ކޮވިޑް-19 އިން ރައްކާތެރިވުމަށް އިންޑިއާ އިން ރާއްޖެ އަށް ފޯރުކޮށްދިން ވެކްސިންގެ ސަބަބުން ދިވެހި އެތައް ފުރާނައެއް ސަލާމަތް ކުރެވި، ދިވެހިންނަށް ލުއިތަކެއް ލިބިގެންދާނެ ކަމަށް އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު މިއަދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ސިއްހީ މަސައްކަތްތެރިންނާއި ފްރަންޓްލައިން މީހުންނާއި ބޮޑެތި ބަލިތަކަށް ފަރުވާ ކުރާ މީހުންނަށް ވެކްސިން ދިނުމަށް އިންޑިއާއިން މިއަދު ވަނީ އްޖެއަށް ކޮވިޝީލްޑް ވެކްސިންގެ 100،000 ޑޯޒް ހަދިޔާކޮށްފައެވެ. ކޮވިޝީލްޑް ވެކްސިންއަކީ އޮކްސްފޯޑުގެ އެސްޓްރާޒެންކާއިން ތަރައްގީކޮށް، އިންޑިއާގެ ސީރަމް އިންސްޓިއުޓުން އުފައްދާފައިވާ ވެކްސިންއެކެވެ. މިއީ މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އިންޑިއާގައި ހިންގަމުންދާ ވެކްސިން ކެމްޕޭނުގައި ބޭނުން ކުރާ ދެ ވެކްސިންގެ ތެރެއިން އެއް ވެކްސިނެވެ. މި ކެމްޕޭނުގައި ބޭނުން ކުރާ ދެ ވެކްސިން ވެސް އުފެއްދީ އިންޑިއާގައެވެ.
ރާއްޖެ އަށް ހަދިޔާ ކުރި ވެކްސިންގެ އިތުރުން އިންޑިއާގެ މެނުފެކްޗަރިން ކުންފުނިތަކުން އުފައްދާ ވެކްސިންތައް ހެޔޮ އަގުގައި ހޯދުމަށް އިންޑިއާއިން އެހީތެރިވުމަށްވަނީ ހަމަޖެހިފައެވެ.
ކޮވިޝީލްޑްއަކީ އިންޓްރާ-މަސްކިއުލާ އިންޖެކްޝަންގެ ދެ ޑޯޒް ޖަހަން ޖެހޭ ވެކްސިންއެކެވެ. ދެވަނަ ޑޯޒް ޖަހަން ޖެހޭނީ ފުރަތަމަ ޑޯޒް ޖެހުމުގެ 4-12 ހަފްތާ ފަހުންނެވެ. އަދި 18 އަހަރުން ދަށުގެ ކުޑަކުދިންނާއި މާބަނޑު އަންހެނުން، އަދި ގާތުން ކިރުދޭ މައިންނަށް މި ވެކްސިން ދިނުމުގެ ކުރިން ހާއްސަ ސިއްހީ ތަހުލީލުތަށް ކުރަންޖެހެއެވެ. ވެކްސިން ގުދަންކުރާ އިރު ފިނިހޫނުމިން ހުންނަންވާނީ ދޭއް އަދި އަށް ސެންޓިގްރޭޑްގެ ދެމެދުގައެވެ.
ވެކްސިން ހަދިޔާ ކުރުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ސަފީރު ސަންޖޭ ސުދީރު ވިދާޅުވީ ރާއްޖެއަށް ވެކްސިން ހަދިޔާ ކުރުމަކީ، އިންޑިއާގެ ވެކްސިން އުފެއްދުމުގެ ގާބިލިއްޔަތުގެ ފައިދާ މުޅި އިންސާނިއްޔަތައް ކުރާނޭ ކަމެއް ކަމަށެވެ. މިއީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެވަޑައިގެންނެވި ވައުދު ފުއްދެވުމުގެ މުހިންމު ބައެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އިންޑިއާގައި ވެކްސިން ބޭނުން ކުރަން ފެށިތާ 96 ގަޑިއިރުގެ ތެރޭގައި ރާއްޖެ އަށް ވެކްސިންތައް ފޯރުކޮށްދެވިފައިވުމުން އިންޑިއާގެ ހާރިޖީ ސިޔާސަތުގައި ރާއްޖެ އަށް ދެވިފައިވާ ހާއްސަ މަގާމު ފެނިގެންދާ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.
ސަންޖޭ ސުދީރު ވިދާޅުވީ ރާއްޖެ އަސް ދިމާވާ ކޮންމެ ކާރިސާއެއްގައި އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭ ބައިވެރިއަކީ އިންޑިއާ ކަމަށެވެ. އިންޑިއާގެ އެހީތެރިކަމާ އެކު ރާއްޖޭގައި ކޮވިޑް-19 ވެކްސިން ދިނުމުގެ ކެމްޕެއިނެއް ފެށިގެންދާނެ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.
މި ވެކްސިންގެ ސަބަބުން ދިވެހި އެތައް ފުރާނައެއް ސަލާމަތް ކުރެވި، ދިވެހި ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ލުއެއް ހޯދައިދިނުމުގައި އާއި ދިވެހި އިގްތިސާދު އަލުން އާންމު ހާލަތައް ގެނައުމުގައި އެހިތެރިކަން ލިބިގެންދާނެކަމަށް އުންމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އިންޑިއާއަކީ ދުނިޔޭގައި ވިއްކޭ ހުރިހާ ވެކްސިނެއްގެ 60 އިންސައްތަ އުފައްދާ ގައުމެވެ. ކޮވިޝީލްޑް އަދި ކޮވެކްސިންގެ އިތުރުން، ނޮވެކްސިން އަދި ސްޕަޓްނިކް ހިމެނޭހެން ތިން ވެކްސިންއެއްގެ ކްލިނިކަލް ޓްރައިލް މަރުހަލާ މިހާރުވެސް އިންޑިއާގައި ކުރިއަށް އެބަ ދެއެވެ. ދުނިޔޭގެ މާހިރުން ގަބޫލުކުރައްވާ ގޮތުގައި އިންޑިއާގެ ވެކްސިން އުފެއްދުމުގެ ގާބިލިއްޔަތާއި، ހެޔޮ އަގުގައި ގިނަ އަދަދެއްގެ ވެކްސިން އެއްފަހަރާ އުފެއްދުމުގެ ކުޅަދާނަކަމުގެ ސަބަބުން ކޮވިޑް-19 ބަލިމަޑުކަމާއި ދެކޮޅަށް ކުރެވޭ މަސައްކަތުގައި ބޮޑެތި ކާމިޔާބީތަކެއް ލިބުމަށް މަގުފަހިވެގެންދާނެއެވެ.
އިންޑިއާގެ ސަފީރު މިފަހަރު މިގެނެސްދިނީ އަނެންކާ މަރުނުވާ ވެކްސިނެންބާ؟
ދިވެހިންނަކީ ވެކްސިންގ އަށް ޑަބްލިޔު އެޗް.އޯގެ ހުއްދަ ލިބުމަށް ބޭނުންކުރާ ޓެސްޓް އޮބްޖެކްޓް ތަކެއް.
ހެޔޮ ނުވާނޭ ތި ނުޖަހާށޭ، ގޮތް ނޭނގޭ ކެމިކަލްތައް.
އެހްނެނޫނަސް މިތަނުގަ މާ ބަޔަކު މަރުވާތީ އެބައުޅޭތަ، ނޫނީ މާބޮޑު ބިރުވެރިކަމެއް އޮތީތަ
އިންޑިއާއިން ބޭނުންވަނީ ފިލްމު ކުޅެން. ޗައިނާގެ ވެކްސިން ތަކަށް މިސަރަހައްދާ ދުނިޔޭގެ ގިނަ ގައުމު ތަކުގެ ސަމާލުކަން އަންނަވަރަކަށް އިންޑިއާއިން އެމީހުންގެ ޕަޕަޓު ހައްދާފަ ތިބޭ ގައުމުތައް ވަލުވައްދާ މިކަންކަން ކުރާނެ. ނުޖެހޭ ހާލަތުގައި ހުރި އެއްޗެއް ގެނެސް ކީއްކުރަން ރާއްޖޭގައި ބަހައްޓަނީ. އިންޑިއާ ފުރުނީބާ؟ ހިލޭ ދޭއެއްޗެއް ދޭން ރަގަޅީ އަމިއްލަ ގައުމުގެ ރައްޔިތުން އެނުލިބި ތިއްބާ ފޮރިން ގައުމަކަށްތަ. މިވެސް ބޮޑު އަރަތެއްނު.. ކަންނެލި އޮޑި ފަހަރުގައި ކަންނެލި އަޅަން ބަހައްޓާ ފޮށިފޮއްޓާއި ކޫއްޑޫ ކޯލްޑް ސްޓޯރޭޖް އަވަހަށް ހުސްކުރޭ ވެކްސިން ސްޓޯކޮށްފައި ބަހައްޓަން. 3 ލައްކަ ހަމަނުވާ ގައުމަކަށް 7 ލައްކަ ވެކްސިން. ރޯދައަށް ފިޔާ ބިސް ގެންނަހެން އެސްޓީއޯއިން ގެންނަ އެއްޗެއްތަ؟ ދެބައިކުޅަ އެއްބައި ކުނިވެފައި ހުރެދާނެ ކަމަށްތޯ 7 ލައްކަ ؟؟؟
އިންޑިޔާ ވެކްސިންގެ ސަބަބުން ރާއްޖޭގެ އެތައް ފުރާންއެއް ވާނީ މަރު. ކުރިއައް އޮތް ދުވަސްތަކު ނޫސްތަކުގެ ސުރުހީއެއް ފެންނާނެ މިކަން.
ޢެތަށް ފުރާނައެއް؟ މި ގައުމުގެ ވެރިން ހުވާ ކުރެއްވީ އެތަށް ފުރާނައެއް ސަލާމަތް ކުރަންތ؟ ނޫނީ ހުރިހާ ރައްޔިތުން ތ؟..މި ވާހަކަ އެތަށް ފުރާނައެއް، މީ ކޮންބޭކަލެއް؟
އޭ ބުނަން! މިތާކުން އަހަރެމެނެއް ނޫޅެން ބަޔަކު މަރުވާތި. އޓާ
ދިވެހިން ބައިތިއްބާފަ ފުރަތަމަ އިންޑިޔާ މީހުންގެ ފުރާނަކޮޅު ސަލަމާތް ކުރެވޭތޯ ބަލާބަލަ.
ނޭނގެ ... ބިލިއަނަކުން ދެތިން ލައްކަ މަދުވިޔަސް އޯކޭ ވާނެ އިންޑިޔާގަ
މަރުދުރު ވެކްސިންތޯ މިކަލޭގެ މިގައުމުން ބާލާށޭ
އިންޝާﷲ މިރާއްޖޭގަ ތިބުނާވަރަކަށް މީހުން އަދި މީހުން މަރެއްނުވޭ. މިވަގުތު މި ރާއްޖެއަށް ވުރެން ތި ވެކްސިން މުހިންމީ އިންޑިޔާއަށް.
އެމްޑީޕީ ކުދިންކޮޅަށްދީ ތިވެކްސިން. އެމީހުންނަށް ވާގޮތެއް ބަލާފަ ޕިންކީންނަށް ދޭނީ. ޔެލޯ ގްރޫޕް މަރުވެއްޖެއްޔާ އެމްޑީޕީއަށް ވޯޓް ދޭނެ ބަޔަކުނުވާނެ.
ފުރަތަމަ އިންޑިޔާ މީހުންގެ ފުރާނަކޮޅު ސަލަމާތް ކުރެވޭތޯ ބަލާބަލަ
މިދިވެހިންނަކީ މިހާރު އިންޑިޔާގެ ޓެސްޓް ލެބުގައި ބޭނުކުރާ މައުސްތަކެއްތާ
ކަލޯ މަލިކަށް ވެކްސިން ކޮޅެއް ދީފިންތަ؟؟ އެއީވެސް ހަމަ އަހަރުމެންފަދަ ދިވެހި ވަންތަ ބައެއް. އިންޑިއާގެ ރަށެއްގެ ގޮތުގައި އެމީހުން ހާދަ ހާލެއްގައޭ އެއުޅެނީ! ކޮން އެދުމެއް އޮވެގެންތަ ރާއްޖެއަށް މާ ހެޔޮއެދިގެން ތިއުޅެނީ؟؟
ތި ވެކްސިން ފުރަތަމަ ޖަހަންވާނީ ރައީސްމީހާ،، ވަޒީރުން، މޑޕ މަޖިލިސް މެމްބަރުން. ދެން މޑޕ އާއްމު މެމްބަރުން
ތިހެން ވެއްޖެއްޔާ ކިތަންމެހާވެސް ރަގަޅު
ފުރާނަޔަކީ ﷲ ތަޢާލާގެ މިލްކެއް.
އެ ފުރާނަ އިސްފަސް ކުރުމުގެ ބާރެއް ނުވޭ އިންސާނުން ނަކައް .
މުސްލިމުންގެ ހަތިޔާ ރަކީ ދުޢާ. އަދި ސަބަބު ތަކުގަ ހިފުން.