެވެ. އެގޮތުން ރާއްޖޭގެ 55 ވަނަ މިނިވަންދުވަސް ފާހަގަކުރުމަށް ބެއިޖިންގގައި ބޭއްވި ރިސެޕްޝަންގައި ވާޗުއަލްކޮށް ބައިވެރިވެވަޑައިގެން މިނިސްޓަރ ޝާހިދު ވަނީ ޗައިނާ ބަހުން ވަހަކަދައްކަވާފައެވެ.
ޝާހިދު ވެރިކަމަށް (ރައީސް ކަމަށް) ގެނައިނަމަ ހަމަ ޤައިމުވެސް މިހާރަށް ވުރެ ރަނގަޅުވީސް.
ހިބަރު ވަދުގައި ސިޔާސީ ގޮގު ވަޢުދު ވަރަށް ދަހިވާހަކަ އަނެއްކާ ނެއްބާ މިޔަ މެސެޖެގުގައި ހިންދީބަހުން. ސާހިދު ވަނީ މިދިޔަ ރިޔާސީ އިންތިޚާބުގައި ހިބަރުވަދު ހޫރާ އެތަކެއްގޮގު ވަޢުދު ޕޯޑިއަމުން ބާނާފަކަން ތާރީޚް ހެކިދޭ.
ޝާހިދު ގަޔަށް ތިވެކްސިން ޖަހާބަލަ. ލައިވް އިވެންޓެއްގައި.
ޜަާއްޖެޭގެ މިީހުން ގަޔައްޖަހަން ވެކުސިން ފޮނުވުމުގެ ކުރިން ތިވެކުސިން އިޑިޔަާގެ ރައިޔަޔުން ގަޔައް ޖަހަާ މަރަާހުސް ކުރުންމަާރަގަލުވަާނެ
އެވަރަށް ކާނލިބެޔޭދޯ ޝާހިދުއައް.
ޙިލޭ ވެކްސިން ހިލޭ އެހީ ހިލޭ ލޯނު އެހީ ހިލޭ އަމިއްލައެދުން ދޯ؟?
މުޅި ހިންދުސްތާންވެސް ހިލޭ
ތީ ޖީވަންއެއްނުން އެހެންވީމަ އަސްލު އޭނަގެ ބަހުން އެ މށލީ.
ޝާހިދު އަކަށް ތިވާނުވާ އެއްޗެއެް އެނގޭތޯ. އިންޑިއާގެ އެތައް ބަޔަކު ޙާލުގައި އުޅޭއިރު ރާއްޖެއަށް ތިހާ ހެޔޮއެދެނީ ކީއްވެބާ؟
ޗައިނާ އަތުން ހިލޭ ވެކްސިން ހޯދަން ހިބަރުމަދު މެން ޖަހާ ސްޓަންޓެއް