ހދ. ނެއްލައިދޫގައި އެއް ގެއެއްގައި ހޯމް ކަރަންޓީންގައި ތިބި ފަސް މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

އެރަށު ސިއްހީ މަރުކަޒުން ބުނީ، އެރަށު ގެއެއްގައި ކަރަންޓީންގައި ތިބި ފަސް މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށެވެ. މިއާއެކު އެ މީހުންގެ ކަރަންޓީންެ މުއްދަތު އިތުރު 14 ދުވަސް ޖަހާފައިވާ ކަމަށް އެރަށު ސިއްހީ މަރުކަޒުން ބުނެފައި ވެއެވެ.

މިހާރު އެ މީހުންނާއި ގާތުން އެއްތާވި މީހުން ހޯދުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

ރާއްޖެއިން މިހާތަނަށް 14830 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.އަދި އެ ބަލީގައި 50 މިހަކު ވަނީ ނިޔާވެފައެވެ.

ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން މިހާރު 13731 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު