ރާއްޖެއިން މިއަދު ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 55 އަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން މިއަަދު އާއްމު ކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދު ފައްސިވި 55 މީހުންގެ ތެރެއިން 31 މީހުން ފައްސިވީ މާލެ އިންނެވެ. އަދި އަތޮޅު ތެރޭގެ ރަށްތަކުން ނުވަ މީހަކު ފައްސިވެފައިވާއިރު، ރިސޯޓްތަކުން 15 މީހަކު ފައްސިވެފައި ވެއެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 14885 އަށް އަރާފައެެވެ. ރާއްޖެއިން ފައްސިވި މީހުންގެ ތެރެއިން މިހާރު ފަރުވާދެމުން ދަނީ 1015 މީހަކަށެވެ. މީގެ ތެރެއިން 77 މީހަކަށް ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާދެމުންނެވެ.

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެެރެއިން 50 މީހަކު ވަނީ ނިޔާވެފައެވެ.

ރާއްޖެއިން ގިނަބަޔަކު ފައްސިވަމުން ދަނީ މާލެ އިން ނަމަވެސް، ރިސޯޓްތަކުން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަަދަދުތައް ވަނީ މަތިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު