އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމަށް ހައި ކޯޓުން ތާޢީދުކޮށް އެމަނިކުފާނު މިނިވަން ކުރުމަށް އިދިކޮޅު ކޯލިޝަނުން ކުރަމުން ދިޔަ މަސައްކަތަށް ލިބުނު އިތުރު ނާކާމިޔާބީއާއެކު, އިދިކޮޅުކޯލިޝަންގެ އެކްޓިންގެ ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)އަށް ރޮވިއްޖެއެވެ.

ރައީސް ޔާމީން މިނިވަން ނުވުމުން އިދިކޮޅު ކޯލިޝަންގެ އިސްވެރިންނާއި ސަޕޯޓަރުން މާލެ މަގުތައް މައްޗަށް ނިކުމެ މުޒާހަރާ ކުރަމުން ދިޔަ ދަނޑިވަޅެއްގައ،ި ޓީވީ ސްޓޭޝަނަކަށް ދިން ލައިވް އިންޓަވިއުއެއްގެ ތެެރެއިން އަބްދުއްރަހީމް ވާހަކަ ދައްކަވަމުން ދަނިކޮށް ވަނީ ކީރިތި ކުރައްވައިފައެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީންއަށް އިންސާފް ނުލިބެނިސް ރާއްޖޭގައި އަދުލު އިންސާފް ގާއިމް ނުކުރެވޭނެ ކަމަށެވެ. އަދި އެމަނިކުފާނުގެ މައްޗަަށް ކޮށްފައިވާ ހުކުމަކީ އިންސާފުން ބޭރުން ކުރެވިފައިވާ ހުކުމެއް ކަމަށް ވިދާޅުވެ، ޝަރުއީ ދާއިރާއަށް ސަރުކާރުގެ ނުފޫޒު ވަރަށް ބޮޑަށް ފޯރަމުން ދާ ކަމަށް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވަނީ ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލައިގެ ހުކުމް އިއްވާ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހުސައިން ޝަހީދުއަށް ތައުރީފް ކުރައްވާފައެެވެ.

އެގޮތުން މިއަދު ކުރިޔަށް ދިޔަ ޝަރިއްޔަތުގެ ހުކުމް އިއްވާ މަޖިލީހުގައި ފަނޑިޔާރު ޝަހީދު ވިދާޅުވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓާރ އަބްދުﷲ ޒިޔަތަކީ ފާސިޤުން ކަމުގައި ބެލެވޭއިރު، އެ ދެމީހުންގެ ހެކި ބަލައިގަނެވޭނެ އެއްވެސް ސަބަބެއް ދައުލަތަށް ދެއްކިފައިނުވާކަމަށެވެ. އަދި އެ ދެމީހުންގެ ހެކިބަސް ބަލައިނުގަނެވޭނެކަމަށް ވިދާޅުވެފައިވެއެވެ.

ހައި ކޯޓުގައި މި މައްސަލަ އިސްތިއުނާފް ކުރިއިރު އެ މައްސަލަގައި ރައީސް ޔާމީންގެ މައްޗަށް ދަށު ކޯޓުގައި އިއްވާފައިވާ ހުކުމަށް ތާއީދުކޮށް އަމުރު ނެރުނީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ބެންޗުގެ ތެރެއިން ދެ ފަނޑިޔާރުގެ އަޣުލަބިއްޔަތުންނެވެ. އެ ހުކުމް ދެމެހެއްޓުމަށް ރައުޔައެއް ނެރުނީ މުޙައްމަދު ނިޔާޒުއާއި ހުސައިން މަޒީދެވެ. ފަނޑިޔާރު ހުސައިން ސައީދުގެ ރައުޔަކީ ދަށު ކޯޓުގެ ހުކުމްގެ ގޯސް ކަމަށެވެ.

މި ހުކުމާއި އެކު އިދިކޮޅު ކޯލިޝަނާއި ރައީސް ޔާމީންގެ ސަޕޯޓަރުން ދަނީ މާލެ މަގުތަކުގައި މުޒާހަރާކުރަމުންނެވެ. ޕީޕީއެމްއަައި ޕީއެންސީގެ ސަޕޯޓަރުން މަގުމަތީ ހިނގަމުން ގޮސް ފަހުން ތިބީ ކޯލިޝަންގެ އޮފީސް ކައިރީގައެވެ. އެ ސަރަހައްދުގައި ތިބެ ކޯލިޝަންގެ ލީޑާޝިޕްގެ ބޭފުޅުން ދަނީ ވާހަކަ ދައްކަވަމުންނެވެ.

ސަރުކާރާއި ވާދަވެރިފަރާތްތަކުން މުޒާހަރާ ކުރަމުން ދާތާ މިހާރު ހަތް ގަޑީރަށް ވުރެ ގިނައިވެދާނެ ކަމަށް އެ ކޯލިޝަނުން ބުނެެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. މާވަޑި ފަލާހް

  އެއީ ހުސްފޭކް، ދަޅަދައްކާލުމެއް، އަދުރޭބުނި އޭނަވެސް ރިޔާސީ ޓިކެޓްބޭނުމޭ ޔާމީން މިނިވަންކުރާކަށް ބޭނުމެއްނޫނޭ

  10
  20
  • ޒައިކް

   ހަހަހާ މި މީހުން ދައްކާނެ އިބޫގެ ވާހަކަ ... އިބޫ ކީތިރިކުރައްވަނީއޭ ކިޔާފަ.. މެކުސް ޓީޗަރުގެ ހާލު މާބޮޑު

   5
   4
 2. Anonymous

  މަލާމާތް ކުރާ ހުރިހާ ކަމެއް އަމިއްލަ މީހާ އަށް ކުރެވޭއިރުވެސް ދޯ.....

  11
  7
 3. ާއަޙްމަދު

  ރައީސް އިބްރާހް މުހައްމަދު ސޯލިޙް އެކަންޏެއްނޫންދޯ ރޮނީކީއެއް އަބޮދުއްރަހީމަށްވެސް ރޮވޭތާދޯ؟

  17
  4
 4. ސަހީދު

  ސަހީދު އަށް ފަޑިޔާރުކަންދިނީ ޔާމިނުވެރިކަމުގަ

  10
  5
 5. އަލީ އަލީ

  އުފަލުން ރޮވެނީ!!!
  އޭރުން އަދުރޭއަށް ރިޔާސީ ޓިކެޓް ލިބޭނެތީ.
  އެކަމާ އުފަލުން އެރޮވެނީ.

  1
  1